ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.47.0-wmf.2 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk ބޫޓާން 0 1543 137699 135220 2026-05-16T00:05:18Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 137699 wikitext text/x-wiki {{Infobox Country |native_name = འབྲུག་རྒྱལ་ཁབ་ <br />'''Brug rGyal-Khab''<br />''Dru Gäkhap'' |conventional_long_name = Kingdom of Bhutan |common_name = Bhutan |image_flag = Flag of Bhutan.svg |image_coat =Emblem_of_Bhutan.svg |symbol_type = Emblem |national_anthem = ''[[Druk tsendhen]]'' (The Thunder Dragon Kingdom) |image_map = Bhutan in its region.svg |official_languages = [[Dzongkha]], [[English language|English]] |demonym = Bhutanese |capital = [[Thimphu]] |area_km2 = 47,000 |government_type = [[Democracy]], [[Constitutional Monarchy]] |leader_title1 = [[King]] |leader_name1 = [[Jigme Khesar Namgyal Wangchuck]] |leader_title2 = [[List of Prime Ministers of Bhutan|Prime Minster]] |leader_name2 = [[Kinzang Dorji]] |leader_title3 = [[List of Prime Ministers of Bhutan|Prime Minster-<br />designate]] |leader_name3 = [[Jigme Thinley]] ([[Bhutan Peace and Prosperity Party|DPT]]) |area_sq_mi = 18147 |area_rank = 131st |area_magnitude = 1 E10 |percent_water = Not available yet |population_estimate = 672,425 (2005)<sup>1</sup> |population_density_km2 = 45 |population_density_sq_mi = 117 <!--Do not remove per [[WP:MOSNUM]]--> |population_density_rank = 154th |GDP_PPP_year = 2007 |GDP_PPP = $4.39&nbsp;[[1 E9|billion]] |GDP_PPP_rank = 160th |GDP_PPP_per_capita = $5,477 |GDP_PPP_per_capita_rank = 117th |GrossNtnlHappiness_rank = 1st |HDI_year = 2007 |HDI = {{increase}} 0.579 |HDI_rank = 133th |HDI_category = <span style="color:#ffcc00;">medium</span> |sovereignty_type = [[Formation]] |sovereignty_note = Early 17th century |established_event1 = Wangchuk Dynasty |established_date1 = [[December 17]] [[1907]] |currency = [[Ngultrum]], [[Indian rupee]] |currency_code = BTN, INR |time_zone = [[Bhutan Time|BTT]] |utc_offset = +6:00 |time_zone_DST = not observed |utc_offset_DST = +6:00 |cctld = [[.bt]] |calling_code = 975 |footnote1 = The population of Bhutan had been estimated based on the reported figure of about 1 million in the 1970s when the country had joined the United Nations and precise statistics were lacking[http://www.unhchr.ch/tbs/doc.nsf/0/073f330f9a61c6b0c1256aca004f2ea8?OpenDocument]. Thus using the annual increase rate of 2-3%, the most population estimates were around 2 million in the year 2000. A national census was carried out in 2005 and it turned out that the population was 672,425. Consequently, United Nations Population Division had down-estimated the country's population in the 2006 revision [http://esa.un.org/unpp/]for the whole period from 1950 to 2050. }} ކިންގްޑަމް އޮފް ބޫޓާން ނުވަތަ ބޫޓާން އަކީ ސީނު ކަރައާއި ހިންދުސްތާނާއި ދެމެދު އޮންނަ ދެކުނު އޭޝިޔާގެ ގައުމެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު ބޫޓާނަކީ ފަރުބަދަ މަތީ ގައުމެކެވެ. ހިމާލިޔާ ފަރުބަދަ ތަކުގެ ހިސާބުގެ އުސްމިން ގާތްގަނޑަކަށް 23 ހާސް ފޫޓަށް ވާޞިލް ވެއެވެ. ބޫޓާންގެ އިގްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ފޮރެސްޓްރީ، އެނިމަލް ހަޒްބެންޑްރީ އަދި ދަނޑުވެރިކަމުގެ މައްޗަށެވެ. އޭޕްރީލް 2006ގެ ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާގޮތުން ބޫޓާންގެ އާބާދީ އަކީ 672425 އެވެ. ބޫޓާންގެ ވެރި ރަށަކީ [[Thimphu|ތިމްޕޫ]] އެވެ. ބޫޓާން އަކީ ދުނިޔޭގެ އެންމެ އެކަހެރި އެއްގައުމުގެ ގޮތުގައި ބެލެވޭ ގައުމެވެ. ފަތުރުވެރިކަމާއި ބޭރުގެ އެހީ ކޮންޓްރޯލް ކުރަނީ ސަރުކާރުގެ ފަރާތުންނެވެ. އެއީ އެމީހުންގެ ތެރޭގައި އޮތް ޒަމާންވީ ޓިބެޓިއަން ބުދު ދީންގެ ސަގާފަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ. ބޫޓާންގެ ރަސްމީ ބަހަކީ ޖޮންކާ އެވެ. ތާރީޚީ އަދި ސަގާފީ ގޮތުން ބޫޓާން ވަނީ އުތުރަށް އޮތް ޓިބެޓާއި ގުޅިފައެވެ. ނަމަވެސް މިއަދު ސިޔާސީ އަދި އިގްތިޞާދީ ގޮތުން ހިންދުސްތާން އާއި ބޫޓާންގެ ގުޅުން އިތުރުކަން ފާހަގަ ކުރެވެއެވެ. 1907ން ފެށިގެން ބޫޓާންގައި އޮންނަނީ ރަސްކަމެވެ. ބޫޓާންގެ ރަސްކަލަކަށް ދުވަސްތަކެއް ވަންދެން ހުރި ޖިގްމޭ ސިންޔޭ ވަންޗުކް ވަނީ ޑިސެމްބަރު 2005 ގައި ގާނޫނީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކޮށްފައެވެ. 14 ޑިސެމްބަރު 2006 ގައި ޖިގްމޭ ސިންޔޭ ވަންޗުކު ރަސްކަމުން އަޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން ޖިގްމޭ ކޭސަރު ނަމްޔަލް ވަންޗުކު އޭނާގެ ބަދަލުގައި ތަޚްތަށް އިސްވާނެ ކަން އިޢުލާން ކުރިއެވެ. 22 އޭޕްރީލް 2007 ގައި ޖެހިގެން އޮތް 2008 ވަނަ އަހަރު ބޫޓާންގެ ތާރީކްގައި އޮންނަ ފުރަތަމަ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަން އިއުލާން ކޮށްފައި ވެއެވެ. == ނަން == ބޫޓާން މިބަސް ނެގިފައިވަނީ ސާންސްކްރިތު ބަހެއް ކަމުގައިވާ '' ބޫ-އުއްޓާން'' އިން ކަމަށްވެސް ވެދާނެއެވެ. މިބުނި ބަހުގެ މާނައަކީ ''އުސް ބިން'' އެވެ. ސާންސްކްރިތު އެހެން ބަހެއް ކަމުގައިވާ '' ބޮޓްސް-އޭންޓް'' މިބަހުގެ މާނައަކީ ''ޓިބެޓްގެ ނިމުން'' ނުވަތަ ''ދެކުނު ޓިބެޓް'' އެވެ. ބޫޓާންގެ ބައެއް މީހުން އެގައުމަށް ''ޑުރުކް ޔަލް'' އޭ ކިޔައެވެ. މާނައަކީ ''ލޭންޑް އޮފް ތަންޑަރ ޑްރެގަން'' މިއެވެ. މާޒީގެ ތާރީޚްގައި ބޫޓާން އަށް ތަފާތު ނަންތައް ކިޔާފައި ވެއެވެ. އޭގެ ތެރޭގައި ''ލޯ މޮން'' ( ސަދަން ލޭންޑް އޮފް ޑާރކްނެސް ) ، ލޯ ސެންޑެންޖޮންގ ( ސަދަން ލޭންޑް އޮފް ސަންޑަލްވޫޑް ) ، ލޯމެން ކަޒްހީ ( ސަދަން ލޭންޑް އޮފް އެޕްރޯޗްސް ) އަދި ލޯމެން ޖޮންގ ( ސަދަން ލޭންޑް އޮފް މެޑިސިނަލް ހާރބްސް ) ފަދަ ނަންތައް ހިމެނެއެވެ. == ތާރީޚް == ގަލާއި ހިލައިގެ އާލަތްތައް، ހަތިޔާރުތައް، އެތްތައް، އަދި ބޮޑެތި ގަލުން ހަދާފައިވާ އިމާރާތްތަކުގެ އޮނިގަނޑުތަކުން ބޫޓާން އަކީ ޢީސާގެ ފާނުގެ 2000 އަހަރު ކުރިން މީހުން އުޅުނު ގައުމެއްކަން ހެކިދެއެވެ. ޢީސާގެ ފާނުގެ 500 އަހަރު ކުރިންނާއި، އަދި މީލާދީގެ 600 ވަނަ އަހަރާއި ދެމެދު ބޫޓާންގެ އަސްލު އަހުލުވެރިން ދުނިޔޭގައި އުޅެދާނެ ކަމަށް ތާރީޚީ އިލްމުވެރިން ނަޒަރިއްޔާތައް ބުނެއެވެ. މީލާދީން 1827 ވަނަ އަހަރު ބޫޓާންގެ ކުރީގެ ވެރިރަށް ޕުނާޚާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަކެއް ބޭނުންތެރި ރިކޯޑްތައް އަދައި ހަލާކުވެ ދިއުމާއި ގުޅިގެން ބޫޓާންގެ ކުރީގެ ހަގީގީ ތާރީޅް ނުވަތަ ބޫޓާން އުފެދިގެން އައިއައުން އަދިވެސް ވަނީ ރަގަޅަށް ސާފު ނުވެއެވެ. އިގިރޭސިން ދެކުނު އޭޝިޔާގެ ސަރަޙައްދު ދޫކޮށް ދިޔަފަހުން 8 އޮގަސްޓް 1949 ގައި އިންޑިޔާއާއި ބޫޓާނާއި ދެމެދު ރަހުމަތްތެރިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނެވެ. 1951ގައި ޗައިނީޒް ލިބަރޭޝަން އާމީ ޓިބެޓަށް ވަނުމުން ބޫޓާން އިން އިންޑިޔާއާއި އެއްބަސްވުމަކަށް އައިއެވެ. އެއީ ސީނުކަރައިން ކުރިމަތިވެދާނެ ނުރައްކަލުގެ ޙާލަތުގައި އިންޑިޔާގެ އެހީ ހޯދުމަށްޓަކައެވެ. 1953 ގައި އޭރުގެ ރަސްގެފާނު ޖިގްމޭ ޑޮރުޖީ ވަންޗުކު 130 މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އެސެމްބްލީ އެކުލަވާ ލެއްވި އެވެ. އެއީ ވެރިކަން ހިންގުމުގެ ޑިމޮކްރެޓިކް ގޮތްތައް އިތުރު ކުރުމަށްޓަކައެވެ. 1965 ގައި ޝާހީ ލަފާދޭ ކޮމިޓީ އެކުލަވާލައި އަދި 1968 ގައި ކެބިނެޓް އެކުލަވާ ލެއްވި އެވެ. 1971 ގައި ބޫޓާން އިން އެކުވެރި ދައުލަތްތައް ނުވަތަ އދ.ގެ މެންބަރަކަށް ވިއެވެ. 1972 ގައި އުމުރުން 16 އަހަރުގައި ޖިގްމޭ ސިންޔޭ ވަންޗުކް ބޫޓާންގެ ރަސްކަމުގެ ތަޚްތަށް އިސްކުރެވުނެވެ. އެއީ ބައްޕާފުޅު ރަސްކަލުން ޖިގްމޭ ޑޮރްޖީ ވަންޗުކު އަވަހާރަވެ ވަޑައިގަތުމުންނެވެ. [[ފައިލް:Bhutan CIA WFB 2010 map.png|thumb|right|150px|ބޫޓާނުގެ މެޕެއް]] 1998 ވަނަ ބޫޓާންގެ ރަސްގެފާނު ސިޔާސީ އިޞްލާޙުތަކެއް އިޢުލާންކޮށް ތަޢާރަފް ކުރެއްވި އެވެ. އެގޮތުން ރަސްގެފާނަށް ލިބިގެންވާ ވަރަށް ގިނަ ބާރުތަކެއް ބޮޑު ވަޒީރުގެ އަތްމައްޗަށް ދޫކޮށް ލެއްވި އެވެ. 2003 ވަނަ އަހަރުގެ ފަހުކޮޅު ބޫޓާން ސިފައިން ވަނީ ބޫޓާންގެ ދެކުނުގައި ހަރަކާތްތެރިވި ގެރިއްލާއިންނާއި ހަގުރާމަކޮށް އެެމީހުން ބަލިކޮށްފައެވެ. 1999 ވަނަ އަހަރު ބޫޓާންގެ ރަސްގެފާނު ބޫޓާންގައި ޓީވީ އާއި އިންޓަނެޓް ބޭނުންކުރުން މަނާކޮށްފައި އޮތްއޮތުން އުވާލައްވައި އެކަންކަން ބޭނުންކުރުމުގެ ހުއްދަ ދެއްވި އެވެ. އަދި ނުރަގަޅު ގޮތުގައި ޓީވީ ބޭނުންކޮށްފިނަމަ ބޫޓާންގެ ޒަމާންވީ ޢާދަތައް ގެއްލިގެން ހިގައިދާނެ ކަމުގެ އިންޒާރު ރައްޔިތުންނަށް ދެއްވި އެވެ. ބޫޓާންގެ ރަސްކަލަކަށް ދުވަސްތަކެއް ވަންދެން ހުރި ޖިގްމޭ ސިންޔޭ ވަންޗުކް ވަނީ ޑިސެމްބަރު 2005 ގައި ގާނޫނީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކޮށްފައެވެ. 14 ޑިސެމްބަރު 2006 ގައި ޖިގްމޭ ސިންޔޭ ވަންޗުކު ރަސްކަމުން އަޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން ޖިގްމޭ ކޭސަރު ނަމްޔަލް ވަންޗުކު އޭނާގެ ބަދަލުގައި ތަޚްތަށް އިސްވާނެ ކަން އިޢުލާން ކުރިއެވެ. 22 އޭޕްރީލް 2007 ގައި ޖެހިގެން އޮތް 2008 ވަނަ އަހަރު ބޫޓާންގެ ތާރީކްގައި އޮންނަ ފުރަތަމަ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަން އިއުލާން ކޮށްފައި ވެއެވެ. [[ފައިލް:TrongsaDzong.jpg|thumb|150px|މަޝްހޫރު [[Trongsa|ޓްރޮންގސާ]] ޑްޒޮންގ.]] 1949 ވަނަ އަހަރު ވެފައިވާ އިންޑިޔާ-ބޫޓާން ރަހުމަތްތެރި ކަމުގެ އެއްބަސްވުން 8 ފެބްރުއަރީ 2007 ގައި މުރާޖަޢާ ކުރެވިފައި ވެއެވެ. މިއެއްބަސްވުމުގައި ވާގޮތުން ''އިންޑިޔާ އަށް ބޫޓާންގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ޙައްގެއް ނޯންނާނެ'' އެވެ. ''އަދި ހަމަމިހެން ބޭރުގެ ގުޅުންތަކުގައި ބޫޓާން އިން އިންޑިޔާގެ އިރުޝާދު ގަބޫލުކޮށް އެއަށް ޢަމަލު ކުރަން އެއްބަސްވެފައި'' ވެއެވެ. == އަސްކަރިއްޔާ އަދި ބޭރުގެ ގުޅުން == ބޫޓާންގެ އަސްކަރީ ޚިދުމަތް ބިނާވެގެންވަނީ ބޫޓާން ރޯޔަލް އާރމީގެ މައްޗަށެވެ. ބޫޓާން ރޯޔަލް އާރމީގައި ހިމެނެނީ ރޯޔަލް ބޮޑީގާރޑް، އަދި ރޯޔަލް ބޫޓާން ޕޮލިސް އެވެ. އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށްމެ ބޫޓާންގެ އަސްކަރީ ޚިދުމަތުގެ ތެރެއަށް ވަދެވިދާނެއެވެ. އިންޑިޔަން އާރމީންގެ ފަރާތުން ތަމްރީނު ކޮށްފައިވާ ސްޓޭންޑިންގ އާރމީންގެ ޢަދަދަކީ 6000 އެވެ. ތަފާތު 22 ގައުމަކާއި ބޫޓާންވަނީ ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އިއްތިޙާދު، ބަންގާޅު، ތައިލޭންޑް އަދި ކުވައިތު ހިމެނެއެވެ. އެމެރިކާ އަދި ޖެނީވާގައި ބޫޓާންގެ އދ. މިޝަންތައް ހުރެއެވެ. ބަންގާޅު، ހިންދުސްތާން، ގެ ސަފާރާ ތައް ބޫޓާން ގައި ހުރެއެވެ. ތައިލޭންޑްގެ ކޮންސުލޭޓް އެއް ބޫޓާންގައި ހުރެއެވެ. ބޫޓާން އާއި އިންޑިޔާ އާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްގައުމުގެ ރައްޔިތުންނަށް އަނެއް ގައުމަށް ޕާސް ޕޯޓް އަދި ވިސާއާއި ނުލައި ހަމައެކަނި އެމީހެއްގެ އައިޑެންޓިޓީ ކާޑް ހިފައިގެން ދަތުރު ކުރެވެއެވެ. ބޫޓާންގެ އުތުރަށް އޮތް ސީނު ކަރަ އާއި ބޫޓާން އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ދަތުރުކުރާ އެގައުމުތަކުގެ ރައްޔިތުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ބޫޓާން އާއި ސީނު ކަރައާއި ދެމެދު ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރެވުނީ 1998 ވަނަ އަހަރު އެވެ. ދާދި ފަހުން ބޫޓާއިން ވަނީ މަކާއޯ އަދި ހޮންގޮންގ އަށް ބޫޓާން ސަރުކާރުގެ ކޮންސުލޭޓުން ކަނޑައަޅާފައެވެ. ބޫޓާން އާއި އެމެރިކާ އާއި ދެމެދު ރަސްމީ ގުޅުމެއް އަދި ނޯވެއެވެ. ނަމަވެސް ނުރަސްމީ ވާހަކަތައް އިންޑިޔާގައި ހުންނަ އެމެރިކާ ސަފާރާ މެދުވެރިކޮށް ބޭއްވެއެވެ. == ސިޔާސަތު == 1999 ވަނަ އަހަރު ބޫޓާންގެ ހަތަރުވަނަ ރަސްގެފާނު 10 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިސްޓަރުންގެ ކައުންސިލް އުފެއްދެވިއެވެ. ބޫޓާންގެ ހެޑް އޮފް ސްޓޭޓް އަކީ އެގައުމުގެ ރަސްގެފާނެވެ. އެގްޒެކްޓިވް ޕަވަރ ލިބިގެންވަނީ މިނިސްޓަރުންގެ ކައުންސިލް އަށެވެ. އަދި ލެގިސްލޭޓިވް ޕަވަރ އޮންނަނީ ސަރުކާރާއި ގައުމީ މަޖުލިސްގެ އަތްމަތީގައެވެ. މިހާރު ބޫޓާން ތައްޔާރު ވަމުންދަނީ 2008ގައި ބަރުލަމާނީ ނިޒާމް ހިމެނޭ ޑިމޮކްރަސީ ބޫޓާން އަށް ތަޢާރަފްކުރުމަށެވެ. == ޖޫގުރަފީ == ބޫޓާންގެ އުތުރުގެ ހިސާބުތައް އެކުލެވިގެންވަނީ އުސް ފަރުބަދަތަކާއި، އުސް ބިނާތަކުގެ މައްޗަށެވެ. މިހިސާބު ގަނޑުގައި އާއްމު ގޮތެއްގައި ބިމުގެ ސަތަހައަށްވުރެ 2300 ފޫޓް މައްޗަށް އުސްމިން ހުންނަ ކަމަށްވެއެވެ. އެންމެ އުސްހިސާބުގައި 24835 ފޫޓް ހުންނަ ކަމަށްވެއެވެ. މިއީ އާދަޔާ ޚިލާފަށް ފިނި ހިސާބެކެވެ. މިހިސާބަށް އާއްމުކޮށް ސްނޯ ފައިބާ ކަމަށް ވެއެވެ. ބޫޓާންގެ މެދުތެރޭގައިވާ ކަޅު ފަރުބަދަ އަކީ ބޫޓާންގައިވާ މައިގަނޑު ދެކޯރުގެ ނިޒާމް އާދެ! ދެކޯރު މޯޗޫ އަދި ޑްރެންމެޗޫ ވަކިކޮށްދޭ ތަނެވެ. ކަޅު ފަރުބަދަ ބިމުގެ ސަތަހައަށްވުރެ 8-4 ހާސް ފޫޓާއި ދެމެދުގެ މިންވަރަކަށް އުސްކަމަށް ބުނެވެއެވެ. ބޫޓާންގައިވާ މައި ކޯރު ތަކަކީ ތޮރްސާ، ރައިޑަކް، ސަންކޯސް، އަދި މަނަސް އެވެ. ބޫޓާންގެ އާބާދީގެ އެންމެ ބޮޑު ބަޔެއް ދިރި އުޅެމުންދަނީ ބޫޓާންގެ މެދުތެރޭ ހިސާބު ގައެވެ. ބޫޓާން އަށް ތަފާތު 5 މޫސުމެއް އަހަރުގެ ތެރޭގައި ކުރިމަތި ވެއެވެ. އެއީ ހޫނު، ރަބީއު، ޚަރީފް، ފިނި އަދި މޮންސޫން އެވެ. == އިގްތިޞާދު == [[ފައިލް:Bhutan landscape.jpg|thumb|right|150px|ބޫޓާންގެ ދަނޑެއް]] ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ބޫޓާންގެ އިގްތިޞާދަކީ އެންމެ ހީނަރު އިގްތިޞާދެވެ. ނަމަވެސް މިހީ އާއި ޚިލާފަށް ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ބޫޓާންގެ އިގްތިޞާދީ ޙާލަތު ވަނީ ރަގަޅުވަމުން އައިސްފައެވެ. އިގްތިޞާދީ ކުރިއެރުމުގެ ނިސްބަތް 2005ގައި 8 އިންސައްތައިގައި އުޅޭއިރު، 2006ގައި މިނިސްބަތް އުޅެނީ 14 އިންސައްތައިގައެވެ. އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ ޢާއްމުދަނީ ގެ ނިސްބަތް ބޫޓާންގައި އުޅެނީ މީހަކަށް 1321 އެމެރިކާ ޑޮލަރެވެ. ބޫޓާންގެ އިގްތިޞާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި، ފޮރެސްޓްރީ އަދި ހައިޑްރޯއިލެކްޓްރިކް ޕަވަރ އިންޑިޔާ އަށް ވިއްކުމުގެ މައްޗަށެވެ. ގާތްގަނޑަކަށް އާބާދީގެ 80 އިންސައްތައިގެ ޢާއްމު ދަނީ ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ތަފާތު ބާވަތް ބާވަތުގެ އަތްތެރި މަސައްކަތްތައް ވެސް ބައެއް މީހުން ކޮށްއުޅެއެވެ. ބޫޓާންގައި އަދި ރެއިލްވޭގެ ނިޒާމެއް ގާއިމް ކުރެވިފައެއް ނުވެއެވެ. އިންޑިޔާއިން ޓިބެޓަށް ބޫޓާންގެ އުތުރުގެ އުސްބިންތައް ހުރަސްކޮށް ގެންގޮސްފައިވާ ރޭލު ދަތުރުކުރާ މަގު 1959ން ފެށިގެންވަނީ ބަންދުކުރެވިފައެވެ. މިމަގު ބޭނުންކުރެވުނީ ވިޔަފާރީގެ ދާއިރާތަކުގައި މުދާ އުފުލައި ހެދުމަށެވެ. ބޫޓާންގެ ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ހިމަގޮދަން، މިރުސް، އާފަލް، އޮރެންޖް، ބަކްވީޓް، އަދި ޒުވާރި ފަދަ ބާވަތްތައް ހިމެނެއެވެ. އިންޑަސްޓްރީގައި އުފައްދާ ބާވަތްތަކުގެ ތެރޭގައި ލަކުޑި، ސިމެންތި، ދަނޅުގައި ބަންދުކުރާ ކާނާގެ ބާވަތްތައް، އަދި ދަޅުގައި ބަންދުކުރާ ބުއިންތައް، އަދި ކެލްސިއަމް ކާރބައިޑް ހިމެނެއެވެ. ބޫޓާންގެ ފައިސާ އަކީ ގަލްޓްރަމް އެވެ. ނަމަވެސް އިންޑިޔާގެ ފައިސާ ރުޕީ ވެސް ބޫޓާންގައި ލީގަލް ޓެންޑަރެއްގެ ގޮތުން ގަބޫލު ކުރެއެވެ. ބޫޓާންގެ އިންފްލޭޝަން ރޭޓް 2003 ގައި 3 އިންސައްތައިގައެވެ. ބޫޓާންގެ މުދާ އެންމެ ގިނައިން ބޭރުކުރަނީ ހިންދުސްތާން، ބަންގާޅު އަދި ފިލިޕީންސް އަށެވެ. ބޫޓާން އަށް އެންމެ ގިނައިން މުދާ އެތެރެކުރަނީ އިންޑިޔާ، ޖަޕާން އަދި އޮސްޓްރިއާ އިންނެވެ. ޓިބެޓާއި ބޫޓާން އާއި ދެމެދު އޮތް ބޯޑަރު ބަންދުކުރުމާއި ވިދިގެން ބޫޓާނާއި ސީނު ކަރަ އާއި ދެމެދު މުދާ އެތެރެކޮށް ބޭރުކުރުމުގެ މަސައްކަތެއް މިހާރު ނުހިންގައެވެ. == އިދާރީ ގޮތުން ބެހިފައިވާ ބައިތައް == އިދާރީ ބައިތައް އިދާރީ ގޮތުން ބޫޓާން ބަހާލެވިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އަދި މިއިން ކޮންމެ ބަޔެއް ވަނީ 5 ސަރަހައްދަކަށް ބަހާލެވިފައެވެ. އެހެން ކަމުން ތަފާތު 20 ހިސާބެއް ނުވަތަ ސަރަހައްދެއް ބޫޓާންގެ މައި ސަރަހައްދު ތަކުގެ ގޮތުގައި އޮވެއެވެ. މިގޮތުން ބޫޓާން ބަހާލެވިފައިވާ 20 ބައި ތިރީގައި މިވަނީ އެވެ. [[ފައިލް:Bhutan-divisions-numbered.png|thumb|left|270px|Dzongkhag of Bhutan.]] <table><td><ol> <li> [[Bumthang District|ބުމްތަންގ]] <li> [[Chukha District|ޗުއްކާ]] (''Chukha'') <li> [[Dagana District|ޑަގަނާ]] <li> [[Gasa District|ގާސާ]] <li> [[Haa District|ހާ]] <li> [[Lhuntse District|ލަންޗީ]] <li> [[Mongar District|މޮންގަރު]] <li> [[Paro District|ޕަރޯ]] <li> [[Pemagatshel District|ޕަމަގަސްޗެލް]] (''Pemagatsel'') <li> [[Punakha District|ޕުނާކާ]] </ol></td><td><ol start=11> <li> [[Samdrup Jongkhar District|ސަމްޑްރަޕް ޖޮންކަރ]] <li> [[Samtse District|ސަމްޗީ]] (''Samchi'') <li> [[Sarpang District|ސަރުޕަންގ]] <li> [[Thimphu District|ތިމްޕޫ]] <li> [[Trashigang District|ތަޝިގަންގ]] (''Tashigang'') <li> [[Trashiyangste District|ތަޝިޔަންޗީ]] <li> [[Trongsa District|ޓޯންގސާ]] (''Tongsa'') <li> [[Tsirang District|ޗިރަންގ]] (''Chirang'') <li> [[Wangdue Phodrang District|ވަންގޑީ ފޮޑްރަންގ]] (''Wangdi Phodrang'') <li> [[Zhemgang District|ޝެމްގަންގ]] (''Zhemgang'') </ol></td></table> == ޑިމޮގްރަފިކްސް == ޖޫން 2005ގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ބޫޓާންގެ އާބާދީ އަކީ 672425 އެވެ. އާބާދީގެ 20 އިންސައްތަ މީހުން ދިރިއުޅެނީ ރަށްފުށު ހިސާބުގައެވެ. ބިމުގެ ކޮންމެ އަކަ ކިލޯ މީޓަރަކަށް ބޫޓާންގައި ޖެހެނީ 45 މީހުންނެވެ. އެހެން ކަމުން ބޫޓާން ސިފަކުރެވެނީ އޭޝިޔާގެ ބިމުގެ ނިސްބަތުން އެންމެ އާބާދީ ކުޑަ ގައުމުގެ ގޮތުގައެވެ. އެންމެ މީހުން ގިނައިން ދިރިއުޅެނީ ބޫޓާންގެ ވެރިރަށް ތިމްޕޫ ގައެވެ. އެރަށުގައި 50 ހާސް މީހުން ދިރިއުޅެއެވެ. ބޫޓާން މީހުންގެ އިތުރުން އެހެން ބައެއް ނަސްލު ދީންތަކުގެމީހުން ވެސް ބޫޓާން ގައި ދިރިއުޅެއެވެ. ދެވަނަ އަށް އެންމެ ގިނައީ ބޫޓާންގެ ހުޅަގު ހިސާބުތަކުގައި އުޅޭ ގަލޮޕްސް ދަރިކޮޅު ގެ މީހުންނެވެ. ބުދު ދީނަށް ތަބާވާ މިދަރިކޮޅު މީހުންގެ ސަގާފަތާއި ދިރިއުޅުން ޓިބެޓްގެ މީހުންގެ ދިރިއުޅުމާއި ވަރަށް އެއްގޮތެވެ. ހަމަމިހެން އިރުމަތީ ހިސާބުތަކުގައި އުޅޭ ސާކޮޕްސް ދަރިކޮޅުގެ މީހުންނަކީ ވެސް މިފަދަ ބައެކެވެ. 15 އިންސައްތަ ނޭޕާލް ދަރިކޮޅުގެ މީހުން އުޅެއެވެ. އެމީހުންނަކީ ހިންދީ ދީނަށް ތަބާވާ މީހުންނެވެ. [[ފައިލް:Bhutan man.jpg|thumb|right|150px|ބޫޓާންގެރައްޔިތެއް]] ބޫޓާންގެ ގައުމީ ބަހަކީ ޖޮންކާ އެވެ. މިއީ ޓިބެޓްގައި ވާހަކަ ދައްކާ ބަހުރުވައިގެ ޢާއިލާގައި ހިމެނޭ 53 ބަހުގެ ތެރެއިން ބަހެކެވެ. ލިޔަން ބޭނުންކުރާ ސްކްރިޕްޓަށް ކިޔަނީ ޗޮކޭ އެވެ. މިއީ ޓިބެޓްގެ ސްކްރިޕްޓާއި ވަރަށް އެއްގޮތް ގާތްކުރާ ސްކްރިޕްޓެކެވެ. ޓިބެޓްގައި ވާހަކަ ދައްކާ ތަފާތު 19 ބަހެއް އެއީ ބޫޓާންގައި ވާހަކަ ދައްކާ ޖޮންކާ ބަހުގެ ބަހުރުވަތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބޫޓާންގެ ހުޅަގުގައި ލެޕްޗާ އޭކިޔޭ ބަހުރުވައަކުން ވާހަކަ ދައްކާއިރު އިރުމަތީ ހިސާބުގައި ވާހަކަ ދައްކަނީ ޝަންގަލާ އޭ ކިޔޭ ބަހުރުވަ އަކުންނެވެ. ދެކުނުގައި ޢާއްމުކޮށް ވާހަކަ ދައްކަނީ ނޭޕާލް ބަހުންނެވެ. ތަފާތު 24 ބަހަކުން ބޫޓާންގައި ވާހަކަ ދައްކައި އުޅޭކަން ހޯދިފައި ވެއެވެ. ބޫޓާންގެ މަދަރުސާ ތަކުގައި ކިޔަވައިދެނީ އިގިރޭސި މީޑިއަމަށެވެ. ޖޮންކާ ކިޔަވާދެނީ މަޖުބޫރު ބަހެއް ނުވަތަ މާއްދާއެއްގެ ގޮތުގައެވެ. ބޫޓާންގެ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 42.2 އިންސައްތަ އެވެ. ބޫޓާން މީހުންގެ ދިރިހުންނަ ކަމާ ލަފާ ކުރެވޭ މުއްދަތު އުޅެނީ 62.2 އަހަރުގައެވެ. == ސަގާފަތު == ބޫޓާން އަށް ޒިޔާރަތް ކުރުން އޮންނަނީ ވަކި މިންގަޑެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. ފަތުރުވެރިންނަށް ދޫކުރެވޭ ވިސާވެސް ދޫކުރެވެނީ އަހަރަކު ވަކި މިންވަރަކަށެވެ. ބޫޓާންގެ ރަސްމީ ހެދުމަކީ ކަލުލާއި ހަމައަށް އިންނަ ގޯ އޭ ކިޔޭ ހެދުމެކެވެ. އަންހެނުން އަޅާ ރަސްމީ ނުވަތަ ގައުމީ ހެދުމަށް ކިޔަނީ ކީރާ އެވެ. ވަރަށް ގިނަ އަންހެނުން ކަންފަތުގައި މުދި ލާފައި ހުންނަ ތަން ފެނެއެވެ. ބޫޓާންގެ ޢާއްމު ކެއުމުގެ ތެރޭގައި ހަނޑުލާއި ޒުވާރި ބޭނުން ކުރެއެވެ. އަދި އުސް ހިސާބު ތަކުގައި އުޅޭ މީހުން ގެރި ބަކަރި، ކުކުޅު ފަދަ ތަކެތީގެ މަސް ކެއުމަށް ބޭނުންކުރާކަމަށް ފާހަގަވެފައި ވެއެވެ. ފިނި މޫސުމްގައި އެންމެ މަޝްހޫރު ކެއުމަކީ މިރުހާއި އެއްކޮށްގެން ހަދާފައި ހުންނަ އެއްގަމު މަހާ، ހަނޑޫ އަދި ތަރުކާރީގެ ސުރުވާ އެވެ. ބަޓަރާއި ޗީޒް އަކީ ވެސް ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ދެބާވަތެވެ. މީގެ އިތުރުން ބަޓަރު ސައި، އަދި އާދައިގެ ސަޔަކީ ވެސް ވަރަށް ޢާންމު ބުއިންތަކެވެ. ބޫޓާން އަކީ ދުންފަތުގެ އިސްތިޢުމާލު ކޮށް ވިއްކުން މަނާކޮށްފައިވާ ހަމައެކަނި ގައުމެވެ. [[ފައިލް:Bhutanese thanka of Mt. Meru and the Buddhist Universe.jpg|thumb|left|150px|ބޫޓާންގެ ސަގާފަތް ދައްކައިދޭ ކުރެހުމެއް]] ބޫޓާން ގެ ގައުމީ ކުޅިވަރަކީ އާޗެރީ އެވެ. ޑާޓަކީ ވެސް ވަރަށް މަޝްހޫރު ކުޅިވަރެކެވެ. ބޫޓާންގައި ކުޅޭ މަޝްހޫރު ސަގާފީ އެއް ކުޅިވަރަކީ ޑިގޯރ އެވެ. ފުޓްބޯޅަ ކުޅޭ މީހުންނާއި ފުޓްބޯޅައިގެ މަގުބޫލުކަން ބޫޓާންގައި އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ރިގްސަރ އަކީ ބޫޓާން ގައި މަޝްހޫރު ވަމުންނަ އަންނަ މިއުޒިކްގެ ވައްތަރެކެވެ. ވަރަށް ގިނަ ބަންދު ދުވަސްތައް ބޫޓާންގައި ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ގައުމީ ދުވަސް ، އަދި ތަފާތު މޫސުންތައް ފެށޭ ދުވަސްތައް ހިމެނެއެވެ. == އަދި އިތުރަށް ބައްލަވާލައްވާ == {{columns |width=280px |col1 = * [[Media of Bhutan|މީޑިއާ އޮފް ބޫޓާން]] * [[Buddhism in Bhutan|ބުދިޒަމް އިން ބޫޓާން]] * [[Communications in Bhutan|ކޮމިޔުނިކޭޝަން އިން ބޫޓާން]] * [[Foreign relations of Bhutan|ފޮރެއިން ރިލޭޝަންޝިޕް އިން ބޫޓާން]] |col2 = * [[List of Bhutan-related topics|ބޫޓާން އާއި ގުޅޭ އެހެން މަޒްމޫނުތައް]] * [[Military of Bhutan|ބޫޓާންގެ އަސްކަރީ ބާރު]] * [[Music of Bhutan|މިޔުޒިކް އިން ބޫޓާން]] * [[Transport in Bhutan|ބޫޓާނުގައި ދަތުރުފަތުރު ކޮށް އުޅޭގޮތް]] }} == އިތުރު ފާލަންތައް == * [https://web.archive.org/web/20051230224419/http://www.bhutan.gov.bt/ ބޫޓާންގެ ސަރުކާރު] * [http://www.kingdomofbhutan.com/kingdom/kingdom_.html ބޫޓާނުގެ ރަސްކަމާއި، ފަތުރުވެރިކަމާއި ބެހޭ ސައިޓެއް] * [http://www.thelastshangrila.com/ ދަ ލާސްޓް ޝަންގރިއްލާ] * [https://web.archive.org/web/20070304070955/http://www.bhutantimes.bt/ ބޫޓާން ޓައިމްސް] * [https://web.archive.org/web/20070927013253/http://www.business-anti-corruption.dk/normal.asp?pageid=171 ބޫޓާން ކަންޓްރީ ޕްރޮފައިލް] * [https://web.archive.org/web/20070518201516/http://www.anti-corruption.org.bt/ ބޫޓާންގެ އެންޓި ކޮރަޕްޝަން ކޮމިސަން] * [http://www.bhutanlive.com ބޫޓާން ލައިވް ކޮމިޔުނިޓީ] * [https://web.archive.org/web/20070716140558/http://bhutan2008.blogspot.com/ އަ ގައިޑް ޓު ބޫޓާން - 100 ޔަރސް އޮފް މޮނާކީ ސެލެބްރޭޝަން] {{SAARC}} [[ޤިސްމު:SAARC]] l9gg3z22eap13zkwwnuq3pi0m3r60bv މޯލްޑިވިއަން ވިކިޕީޑިއާ 0 16386 137698 2026-05-15T18:00:42Z SuperWikiaBros 28376 އުފެއްދި ޕޭޖް، އަޅުގަނޑުމެންނަށް ބޭނުން 137698 wikitext text/x-wiki '''މޯލްޑިވިއަން ވިކިޕީޑިއާ''' އަކީ [[ދިވެހި ބަސް]] ގެ [[ވިކިޕީޑިއާ]] ގެ ވަރޝަން އެވެ. 28 އޮގަސްޓް 2004 ގައި ލޯންޗުކުރި މި ފޮތުގައި 3،201 ލިޔުމާއި 24 އެޑިޓަރުން ހިމެނެ އެވެ.<ref>https://meta.wikimedia.org/wiki/List_of_Wikipedias</ref> == ބޭރުގެ ލިންކްތަކެވެ == [https://dv.wikipedia.org ރަސްމީ ވެބްސައިޓެވެ] 9v05nmrx7h3tbv61vu7x9p536a651cl