ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.48.0-wmf.1 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk ލީބިޔާ 0 4250 138085 124206 2026-10-31T17:32:07Z ~2026-57992-34 29024 /* އިޤްތިޞާދު */ 138085 wikitext text/x-wiki {{Infobox Country |native_name = <big> الجماهيرية العربية الليبية الشعبية الإشتراكية العظمى </big><br />''{{Unicode|Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā}}'' {{spaces|2}}<small>{{ar icon}}</small> |conventional_long_name = Islamic Republic Libya |common_name = Libya |image_flag = Flag of Libya.svg |image_coat = Seal of the National Transitional Council (Libya).svg |image_map = Libya in its region.svg |national_motto = |national_anthem = [[Allahu Akbar (anthem)|Allahu Akbar]]<br />''God is the Greatest'' |official_languages = [[Arabic]]<sup>1</sup> ||demonym = Libyan |capital = [[Tripoli]] |latd=32 |latm=52 |lats=15 |latNS=N |longd=13 |longm=11 |longs=5|longEW=E |largest_city = capital |government_type = [[Jamahiriya]] |leader_title1 = [[List of heads of state of Libya|Leader and Guide of the Revolution]] |leader_name1 = [[Muammar al-Gaddafi]] |leader_title2 = [[General People's Congress (Libya)|Secretary General of the General People's Congress]] |leader_name2 = [[Mohamed Abdul Quasim al-Zwai]] |leader_title3 = [[List of heads of government of Libya|Prime Minister]] |leader_name3 = [[Baghdadi Mahmudi]] |area_rank = 17th |area_magnitude = 1 E12 |area_km2 = 1,759,541 |area_sq_mi = 679,359<!--Do not remove per [[WP:MOSNUM]]--> |percent_water = negligible |population_estimate = 6,420,000<ref name=unpop>{{cite paper | url=http://www.un.org/esa/population/publications/wpp2008/wpp2008_text_tables.pdf | title=World Population Prospects, Table A.1| version=2008 revision | format=.PDF | publisher=United Nations | author=Department of Economic and Social Affairs Population Division | date=2009 | accessdate= 2009-03-12}}</ref> |population_estimate_year = 2009 |population_census = 5,670,688{{smallsup|1}} |population_census_year = 2006 |population_estimate_rank = 105th |population_density_km2 = 3.6 |population_density_sq_mi = 9.4<!--Do not remove per [[WP:MOSNUM]]--> |population_density_rank = 218th |GDP_PPP_year = 2009 |GDP_PPP = $91.078 billion<ref name=imf2>{{cite web|url=http://www.imf.org/external/pubs/ft/weo/2009/02/weodata/weorept.aspx?sy=2006&ey=2009&scsm=1&ssd=1&sort=country&ds=.&br=1&c=672&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=111&pr.y=15 |title=Libya|publisher=International Monetary Fund|accessdate=2009-10-01}}</ref> |GDP_PPP_rank = 68th |GDP_PPP_per_capita = $14,381<ref name=imf2 /> |GDP_PPP_per_capita_rank = 53rd |GDP_nominal = $60.609 billion<ref name=imf2 /> |GDP_nominal_rank = 59th |GDP_nominal_year = 2009 |GDP_nominal_per_capita = $9,570<ref name=imf2 /> |GDP_nominal_per_capita_rank = 52nd |HDI_year = 2007 <!-- Please use the year in which the HDI data refers to and not the publication year/the year in which the report came out --> |HDI = {{increase}}0.847<ref name="UN">{{cite web|url=http://hdr.undp.org/en/media/HDR_2009_EN_Complete.pdf|title=Human Development Report 2009. Human development index trends: Table G|publisher=The United Nations|accessdate=2009-10-10}}</ref> |HDI_rank = 55th |HDI_category = <span style="color:#009900;">high</span> |sovereignty_type = [[Independence]] |established_event1 = Relinquished by [[Italy]] |established_date1 = 10 February 1947 |established_event2 = From [[United Kingdom]] & [[France]] under [[United Nations Trusteeship]] |established_date2 = <br />24 December 1951 |currency = [[Libyan dinar|Dinar]] |currency_code = LYD |country_code = ly |time_zone = [[Eastern European Time|EET]] |utc_offset = +2 |time_zone_DST = |utc_offset_DST = |drives_on = right |cctld = [[.ly]] |calling_code = 218 |footnote1 = Includes 350,000 foreigners ([http://www.angolapress-angop.ao/noticia-e.asp?ID=472437 Libyan 2006 census], accessed September 15, 2006; [http://www.redorbit.com/news/science/522741/libyan_population_grew_18_per_cent_in_19952006__census/index.html]) |footnote1 = [[Modern Standard Arabic|Arabic]] ''(de jure),'' [[Libyan Arabic]] ''(de facto)'' }} ލީބިޔާއަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. == އަވަސް ކަޅިއަކުން ބަލައިލުމެއް == ލީބިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ލީބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަރާބުލްސްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޖަމާހިރީ ވެރިކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 102 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.76 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ly. އެވެ. ކޯލިން ކޯޑަކީ +218 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ދީނާރެވެ. == ނަން == ލީބިޔާގެ ރަސްމީ ނަމަކީ ގްރޭޓް ސޯޝަލިސްޓް ޕީޕަލްސް ލީބިޔަން އަރަބް ޖަމާހިރިއްޔާއެވެ. ޢަރަބި ބަހުން ކިޔަނީ އަލްޖަމާހިރިއްޔާ އަލްޢަރަބިއްޔާ އައްލީބިއްޔާ އައްޝަޢްބިއްޔާ އަލްއިޝްތިރާކިއްޔާ އަލްޢުޡްމާއެވެ. == ޖުޣުރާފީ == ލީބިޔާގެ އުތުރުގައި އޮތީ މެދުތެރޭ ކަނޑެވެ. ލީބިޔާގެ އިރުމަތީގައި އޮތީ މިޞްރެވެ. އިރުދެކުނުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ ޝާދާއި ނީޖަރެވެ. ހުޅަނގުގައި އޮތީ އަލްޖަޒާއިރާއި ތޫނިހެވެ. == ތާރީޚު == އާސާރީ ގޮތުން ހެކި ލިބޭ ގޮތުގައި ޢީސާއީ މީލާދުގެ 8000 އަހަރު ކުރީން ވެސް ލީބިޔާގައި މީހުން ދިރިއުޅުނެވެ. ލީބިޔާގައި ދިރިއުޅުނު އެންމެ ބޯދާ އެއް ދަރިކޮޅަކީ ބަރްބަރީންނެވެ. މި މީހުންނަކީ ގެރިބަކަރި ގެންގުޅުމާއި ދަނޑުވެރިކަން ކުރުމުގެ ހުނަރު ލިބިފައި ތިބި ބައެކެވެ. އޭގެ ފަހުން ފީނީޤީންނާއި ކަރްތަގީނިއަނުންނާއި ޔޫނާނީންނާއި ފާރިސީންނާއި ރޫމީންނާއި ޢަރަބީންނާއި ތުރުކީންގެ އިތުރުން އިރުމަތީ ރޫމީން ވެސް ލީބިޔާގައި ވެރިކަން ހިންގާފައިވެއެވެ. ރޫމީންނާއި ޔޫނާނީންގެ ބައެއް އާސާރީ ތަންތަން ފެންނަން ހުރި ކަމުގައި ވިޔަސް މި ޙަޟާރަތްތަކުގެ މާ ބޮޑު އަސަރެއް މިއަދުގެ ލީބިޔާއަކުން ފެންނާކަށެއް ނެތެވެ. ލީބިޔާގައި އެންމެ ފުރަތަމައަށް ވިޔަފާރީގެ މަރުކަޒުތަކެއް ހަދާފައިވަނީ ފީނީޤީންނެވެ. ޔޫނާނީންގެ ބާރުގެ ދަށުގައި އޮތީ އިރުމަތީ ލީބިޔާއެވެ. މުސްލިމުން ލީބިޔާ ފަތަޙަކޮށްފައިވަނީ މީލާދީން 644 ވަނަ އަހަރުގައެވެ. މި ފަތަޙަ ފުރިހަމަ ވެފައިވަނީ މީލާދީން 655 ވަނަ އަހަރުގައެވެ. ދެން މި ސަރަޙައްދުވެގެން ދިޔައީ އުމަވީ ޚިލާފަތުގެ ދަށުގައި އޮތް ތަނަކަށެވެ. މީލާދީން 1912 ވަނަ އަހަރުން 1927 ވަނަ އަހަރަށް ލީބިޔާ އޮތީ އިޓާލިޔަން ނޯ^ް އެފްރިކާގެ ގޮތުގައެވެ. ލީބިޔާއަށް ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 24 ޑިސެންބަރު 1951 ގައެވެ. == ޑެމޮގްރަފިކްސް == ލީބިޔާގެ ބިމާ އަޅާ ބަލާއިރުގައި ލީބިޔާގެ އާބާދީއަކީ ވަރަށް ކުޑަ އާބާދީއެކެވެ. އެހެނީ ލީބިޔާއަކީ ބިމުގެ ގޮތުން ބަލާއިރުގައި މުޅި ދުނިޔޭގައި ވެސް 17 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ލީބިޔާގެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޤަބަލީ އަދި ޞަޙަރާއަށް ނިސްބަތްވާ ޢަރަބި ބަދަވީންނެވެ. ލީބިޔާގެ އާބާދީގެ 80% މީހުންގެ މާދަރީ ބަހަކީ ޢަރަބި ބަހެވެ. ލީބިޔާގެ އާބާދީގެ 97% މީހުންނަކީ މުސްލިމުންނެވެ. އާބާދީގެ 2% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 1% މީހުންނަކީ އެހެން ދީންތަކަށް ތަބާވާ މީހުންނެވެ. == ސަގާފަތު == ލީބިޔާގެ ސަގާފަތަކީ މަޣުރިބުގައި ހިމެނޭ އަވަށްޓެރި ޤައުމުތަކުގެ ސަގާފަތްތަކާ ވަރަށް އެއްގޮތްކަން ބޮޑު ސަގާފަތެކެވެ. ލީބިޔާ މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަކީ ޢަރަބީންގެ ބިޔަ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ބައެކެވެ. މިކަން ދެމެހެއްޓުމުގެ ގޮތުން އެމީހުން ވަނީ ބަރްބަރީ ބަސް ބޭނުންކުރުމާއި އެ ބަހުން ކިޔަވައި ދިނުން ވެސް މުޅީން މަނާކޮށްފައެވެ. އަދި ލީބިޔާގެ ހަމައެކަނި ރަސްމީ ބަހަކީ ވެސް ޢަރަބި ބަހެވެ. ލީބިޔާއަކީ މިއުޒިކުގެ ގޮތުން ވެސް ވަރަށް މުއްސަނދި ސަގާފަތެއް ލިބިފައިވާ ޤައުމެކެވެ. == އިޤްތިޞާދު == ލީބިޔާގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެ ޤައުމުން ނެގޭ ތެލުގެ މައްޗަށެވެ. ވޯލްޑް ބޭންކުން ސިފަކުރާ ގޮތުގައި ލީބިޔާގެ އިޤްތިޞާދަކީ “އަޕަރ މިޑްލް އިންކަމް އިކޮނޮމީ” އެކެވެ. މީލާދީން 80 ގެ ކުރީކޮޅުގައި ލީބިޔާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ އިޤްތިޞާދު އަޑިއަޅާލީ އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14381 ޑޮލަރެވެ. k9f0gk3d9ujjwzem6l5l6oe38mdlegz