ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.39.0-wmf.23 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Gadget Gadget talk Gadget definition Gadget definition talk ޢަބްދު ﷲ އިސްމާޢީލް (އިސްމާޢީލް ކަލޭގެފާނުގެ ތުއްތު) 0 8587 130318 128751 2022-08-12T09:58:14Z Maaldheefee 7004 އިމްލާ ކުށް އިޞްލާޙު ކުރުން wikitext text/x-wiki {{FA}} [[Image:ThuthuSahibas.JPG|thumb|left|އަލްފާޟިލް ޢަބްދުއްﷲ އިސްމާއީލް]] އަލްފާޟިލް އަލްމަރްޙޫމް ޢަބްދުﷲ އިސްމާޢީލް އަކީ މޮޅު ހިސާބު ޢިލްމުވެރިއެކެވެ. އަދި މޮޅު މާލިމީ އެކެވެ. ޢަބްދުﷲ އިސްމާޢީލް މަޝްހޫރުވެފައިވަނީ '''ކުޑއިސްމާއިލް ކަލޭފާނު ތުއްތު'''ގެ ނަމުންނެވެ. އަދި ވަރަށް ގިނަ ބައެއްގެ '''ތުއްތު ސާހިބު'''ގެ ގޮތުގައެވެ. == ނަސަބު == އަލްފާޟިލް ޢަބްދުﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދު އަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1319 ޛުލްޤަޢިދާ 1 (10 ފެބްރުއަދީ 1902މ.) ވީ ހޯމަ ދުވަހު ފ. އަތޮޅު ހިމިތީގައެވެ. މީނާއަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން ސަމާލުކަން ދެވޭ ދިވެހި ޝަޚްސިއްޔަތެކެވެ. ތުއްތު ސާހިބުގެ އާއިލާ [[މާލެ]]އިން ވެސް ފެންނަން އެބައޮތެވެ. މ. ހުދު އަސުރުމާގެ، އަދި މ. އަސުރުމާގެ މި ދެ ގޭބިސީގެ އަހުލުވެރީންނަކީ ތުއްތު ސާހިބުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހުން ކަމުގައި ބުނެވެއެވެ. {{adhabiyyaath}} == ބަހަށް ކުރެއްވި ޚިދުމަތް == އަލްފާޟިލް ޢަބްދުﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތުއަކީ ހިސާބު ޢިލްމުގެ މާހިރެކެވެ. މޮޅު މާލިމީ އެކެވެ. އަދި ކުއްލި ޖަވާބާއި، ބަހުގެ ސަމާސާ ތަކާއި، ދެމާނަ ހުންނަގޮތަށް ބަސް ބޭނުން ކުރެއްވުމުގައި އޭނާ އަކީ ލާމަސީލު ބޭކަލެކެވެ. ===ބޭރުބަސް ދިވެހިކުރުން === އަލްފާޟިލް ޢަބްދުﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތުއަކީ ބޭރު ބަސް ދިވެހި ކުރެއްވުމުގައި ވެސް އަރާ ހުންނެވި ބޭކަލެކެވެ. މިސާލަކަށް ދަހަމަލަ ކަސްރު ({{en|Decimal Fraction}}) ، ބައި ހިމަނާ ({{en|Numerator}}) ، ބައިކުރާ ({{en|Denometer}}) އަދި ބ.ދ.ގ ({{en|LCM}}) އަދި ބ.މ.ބ ({{en|HCF}}) މިހިރީ ހައްތަހާ ވެސް އޭނާ ދިވެހި ބަހަށް ގެންނެވި ބަސްތަކެވެ. ތުއްތު ސާހިބަކީ ހިސާބު ޢިލްމުވެރިއެއް ކަމުން އޭނާ އެންމެ ގިނަ ބަސް ދިވެހި ކުރައްވާފައިވަނީ ހިސާބު ޢިލްމާ ބެހޭ ގޮތުންނެވެ. ===ކާތިބުކަން === އިސްމާއީލް ކަލޭގެފާނުގެ ތުއްތުއަކީ ދިވެހި ބަހަށް ދިވެހި ލިޔުމަށް ވެދެވަޑައިގެން ހުންނެވި ބޭކަލެކެވެ. ވަރަށް ރީތިކޮށް އަދި އެހާމެ އަވަހަށް ލިޔުއްވާ ބޭފުޅެކެވެ. އޭނާ ވަނީ ގާނޫނު ހަދާ މަޖުލީހުގެ އިސްކާތިބެއްގެ ދައުރު އަދާކޮށްފައެވެ. އެހެންކަމުން އޭނާ އަކީ ކުޅަދާނަ ކާތިބެއް ވެސް މެއެވެ. ވަރަށް ގިނަ ބޭފުޅުންގެ އަރިހުގައި އޭނާ ލިޔުއްވަން އުޅުއްވި އެވެ. އެގޮތުން ފަޟީލަތުއް ޝައިޚް[[އިބްރާހީމް ރުޝްދީ އަލްއަޒްހަރީ]]ގެ އަރިހުގައި ވެސް ލިޔުއްވަން އުޅުއްވި އެވެ. === ތާނައިގެ އަކުރުތަކާމެދު ދެކިލައްވާ ގޮތް === ތުއްތު ސާހިބަކީ ތާނައިގެ އަކުރުތައް އުފެދިފައިވާ ގޮތާމެދު ވަރަށް ބޮޑަށް ޚިޔާލު ކުރެއްވި ބޭފުޅެކެވެ. ތުއްތު ވިދާޅުވި ގޮތުގައި ދިވެހި ބަހުގެ އަކުރުތައް ހެދިފައިވާ ގޮތާމެދު ޚިޔާލު ކުރެއްވި ބޭފުޅުން ދައްކަވާފައިވާ ވާހަކަ ފުޅުތަކާ މެދު، އެއްބަސްވެވޭ ތަންތަނާއި އެއްބަސް ނުވެވޭ ތަންތަން ހުރެއެވެ. އެގޮތުން ހ. އިން ވ އާއި ހަމައަށް އަކުރުތައް އުފެދިފައިވަނީ އަރަބި ހިސާބު އަކުރުގެ 1 ން 9 އަށް ކަމަށް ދައްކަވާފައިވާ ވާހަކައަށް މުޅިން އެއްބަހެވެ. އަދި މ އިން ފެށިގެން ޑ އަށް ހަމައަށް އެދައްކަވާ ވާހަކަތަކާ މެދު އެއްބަސް ނުވެވޭ ކަމުގައެވެ. ތުއްތު ސާހިބު ބުނުއްވާފައި ވެއެވެ. ދިވެހިން ކުރިން ހިސާބު އަކުރަކަށް ބަލައި އުޅުނީ '''މ، ފ، ދ، ތ، ލ، ގ، <font face="times new roman" size="3">[[Dnaviyani|ޱ]]</font>، ސ، ޑ''' މިއަކުރުތަކެވެ. މ އެއީ 1 އެވެ. ފ. އެއީ 2 މިގޮތަށެވެ. 7 ން އުފައްދާފައިވާ <font face="times new roman" size="3">[[Dnaviyani|ޱ]]</font> މިއީ ކުރީގެ ލިޔުންތަކުން ފެންނަން އޮތް އަކުރެކެވެ. މިއީ ނ އާއި ޏ އާއި ދޭތެރޭ މެދުން ކިޔޭ އަކުރެކެވެ. މިހާރުވެސް ދެކުނުގެ އަތޮޅު ތަކުގައި މިއަކުރު ބޭނުންކުރެއެވެ. މީގެ އިތުރުން ޒ، ޓ، ޔ، ޕ، ޖ، ޗ އުފެދުނު ގޮތާމެދު އިތުރު ހޯދުންތަކެއް ހޯދަން ނުޖެހޭކަމަށް ތުއްތު ބުނުއްވިއެވެ. === ތާނަ އަކުރު މިހާރުގެ ސައިޒަށް ކުރުކޮށް ލިޔަންފެށުން === ކުރީ ޒަމާނުގައި ދިވެހިން ތާނަ ލިޔަމުން އައީ ވަރަށް ފައިކޮޅު ދިގު އަކުރުތަކަކުންނެވެ. ރާދަވަޅި، ސިޔަރަތު ފަދަ ލަވަފޮތްތަކުން މިކަން ފެންނަން އެބައޮތެވެ. މިހެން މިކަން އޮއްވައި މި ފައިކޮޅު ދިގު އަކުރުތައް އެންމެ ފުރަތަމަ ކުރުކޮށްލައްވައި ލިޔުއްވި ލިޔުންތެރިއަކީ ތުއްތު ސާހިބެވެ. އޭނާގެ މި ބަދަލާއެކު މިހާރު މި ފެންނަ ސައިޒުގެ އަކުރުތަކަށް ތާނައިގެ އަކުރުތައް ވެގެން ހިގައްޖެއެވެ. ހަމަ މިއާއެކު އަތު ލިޔުމުގެ އަކުރުތައް ވެސް އޭނާ އުފެއްދެވިއެވެ. މިއަކުރުތަކުގެ ފ. އަކީ ހ (ހާ) އެއްގޮތަށް އެއަށްވުރެ ދިގުކޮށް ދަމާލެވިފައިވާ އަކުރެކެވެ. ދ. ވެސް އޮންނަނީ ނިންމާލާއިރު އޮންނަ ބޮޅުގެ ބަދަލުގައި ކުޑަ ތުޑެއް ލާފައެވެ. ސުކުންތައް ވެސް ހުންނަނީ ސުކުންކުރާ އަކުރާއި ގުޅިގެންނެވެ. === އަތިރީގޭ ތާނަ === {{Main|އަތިރީގޭ ތާނަ}} [[Image:Athireege_Thaana.JPG|thumb|left|250px|ތުއްތު ސާހިބު އުފެއްދެވި'''އަތިރީގޭ ތާނަ'''ގެ ނަމޫނާ ދައްކައިދޭ ތަޞްވީރެއް]] '''އަތިރީގޭ ތާނަ''' އަކީ ރާއްޖެތެރޭގެ މީހަކު އަތިރީގޭ ދޯނިކޮޅަކަށް ފޮނުއްވި ނުވަތަ ވެދުމަށް އެރުވި ފައެއްގައި '''އަތިރީގެ''' މިހެން ނަން އަޅާލި ދެތިން އަކުރުން އުފެދިގެން އައި އަކުރު ތަކެކެވެ. އަތިރީގޭ ތާނަ އަށް '''ވަޑާންކަށި ތާނަ''' އޭ ވެސް ކިޔައެވެ. އަތިރީގޭ ތާނައޭ ކިޔަނީ ވަޑާން ކަށްޓަކުން '''އަތިރީގެ''' މިނަން ފުރަތަމަ ފަހަރަށް ލިޔެފައި ވާތީ އެވެ. ވަޑާން ކަށި ތާނައޭ ކިޔަނީ ވަޑާން ކައްޓަކުން ލިޔެފައި ވާތީއެވެ. އެއީ މިޒަމާނުގެ ކަލްކިޔުލޭޓަރުގައި ހިސާބު އަކުރު ޖެހޭ ކަހަލަ ހަމަޔަކުން ބުރިބުރިއަށް ހުރި އަކުރު ތަކެއް ކަމަށް ފެނެއެވެ. ތުއްތު ސާހިބު މިއަކުރުތައް އެންމެ 4 އަކުރުގެ ނަމޫނާއަކަށް ބައްލަވައިގެން މުޅި ހަށަނަރަ އެގޮތަށް ބަދަލުކުރައްވައި، އޭގެ އެކި ސައިޒު އުފައްދަވައި، އެއަކުރުތަކަށް ފިލިދެއްވައި، މިޒަމާނުގެ ލެޓަރ ޕްރެސް އާއި އެއްވަރަށް އަކުރު ތަކުން ތައްގަނޑު ހެއްދެވި އެވެ. == ލިޔުއްވި ފޮތްތައް == ތުއްތު ސާހިބު ލިޔުއްވި ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ. * ފަސޭހަ ހިސާބު * ތަނަވަސް ހިސާބު == ތަޢުލީމު ޙާޞިލު ކުރެއްވުން == އަބްދުﷲ އިސްމާއިލް ފުރަތަމަ ތަޢުލީމު ޙާޞިލު ކުރެއްވީ [[ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން]]ގެ އަރިހުންނެވެ. އެއަށްފަހު [[އަލްފާޟިލް ރަންފުޅު ޅަހުއްތު]]ގެ އަރިހުންނެވެ. ހިސާބު ޢިލްމާއި ނެވިކަމުގެ ހިސާބު ދަސްކުރެއްވީ މީނާގެ އަރިހުންނެވެ. އަދި އިންޑިޔާއިން އުރުދޫ ބަސް ކިޔަވާ ވިދާޅުވިއެވެ. އަލްމަރްޙޫމް ޢަބްދުﷲ އިސްމާޢީލް ވަނީ ސަރުކާރުގެ ޗާޕްޚާނާގައި މަސައްކަތް ކުރައްވާފައެވެ. އަދި މަޠުބަޢަތުއް ސަޢާދާގައި ވެސް މަސައްކަތް ކުރެއްވިއެވެ. == ފުރުއްވި މަގާމްތައް == * ވަރުހަނގުކަން * 19 މާރޗް 1931: ކާތިބުކަން - ގާނޫނު ހަދާ މަޖުލިސް (ބުރާސްފަތި ދުވަސް) * 24 ޑިސެމްބަރު 1932: މާލިމީ - ބޮޑުނާކޮޅު (ހޮނިހިރު ދުވަސް) * 5 ނޮވެމްބަރު 1943: މުދައްރިސް - މަދަރުސަތުއް ސަނިއްޔާ (ހުކުރު ދުވަސް) * 6 މެއި 1947: މުދައްރިސް - މަދަރުސަތުލް މަޖީދިއްޔާ (އަންގާރަ ދުވަސް) * 1 މެއި 1948: ސަރުކާރުގެ އޮޑިޓަރުކަން (ހޮނިހިރު ދުވަސް) * 17 ސެޕްޓެމްބަރު 1955: ވެރިކަން - މައްސާޙުގެ (ހޮނިހިރު ދުވަސް) * 18 ނޮވެމްބަރު 1968: މެމްބަރުކަން - އިމްތިހާނު ކޮމިޓީ (ހޯމަ ދުވަސް) == ހަނދާންތައް == [[Image:AIL-07.JPG|thumb|left|250px|ފ. ނިލަންދޫގައި ހުރި '''ޢަބްދުﷲ އިސްމާޢިލް ލައިބްރަރީ''']] ===ޢަބުދުﷲ އިސްމާޢީލްގެ ހަނދާނީ އެވޯޑް === އަބްދުއްﷲ އިސްމާއިލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިތާ އެތައް އަހަރެއް ފަހުން '''ޢަބްދުﷲ އިސްމާޢީލްގެ ހަނދާނީ އެވޯޑް''' ގެ ނަމުގައި ފ. އަތޮޅުގެ ދަރިވަރުންނަށް ސަރުކާރުން އެވޯޑެއް ވަނީ ތަޢާރަފު ކޮށްފައެވެ. ތުއްތު ސާހިބުގެ ހަނދާނުގައި މި އެވޯޑް ތަޢާރަފު ކޮށްދެއްވީ 25 އެޕްރީލް 1981 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު [[މައުމޫނު ޢަބްދުލް ޤައްޔޫމް]] އެވެ. މި އެވޯޑުގެ ދަށުން 1983 ވަނަ އަހަރުން ފެށިގެން ފ. އަތޮޅުން ދެ ކުއްޖަކަށް (އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް) ސަރުކާރުގެ ޚަރަދުގައި މާލޭގައި ތަޢުލީމް އުނގެނުމުގެ ފުރުޞަތު ދެމުން ގެންދެއެވެ. === ޢަބްދުﷲ އިސްމާޢިލް ލައިބްރަރީ === '''ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ''' މިނަމުގައި ލައިބްރަރީއެއް ވެސް 25 އެޕްރީލް 1981 ގައި [[ނިލަންދެއަތޮޅު އުތުރުބުރި|ފ. އަތޮޅު]] މަގޫދޫގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު [[މައުމޫނު ޢަބްދުލް ޤައްޔޫމް]] ހުޅުއްވައިދެއްވިއެވެ. މިއީ ދިވެހިރާއްޖެ ދުށް މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަބުދުﷲ އިސްމާޢީލް ނުވަތަ ތުއްތުގެ ހަނދާނުގައި ބިނާކުރެވިފައިވާ ތަނެކެވެ. 1999 ވަނަ އަހަރު ފ.އަތޮޅުގެ ވެރިކަން [[މަގޫދޫ (ފ. އަތޮޅު)|ފ. މަގޫދޫ]]އިން [[ފ.ނިލަންދޫ|ފ. ނިލަންދޫ]]އަށް ބަދަލުވުމާއި ގުޅިގެން މި ލައިބްރަރީ ވެސް ވަނީ ނިލަންދޫއަށް ބަދަލު ކުރެވިފައެވެ. ތަފާތު ދާއިރާގެ ފޮތްތައް މިލައިބްރަރީ އިން ލިބެން ހުރެއެވެ. ރަށުގެ ޢާންމުންނާއި ސުކޫލް ކުދިންނަށް މި ތަނުން ފޮތް ގެންގޮސްގެން ކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ. ==އަވަހާރަވުން == އަލްފާޟިލް އިސްމާޢީލް ކަލޭފާނު ތުއްތު ސާހިބު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި 31 މާރޗް 1970މ ގައެވެ. ==މަރުޖިޢުތައް== * ފަތްތޫރަ 232 ވަނަ އަދަދު (ޖުލައި 1998) * ފަތްތޫރަ 100 ވަނަ އަދަދު (ޖުލައި 1987) * ހަނދާނާއި ތާރީޚުގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006 {{Dhivehi Adheebun}} [[ޤިސްމު:(ފ. އަތޮޅު)]] [[ޤިސްމު:ޙަޔާތުނާމާ]] {{stub}} kr1gbn2d05tked7zmtai2wee84hntga