ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.4
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ޢަބްދުﷲ ޖަމީލް
0
4348
137748
135527
2026-05-28T12:04:42Z
Memberuser
25611
137748
wikitext
text/x-wiki
{{Infobox officeholder
| name = ޢަބްދުﷲ ޖަމީލް
| office = މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ
| native_name_lang = dv
| image = Abdulla Jameel.jpg
| term_start = 6 ނޮވެންބަރު 1996
| term_end = 11 ނޮވެންބަރު 1998
| predecessor = ހަމަ [[ޢަބްދުﷲ ޖަމީލް]]
| office1 = މިނިސްޓަރ އޮފް ހޯމް އެފެއާޒް
| term_start1 = 11 ނޮވެންބަރު 1993
| term_end1 = 6 ނޮވެންބަރު 1996
| succeeded1 = ހަމަ [[ޢަބްދުﷲ ޖަމީލް]]
| succeeded = އިސްމާޢީލް ޝަފީޢު
| predecessor1 = [[ޢުމަރު ޒާހިރު]]
| office2 = މިނިސްޓަރ އޮފް ޓޫރިޒަމް
| term_start2 = 27 މޭ 1991
| term_end2 = 10 ނޮވެންބަރު 1993
| president = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| predecessor2 = އިސްމާޢީލް ޝަފީޢު
| succeeded2 = އިބްރާހީމް ޙުސައިން ޒަކީ
| office4 = [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] މެންބަރު
| term_start4 = 22 ފެބުރުވަރީ 1975
| term_end4 = 23 ފެބުރުވަރީ 1995
| constituency4 = [[ކޮޅުމަޑުލު|ތ. އަތޮޅު]]
| president4 = [[އިބްރާހީމް ނާޞިރު]]<br/>[[މައުމޫން ޢަބްދުލް ޤައްޔޫމް]]
| term_start5 = 6 ޖޫން 1964
| term_end5 = 21 ފެބުރުވަރީ 1975
| constituency5 = [[ކޮޅުމަޑުލު|ތ. އަތޮޅު]]
| president5 = [[އިބްރާހީމް ނާޞިރު]]
| birth_date = 1935 ނުވަތަ 1936
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date = 11 ޖޫން 2023، (87 އަހަރުފުޅުގައި)
| death_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| resting_place = ގަލޮޅު ސަހަރާ، [[މާލެ]]، [[ދިވެހިރާއްޖެ]]
| children = 5
| parents = ބައްޕާފުޅު: [[މުޙައްމަދު ޖަމީލު ދީދީ|ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމީލު ދީދީ]]
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
}}
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ، 6 މޭ 1953 ގައި ވުޒާރަތުލްމުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއިންނެވެ. ދޮޅު އަހަރެއްހާ ދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ، ވުޒާރަތުލް މާލިއްޔާގެ ކާތިބެއްގެ ވަޒީފާއަށެވެ. އޭގެފަހުން ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާތު މަގާމުތައް ފުރުއްވިއެވެ. އެގޮތުން، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ.މެންބަރު ކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ 1 ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެއެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލަކީ، ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައިވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1968ގައި ރައީސް އިބްރާހީމް ނާޞިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ ވަކީލު ކަމުގެ މަގާމަށެވެ. އެއީ، 13 ނޮވެންބަރު 1968 ގައެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަން (ހ)ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.
11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެފަހުން 16 ޑިސެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލުކުރެއްވިއެވެ. އަދި 11 ނޮވެންބަރު 1982 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އޭރު އުފުއްލަވަމުން ގެންދެވީ، އޮނަރަބްލް ޢަބްދުﷲ ޖަމީލެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ މުއައްސަސާތަކަށް އަންގަވަންޖެހޭ އެންގެވުންތައް އެންގެވުމާއި، ނެރުއްވަންޖެހޭ ދެންނެވުންތައް ނެރުއްވަނީ، އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލަކީ، 6 ވުޒާރާއެއްގެ ވަޒީރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1983 ގައި ރައީސް މައުމޫން، ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓްގައި ޢަބްދުﷲ ޖަމީލް ހިމެނުއްވިއެވެ. އެ މަނިކުފާނު ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށެވެ. އޭގެފަހުން ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ ކަމުގެ މަގާމު އެ މަނިކުފާނު ފުރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ފުރުއްވައިފައި ވެއެވެ. މީގެއިތުރުން، ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމުގެ މަގާމާއި، މާފަންނު އަވަށު އޮފީހުގެ ވެރިޔާކަންވެސް ކުރައްވައިފައި ވެއެވެ.
މި ދެންނެވި މަގާމުތަކުގައި ޢަބްދުﷲ ޖަމީލް ހުންނަވައިގެން، އެ ދާއިރާތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އެ މަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. އަދި އެ މަނިކުފާނަކީ ނުހަނު ތެދުވެރިކަމާއެކު ދައުލަތަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ. މިކަމުންވެސް ދޭހަކޮށްދެނީ، ކޮޅުމަޑުލުގެ ރައްޔިތުން އެ މަނިކުފާނަށް ކުރެއްވި ތާއީދާއި އިތުބާރުގެ ބޮޑުކަމެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައި ވަނީ 10 ނޮވެންބަރު 2008 ގައެވެ.
އޮނަރަބްލް ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 2023، ޖޫން 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، މ. ދޫރެސްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 87 އަހަރެވެ. ޢަބްދުﷲ ޖަމީލްގެ މައްޗަށް ކަށުނަމާދު ކުރީ އެ ދުވަހުގެ ޢަޞްރު ނަމާދަށް ފަހު [[އިސްލާމީ މަރުކަޒު|މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު]]) ގައެވެ. ފަސްދާނުލީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. ޢަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި 2023، ޖޫން 12 ވީ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 އިން ފެށިގެން 2023، ޖޫން 15 ވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 13:00 އާ ހަމައަށް، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް]] ނިންމެވިއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
p2mvn3397st84i5i3x5fibd0atwzhul
137751
137748
2026-05-28T12:09:13Z

| awards = މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990<br/>ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) - 2008

rmjcs3nunl8ses6i0aq5sxdsb6qqqf3
ޢުމަރު ޒާހިރު
0
10521
137749
136806
2026-05-28T12:06:54Z
Memberuser
25611
137749
wikitext
text/x-wiki
{{Infobox officeholder
| name = ޢުމަރު ޒާހިރު
| image = File:Umar Zahir (cropped).jpg
| caption = ޢުމަރު ޒާހިރު، 2016
| office1 = ސީނިއަރ މިނިސްޓަރު
| term_start1 = 2005
| term_end1 = 2008
| office2 = މިނިސްޓަރ އޮފް ޕަބްލިކް ވޯކްސް
| term_start2 = 1993
| term_end2 = 2004
| office3 = މިނިސްޓަރ އޮފް ސްޕޯޓްސް
| term_start3 = 1988
| term_end3 = 1993
| birth_name =
| birth_date = 26 އޮކްޓޫބަރު 1936
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date = 20 ޑިސެންބަރު 2021، (85 އަހަރުފުޅުގައި)
| death_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| party =
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president3 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| resting_place = ގަލޮޅު ސަހަރާ، [[މާލެ]]، [[ދިވެހިރާއްޖެ]]
| awards = މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990<br/>ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) - 2008
}}
ޢުމަރު ޒާހިރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 29 ސެޕްޓެންބަރު 1953 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުލްމާލިއްޔާގެ ކާތިބުކަމެވެ. އޭގެފަހުން، މަޙްކަމަތުލްޚާރިޖިއްޔާގެ ލެއިޒަން އޮފީހުގެ ކާތިބުކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ 1 ނަންބަރު ކާތިބ ކަމާއި، ސަރުކާރުގެ ބޮޑު އިސްޓޯރުގެ ހިންގާ ސެކްރެޓަރީކަން ކުރެއްވިއެވެ. އަދި ވުޒާރަތުލްމަޢާރިފުގެ ޚާއްޞަ މުދައްރިސްކަމާއި، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ސެކްރެޓަރީކަމާއި، ޚާއްޞަ ވަކީލުކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ.
[[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމަށް ޢުމަރު ޒާހިރު ހަމަޖެއްސެވީ، 1966 ސެޕްޓެންބަރު 12ވަނަ ދުވަހުއެވެ. 1970 ޑިސެންބަރު 24 ގައި ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ހަމަޔަށް އެ މަޤާމުގައި ދެމިހުންނެވިއެވެ.
[[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމު، ޢުމަރު ޒާހިރު ފުރުއްވަމުން ގެންދެވި އިރު، އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ]]ގެ ދަރިވަރުން، ހަރުދަނާ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލުން ބޭރުގައި އެ ކުދީން އުޅޭނޫޅޭގޮތް ބައްލަވައި، ދީނީ ފަރުޟުތައް އަދާކުރުމަށް ބާރުއަޅުއްވައި، އެ ކުދީންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ކުރިއަށްދިޔުމުގެ ސީދާ މަގު ދެއްކެވި މުރުޝިދެއްގެ ގޮތުގައި ވެސްމެއެވެ.
[[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމު، ޢުމަރު ޒާހިރު އަދާކުރައްވަމުން ގެންދަވަނިކޮށް، އިތުރު ވަޒީފާއެއްގެ ގޮތުގައި، އޯޑިޓް އޮފީހުގެ ވެރިޔާގެ މަޤާމަށް، 1968 ނޮވެންބަރު 21ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް ނާޞިރު]] އެ މަނިކުފާނު ހަމަޖެއްސެވިއެވެ.
[[ފައިލު:Zahir receives the Order of Distinguished Rule of Izzuddin.jpg|thumb|ޢުމަރު ޒާހިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވަނީ (2008)]]
ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތްކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރުކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅެއްގެ މަޤާމާއި، އެޓޮލްސް ޑިވިޜަންގެ ވަކީލުކަމުގެ މަޤާމާއި، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބު ކަމުގެ މަޤާމު ވެސް ފުރުއްވައިފައިވެއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަރުކާރުގައިވެސް ޢުމަރު ޒާހިރަކީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޢުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ޚިދުމަތްތަކެކެވެ.
ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ޒަޢާމަތުގައި، ޢުމަރު ޒާހިރު ފުރަތަމަ އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަޤާމެވެ. އެ މަޤާމަށް އެ މަނިކުފާނު ހަމަޖެއްސެވީ، 1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހުއެވެ. އޭގެފަހުން، 1979ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13ވަނަ ދުވަހު ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ. އޭގެފަހުން، [[މާލެ|މާލޭ]] މުނިސިޕަލްޓީގެ ރައީސްކަން ވެސް ޢުމަރު ޒާހިރު ކުރެއްވިއެވެ. 1983 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ރިޔާސީ ދެވަނަ ދައުރުގެ ވަޒީރުންގެ މަޖިލީހުގައި ޢުމަރު ޒާހިރު ހިމަނުއްވައި، އެ މަނިކުފާނު މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް ޢައްޔަންކުރެއްވިއެވެ. އަދި ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން]]ގެ ރިޔާސީ ތިންވަނަ ދައުރު، ޢުމަރު ޒާހިރު ޢައްޔަންކުރެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަޤާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަޤާމަށް ޢުމަރު ޒާހިރު ޢައްޔަންކުރެއްވީ، ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން]]ގެ ރިޔާސީ ހަތަރުވަނަ ދައުރުގެ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވި އިރުއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، ފުލުހުންގެ ވެރިޔާގެ ނާއިބުގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ [[މާލެ|މާލޭ]] މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މި ދެންނެވި މަޤާމުތަކުގައި ހުންނަވައިގެން، ޢުމަރު ޒާހިރު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މާ ގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި، އެ މަނިކުފާނު ދެއްކެވީ އާދަޔާ ޚިލާފު ސާބިތުކަމެކެވެ. އެ ގޮތުން، އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތަކުގެ ތެރެއިން [[މާލެ|މާލޭ]] ސަރަޙައްދުން ފެންނަ [[ތިލަފުށި|ތިލަފުށްޓަކީ]]، އެ މަނިކުފާނުގެ ދުރު ވިސްނުންފުޅުގެ ތަޞައްވުރެކެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި، ވެލި އަޅައިގެން، ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީ ކުރިއިރު، އެ ކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ޢުމަރު ޒާހިރެވެ. މިއަދު [[ތިލަފުށި]]ވެފައިވަނީ ޞިނާޢީ ބޮޑު ސަރަޙައްދަކަށެވެ.
އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]، [[ހުޅުމާލެ]] މަޝްރޫޢު ފެށްޓެވި އިރު، [[ހުޅުމާލެ]] ހިއްކުމުގެ މަސައްކަތުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޢުމަރު ޒާހިރެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް [[ހުޅުމާލެ]] ހިއްކުމުގެ މަޝްރޫޢު ހިންގަވައި، އެ ތާނގައި މީހުން އާބާދުކުރެވިގެންދިޔައީ، ޢުމަރު ޒާހިރުގެ ދުރުވިސްނުންފުޅާއި، ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެއީ ފަސޭހައިން ހިންގިދާނެ މަޝްރޫޢެއް ކަމަށް، ބައެއް ބޭފުޅުންނަށް ޤާބޫލުފުޅުނުކުރެއްވުނު ނަމަވެސް، އެ ކަން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރާ އެކީގައި، ޢުމަރު ޒާހިރު މަސައްކަތްޕުޅުކުރައްވަމުން ގެންދެވީ، ރެޔާ ދުވާލު އެއްވެސް ފޫހިފުޅުވުމެއްނެތިއެވެ.
މި ދެންނެވި ދެ މަޝްރޫޢުގެ އިތުރުން، [[މާލެ|މާލޭ]]ގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން، އޭރު މަގުތައް ހައްދަވައި، މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗެއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެފަހުން [[މާލެ|މާލޭ]]ގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުގެ މަސައްކަތްތަކުގައި ވެސް ޢުމަރު ޒާހިރު ޢަމަލީ ގޮތުން އަދާކުރެއްވި ދައުރުގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ.
މީގެއިތުރުން، ފަހަކަށް އައިސް ސަރުކާރުން [[މާލެ|މާލޭ]]ގައި ކުރެއްވި ގިނަ ޢިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ ވެސް ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަން ޖެހޭ މަސައްކަތްޕުޅުތަކެކެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައި ވެސް ޢުމަރު ޒާހިރަކީ، ޢަމަލީ ގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ، [[އިނގިރޭސިވިލާތް|އިނގިރޭސީން]]ގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ޙިއްޞާ އޮތް މިންވަރާއި، [[ހުޅުލެ|ހުޅުލޭ]] އެއަރޕޯޓް ހަދަމުން ގެންދިޔަ އިރު، އެ ކަމުގައި ޢަމަލީ ގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި، [[އައްޑުއަތޮޅު|އައްޑު އަތޮޅު]]ގައި [[އިނގިރޭސިވިލާތް|އިނގިރޭސީން]] ތިބި އިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި، ދެއްވި އެއްބާރުލެއްވުމުގެ މަތިން ވެސް ހަނދާންކޮށްލަން ޖެހެއެވެ.
ޢުމަރު ޒާހިރަކީ، އެ ވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ޙައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެވަގުތަކު ޤައުމު ހިންގަވަން ހުންނެވި ބޭފުޅަކު، ޢުމަރު ޒާހިރާ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަނީ، އެ ކަމެއް ވަރަށް ރަނގަޅަށް އެ މަނިކުފާނު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާ އެކުގައެވެ. ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން]]، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިރު، އޭރުގެ ގަވަރމަންޓް ހޮސްޕިޓަލުން ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތި އުނދަގޫ ކަންތައްތަކެއް ހުރުމާ އެކު، ހޮސްޕިޓަލްގެ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، އެ ތަނުގެ ކަންކަން ހިނގާނުހިނގާ ގޮތް، ދުވަހުންދުވަހަށް ބައްލަވައި، ކަންކަން އިޞްލާޙުކުރެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވީ ޢުމަރު ޒާހިރާއެވެ. އަދި އެ ދުވަސްވަރު ޓޫރިޒަމް ޑިޕާޓްމަންޓް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާ ވެސް ޢުމަރު ޒާހިރު ހަވާލުވެވަޑައިގަތެވެ. މި ކަމުގައި ވެސް ވަރަށް މުހިންމު ޒިންމާއެއް އެ މަނިކުފާނަށް އުފުއްލަވަން ޖެހިވަޑައިގެންނެވިއެވެ. މީގެއިތުރުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ބައިތިއްބަން ޖެހޭ ކުދީން ބޭތިއްބުމަށާއި ތަރުބިޔަތުކުރުމަށް ކުޑަކުދީންގެ އިޞްލާޙިއްޔާގެ ބިންގާ އެޅި، އެ މަސައްކަތް ޢަމަލީ ގޮތުން ކުރެއްވުމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަތީ ވެސް ޢުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން [[މާފުށި (ކ. އަތޮޅު)|މާފުށީ]]ގެ އިޞްލާޙިއްޔާއަށް ގެންދެވައިގެން، އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް ޢުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީ ވެސް، އެ މަނިކުފާނުގެ ޚިދުމަތުގެ ތެރެއަށް އިތުރުކޮށްލަން ޖެހޭ ބޮޅެކެވެ.
ސަރުކާރުގެ މުވައްޒަފުންގެ ނާދީ ހުޅުއްވައި، އެތަނުގައި ސަރުކާރުގެ މުވައްޒަފުން މުނިފޫހިފިލުވަން ޕްރޮގްރާމްތައް ރޭއްވެވުމުގައްޔާއި، ގަލޮޅު ދަނޑު ރަނގަޅު ފެންވަރަކަށް ހައްދަވައި، ލައިޓްތައް ހަރުކުރެއްވުމުގައި ވެސް ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކު ފަޚްރުވެރިވާނޭ މަސައްކަތްޕުޅުތަކެކެވެ. އަދި އެކި ކުޅިވަރުތައް ކުޅޭ ކުދީންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ކުދިންނަށް ހެއްދެވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ ވެސް ހަނދާންކޮށްލަން ޖެހޭ މުހިންމު މަސައްކަތްޕުޅުތަކެކެވެ.
ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް އެ ކޮށްދެއްވި ޚިދުމަތްތަކަކީ، މި ދިވެހި ޤައުމުގެ ދަރިން އެ މަނިކުފާނަށް ޝުކުރުވެރިވުން ޙައްޤު ޚިދުމަތްތަކެކެވެ. އެ މަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ ވުޒާރާއެއް ވެސް ހިންގަވައިފައި ވަނީ، ވަރަށް ޤާބިލުކަމާއި ޒިންމާދާރުކަމާ އެކުގައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކެކެވެ.
ޢުމަރު ޒާހިރު އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމުގެ މަޤާމެވެ. ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމަށް، އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2005ވަނަ އަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހުއެވެ. އަދި ސީނިއަރ މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ، 2008ވަނަ އަހަރުގެ އެޕްރީލް މަހުގެ 17ވަނަ ދުވަހުއެވެ. އެ މަޤާމުން ވަކިވެވަޑައިގެންފައިވަނީ، 2008ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2ވަނަ ދުވަހުއެވެ.
ޢުމަރު ޒާހިރު ވަނީ 49 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ. ޢުމަރު ޒާހިރުގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި 2008ވަނަ އަހަރު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޢުމަރު ޒާހިރަށް ވަނީ އަރުވައިފައެވެ.
ޢުމަރު ޒާހިރު އަވަހާރަވީ 2021 ޑިސެންބަރު 20ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި [[މާލެ|މާލޭ]]ގައެވެ. ޢުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކުރީ އެ ރޭގެ ޢިޝާ ނަމާދަށް ފަހު [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު]]) ގައެވެ. ފަސްދާނުލީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. ޢުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި 2021 ޑިސެންބަރު 21 ވީ އަންގާރަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 23 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް]] ނިންމެވިއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
fz2msp6k7tjytlvsck7nfwz95km5u0x
137750
137749
2026-05-28T12:09:04Z
Memberuser
25611
137750
wikitext
text/x-wiki
{{Infobox officeholder
| name = ޢުމަރު ޒާހިރު
| image = File:Umar Zahir (cropped).jpg
| caption = ޢުމަރު ޒާހިރު، 2016
| office1 = ސީނިއަރ މިނިސްޓަރު
| term_start1 = 2005
| term_end1 = 2008
| office2 = މިނިސްޓަރ އޮފް ޕަބްލިކް ވޯކްސް
| term_start2 = 1993
| term_end2 = 2004
| office3 = މިނިސްޓަރ އޮފް ސްޕޯޓްސް
| term_start3 = 1988
| term_end3 = 1993
| birth_name =
| birth_date = 26 އޮކްޓޫބަރު 1936
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date = 20 ޑިސެންބަރު 2021، (85 އަހަރުފުޅުގައި)
| death_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| party =
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president3 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| resting_place = ގަލޮޅު ސަހަރާ، [[މާލެ]]، [[ދިވެހިރާއްޖެ]]
| awards = މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990<br/>ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) - 2008
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
}}
ޢުމަރު ޒާހިރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 29 ސެޕްޓެންބަރު 1953 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުލްމާލިއްޔާގެ ކާތިބުކަމެވެ. އޭގެފަހުން، މަޙްކަމަތުލްޚާރިޖިއްޔާގެ ލެއިޒަން އޮފީހުގެ ކާތިބުކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ 1 ނަންބަރު ކާތިބުކަމާއި، ސަރުކާރުގެ ބޮޑު އިސްޓޯރުގެ ހިންގާ ސެކްރެޓަރީކަން ކުރެއްވިއެވެ. އަދި ވުޒާރަތުލްމަޢާރިފުގެ ޚާއްޞަ މުދައްރިސްކަމާއި، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ސެކްރެޓަރީކަމާއި، ޚާއްޞަ ވަކީލުކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ.
[[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމަށް ޢުމަރު ޒާހިރު ހަމަޖެއްސެވީ، 1966 ސެޕްޓެންބަރު 12ވަނަ ދުވަހުއެވެ. 1970 ޑިސެންބަރު 24 ގައި ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ހަމަޔަށް އެ މަޤާމުގައި ދެމިހުންނެވިއެވެ.
[[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމު، ޢުމަރު ޒާހިރު ފުރުއްވަމުން ގެންދެވި އިރު، އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ]]ގެ ދަރިވަރުން، ހަރުދަނާ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލުން ބޭރުގައި އެ ކުދީން އުޅޭނޫޅޭގޮތް ބައްލަވައި، ދީނީ ފަރުޟުތައް އަދާކުރުމަށް ބާރުއަޅުއްވައި، އެ ކުދީންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ކުރިއަށްދިޔުމުގެ ސީދާ މަގު ދެއްކެވި މުރުޝިދެއްގެ ގޮތުގައި ވެސްމެއެވެ.
[[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމު، ޢުމަރު ޒާހިރު އަދާކުރައްވަމުން ގެންދަވަނިކޮށް، އިތުރު ވަޒީފާއެއްގެ ގޮތުގައި، އޯޑިޓް އޮފީހުގެ ވެރިޔާގެ މަޤާމަށް، 1968 ނޮވެންބަރު 21ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް ނާޞިރު]] އެ މަނިކުފާނު ހަމަޖެއްސެވިއެވެ.
[[ފައިލު:Zahir receives the Order of Distinguished Rule of Izzuddin.jpg|thumb|ޢުމަރު ޒާހިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވަނީ (2008)]]
ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތްކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރުކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅެއްގެ މަޤާމާއި، އެޓޮލްސް ޑިވިޜަންގެ ވަކީލުކަމުގެ މަޤާމާއި، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބު ކަމުގެ މަޤާމު ވެސް ފުރުއްވައިފައިވެއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަރުކާރުގައިވެސް ޢުމަރު ޒާހިރަކީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޢުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ޚިދުމަތްތަކެކެވެ.
ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ޒަޢާމަތުގައި، ޢުމަރު ޒާހިރު ފުރަތަމަ އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަޤާމެވެ. އެ މަޤާމަށް އެ މަނިކުފާނު ހަމަޖެއްސެވީ، 1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހުއެވެ. އޭގެފަހުން، 1979ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13ވަނަ ދުވަހު ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ. އޭގެފަހުން، [[މާލެ|މާލޭ]] މުނިސިޕަލްޓީގެ ރައީސްކަން ވެސް ޢުމަރު ޒާހިރު ކުރެއްވިއެވެ. 1983 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ރިޔާސީ ދެވަނަ ދައުރުގެ ވަޒީރުންގެ މަޖިލީހުގައި ޢުމަރު ޒާހިރު ހިމަނުއްވައި، އެ މަނިކުފާނު މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް ޢައްޔަންކުރެއްވިއެވެ. އަދި ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން]]ގެ ރިޔާސީ ތިންވަނަ ދައުރު، ޢުމަރު ޒާހިރު ޢައްޔަންކުރެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަޤާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަޤާމަށް ޢުމަރު ޒާހިރު ޢައްޔަންކުރެއްވީ، ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން]]ގެ ރިޔާސީ ހަތަރުވަނަ ދައުރުގެ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވި އިރުއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، ފުލުހުންގެ ވެރިޔާގެ ނާއިބުގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ [[މާލެ|މާލޭ]] މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މި ދެންނެވި މަޤާމުތަކުގައި ހުންނަވައިގެން، ޢުމަރު ޒާހިރު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މާ ގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި، އެ މަނިކުފާނު ދެއްކެވީ އާދަޔާ ޚިލާފު ސާބިތުކަމެކެވެ. އެ ގޮތުން، އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތަކުގެ ތެރެއިން [[މާލެ|މާލޭ]] ސަރަޙައްދުން ފެންނަ [[ތިލަފުށި|ތިލަފުށްޓަކީ]]، އެ މަނިކުފާނުގެ ދުރު ވިސްނުންފުޅުގެ ތަޞައްވުރެކެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި، ވެލި އަޅައިގެން، ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީ ކުރިއިރު، އެ ކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ޢުމަރު ޒާހިރެވެ. މިއަދު [[ތިލަފުށި]]ވެފައިވަނީ ޞިނާޢީ ބޮޑު ސަރަޙައްދަކަށެވެ.
އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]، [[ހުޅުމާލެ]] މަޝްރޫޢު ފެށްޓެވި އިރު، [[ހުޅުމާލެ]] ހިއްކުމުގެ މަސައްކަތުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޢުމަރު ޒާހިރެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް [[ހުޅުމާލެ]] ހިއްކުމުގެ މަޝްރޫޢު ހިންގަވައި، އެ ތާނގައި މީހުން އާބާދުކުރެވިގެންދިޔައީ، ޢުމަރު ޒާހިރުގެ ދުރުވިސްނުންފުޅާއި، ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެއީ ފަސޭހައިން ހިންގިދާނެ މަޝްރޫޢެއް ކަމަށް، ބައެއް ބޭފުޅުންނަށް ޤާބޫލުފުޅުނުކުރެއްވުނު ނަމަވެސް، އެ ކަން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރާ އެކީގައި، ޢުމަރު ޒާހިރު މަސައްކަތްޕުޅުކުރައްވަމުން ގެންދެވީ، ރެޔާ ދުވާލު އެއްވެސް ފޫހިފުޅުވުމެއްނެތިއެވެ.
މި ދެންނެވި ދެ މަޝްރޫޢުގެ އިތުރުން، [[މާލެ|މާލޭ]]ގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން، އޭރު މަގުތައް ހައްދަވައި، މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗެއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެފަހުން [[މާލެ|މާލޭ]]ގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުގެ މަސައްކަތްތަކުގައި ވެސް ޢުމަރު ޒާހިރު ޢަމަލީ ގޮތުން އަދާކުރެއްވި ދައުރުގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ.
މީގެއިތުރުން، ފަހަކަށް އައިސް ސަރުކާރުން [[މާލެ|މާލޭ]]ގައި ކުރެއްވި ގިނަ ޢިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ ވެސް ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަން ޖެހޭ މަސައްކަތްޕުޅުތަކެކެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައި ވެސް ޢުމަރު ޒާހިރަކީ، ޢަމަލީ ގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ، [[އިނގިރޭސިވިލާތް|އިނގިރޭސީން]]ގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ޙިއްޞާ އޮތް މިންވަރާއި، [[ހުޅުލެ|ހުޅުލޭ]] އެއަރޕޯޓް ހަދަމުން ގެންދިޔަ އިރު، އެ ކަމުގައި ޢަމަލީ ގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި، [[އައްޑުއަތޮޅު|އައްޑު އަތޮޅު]]ގައި [[އިނގިރޭސިވިލާތް|އިނގިރޭސީން]] ތިބި އިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި، ދެއްވި އެއްބާރުލެއްވުމުގެ މަތިން ވެސް ހަނދާންކޮށްލަން ޖެހެއެވެ.
ޢުމަރު ޒާހިރަކީ، އެ ވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ޙައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެވަގުތަކު ޤައުމު ހިންގަވަން ހުންނެވި ބޭފުޅަކު، ޢުމަރު ޒާހިރާ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަނީ، އެ ކަމެއް ވަރަށް ރަނގަޅަށް އެ މަނިކުފާނު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާ އެކުގައެވެ. ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން]]، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިރު، އޭރުގެ ގަވަރމަންޓް ހޮސްޕިޓަލުން ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތި އުނދަގޫ ކަންތައްތަކެއް ހުރުމާ އެކު، ހޮސްޕިޓަލްގެ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، އެ ތަނުގެ ކަންކަން ހިނގާނުހިނގާ ގޮތް، ދުވަހުންދުވަހަށް ބައްލަވައި، ކަންކަން އިޞްލާޙުކުރެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވީ ޢުމަރު ޒާހިރާއެވެ. އަދި އެ ދުވަސްވަރު ޓޫރިޒަމް ޑިޕާޓްމަންޓް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާ ވެސް ޢުމަރު ޒާހިރު ހަވާލުވެވަޑައިގަތެވެ. މި ކަމުގައި ވެސް ވަރަށް މުހިންމު ޒިންމާއެއް އެ މަނިކުފާނަށް އުފުއްލަވަން ޖެހިވަޑައިގެންނެވިއެވެ. މީގެއިތުރުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ބައިތިއްބަން ޖެހޭ ކުދީން ބޭތިއްބުމަށާއި ތަރުބިޔަތުކުރުމަށް ކުޑަކުދީންގެ އިޞްލާޙިއްޔާގެ ބިންގާ އެޅި، އެ މަސައްކަތް ޢަމަލީ ގޮތުން ކުރެއްވުމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަތީ ވެސް ޢުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން [[މާފުށި (ކ. އަތޮޅު)|މާފުށީ]]ގެ އިޞްލާޙިއްޔާއަށް ގެންދެވައިގެން، އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް ޢުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީ ވެސް، އެ މަނިކުފާނުގެ ޚިދުމަތުގެ ތެރެއަށް އިތުރުކޮށްލަން ޖެހޭ ބޮޅެކެވެ.
ސަރުކާރުގެ މުވައްޒަފުންގެ ނާދީ ހުޅުއްވައި، އެތަނުގައި ސަރުކާރުގެ މުވައްޒަފުން މުނިފޫހިފިލުވަން ޕްރޮގްރާމްތައް ރޭއްވެވުމުގައްޔާއި، ގަލޮޅު ދަނޑު ރަނގަޅު ފެންވަރަކަށް ހައްދަވައި، ލައިޓްތައް ހަރުކުރެއްވުމުގައި ވެސް ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކު ފަޚްރުވެރިވާނޭ މަސައްކަތްޕުޅުތަކެކެވެ. އަދި އެކި ކުޅިވަރުތައް ކުޅޭ ކުދީންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ކުދިންނަށް ހެއްދެވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ ވެސް ހަނދާންކޮށްލަން ޖެހޭ މުހިންމު މަސައްކަތްޕުޅުތަކެކެވެ.
ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް އެ ކޮށްދެއްވި ޚިދުމަތްތަކަކީ، މި ދިވެހި ޤައުމުގެ ދަރިން އެ މަނިކުފާނަށް ޝުކުރުވެރިވުން ޙައްޤު ޚިދުމަތްތަކެކެވެ. އެ މަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ ވުޒާރާއެއް ވެސް ހިންގަވައިފައި ވަނީ، ވަރަށް ޤާބިލުކަމާއި ޒިންމާދާރުކަމާ އެކުގައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކެކެވެ.
ޢުމަރު ޒާހިރު އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމުގެ މަޤާމެވެ. ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމަށް، އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2005ވަނަ އަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހުއެވެ. އަދި ސީނިއަރ މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ، 2008ވަނަ އަހަރުގެ އެޕްރީލް މަހުގެ 17ވަނަ ދުވަހުއެވެ. އެ މަޤާމުން ވަކިވެވަޑައިގެންފައިވަނީ، 2008ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2ވަނަ ދުވަހުއެވެ.
ޢުމަރު ޒާހިރު ވަނީ 49 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ. ޢުމަރު ޒާހިރުގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި 2008ވަނަ އަހަރު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޢުމަރު ޒާހިރަށް ވަނީ އަރުވައިފައެވެ.
ޢުމަރު ޒާހިރު އަވަހާރަވީ 2021 ޑިސެންބަރު 20ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި [[މާލެ|މާލޭ]]ގައެވެ. ޢުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކުރީ އެ ރޭގެ ޢިޝާ ނަމާދަށް ފަހު [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު]]) ގައެވެ. ފަސްދާނުލީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. ޢުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި 2021 ޑިސެންބަރު 21 ވީ އަންގާރަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 23 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް]] ނިންމެވިއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
a60sdekjth7ki5tsa4nr1wpubk01v2d
ޢަދުނާން ޙުސައިން
0
10604
137752
128832
2026-05-28T12:24:12Z
Memberuser
25611
137752
wikitext
text/x-wiki
{{Infobox officeholder
| name = ޢަދުނާން ޙުސައިން
| office = ބަންޑާރަ ނާއިބު (އެޓަރނީ ޖެނެރަލް)
| image = Adnan Hussain.jpg
| caption = ޢަދުނާން ޙުސައިން، 1972
| native_name_lang = dv
| term_start = 8 މާރިޗު 1975
| term_end = 11 އޮގަސްޓު 1981
| president = [[އިބްރާހީމް ނާޞިރު]]<br/>[[މައުމޫން ޢަބްދުލް ޤައްޔޫމް]]
| predecessor = [[އިބްރާހިމް ޝިހާބް|އިބްރާހީމް ޝިހާބު]]
| succeeded = [[އަޙްމަދު ޒަކީ]]
| term_start1 = 26 ސެޕްޓެންބަރު 1956
| term_end1 = 01 އޮގަސްޓު 1959
| predecessor1 = [[މުޙައްމަދު ޖަމީލު ދީދީ]]
| succeeded1 = [[އިބްރާހިމް ޝިހާބް|އިބްރާހީމް ޝިހާބު]]
| monarch1 = [[އަލްއަމީރު މުޙަންމަދު ފަރީދު ދީދީ|ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލު]]
| parents = ބައްޕާފުޅު: [[ޙުސައިން ޞަލާޙުއްދީން|ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން]]
| office2 = ވަޒީރުލްމަޢާރިފު (މިނިސްޓަރ އޮފް އެޑިޔުކޭޝަން)
| term_start2 = 16 އޮގަސްޓު 1972
| term_end2 = 11 ނޮވެންބަރު 1968
| predecessor2 = [[ޙަސަން ޒަރީރު]]
| succeeded2 = މުޙައްމަދު ނޫރައްދީން
| president2 = [[އިބްރާހީމް ނާޞިރު]]
| death_date = 1 ނޮވެންބަރު 1991
}}
އަލްއުސްތާޛު ޢަދުނާން ޙުސައިން (ގުލްފާމުގޭ އަދުނާން) އަކީ ބޮޑުގަލު މޫސާ ދީދީގެ ފުތް [[ޙުސައިން ޞަލާޙުއްދީން|ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން]]ގެ ދަރިކަލެކެވެ. މަންމާފުޅަކީ މެދުގަނޑުވަރު ތުއްތު ގޮމާ އެވެ.
ޢަދުނާން ޙުސައިން ކިޔަވާ ވިދާޅުވީ މަދަރުސަތުއްސަނިއްޔާއިންނާއި، [[އޮޅުދޫކަރަ|ސިލޯނު]]ގެ އިނގިރޭސި ކޮލެޖްތަކުންނެވެ. [[އިނގިރޭސި]]، [[އުރުދޫ]]، [[ސިންގަޅަ]]، ދެނެވަޑައިގަންނަވައެވެ. ޤާނޫނީ ގޮތުން އިސް ދައުރެއް އަދާކުރެއްވިއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ކުރިން ވަރަށް ގިނަ ފަަހަރު އަމްނުޢާންމުގެ މަޙްކަމާ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވިއެވެ.
== މަގާމްތައް ==
* 8 އެޕްރީލް 1951 – ބަންޑާރަ ނާއިބުގެ މުޢާވިންކަން
* ބަންޑާރަ ނާއިބުކަން
* 11 ނޮވެންބަރު 1968 – 16 އޮގަސްޓު 1972 – މިނިސްޓަރ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްކަން
* 27 ޛުލްޤަޢިދާ 1379ހ. – 12 ނޮވެމްބަރު 1968 – ރަދުންގެ ކާތިބުއްސިއްރުކަން
* 1 އޮގަސްޓު 1972 – 8 މާރިޗު 1975 – މިނިސްޓަރ އޮފް އެޑިޔުކޭޝަންކަން
* 11 އޮގަސްޓު 1981 – 1 ނޮވެންބަރު 1991 – ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާކަން
އަލްއުސްތާޛު ޢަދުނާން ޙުސައިން އަވަހާރަވީ 1991 ނޮވެންބަރު 1ވަނަ ދުވަހުއެވެ.
== މަރުޖިޢުތައް ==
* ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
[[ޤިސްމު:ޙަޔާތުނާމާ]]
30ijrbspme238hd2b886tc1pqqldsh2
137753
137752
2026-05-28T12:25:08Z
Memberuser
25611
137753
wikitext
text/x-wiki
{{Infobox officeholder
| name = ޢަދުނާން ޙުސައިން
| office = ބަންޑާރަ ނާއިބު (އެޓަރނީ ޖެނެރަލް)
| image = Adnan Hussain.jpg
| caption = ޢަދުނާން ޙުސައިން، 1972
| native_name_lang = dv
| term_start = 8 މާރިޗު 1975
| term_end = 11 އޮގަސްޓު 1981
| president = [[އިބްރާހީމް ނާޞިރު]]<br/>[[މައުމޫން ޢަބްދުލް ޤައްޔޫމް]]
| predecessor = [[އިބްރާހިމް ޝިހާބް|އިބްރާހީމް ޝިހާބު]]
| succeeded = [[އަޙްމަދު ޒަކީ]]
| term_start1 = 26 ސެޕްޓެންބަރު 1956
| term_end1 = 01 އޮގަސްޓު 1959
| predecessor1 = [[މުޙައްމަދު ޖަމީލު ދީދީ]]
| succeeded1 = [[އިބްރާހިމް ޝިހާބް|އިބްރާހީމް ޝިހާބު]]
| monarch1 = [[އަލްއަމީރު މުޙަންމަދު ފަރީދު ދީދީ|ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލު]]
| parents = ބައްޕާފުޅު: [[ޙުސައިން ޞަލާޙުއްދީން|ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން]]<br/>މަންމާފުޅު: މެދު ގަނޑުވަރު ތުއްތު ގޮމާ
| office2 = ވަޒީރުލްމަޢާރިފު (މިނިސްޓަރ އޮފް އެޑިޔުކޭޝަން)
| term_start2 = 16 އޮގަސްޓު 1972
| term_end2 = 11 ނޮވެންބަރު 1968
| predecessor2 = [[ޙަސަން ޒަރީރު]]
| succeeded2 = މުޙައްމަދު ނޫރައްދީން
| president2 = [[އިބްރާހީމް ނާޞިރު]]
| death_date = 1 ނޮވެންބަރު 1991
}}
އަލްއުސްތާޛު ޢަދުނާން ޙުސައިން (ގުލްފާމުގޭ ޢަދުނާން) އަކީ ބޮޑުގަލު މޫސާ ދީދީގެ ފުތް [[ޙުސައިން ޞަލާޙުއްދީން|ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން]]ގެ ދަރިކަލެކެވެ. މަންމާފުޅަކީ މެދު ގަނޑުވަރު ތުއްތު ގޮމާއެވެ.

su9kmuij4be8gqh69685nwzb0xyn0s1
137754
137753
2026-05-28T12:25:29Z
Memberuser
25611
Memberuser moved page [[އަދުނާން ޙުސައިން]] to [[ޢަދުނާން ޙުސައިން]]

އަޙްމަދު މުޢުތަޞިމް ޢަދުނާން
0
16041
137756
137689
2026-05-28T12:26:13Z
Memberuser
25611
137756
wikitext
text/x-wiki
{{Infobox officeholder
| name = އަޙްމަދު މުޢުތަޞިމް ޢަދުނާން
| native_name_lang = dv
| office = ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
| term_start = 8 ޑިސެންބަރު 2019
| term_end = 21 ޖުލައި 2025
| nominator = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
| predecessor = [[އަޙްމަދު ޢަބްދުﷲ ދީދީ]]
| birth_date = {{Birth date and age|1965|02|09|df=yes}}
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| spouse = ފާޠިމަތު އަޒްލިފާ (1989)
| children = 3
| image = Chief Justice Ahmed Muthasim Adnan (cropped).jpg
| caption = އަޙްމަދު މުޢުތަޞިމް ޢަދުނާން
| alma_mater = ޔުނިވަރސިޓީ އޮފް ކޮލަމްބޯ [[އޮޅުދޫކަރަ|ސްރީލަންކާ]]<br/>ޔުނިވަރސިޓީ އޮފް ބަކިންގހަމް، [[އިނގިރޭސިވިލާތް]]<br/>ޔުނިވަރސިޓީ އޮފް ގްލެސްގޯ، ސްކޮޓްލޭންޑް
| office1 = [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރު
| termstart1 = 2010
| termend1 = 2014
| nominator1 = [[މުޙައްމަދު ނަޝީދު]]
| succeeded = [[ޢަބްދުލްޣަނީ މުޙައްމަދު]]
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
| awards = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2025
}}
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1965ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިރަށް [[މާލެ|މާލޭ]]ގައެވެ. ބައްޕާފުޅަކީ އެކިއެކި މަޤާމުތަކުގައި ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގައިވާ [[ޢަދުނާން ޙުސައިން|ޢަދުނާން ޙުސައިނެވެ.]]
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ، [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިންނެވެ. ބެޗްލަރ އޮފް ލޯސް ޙާޞިލުކުރައްވައިފައި ވަނީ، [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލުކުރައްވައިފައިވެއެވެ. އެ މަނިކުފާނަކީ، ދަ ހޭގް އެކެޑަމީ އޮފް އިންޓަރނޭޝަނަލް ލޯގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއް ވެސް މެއެވެ.
== ޚިދުމަތް ==
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1983 ފެބުރުވަރީ 19ވަނަ ދުވަހު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ ކަމުގެ މަޤާމުންނެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އިނގިރޭސި ސެކްރެޓެރީކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް ކަމުގެ މަޤާމު އަދާކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް އެ މަނިކުފާނު ޚިދުމަތް ކުރެއްވީ، ޚާރިޖީ ދާއިރާގައެވެ. 1994ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް އަދި ކޮންސިއުލަރ ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި އެ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް އެ މަނިކުފާނެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުން ހިމެނެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލްތަކުގައްޔާއި، ކޮލެޖްތަކުގައި ޤާނޫނު ކިޔަވައިދެއްވުމަށްޓަކައި ތަޢުލީމީ ޕްރޮގްރާމްތައް ފުޅާކުރެއްވުމުގެ މަސައްކަތްތަކުގައިވެސް އެ މަނިކުފާނު ވަނީ ވަރަށް އިސް އަދި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގައި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށް ވަކި މަރުކަޒެއް ނެތް ދުވަސްވަރު، އޭ ލެވެލްގައި "ޤާނޫނު" މާއްދާއެއްގެ ގޮތުގައި ކިޔެވުމަށް ޝައުޤުވެރިވާ ދަރިވަރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލަށް]] ގެންދަވައިގެން، އޭ ލެވެލްއަށް ޚާއްޞަ ލޯ ކުލާސްތަކެއް، 1994ވަނަ އަހަރު ނަންގަވައިދެއްވަން ފެށްޓެވިއެވެ. މިއީ، އެ މަނިކުފާނު އަމިއްލަފުޅު އިސްނެންގެވުމެއްގެ މަތިން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. އޭގެތެރެއިން ބައެއް ދަރިވަރުންނަކީ، ޤާނޫނީ ދާއިރާގައި މިހާރު ވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކޮށްލަންޖެހެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިހާރުގެ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. 2001 އެޕްރީލް 24ވަނަ ދުވަހުން ފެށިގެން 2005 ނޮވެންބަރު 2ވަނަ ދުވަހުގެ ނިޔަލަށް އެ މަޤާމު އަދާކުރެއްވިއެވެ. އެ ޔުނިވަރސިޓީގައި ފުރަތަމަފަހަރަށް ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕުރޮގުރާމުގެ ދަރިވަރުން ދަސްވެނިވީ، މުޢުތަޞިމްގެ ޑީންކަމުގެ ދައުރުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި މިއަދު ދިވެހިރާއްޖޭގައި ޚިދުމަތް ކުރައްވާ ބައެއް ވަކީލުންނާއި ފަނޑިޔާރުން، މެޖިސްޓްރޭޓުންނާއި ދަށު ކޯޓުގެ ޤާޟީން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ހިމެނޭހެން، އެ ބޭފުޅުންނަކީ، އެ މަނިކުފާނުގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޤާނޫނީ ފަންނުގެ ރޮނގުން ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1992ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯ ފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް އިސްނެންގެވީ، އެ މަނިކުފާނެވެ. އެއީ "ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސް"ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ފުރަތަމަ ލޯ ފާރމެވެ. އެ މަނިކުފާނުގެ ޤާނޫނީ ޚިދުމަތް ފުޅާވަމުން އައީ، މި ލޯ ފާރމުގެ ޚިދުމަތާ އެކުގައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ދާއިރާއިން ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދަވައިގެން، ރާއްޖޭގައި ވަކާލާތު ކުރައްވަން ފެށްޓެވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެކެވެ. އެ މަނިކުފާނުގެ ޤާނޫނީ މަސައްކަތްޕުޅު ޚާއްޞަވެފައި ވަނީ، ވިޔަފާރީގެ ޤާނޫނަށެވެ. ނުވަތަ ކޮމަރޝަލް ލޯއަށެވެ. އެހެންކަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް އެ މަނިކުފާނު ވަނީ ޤާނޫނީ ލަފާ ދެއްވައިފައެވެ. ރާއްޖޭގައި އެ ދުވަސްވަރު ހިންގައިފައިވާ ބޮޑެތި މަޝްރޫޢުތަކުގައި، ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި ދައުލަތުން ހިންގެވި ބޮޑެތި މަޝްރޫޢުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން ބިނާކުރި ރިޒޯޓުތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކާ ހަމަޔަށް ޤާނޫނީ ޚިދުމަތް އެ މަނިކުފާނު ވަނީ ފުޅާކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެ މަނިކުފާނު ޢައްޔަންކުރެއްވުމާ ހަމަޔަށް މި ދެންނެވި ލޯ ފާރމްގެ ބައިވެރިއެއްގެ ގޮތުގައި އަދި އިސްބޭފުޅެއްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއެވެ.
ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވަން އެ މަނިކުފާނު ފެށްޓެވީ، 2010 އޮގަސްޓު 15ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ތަޞްދީޤުކުރެއްވި [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ ދަށުން އެކުލަވައިލެވުނު ދާއިމީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރުންގެ ބެންޗަށް އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ނަންފުޅު ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދެވެ]]. [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ގެ ފަނޑިޔާރެއްގެ ގޮތުގައި، 2014 ޑިސެންބަރު 14ވަނަ ދުވަހާ ހަމައަށް އެ މަނިކުފާނު ވަނީ ޚިދުމަތްކުރައްވައިފައެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އެ މަނިކުފާނުގެ ނަންފުޅު، އަލުން [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ހުށަހެޅުއްވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙެވެ]]. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2019 ޑިސެންބަރު 8ވަނަ ދުވަހުއެވެ. 2008ވަނަ އަހަރު ޢަމަލުކުރަން ފެށި [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ ވެސް އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލަންޖެހެއެވެ. ޝަރަފުވެރިކަމާ އެކު އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރވެވަޑައިގެންނެވީ 2025ވަނަ އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހުއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރު ކަމާއި، 2003ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ކަމާއި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެއް ވެސްމެއެވެ.
ޗީފް ޖަސްޓިސް (ރިޓަޔަރޑް) އަޙްމަދު މުޢުތަޞިމް ޢަދުނާން، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ޤާނޫނީގޮތުން ދެއްވަންޖެހޭ ލަފާ ދެއްވުމުގައި އިޚްލާޞްތެރިކަމާއެކުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 2025 ޖުލައި 27ވަނަ ދުވަހު އަރުވައިފައިވެއެވެ.
== މަރުޖިޢު ==
https://presidency.gov.mv/NationalAwards/Winner/2778
[[ޤިސްމު:ޙަޔާތުނާމާ]]
1jsdr5lgbwv0qy2afjzj719t6hp4s0f
އަދުނާން ޙުސައިން
0
16390
137755
2026-05-28T12:25:29Z
Memberuser
25611
Memberuser moved page [[އަދުނާން ޙުސައިން]] to [[ޢަދުނާން ޙުސައިން]]
137755
wikitext
text/x-wiki
#REDIRECT [[ޢަދުނާން ޙުސައިން]]
bmwt7oxx35krm0nh1j2nttnwm2t6h8k