ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.48.0-wmf.3
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ބެކްޓީރިޔާ
0
9457
138096
137675
2026-11-09T21:27:45Z
~2026-59429-46
29052
some slurs in english. fixed though!
138096
wikitext
text/x-wiki
ބެކްޓީރިޔާ ({{en|Bacteria}})އަކީ ލޮލަށް ނުފެންނަ ކުޑަކުޑަ ޖަރާސީމެކެވެ. މިއީ '''ޕްރޯކެރިއޮޓިކް''' އޯގަނިޒަމް އެކެވެ. މާނައަކީ ބެކްޓީރިޔާގައި ކުދި '''އޯގަނެލްސް''' އަދި '''ނިއުކްލިއަސް''' ތަތްވުމަށް ފަށަލައެއް ނުހުންނާނެ އެވެ. ބެކްޓީރިޔާ އަކީ '''އެންމެ ސެލްއެއް އެކުލެވޭ''' އޯގަނިޒަމް އެކެވެ. ތަފާތު ބައްޓަންތަކަށް ބެކްޓީރިޔާ ހުރެއެވެ. އެގޮތުން ވަށްކޮށް، ދިގުކޮށް، ކަތިކޮށް އަދި މިނޫން ގޮތްގޮތަށް ވެސް ބެކްޓީރިޔާ ހުރެއެވެ.
މާހައުލުގައިވާ ތަފާތު އެތަކެއް ތަނަކާއި، ތަކެތީގައި ބެކްޓީރިޔާ އުޅޭނެ އެވެ. ބެކްޓީރިޔާ ގެ ބައެއް ވައްތަރު ތަކުގެ އިންސާނުންނާއި، ޖަނަވާރުން އަދި ގަސްގަހާއި ގެއްސަށް ބަލިތައް ޖައްސައެވެ. ބައެއް ކަހަލަ ބެކްޓީރިޔާ ތަކުން ގެއްލުން ވާއިރު އަނެއްބައި ބެކްޓީރިޔާ ތަކުން ފައިދާ ވެސް ކުރާކަން ފާހަގަ ކުރަން ޖެހެއެވެ. ބިންގަނޑަކީ ގަސްގަހާގެހި ހެދުމަށް އެކަށޭނަ ތަނަކަށް ބެކްޓީރިޔާ ތަކާއި ނުލައި ނުވާނޭކަން ޔަގީނެވެ. އަދި ފަނާވެފައި ހުންނަ ތަކެތި ނެތިގެން ދިއުން ވެސް ބެކްޓީރިޔާ ވުޖޫދުނުވާނަމަ ލަސްވީހެވެ. ބައެއް ބެކްޓީރިޔާ ތަކަކީ، ކާތަކެތި، ކެމިކަލް އަދި ބޭސް އުފެއްދުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއްޗެކެވެ.
2rc2w26tnuq3pf35pr7v3gmcttnjoh9