ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.9
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
މިލަދުންމަޑުލު އުތުރުބުރި
0
1895
137834
135689
2026-07-01T19:13:45Z
InternetArchiveBot
21776
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
137834
wikitext
text/x-wiki
{{MaldiveAtoll|
ImageExists=Yes|
atollimage=Shaviyani Atoll.png|
admin_name=Shaviyani Atoll|
atoll_name=Miladhunmadulu|
location= 6°30' N and 5°58' N|
letter=C|
abbreviation=Sh (ށ)|
capital=[[FUNADHOO(Shaviyani Atoll)|FUNADHOO]]|
population= 14,654|
noofislands=51|
inhabited_islands=14 |
atoll_chief=Mohamed Mahir|
islands=[[Bileffahi (Shaviyani Atoll)|ބިލެއްފަހި]] [[Feevah (Shaviyani Atoll)|ފީވައް]] [[Feydhoo (Shaviyani Atoll)|ފޭދޫ]] [[Foakaidhoo (Shaviyani Atoll)|ފޯކައިދޫ]] '''[[Funadhoo (Shaviyani Atoll)|ފުނަދޫ]]''' [[Goidhoo (Shaviyani Atoll)|ގޮއިދޫ]] [[Kanditheemu (Shaviyani Atoll)|ކަނޑިތީމު]] [[Komandoo (Shaviyani Atoll)|ކޮމަންޑޫ]] [[Lhaimagu (Shaviyani Atoll)|ޅައިމަގު]] [[Maaungoodhoo (Shaviyani Atoll)|މާއުނގޫދޫ]] [[Maroshi (Shaviyani Atoll)|މަރޮށި]] [[Milandhoo (Shaviyani Atoll)|މިލަންދޫ]] [[Narudhoo (Shaviyani Atoll)|ނަރުދޫ]] [[Noomaraa (Shaviyani Atoll)|ނޫމަރާ]]|
unislands=|
}}
'''މިލަދުންމަޑުލު އުތުރުބުރި''' އަކީ ދިވެހިރާއްޖޭގެ އުތުރަށް ނިސްބަތްވާ އަތޮޅެކެވެ. މި އަތޮޅަކީ އުތުރުން ފެށިގެން 3 ވަނަ އަތޮޅެވެ.
== ޖިއޮގްރަފީ ==
މިލަދުންމަޑުލު އުތުރުބުރިއަކީ މިލަދުންމަޑުލު ދެކުނުބުރިއާއި ތިލަދުންމަތީ ދެކުނުބުރިއާއި ދެމދު އޮންނަ އަތޮޅެކެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ ނ. އަތޮޅު މިލަދުއަށެވެ. އުތުރުން މިއަތޮޅާއި ގުޅެނީ ހދ. އަތޮޅާއިއެވެ. ދެކުނުން ގުޅެނީ ނ. އަތޮޅާއި އެވެ. އަތޮޅުގެ އެންމެ ދިގު ގޮތުގައި ހުރީ 37މޭލެވެ. މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ ސީ. އެވެ. އަތޮޅުގެ ރަށްތަކުގެ ޢަދަދަކީ 51އެވެ. އޭގެތެރޭން މީހުން އުޅެނީ 14 އަށުގައެވެ.
މިއަތޮޅުގެ ވެރިކުރަނީ ފުނަދޫގައެވެ. ފުނަދުއަށް އަތޮޅުގެ ވެރިކަން ބަދަލުކުރެވުނީ 1968 ވަނަ އަހަރުގައެވެ. އޭގެކުރިން މިއަތޮޅުގެ ވެރިކަން ކުރީ ޅައިމަގުގައެވެ.
މިއަތޮޅުގެ ގިނަ ރަށްތަކަކީ ވަރށް ކުދި ރަށްތަކެކެކެވެ. އަތޮޅުގައި އެންމެ ހެޓަރެއްވެސް ހަމަނުވާ 9ރަށް އެބައޮތެވެ. އެއީ އަތޮޅު ރަށްރށުގެ 18 އިންސައްތައެވެ. މިއަތޮޅުގެ މީހުން އުޅޭ ރައްތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑުރަށަކީ މިލަންދޫއެވެ. އެރަށުގެ ބޮޑުމިނަކީ 125.50 ހެކްޓަރެވެ. އަތޮޅުގައި މީހުން އުޅޭ އެންމެ ކުޑަރަށަކީ ކޮމަންޑުއެވެ. އެރަށުގެ ބޮޑުމިނަކީ 5.96 ހެކްޓަރެވެ.
== އާބާދީ ==
2022ވަނަ އަހަރު ކުރިއަށް ގެންދެވުނު ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި މި އަތޮޅުގައި 14654 މީހުން އުޅެއެވެ.
== އިޤްތިޞާދު ==
ށ،އަތޮޅުގެ އާމްދަނީ ހޯދުމަށް އެންމެ ގިނަބަޔަކު ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމުގެ ތެރޭގައި ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާއި، އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރެއެވެ. މަސްވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ރަށަކީ ކޮމަންޑުއެވެ. ދަނޑުވެރިކަން އެންމެ ރަނގަޅި ފީވަކާއި ގޮއިދޫގައެވެ. މިއަތޮޅުގެ ބިލަތްފައްސަކީ އިލޮށްޓާއި ރުކުފަތިން ތަކެތިހެދުމގައި މުޅިރާއްޖެއިންވެސް މަޝްހޫރު ރަށެކެވެ.
== އިތުރުފާލަންތައް ==
[https://web.archive.org/web/20090827101727/http://www.shaviyani.gov.mv/ ށ.އަތޮޅު އޮފީހުގެ ވެބްސައިޓް]
{{Atolls of the Maldives}}
[[ޤިސްމު:Atolls of the Maldives]]
[[ޤިސްމު:Indian Ocean atolls]]
{{Maldives-geo-stub}}
2r2fxvx9rd7b1p80mqiatrl7yhwj4a6
ފޭދޫ (ށ. އަތޮޅު)
0
4531
137835
44028
2026-07-01T19:27:39Z
InternetArchiveBot
21776
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
137835
wikitext
text/x-wiki
މި ރަށަކީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.
== ރަށާބެހޭ މަޢުލޫމާތު: ==
މިރަށަކީ 81.73 ހެކްޓަރގެ ބޮޑުރަށެކެވެ. މިރަށާއި ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި ދެމެދުގައި ހުންނަނީ 245.90 km އެވެ. މިރަށުގެ އާބާދީ 2008 އޮކްޓޯބަރގެ ނިޔަލަށް 535 އަންހެނުންނާއި، 591 ފިރިހެނުންނާއި، އެކު ޖުމްލަ 1126 އެވެ.
== ދިރިއުޅުމުގެ އިޖުތިމާއީ ހާލަތު: ==
މިރަށު މީހުން ދިރިއުޅުމަށްޓަކައި މައިގަނޑުގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި، އިމާރާތްކުރުމާއި، ތެދުވި ވަޑާންކުރުމާއި، ފަންގިވިނުމާއި، ފަތުރުވެރިކަމުގެ ދާއިރާ މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން ކޮންމެވެސް ވަރަކަށް ދަނޑުވެރިކަންވެސްކުރެއެވެ.މިރަށުގައި ވިޔަފާރިކުރާ 14 ތަނާއި، 2 ސައިހޮޓަލާއި، 1 ފާމަސީ ހުރެއެވެ.
== ދިރިއުޅުމުގެ އަސާސީ ހާލަތު: ==
1997 ވަނަ އަހަރުން ފެށިގެން މިރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދެނީ ރައްޔިތުންގެ އިންޖީނުގެ އަކުންނެވެ. މިއިންޖީނުގޭގައި 24 ގަޑިއިރަށް ކަރަންޓްގެ ހިދުމަތް ދިނުމަށްޓަކައި 128 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 80 ކިލޯ ވޯޓުގެ ޖަނަރޭޓަކާއި، 60 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ދަނީ ބޭނުންކުރަމުންނެވެ. އަދި މިއިންޖީނުގެ ބެލެހެއްޓުމަށްޓަކައި 3 މުވައްޒަފުން ތިބެއެވެ.
މިރަށުގެ ރައްޔިތުން ބޯފެން ރައްކާކުރުމަށްޓަކައި 2008 ވަނަ އަހަރު ސަރުކާރުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 2500 ލީޓަރގެ ކަޅު ހަމެއް ފޯރުކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން ށ.އަތޮޅުގެ ތަރައްގީ ޕްރޮގުރާމް ދަށުން ޔޫ.އެން.ޑީ.ޕީ.ގެ އެހީގެ ދަށުން 2001 ވަނަ އަހަރު 2500 ލީޓަރގެ 14 ކަޅުހަން ބެހެއްޓިފައިވެއެވެ.
މިރަށުގައި ކުނި ނައްތާލުމަށްޓަކައި ވަކި ނިޒާމެއް (ކުނި ކޮއްޓެއް) ގާއިމު ކުރެވިފައެއް އަދި ނެތެވެ.
== ސިއްހީ ދާއިރާ: ==
1993ވަނަ އަހަރުން ފެށިގެން މިރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ދެމުންއައީ 1 އާއިލާގެ އެހީތެރިއެއް ހުރެގެންނެވެ. އެހެންނަމަވެސް 20 އޭޕްރީލް 2007 ގައި މިރަށުގައި ވަނީ ސިއްހީ މަރުކަޒެއް ހުޅުވާފައެވެ. މިސިއްހީ މަރުކަޒުގައި މިހާރު 1 ޑޮކްޓަރާއި، 2 ނަރުހުންނާއިއެކު ޖުމްލަ 17 މުވައްޒަފުން، 8 ގަޑިއިރުގެ ހިދުމަތް ދަނީ ރަށުގެ ރައްޔިތުންނަށް ދެމުންނެވެ.
== ތަޢުލީމީ ދާއިރާ: ==
މިރަށަކީ ތަޢުލީމީގޮތުން ބަލާއިރު ވަރަށް ދަށުގައި އުޅޭ ރަށެކެވެ. އެހެންނަމަވެސް 2007 ވަނަ އަހަރުން ފެށިގެން މިރަށު ސްކޫލަކީވެސް ކޭމްބުރިޖް އިމްތިހާން ހަދަމުން އަންނަ ސްކޫލެކެވެ. މިސްކޫލްގައި 37 މުވައްޒަފުން އުޅެއެވެ. މިސްކޫލްގައި 125 ފިރިހެން ކުދިންނާއި، 101 އަންހެން ކުދިންނާއިއެކު ޖުމްލަ 226 ކިޔަވާ ދަރިވަރުން އުޅެއެވެ.
==މީހުން==
މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.
==އިޤްތިޞާދު==
އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.
== އިތުރުފާލަންތައް ==
[https://web.archive.org/web/20090827101727/http://www.shaviyani.gov.mv/ ށ.އަތޮޅު އޮފީހުގެ ވެބްސައިޓް]
{{Islands of the Maldives}}
q0yry73x304esqmn6of3izb6hqmwlcr