ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.47.0-wmf.5 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk ކަރާޗީ 0 5379 137802 136892 2026-06-08T23:53:31Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 137802 wikitext text/x-wiki {{Pakistani Cities |name = ކަރާޗީ <br /> كراچى |flag = Pk-sindh.PNG |emblem = |province = [[Sindh]] |city_image = mausoleum123.jpg |altitude = 8 metres |area = 3,527 |census_year = 2007 |census_pop = approx. 20,000,000+ |density = 4,115 |code = 021 |towns = 18 |uc = 178 <!-- Goverment -----------------> |nazim = [[Mustafa Kamal|Mustafa Kamal (Azad MQM)]] |naib nazim = [[Nasreen Jalil]] |footnotes = [http://www.karachicity.gov.pk '''Karachi Government Website'''] }} '''ކަރާޗީ''' ނުވަތަ ({{lang-ur|كراچى}}) އަކީ ޕާކިސްތާނުގެ އެއްމެ ބޮޑު ޝަހަރެވެ. އަދި އިޤްތިޞާދީ މަސައްކަތްތަކުގެ މައި ރަށެވެ. == މުހިންމު ތަންތަން == [[ފައިލް:DHA Marina Club.jpg|thumb|ޑީ.އެޗް.އޭ މެރީނާ ކްލަބް, ކަރާޗީ]] [[ފައިލް:Tooba mosque.jpeg|thumb|ތޫބާ މިސްކިތް]] [[ފައިލް:EmpressMarket1995.jpg|thumb|[[Empress Market|އެމްޕްރެސް މަރކެޓް]], [[Saddar|ސައްދާރް]], ކަރާޗީ]] [[ފައިލް:Karachi Briidge.jpg|thumb|ކަރާޗީ ފްލައި އޯވަރ އެއް]] [[ފައިލް:Aga Khan University.jpg|thumb|އާގާ ޚާން ޔުނިވަރސިޓީ ހޮސްޕިޓަލް]] [[ފައިލް:Karachi downtown.jpeg|thumb|ޑައުންޓައުން]] [[ފައިލް:Karachibeach with new fountain jet.jpeg|thumb|ކަރާޗީ ބީޗް ގެ ކައިރީގައި ހުންނަ ފެން އަރުވާ ތަން]] * '''Major attractions''' ** [[Mazar-e-Quaid]] - tomb of [[Muhammad Ali Jinnah]], founder of Pakistan ** [[Mohatta Palace]] and museum ** Lady Lloyd pier at Bin Qasim park ** Karachi Port Authority's Water Jet fountain ** [[Agha Khan University]] hospital - for its modernist Islamic architecture ** [[Masjid e Tooba]] - largest single-domed mosque in the world{{Fact|date=July 2007}} * '''Beaches and Waterfront''' ** [[Clifton Beach, Karachi|Clifton Beach]] ** Beach Park ** [[Jehangir Kothari Parade]] ** [[Hawke's Bay Beach]] - breeding ground for endangered turtles ** [[Paradise Point]] - rock promontory in the sea with a natural arch ** [[Sandspit Beach]] ** French Beach * '''Museums''' ** [[PAF Museum, Karachi|Pakistan Air Force Museum]] ** [[Karachi Expo Centre]] ** PIA Planetarium ** [[Karachi Stock Exchange]] Building ** National Museum of Pakistan ** Koocha-e-Saqafat (National Arts Council) ** Pakistan Maritime Museum ** WWF Wetland center at Sandspit * '''Colonial Buildings''' ** [[Merewether Memorial Tower|Merewether Tower]] ** [[Frere Hall]] ** [[Saint Patrick's Cathedral, Karachi]] ** Sindh High Court ** [[National Academy of Performing Arts]] ** [[Empress Market]] * '''Islands''' ** [[Clifton Oyster Rocks]] ** [[Bhit Shah Island]] ** [[Buddo Island]] ** [[Bundal Island]] ** [[Churma Island]] ** [[Manora]] Island * '''Clubs''' ** Karachi Boat Club ** Creek Club ** Marina Club ** Arabian sea country club ** DHA Golf club ** Sindh club ** Karachi club * '''Amusement Parks''' ** [[Aladdin Amusement Park]] ** Sindbad Amusement Park ** Safari Park ** Hill park * '''Famous Avenues''' ** Zamzama Avenue (famous for its designer outlets & clubs) ** Beach Avenue ** Karsaz Road (Karachi's pride) ** II Chundrigar Road (Karachi's Wall Street) ** Shahrah-e-Faisal ** Tariq Road (Shopping street) * '''Food''' ** [[Burns Road]]<ref name="cuisine">{{cite web| url=http://www.jang.com.pk/thenews/oct2005-daily/20-10-2005/metro/k1.htm| title="Hyderabad Colony maintains reputation for culinary delights| first=Daily Jang| last=Karachi News: Online Edition| accessdate=2006-04-18}}</ref> ** [[Boat Basin]] [[Clifton Beach, Karachi|Clifton Beach]] recently suffered a recent oil spill disaster, the beach has been cleaned and has floodlights installed for night time visitors. The government has embarked on the beautification of Karachi's coastline by building a '''Beach park''' in Clifton that will eventually be connected to the Jehangir Kothari parade and Bagh Ibn- Qasim.{{Fact|date=July 2007}} == ރެފަރެންސް == <references/> == އިތުރު ފާލަންތައް == * [https://web.archive.org/web/20020325142014/http://www.karachicity.gov.pk/ ކަރާޗީ ސިޓީ ޑިސްޓްރިކްޓް ގަވަރމެންޓް] * [https://web.archive.org/web/20190616174048/http://www.lgdsindh.com.pk/ ޓައުން މުނިސިޕަލް އެޑްމިނިސްޓްރޭޝަން، ސިންދް] * [https://web.archive.org/web/20110614212300/http://www.kpt.gov.pk/ ކަރާޗީ ޕޯޓް ޓްރަސްޓް] * [https://web.archive.org/web/20080822124709/http://www.historickarachi.com/ ހިސްޓޮރިކް ކަރާޗީ - ރިސޯސަސް އޮން ކަރާޗީސް ހެރިޓޭޖް] <!--އިތުރު ފާލްންތަކަށް މިވަރު ފުދޭނެ ކަމަށް ދެކެމެވެ.--> lfj514nyly867wmno3z41jmdt7bv54l ޢަބްދުލްމަޖީދު ޢަބްދުލްބާރީ 0 6003 137800 137606 2026-06-08T14:25:23Z Memberuser 25611 137800 wikitext text/x-wiki {{Infobox officeholder | death_date = 22 މޭ 2018 (55 އަހަރުގައި) | image = Abdul Majeed Abdul Bari (cropped) 2011.jpg | death_place = [[ކޮޅުނބު]], ސްރީލަންކާ | office = އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް) | term_start = 12 ނޮވެންބަރު 2008 | term_end = 12 ފެބުރުވަރީ 2012 | name = ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ | president = [[މުޙައްމަދު ނަޝީދު]] | successor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]] | otherparty = [[ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]] (2013–2015) | party = [[ޢަދާލަތު ޕާޓީ]] (2005–2013; 2015–2018) | alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]] | children = 5 | parents = ބައްޕާފުޅު: އައްޝައިޚު ޢަބްދުލްބާރީ | caption = ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ }} ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ބައްޕާފުޅަކީ އައްޝައިޚު ޢަބްދުލްބާރީއެވެ. ޑރ. ޢަބްދުލްމަޖީދު ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ، އެމަނިކުފާނުގެ އުފަން ރަށް [[އައްޑުއަތޮޅު|އައްޑު އަތޮޅު]] [[ހުޅުދޫ (އައްޑުއަތޮޅު)|ހުޅުދޫ]] މަދަރުސާއިންނާއި، އެ އަތޮޅު [[ފޭދޫ (އައްޑުއަތޮޅު)|ފޭދޫ]] ސްކޫލުންނެވެ. އެއަށްފަހު، [[މާލެ]] ވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތައުލީމު ޙާޞިލުކުރެއްވިއެވެ. އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާއަށާއި، ޖާމިޢާ ތަޢުލީމާތަށް ވަޑައިގެންނެވީ 1979ވަނަ އަހަރުއެވެ. އޭރު ވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑރ. ޢަބްދުލްމަޖީދު، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ އަރަބިއްޔާ]]ގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަދެވަޑައިގަތީ 1982ވަނަ އަހަރުއެވެ. ޘާނަވީ ތަޢުލީމުން ފެށިގެން ޕީ.އެޗް.ޑީ.އާ ހަމަޔަށް ކިޔަވައިވިދާޅުވީ އެ ޔުނިވަރސިޓީގައެވެ. އެގޮތުން، އެ ޔުނިވަރސިޓީން ދަޢުވާ، އުޞޫލުއްދީން [ތިއޮލޮޖީ] އިން 1989ވަނަ އަހަރު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ބެޗްލަރސް ޑިގްރީގައި އެ މަނިކުފާނު ޑިސަރޓޭޝަން ލިޔުއްވައިފައިވަނީ [ރާއްޖެ އިސްލާމްވުން] މި މައުޟޫޢުގެ މައްޗަށެވެ. އޭގެފަހުން އެ ޔުނިވަރސިޓީގައި މާސްޓަރސް ހެއްދެވުމުގެ ފުރުޞަތު ވެސް ޑރ. ޢަބްދުލްމަޖީދަށް ލިބިވަޑައިގެންނެވިއެވެ. މާސްޓަރސް ހެއްދެވީ ތަފްސީރު، [އިންޓަރޕްރިޓޭޝަން އޮފް ޤުރްއާން] ޢުލޫމުލްޤުރްއާނުން 1993ވަނަ އަހަރުއެވެ. ޕީ.އެޗް.ޑީ ޙާޞިލުކުރެއްވީ 1997ވަނަ އަހަރުއެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަދީނާ ޔުނިވަރސިޓީން ޕީ.އެޗް.ޑީ ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާއެވެ. އެ މަނިކުފާނު ލިޔުއްވި ތީސީސް، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ އަރަބިއްޔާ]]ގައި ވަނީ ތިން ފަހަރެއްގެ މަތިން ޗާޕުކޮށް، ލައިބްރަރީތަކުގައްޔާއި، ތަޢުލީމު ދޭ އެކިއެކި މަރުކަޒުތަކުގައި ބޭނުންކުރަމުންދާ ފޮތަކަށްވެފައެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރާއްޖެ ވަޑައިގަތުމުން ފުރަތަމަ ހަމަޖެއްސެވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާ ބެހޭ ބައިގެ ޑިރެކްޓަރުކަމުގެ މަޤާމަށެވެ. އެއީ 1999 ނޮވެންބަރު 1 ގައެވެ. ފުރަތަމަ މަސައްކަތްޕުޅު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުދީރުގެ މަޤާމުގައެވެ. އެއަށްފަހު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު އުފެއްދެވުމާ ގުޅިގެން، އެ ތަނުގެ މުދީރަކަށް 2000ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11ވަނަ ދުވަހު ޢައްޔަންކުރެއްވިއެވެ. މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 2001ވަނަ އަހަރުއެވެ. 2006ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ އެންމެ އިސް ބޭފުޅަކަށް ޑރ. ޢަބްދުލްމަޖީދު ހަމަޖެއްސެވިއެވެ. [[ފައިލު:Abdul Majeed Abdul Bari signing letter of appointment.jpg|thumb|253x253px|ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ވަޒީރުކަމުގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވަނީ]] މިހާރު ޢަމަލުކުރަމުންގެންދާ [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]ގެ ދަށުން އަލަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް [[މުޙައްމަދު ނަޝީދު]]، 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު އެކުލަވައިލެއްވި ކެބިނެޓްގެ އިސްލާމިކް މިނިސްޓަރަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އޭގެފަހުން، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި 6 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވެއެވެ. އޭގެއިތުރުން، [[ވިލާ ކޮލެޖު]]ގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް 7 އަހަރު ޚިދުމަތް ކުރެއްވިއެވެ. [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގައި ފެށި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ މުޤައްރަރު އެކުލަވައިލައްވައި، އެ ކޯހުގައި ކިޔަވައިދެއްވިއެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ|ޤައުމީ ޔުނިވަރސިޓީ]]އާއި، [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ|އިސްލާމީ ޔުނިވަރސިޓީ]]އާއި، [[ވިލާ ކޮލެޖު|ވިލާ ކޮލެޖާއި]]، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ކިޔެވި ދަރިވަރުންނަށް، އެ ދަރިވަރުންގެ ކިޔެވުމުގެ ދާއިރާގައި އެސައިންމަންޓް ހެދުން ފަދަ ބޭނުންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަކީ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ. ޑރ. ޢަބްދުލްމަޖީދަކީ، ތަފާތު އެކިއެކި މައުޟޫޢުތަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 6 ފޮތެއް ވަނީ ޝާއިޢުކުރެވިފައެވެ. އޭރު ކޮންމެ ހުކުރު ދުވަހަކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޝާއިޢު ކުރެއްވި [ހިދާޔަތުގެ އަލި] މި ނޫހަށް ޢިލްމީ މަޒުމޫނުތައް ލިޔުއްވިއެވެ. އަދި ތަފާތު އެތައް މައުޟޫޢަކަށް ހުކުރު ޚުޠުބާ ވެސް ހައްދަވައިދެއްވިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ޓީ.ވީ އާއި ރޭޑިޔޯ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ތަފާތު ޕުރޮގްރާމްތަކުގައި ޑރ. ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް 2019ވަނަ އަހަރު ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާދެމުން ގެންދަނިކޮށް 2018ވަނަ އަހަރުގެ މޭ މަހުގެ 22ވަނަ ދުވަހު ޢުމުރުފުޅުން 56 އަހަރުފުޅުގައެވެ. ފަސްދާނުލައިފައިވަނީ [[އޮޅުދޫކަރަ|ސްރީލަންކާ]]ގެ [[ކޮޅުނބު|ކޮލަމްބޯ]] 4 ގެ ޖާވައްތަ މުސްލިމް ސަހަރާގައެވެ. [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] q9bqoyvtg01w5o8zm2lmnfeqa36b5ce އަފްރާޝީމް ޢަލީ 0 6629 137801 136771 2026-06-08T14:42:35Z Memberuser 25611 137801 wikitext text/x-wiki {{Infobox officeholder | name = އަފްރާޝީމް ޢަލީ | image = Dr_Afraasheem_Ali.jpeg | office = ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު | birth_date = 24 އެޕްރީލް 1966 | birth_place = [[އުނގޫފާރު (ރ. އަތޮޅު)]]، [[ދިވެހިރާއްޖެ]] | death_date = 2 އޮކްޓޫބަރު 2012 (46 އަހަރުގައި) | death_place = [[މާލެ]]، [[ދިވެހިރާއްޖެ]] | party = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] | constituency = [[އުނގޫފާރު (ރ. އަތޮޅު)]] | term_start = 2009 | term_end = 2012 | alma_mater = މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ (ޝަހާދާ ޘާނަވިއްޔާ)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (ބެޗްލަރސް، މާސްޓަރސް، ޕީއެޗްޑީ) | otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2007 - 2011) | resting_place = އާ ސަހަރާ، [[މާލެ]]، [[ދިވެހިރާއްޖެ]] | successor = އިބްރާހީމް އަމީން }} ޑރ '''އަފްރާޝީމް ޢަލީ''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966ވަނަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހު [[މާޅޮސްމަޑުލު އުތުރުބުރި|ރ.]] [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]]ގައެވެ. ޑރ. އަފްރާޝީމް ޢަލީ 1983ވަނަ އަހަރު މާލެ ވަޑައިގެން ޙާލަތު ހުރި ގޮތުން ފުރަތަމަ ވެސް ވަޑައިގަތީ ފުލުސް ކޯޓުގެ ކާތިބެއްގެ ވަޒީފާއަށެވެ. އަފްރާޝީމް ޢަލީ އޭރު ވެސް ދީނީ ތަޢުލީމަށް ލޯބިކުރައްވާތީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އައްވަލު އިޢުދާދިއްޔާއިން 1986 ފެބުރުވަރީ 1 ގައި ޖާގަ ހޯއްދެވިއެވެ. ކާމިޔާބުކަމާއެކު އެ މަޢުހަދުން އަފްރާޝީމް ޢަލީ (މަޢުހަދުގެ އިންޑެކްސް: 258) ޝަހާދާ ޘާނަވިއްޔާ ޙާޞިލުކުރެއްވީ 1992ވަނަ އަހަރުއެވެ. ޑރ. އަފްރާޝީމް، [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލްފިޤްހުގެ ރޮނގުން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ 2000ވަނަ އަހަރުއެވެ. އަދި 2003ވަނަ އަހަރު މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލްފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ޙާޞިލުކުރެއްވީ ވެސް [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007ވަނަ އަހަރުއެވެ. [[މެލޭޝިޔާ]]ގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރު، އިސްލާމިކް ޔުނިވަރސިޓީ އޮފް [[މެލޭޝިޔާ]]ގެ މިސްކިތުގެ އިމާމުކަން ވެސް ކުރެއްވިއެވެ. އަދި ހުކުރު ޚުޠުބާ ހައްދަވައި އެ މިސްކިތުގައި އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރެއްވިއެވެ. [[މެލޭޝިޔާ]]ގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް ކުރެއްވިއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ޑރ. އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، [[އިސްލާމީ މަރުކަޒު]]ގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ޤުރްއާން މުދައްރިސްކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އެޑްވައިޒަރުކަމުގެ މަޤާމު ވެސް ފުރުއްވިއެވެ. 2009ވަނަ އަހަރު ބޭއްވި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި، [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]] ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ހޮވިވަޑައިގަތެވެ. ޑރ. އަފްރާޝީމް ޢަލީގެ ސިޔާސީ ޚިދުމަތަށް ބަލާއިރު، 2009ވަނަ އަހަރު ބޭއްވި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި، [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]] ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ވަދެވަޑައިގަތެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމާއި، [[ދިވެހި ރައްޔިތުންގެ ޕާޓީ|ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)]]ގެ ދީނީ، އިޖުތިމާޢީ ގޮފީގެ ރައީސްކަމާއި، ފަހުން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]]ގެ ކައުންސިލް މެންބަރުކަން ވެސް ކުރެއްވިއެވެ. [[ދިވެހިރާއްޖޭގެ އަޑު|ދިވެހިރާއްޖޭގެ އަޑާއި]]، [[ޓެލެވިޜަން މޯލްޑިވްސް]]ގެ ޕްރޮގްރާމްތަކުންނާއި، އަދި ރާއްޖޭގައި ޚަބަރުފަތުރާ އެހެން ސްޓޭޝަންތަކުން ޑރ. އަފްރާޝީމްގެ އަޑު ނީވޭ ދުވަހެއް އޭރު މަދެވެ. [[ވީ ޓީވީ]]ގެ ދީނީ އަދި އިޖުތިމާޢީ ޕްރޮގްރާމުތަކުގައި މެދުނުކެނޑި ތިން އަހަރެއްހާ ދުވަހު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި [ސީދާ ރާސްތާ]، [އިޖުތިމާޢީ ދަރުބާރު]، [ރަންހާރު] އަދި [ކުޑަކުދިންގެ ބަގީޗާ] ހިމެނެއެވެ. އެ މަނިކުފާނު އެންމެފަހުން ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، [[ޓެލެވިޜަން މޯލްޑިވްސް]] ގުޅިގެން ގެނެސްދެއްވި [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމެވެ. އެ މަނިކުފާނަކީ ދީނީ ރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ ލިޔުންތައް ލިޔުއްވި ޢިލްމުވެރިއެކެވެ. [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ޚިދުމަތްކުރައްވަމުން ގެންދެވި އިރު ވެސް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް އުޞޫލުލްފިޤްހު އަދި ޤަވާޢިދުލްފިޤްހު ކިޔަވައިދެއްވިއެވެ. އަދި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ބައްދަލުވުންތައް ނިމުމުން ލިބިވަޑައިގެންނެވި ހުސް ވަގުތުތަކުގައި [[ވިލާ ކޮލެޖު|ވިލާ ކޮލެޖ]][[ވިލާ ކޮލެޖު|ު]]ގައި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެއްވިއެވެ. ޑރ. އަފްރާޝީމް ޢަލީ، އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސް ވެސް ހޭދަކުރެއްވީ ވަރަށް އަވަދިނެތިއެވެ. އެ ދުވަހު ހެނދުނު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއަށް ކިޔަވައިދެއްވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މެންދުރުފަހު [[ވީ ޓީވީ]]އަށް ވަޑައިގެން ދީނީ ޕްރޮގްރާމެއް ރެކޯޑުކޮށްދެއްވިއެވެ. އެ ރޭގެ އިރާކޮޅު ކިޔަވައިދެއްވުމަށް [[ވިލާ ކޮލެޖު|ވިލާ ކޮލެޖަށް]] ވަޑައިގެންނެވިއެވެ. އަދި އޭގެފަހުން އެރޭ [[ޓެލެވިޜަން މޯލްޑިވްސް]]އިން 22:00 އިން 23:00 އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމުގައި [ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަން] މި މައުޟޫޢަށް ވަރަށް ފުރިހަމައަށް އިންޞާފުކޮށްދެއްވިއެވެ. ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނީ، މި ދެންނެވި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގެޔަށް ވަޑައިގެންނެވި ވަގުތު ބަޔަކު ދިން ރަޙްމު ކުޑަ ޙަމަލާއެއްގައެވެ. އަވަހާރަވީ 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ޑރ. އަފްރާޝީމްގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފައިވަނީ އެ ދުވަހުގެ ޢަޞްރު ނަމާދަށް ފަހު އާ ސަހަރާގައެވެ. ޑރ. އަފްރާޝީމް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރިއެވެ. [[ޤިސްމު:ޙަޔާތުނާމާ]] [[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]] [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] lt3o9dpg8qfduhg2fzpr1lx6ooahjc4 ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލިސް 0 11826 137799 137793 2026-06-08T12:45:18Z Memberuser 25611 137799 wikitext text/x-wiki [[ގާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]ގެ 129ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު|ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި]] އެކިއެކި ވުޒާރާތައް ހިންގުމާ [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ރައީސުލްޖުމްހޫރިއްޔާ]] ޙަވާލުކުރައްވާ ވަޒީރުންނާއި ބަންޑާރަ ނާއިބުގެ މައްޗަށެވެ. {{Politics of the Maldives}} {| class="toccolours" style="float:auto; font-size:90%; width:530px; background:#f5f5f5;" !style="background:lavender;" colspan="3"|<div style="float:left;">&nbsp;[[File:Flag of the President of Maldives.svg|50px|border|The Presidential Standard of Maldives]]</div><span style="color: black;font-family:Verdana, Arial, Helvetica, sans-serif; font-size:100%"> ދިވެހިރާއްޖޭގެ ސަރުކާރުގެ<br>ވަޒީރުންގެ މަޖިލިސް</span> |- style="font-weight:bold;" | style="width:30%;"|ވުޒާރާ |ނަން | style="width:40%;"|ދައުރު |- ! style="background:#000;" colspan="3"| |- | [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ|ރައީސުލްޖުމްހޫރިއްޔާ]] | [[މުހައްމަދު މުއިއްޒު|ޑރ. މުހައްމަދު މުޢިއްޒު]] | 17 ނޮވެންބަރު 2023 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | [[ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު|ރައީސުލްޖުމްހޫރިއްޔާގެ ނާއިބު]] | [[ޙުސައިން މުޙައްމަދު ލަޠީފް]] | 17 ނޮވެންބަރު 2023 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް |[[ޙަސަން ރަޝީދު]] |15 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް |ޙަސަން ޒަރީރު |8 ޖޫން 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ | [[ޢަލީ އިޙްސާން]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ފޮރިން އެފެއާޒް | [[އިރުތިޝާމް އާދަމް]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް |[[އިސްމާޢީލް ޝަފީޢު|ޑރ. އިސްމާޢީލް ޝަފީޢު]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ | [[ޤީލާ ޢަލީ]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް | [[މުޙައްމަދު ސަޢީދު]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް | [[އަޙްމަދު ޝިޔާމް]] | 15 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | ބަންޑާރަ ނާއިބު | [[އަޙްމަދު އުޝާމް]] | 17 ނޮވެންބަރު 2023 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް | [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|އައްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން | [[މުޙައްމަދު އަމީން (ޓްރާންސްޕޯޓް މިނިސްޓަރު)|މުޙައްމަދު އަމީން]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް | [[ޢަބްދުﷲ ރާފިޢު]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް | [[ހީނާ ވަލީދު]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް | [[ޢަބްދުﷲ މުއްޠަލިބް|ޑރ. ޢަބްދުﷲ މުއްޠަލިބް]] |14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |- | މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ | [[ޢަލީ ޝަރީފު (މިނިސްޓަރު)|ޢަލީ ޝަރީފު]] | 14 އެޕްރީލް 2026 އިން ފެށިގެން |- !style="background:#DCDCDC;" colspan="3"| |} ry32gov4pbgu6idrlws3szb0oua47gn މޫސާ ޒަމީރު 0 15331 137798 137792 2026-06-08T12:44:24Z Memberuser 25611 137798 wikitext text/x-wiki {{Infobox officeholder | name = މޫސާ ޒަމީރު | office = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް | image = Moosa Zameer portrait.jpg | caption = މޫސާ ޒަމީރު، 2023 | predecessor = ހަމަ [[މޫސާ ޒަމީރު]] | president = [[މުޙައްމަދު މުޢިއްޒު]] | term_start = 14 އެޕްރީލް 2026 | office3 = މިނިސްޓަރ އޮފް ޓޫރިޒަމް | term_start3 = 28 އޮކްޓޫބަރު 2015 | term_end3 = 17 ނޮވެންބަރު 2018 | predecessor3 = [[އަޙްމަދު އަދީބު ޢަބްދުލްޣަފޫރު]] | successor3 = ޢަލީ ވަޙީދު | president3 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | office2 = މިނިސްޓަރ އޮފް ފޮރިން އެފެއާޒް | predecessor2 = [[ޢަބްދުﷲ ޝާހިދު]] | term_start2 = 17 ނޮވެންބަރު 2023 | term_end2 = 30 ސެޕްޓެންބަރު 2024 | successor2 = [[ޢަބްދުﷲ ޚަލީލް]] | president2 = [[މުޙައްމަދު މުޢިއްޒު]] | office1 = މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ | president1 = [[މުޙައްމަދު މުޢިއްޒު]] | predecessor1 = [[މުޙައްމަދު ޝަފީޤް]] | succeeded1 = ހަމަ [[މޫސާ ޒަމީރު]] | term_start1 = 30 ސެޕްޓެންބަރު 2024 | term_end1 = 14 އެޕްރީލް 2026 | birth_date = | birth_place = [[ބުރުނީ (ތ. އަތޮޅު)|ތ. ބުރުނީ]]، [[ދިވެހިރާއްޖެ]] | spouse = | children = | party = [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް]] | alma_mater = ޔުނިވަރސިޓީ އޮފް ސަންޑަރލޭންޑް، [[އިނގިރޭސިވިލާތް]]<br/>ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީ، [[އިނގިރޭސިވިލާތް]] | otherparty = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]]<br/>ޕީޕަލްސް އެލަޔަންސް (2008–2011) | term_end = 8 ޖޫން 2026 | successor = ޙަސަން ޒަރީރު }} މޫސާ ޒަމީރަކީ ދެ ސަރުކާރެއްގައި ވަޒީރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މޫސާ ޒަމީރު ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސިޓީ އޮފް ސަންޑަރލޭންޑްގައެވެ. އެއަށްފަހު އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރެއްވިއެވެ. މޫސާ ޒަމީރުވަނީ [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] [[ކިނބިދޫ (ތ. އަތޮޅު)|ކިނބިދޫ]] ދާއިރާގެ މެންބަރުކަމުގައި 5 އަހަރު ދުވަހު ޚިދުމަތްކުރައްވައިފައެވެ. އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 އަހަރު ޚިދުމަތްކުރެއްވިއެވެ. ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު 8 އަހަރު ފުރުއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަމާއި، ފޮރިން މިނިސްޓަރުކަމާއި، ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރުކަމާއި، ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މިނިސްޓަރުކަން މީގެކުރިން އަދާކުރައްވައިފައިވެއެވެ. 86xivww7zj382qdv9s7rk8ikfezzpqk