ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.6
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
0
7510
137804
136955
2026-06-10T18:04:47Z
Memberuser
25611
137804
wikitext
text/x-wiki
{| id="toc" style="float:left; width:210px; margin-left: 1em;"
|+ style="font-size: large; text-align:center; margin: inherit;"|'''ހއ.އަތޮޅު ތަޢުލީމީ މަރުކަޒު'''
|-
|colspan="2" style="text-align:center; background:ffffff;"|
{| id="toc"
|- style="text-align:center;"
[[Image:HAEC.jpg|center|]]
|- style="text-align:center;"
|}
|-
|'''ނަން'''||
ހއ.އަތޮޅު ތަޢުލީމީ މަރުކަޒު
|-
|'''ޤައުމު'''||
[[Maldives|ދިވެހިރާއްޖެ]]
|-
|'''ރަށް'''
|[[ތިލަދުންމަތީ އުތުރުބުރި|ހއ.]] [[ދިއްދޫ (ހއ. އަތޮޅު)|ދިއްދޫ]]
|-
|'''ހިންގަން ފެށީ'''||7 ޖަނަވަރީ 1982
|-
|'''ފެންވަރު'''||
ޕްރައިމަރީ،ސާނަވީ، މަތީ ސާނަވީ
|-
|'''ކުލަ'''||ފެހި {{Color box|#00993B}}
ނޫ {{Color box|#00A4DC}}
ހުދު {{Color box|#FFFFFF}}
|-
|'''މޮޓޯ'''||އުނގެނޭށެވެ. ޢަމަލު ކުރާށެވެ.
|-
|'''ފޯނު ނަންބަރު'''
|6500014
|}
[[ފައިލު:Haaec logo.png|thumb|ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލޯގޯ]]
ހއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ [[ދިއްދޫ (ހއ. އަތޮޅު)|ހއ. ދިއްދޫގައި]] ހުންނަ ތަޢުލީމީ މުއައްސަސާއެކެވެ. ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އެޅީ 15 ނޮވެންބަރު 1980 (7 މުޙައްރަމު 1401) ގައެވެ. ބިންގާ އަޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ [[މުޙައްމަދު ޒާހިރު ޙުސައިން|ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެެ.]] މި މަރުކަޒު ހުޅުއްވައިދެއްވީ 7 ޖަނަވަރީ 1982 (11 ރަބީޢުލްއައްވަލު 1402) ގައި އޭރުގެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ [[އަލްއުސްތާޛު ޢަބުދުﷲ ޙަމީދު|އަލްއުސްތާޛުލްމަރްޙޫމު ޢަބްދުﷲ ޙަމީދެވެ.]] ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރުމަށް ޓަކައި އައިޑީއޭ ވޯލްޑް ބޭންކުން ފަންޑުކުރިއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ފެށިގެން އައީ 74 ދަރިވަރުންނާ އެކުގައެވެ. ކިޔަވައިދެއްވުމަށް ޓަކައި ދެ ޓީޗަރުން އޭރު އުޅުއްވިއެވެ. ތަޢުލީމީ މަރުކަޒު ހިންގުމާ ޙަވާލުވެވަޑައިގަތީ އެޑްމިނިސްޓްރޭޓަރު އަލްމަރްޙޫމު މުޙައްމަދު ނަޞީރު ޔޫސުފެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޘާނަވީ ތަޢުލީމަށް ކިޔަވައިދޭން ފެށީ 1993ވަނަ އަހަރުއެވެ. ޘާނަވީ އިމްތިޙާނުގައި އެންމެ ފުރަތަމަ ބައިވެރިވީ 1997ވަނަ އަހަރުގައެވެ. ކިޔަވައިދިނުން އިނގިރޭސި މީޑިއަމަށް ބަދަލުކުރީ 1998ވަނަ އަހަރުގައެވެ. 2008ވަނަ އަހަރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަތީ ޘާނަވީއަށް ކިޔަވައިދޭން ފެށިއެވެ. ނަމަވެސް ދުވަސްތަކެއްގެ މެދުކެނޑުމެއް އައުމަށްފަހު އަލުން މަތީ ޘާނަވީއަށް ކިޔަވައިދޭން ފެށީ 2015ވަނަ އަހަރުގައެވެ.
== އިތުރު ފާލަންތައް ==
http://haaec.edu.mv/about-us/
https://www.moe.gov.mv/en/schools/439
[[ޤިސްމު:ދިވެހިރާއްޖޭގެ ސްކޫލުތައް]]
89p1to0uhlfix60wy9mepcxtx2y5kke
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
0
16093
137805
137671
2026-06-10T18:07:52Z
Memberuser
25611
137805
wikitext
text/x-wiki
{| id="toc" style="float:left; width:210px; margin-left: 1em;"
| colspan="2" style="text-align: center;" |'''ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ'''
|-
| colspan="2" style="text-align:center; background:ffffff;" |[[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (39).jpg|center|240x240px|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުން (2023)]]ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުން (2023)
|-
|'''ކުރީގެ ނަންތައް'''
|މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
|-
|'''ހިންގަން ފެށީ'''
|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ހިންގަން ފެށީ 9 ޖުލައި 2015 ގައި
<small>1980 - 2004 (މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި)</small>
<small>2004 - 2018 (ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި)</small>
|-
|'''ޗާންސެލަރު'''
|
|-
|'''ވައިސް ޗާންސެލަރު'''
|[[ޑރ. ޢަލީ ޒާހިރު]]
|-
|'''ކިޔަވައިދޭ ފެންވަރު'''
|ސެޓްފިކެޓް ލެވެލް، ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ، ޕީއެޗްޑީ
|-
|'''ކުލަތައް'''
|{{Color box|#118E38}} {{Color box|#CF990E}} {{Color box|#FFFFFF}}
|}
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެށުމަކީ 1980ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހު އުފެއްދެވި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއާއި 2004ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހު އުފެއްދެވި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 9 ޖުލައި 2015 (22 ރަމަޟާން 1436) ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމުންނެވެ.
މި ގެނެވުނު ބަދަލާ އެކު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، އުނގަންނައިދިނުމާއި ދިރާސާތައްކުރުމާއި އައު އުފެއްދުންތަކަށް ޚާއްޞަ މަސައްކަތްތަކެއް ކުރާ ތަޢުލީމީ އިދާރާއަކަށް ވެގެންދިއައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ، މަތީ ފެންވަރުގެ ވިސްނުންތަކަށް ފުރުސަތު ތަނަވަސްކޮށްދީ އަދި އިސްލާމް ދީން ޝާމިލުވެގެންވާގޮތެއްގައި ތަފާތު، ނައްޞުތަކާއި، ނަޒަރިއްޔާތުގެ ތެރެއިން އިސްލާމް ދީން ރަނގަޅަށް ފަހުމުވެ އެ މާތް ދީނުގެ ތަޢުލީމާއި އިރުޝާދުގެ އަލީގައި އުފެއްދުންތެރި ބިނާކުރަނިވި މުސްލިމު ދަރިން ތަރުބިޔަތު ކުރުމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބިނާވެގެންވަނީ، ޙަރަކާތްތެރި، ފުޅާ ތަޞައްވުރާއި، ޢިލްމީ އަރުތަ ހާޞިލުކުރުމުގެ ވަރުގަދަ ޢަޒުމެއްގެ މައްޗަށެވެ. ޢިލްމީ ތަމްރީނާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިސްލާމީ ތަޢުލީމު ޢާންމުކުރުމުގެ އަމާޒަށް ވާޞިލުވުމުގެ މައްޗަށެވެ. ބަދަލުވަމުންދާ ދުނިޔޭގެ ތަފާތު މަސްރަޙުތަކުގައި ބޭނުންކުރެވޭނެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މައްޗަށެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޤުޞަދު ==
(ހ) ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދޭ ޚާއްޞަ ޔުނިވަރސިޓީއެއް ޤާއިމުކޮށް އެ ޔުނިވަރސިޓީ ހިނގާނެގޮތުގެ އިޖުރާއާތުތަކާއި އުސޫލުތައް ކަނޑައެޅުން؛
(ށ) ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ޘަޤާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ޤައުމުގެ ތަރައްޤީއަށާއި، ހޭލުންތެރިކަމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ތަހުޒީބު، ޒިންމާދާރު، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި ދަރިންތަކެއް އުފެއްދުން؛
(ނ) ފަރުދުންނާއި ޤައުމު، ތަރައްޤީއާ ހަމައަށް ވާސިލުކޮށް ކުރިއެރުވުމަށްޓަކައި އިސްލާމީ ނަޒަރިއްޔާތުގެ ރޫޙާ އެއްގޮތަށް މަސައްކަތްކުރުން؛
(ރ) އިސްލާމީ ސައިންސާއި އަދި ޑިސިޕްލިންތަކުގެ އެކި ރޮނގުން ކުރިއަރައި ތަރައްޤީއަށް ވާސިލުވާނެ ގޮތްތައް ހޯދުން؛
(ބ) ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަކީ ޤައުމާއި މުސްލިމް އުންމަތް ބިނާކުރާނެ އުފެއްދުންތެރި އަދި ޤާބިލު ފަންނުވެރި ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ==
(ހ) ޢާންމުކޮށް ޢިލްމާއި ހުނަރު، ޚާއްޞަކޮށް އިސްލާމީ ޢިލްމާއި މަޢުރިފާ އާއި ޘަޤާފަތް އިތުރުކޮށް ފުޅާކުރުން؛
(ށ) ދިވެހިރާއްޖެއަށް ބޭނުންވާ ޢާންމު ޢިލްމާއި ހުނަރުތަކާއި އިސްލާމީ ތަޢުލީމުގެ އެންމެހާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ދިނުން؛
(ނ) ޢިލްމީ ދިރާސާކުރުމާއި މިފަދަ ދިރާސާތައް ޤައުމީ އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަންފާއަށް ޓަކައި ޝާއިޢުކުރުން؛
(ރ) ޔުނިވަރސިޓީގައި ހިންގާ ކޯސްތަކާއި ލިބިދޭ ތަމްރީނާއި ތަޢުލީމާ ގުޅިގެން ދޭންޖެހޭ ބެޗެލަރސް، މާސްޓަރސް، އަދި ޑޮކްޓޯރަލް ޑިގްރީއާއި އެނޫންވެސް ސަނަދުތަކާއި އެވޯޑުތައް ދިނުން؛
(ބ) ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޢުލީމީ މަރުކަޒުތަކާއެކު އެއްބާރުލުމުގެ ގުޅުންތައް ޤާއިމުކުރުން؛
(ޅ) ޔުނިވަރސިޓީގެ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ވަޞީލަތްތައް ތަރައްޤީކޮށް އިތުރު ވަޞީލަތްތައް ހޯދުން؛
(ކ) ޔުނިވަރސިޓީގެ އެންމެހާ ވަޞީލަތްތައް ޔުނިވަރސިޓީގެ މަރުކަޒުތަކުގެ މެދުގައި އިންޞާފުވެރިކަމާއެކު އެންމެ ހެޔޮގޮތުގައި ބޭނުންކުރުން؛
(އ) އިސްލާމީ އަދި ދިވެހި ތާރީޚާއި އާދަކާދަތަކާއި އަދަބުތައް ކުރިއަރުވައި ފެތުރުން؛
(ވ) އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުން.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރާއި މުހިންމަތު ==
'''ތަޞައްވުރު:''' ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާހުރި ޢިލްމު ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީ ކަމުގައިވުމެވެ.
'''މުހިންމަތު:''' އެންމެ މަތީ ފެންވަރަށް ކިޔަވައިދިނުމާއި، އުނގެނުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިޖުތިމާއީ ޚިދުމަތުގެ ތެރެއިން، ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާކުރާނެ، މަތިވެރި އިސްލާމީ ސިފަތައް ލިބިގެންވާ، ވަޒަން ހަމަ ޝަޚުޞިއްޔަތެއް ހުރި އުންމީދީ ދަރިވަރުން ތައްޔާރުކުރުމެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ==
ޔުނިވަރސިޓީގެ ފަލްސަފާ ނެގިފައިވަނީ سورة العلق ގެ ފުރަތަމަ ފަސް އާޔަތުންނެވެ.
[ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾] މާނައީ "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ (ޤަލަމުން) ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައި ދެއްވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ބިނާވެގެންވަނީ، ﷲއީ، ހުރިހާ ތަކެއްޗެއް ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެކަމަށް އީމާންވުމުގެ މަތިވެރި ޢަޤީދާގެ މައްޗަށެވެ. އެހެންކަމުން ޔުނިވަރސިޓީން ދެވޭ ތަޢުލީމުގެ ތެރޭގައި ޝާމިލުވެގެންވަނީ ތައުޙީދުގެ ރޫޙެވެ. އެހެންވީމާ، ޢިލްމުގެ މަންހަޖާއި، ޢިލްމު ބޭނުންކުރުމުގެ ތަރަހައަކީ، ކީރިތި ޤުރްއާނާއި ސުންނަތެވެ.
މި ބިމުގައި ލެއްވި، މާތްﷲ މާތްކުރެއްވި، ޚަލީފަތުﷲ ގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ، ޤައުމާއި އިސްލާމީ އުއްމަތް ބިނާކުރުމުގެ މުހިއްމު މަސްއޫލިއްޔަތެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަސާސީ އަގުތައް ==
* ނަޒާހަތްތެރިކަން
* ފެންވަރާއި އަރުތަ
* ޤައުމަށާއި އުންމަތަށް ޚިދުމަތްކުރުން
* ދީންވެރިކަން
* ޒިންމާދާރުވުން
* އުޚުއްވަތްތެރިކަން
* ޢަދުލުވެރިކަން
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހުންނަ ކުއްލިއްޔާތަކާއި ސެންޓަރުތައް ==
* ކުއްލިޔާ އޮފް ޤުރްއާން އެންޑް ސުންނާ
* ކުއްލިޔާ އޮފް ޝަރީޢާ އެންޑް ލޯ
* ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް
* ކުއްލިޔާ އޮފް އެޑިޔުކޭޝަން
* ކުއްލިޔާ އޮފް ޢަރަބިކް ލެންގުއޭޖް
* ކުއްލިޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް
* ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަން
* ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް
* ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން
hvoxzzx1qvlmuix9hommndr61yziavk