ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.47.0-wmf.8 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ 0 1839 137829 137622 2026-06-25T06:27:24Z Memberuser 25611 137829 wikitext text/x-wiki [[Image:MDPLOGO.PNG|thumb|ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ]]ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) (އިނގިރޭސި: [[:en:Maldivian_Democratic_Party|Maldivian Democratic Party]]) އަކީ [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީ އުފެދުނީ 2005ވަނަ އަހަރުގައެވެ. މިހައިތަނަށް ދެ ފަހަރެއްގެ މަތީން އެމްޑީޕީން [[ދިވެހިރާއްޖެ|ދިވެހިރާއްޖޭ]]ގެ ވެރިކަމަށް އައިސްފައިވެއެވެ. އެމްޑީޕީ އެންމެ ފުރަތަމަ ޤާއިމުކުރެވުނީ [[އޮޅުދޫކަރަ|ސިލޯނު]]ގެ [[ކޮޅުނބު]]ގައި އަރުވައިލެވިގެން ތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]ގެ ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް، އެމްޑީޕީން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއި ހޯދުމާއެކު، މުޅި ދިވެހިރާއްޖޭގައި އިންތިޒާމުވަމުންނެވެ. ޖަނަވަރީ 2005 ގައި ބޭއްވުނު [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން އެ ކަން ޢާންމުކޮށް އިޢުލާންކޮށް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި ވާދަކުރިއެވެ. މިއާއެކު ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔައެވެ. އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގައެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވީ 2008ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުކުރެވިފައިނުވުމާ އެކު، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނެވި [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދަށް]] ތާޢީދުކުރެއްވިއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ޑެމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ރައީސްގެގޮތުގައި އެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 54 އިންސައްތައިން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް [[މުޙައްމަދު ނަޝީދު|ރައީސް މުޙައްމަދު ނަޝީދެވެ]]. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން ވާދަކުރިއެވެ. ނަމަވެސް އެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]] ގެ ފަރާތުން ވާދަކުރެއްވި [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް|ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ]]. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގެ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ [[އިބްރާހީމް މުޙައްމަދު ޞާލިޙް]] ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. އެމްޑީޕީގެ މިހާރުގެ ރައީސަކީ ކުރީގެ ފޮރިން މިނިސްޓަރު [[ޢަބްދުﷲ ޝާހިދު|ޢަބްދުﷲ ޝާހިދެވެ.]] ޗެއަރޕާސަނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ [[މުޙައްމަދު ނަޝީދު|މުޙައްމަދު ނަޝީދެވެ]]. == އިންތިޚާބުތައް == === <u>ރިޔާސީ އިންތިޚާބު</u> === {| class="wikitable" style="text-align:center" ! rowspan="2" |'''އިންތިޚާބު''' ! rowspan="2" |ޕާޓީގެ ކެންޑިޑޭޓު ! rowspan="2" |ރަނިންގ މޭޓު !'''ލިބުނު ވޯޓުގެ ޢަދަދު''' !'''%''' !'''ލިބުނު ވޯޓުގެ ޢަދަދު''' !'''%''' ! rowspan="2" |'''ނަތީޖާ''' |- ! colspan="2" |ފުރަތަމަ ބުރު ! colspan="2" |ދެވަނަ ބުރު |- !2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު | rowspan="3" |[[މުޙައްމަދު ނަޝީދު]] |[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]] |44,293 |24.91% |97,222 |53.65% |'''ކާމިޔާބު''' {{Y}} |- ! rowspan="2" |2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު | rowspan="2" |[[މުސްޠަފާ ލުޠުފީ]] |<s>95,224</s> |<s>45.45%</s> | colspan="2" | -------- |'''އިންތިޚާބު ބާޠިލުކޮށްފައި''' {{Nay}} |- |96,764 |46.93% |105,181 |48.61% |'''ނާކާމިޔާބު''' {{Nay}} |- !2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު | rowspan="2" |[[އިބްރާހީމް މުޙައްމަދު ޞާލިޙް]] |ފައިޞަލް ނަސީމް |134,616 |58.34% | colspan="2" | -------- |'''ކާމިޔާބު''' {{Y}} |- !2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު |[[މުޙައްމަދު އަސްލަމް]] |85,989 |39.12% |109,548 |45.94% |'''ނާކާމިޔާބު''' {{Nay}} |} === <u>[[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބު</u> === {| class="wikitable" style="text-align:center" !'''އަހަރު''' !ޕާޓީގެ ލީޑަރު !ލިބުނު ވޯޓުގެ ޢަދަދު !% !ކާމިޔާބުކުރި ގޮނޑީގެ ޢަދަދު !+/– |- !2005 | - |68,931 |31.10% |42 ގޮނޑީގެ ތެރެއިން 18 ގޮނޑި |ވާދަކުރީ އަލަށް |- !2009 | rowspan="3" |[[މުޙައްމަދު ނަޝީދު]] |51,184 |30.81% |77 ގޮނޑީގެ ތެރެއިން 26 ގޮނޑި |{{increase}} 15 |- !2014 |75,670 |40.78% |85 ގޮނޑީގެ ތެރެއިން 26 ގޮނޑި |{{steady}} 0 |- !2019 |96,354 |45.83% |87 ގޮނޑީގެ ތެރެއިން 65 ގޮނޑި |{{increase}} 39 |- !2024 |[[ޢަބްދުﷲ ޝާހިދު]] |64,650 |30.73% |93 ގޮނޑީގެ ތެރެއިން 12 ގޮނޑި |{{decrease}} 53 |} == ޕާޓީގެ ލީޑަރުން == === <u>ޕާޓީގެ ރައީސްކަން ކުރެއްވި ބޭފުޅުން</u> === {| class="wikitable sortable" style="text-align:center;" ! colspan="2" width="100px" |ނަން ! width="100px" |މުއްދަތު |- |[[ފައިލު:Ibrahim Ismail portrait 2011.jpg|88x88px]] |[[އިބްރާހިމް އިސްމާޢިލް|އިބްރާހިމް އިސްމާޢީލް]] |20 ޑިސެންބަރު 2005 - 30 އެޕްރީލް 2006 |- |[[ފައިލު:Dr. Munavvar.jpg|100x100px]] |[[މުޙައްމަދު މުނައްވަރު|ޑރ. މުޙައްމަދު މުނައްވަރު]] |2 ޖޫން 2007 - 30 އެޕްރީލް 2008 |- |[[ފައިލު:Ibrahim Didi 2011 (cropped).jpg|92x92px]] |ޑރ. އިބްރާހީމް ދީދީ |10 މޭ 2011 - 30 އެޕްރީލް 2012 |- |[[ފައިލު:Mohamed Nasheed portrait.jpg|102x102px]] |[[މުޙައްމަދު ނަޝީދު]] |1 އެޕްރީލް 2014 - 21 ޖޫން 2023 |- |[[ފައިލު:Abdulla Shahid Foreign Minister of the Maldives in 2023 (cropped).jpg|100x100px]] |[[ޢަބްދުﷲ ޝާހިދު]] |20 ފެބުރުވަރީ 2024އިން ފެށިގެން |} === <u>ޗެއަރޕާސަންކަން ކުރެއްވި ބޭފުޅުން</u> === {| class="wikitable sortable" style="text-align:center;" ! colspan="2" width="100px" |ނަން ! width="100px" |މުއްދަތު |- |[[ފައިލު:Mohamed Nasheed portrait.jpg|102x102px]] |[[މުޙައްމަދު ނަޝީދު]] |26 ޖޫން 2005 - 20 ފެބުރުވަރީ 2008 |- | |މާރިޔާ އަޙްމަދު ދީދީ |12 މޭ 2008 - 19 މޭ 2011 |- |[[ފައިލު:Reekko Moosa Manik.jpg|104x104px]] |[[ރީކޯ މޫސާ މަނިކު]] |19 ޖޫން 2011 - 1 އެޕްރީލް 2014 |- |[[ފައިލު:Ali Waheed portrait 2018.jpg|112x112px]] |ޢަލީ ވަޙީދު |30 އޮގަސްޓު 2014 - 28 ނޮވެންބަރު 2016 |- |[[ފައިލު:Hassan Latheef.jpg|75x75px]] |ޙަސަން ލަޠީފު |12 ފެބުރުވަރީ 2017 - 11 ފެބުރުވަރީ 2022 |- |[[ފައިލު:Fayyaz Ismail.jpg|112x112px]] |ފައްޔާޟް އިސްމާޢީލް |23 މޭ 2022 - 23 ނޮވެންބަރު 2025 |- | |ޢަބްދުލްޣަފޫރު މޫސާ |8 ޑިސެންބަރު 2025 - 12 ޖޫން 2026 (ވަގުތީ ގޮތުން) |- |[[ފައިލު:Mohamed Nasheed portrait.jpg|102x102px]] |[[މުޙައްމަދު ނަޝީދު]] |12 ޖޫން 2026 އިން ފެށިގެން |} [[ޤިސްމު:ސިޔާސީ ޕާޓީ]] k6ws3obrpflx3ajezql8uhp262q322e ޞަލާޙު އަލްބުދައިރު 0 16248 137828 136784 2026-06-24T14:27:14Z Memberuser 25611 137828 wikitext text/x-wiki [[ފައިލު:Salah Ibn Mohammed Al Budair.jpg|thumb|ފަޟީލަތުއްޝައިޚު ޑޮކްޓަރ ޞަލާޙު ބުނު މުޙައްމަދުލް ބުދައިރު]] [[މަސްޖިދުއްނަބަވީ]]ގެ އިމާމު އަދި ޚަޠީބު އަދި މަދީނާގެ މަޙްކަމަތުލްއިސްތިއުނާފުގެ އިސް ފަނޑިޔާރު ފަޟީލަތުއްޝައިޚު ޑޮކްޓަރ ޞަލާޙު ބުނު މުޙައްމަދުލްބުދައިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ގޮތުން 1970ވަނަ އަހަރު މަދީނަތުލްހުފޫފުގައެވެ. ޝައިޚުގެ މަތިކޮޅު ބަނީ ތަމީމު ޤަބީލާއާ ގުޅިފައިވެއެވެ. އައްޝައިޚު ޑރ. ޞަލާޙުލްބުދައިރަކީ އެންމެ ތުއްޕުޅު އިރުއްސުރެ ވެސް ޢިލްމަށާއި ޢިލްމު އުނގެނުމަށް ނުހަނު ލޯބިކުރެއްވި ޝަޚްޞިއްޔަތެކެވެ. ޅަ ޢުމުރުފުޅެއްގައި ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށްފަހު އުފަން ރަށް ހުފޫފުގައި ތަޢުލީމު އުނގެނިވަޑައިގެންނެވުމުގެ ދިގު ދަތުރު ފެއްޓެވި ނަމަވެސް، ޢިލްމު ޙާޞިލުކުރުމާއި ޢިލްމު އުނގަންނައިދިނުމާއި ޤާޟީކަމާއި އިމާމުވެ ނަމާދުކުރެއްވުމުގައި [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ އެކިއެކި ސިޓީތަކަށް ދަތުރުކުރެއްވިއެވެ. އެ ގޮތުން އެމަނިކުފާނު ޝަރީޢާގެ ދާއިރާ އިން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ވެރިރަށް، އައްރިޔާޟުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ޖާމިޢަތު އަލްއިމާމް މުޙައްމަދު ބުން ސުޢޫދު އަލްއިސްލާމިއްޔާއިންނެވެ. އެއަށްފަހު ހަމަ އެ ސިޓީގައި ހުންނަ އަލްމަޢުޙަދުލްޢާލީ ލިލްޤަޟާއިން ފިޤްހުލްމުޤާރަނާގެ ދާއިރާއިން މާސްޓަރސް ޑިގުރީ ޙާޞިލުކުރައްވައި ޤާޟީއެއްގެ ގޮތުގައި ދަސްވެނިވެވަޑައިގަތެވެ. އެއަށްފަހު 2023ވަނަ އަހަރު، އަލްޙައްސާއުގެ އަލްމަލިކު ފައިޞަލް ޔުނިވަރސިޓީން ދިރާސާތުލްއިސްލާމިއްޔާ ބައިގެ ފިޤްހުގެ ރޮނގުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވެއެވެ. [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގެ މަސްޖިދުއްނަބަވީގެ އިމާމެއްގެ ގޮތުގައި ޢައްޔަންކުރެވުމުގެ ކުރިން ރަސްމީ އިމާމެއްގެ ގޮތުގައި ޝައިޚް ޞަލާޙު އަލްބުދައިރު އިމާމުކަމުގެ ވަޒީފާ ފެއްޓެވީ ދައްމާމު ސިޓީގައެވެ. އެއަށްފަހު އައްރިޔާޟު ސިޓީގައި ވެސް އިމާމެއްގެ ގޮތުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. [[މަދީނާ]]ގެ ޙަރަމްފުޅު ކަމުގައިވާ [[މަސްޖިދުއްނަބަވީ|އަލްމަސްޖިދުއްނަބަވީ]]ގެ އިމާމު އަދި ޚަޠީބެއްގެ ގޮތުގައި ފަޟީލަތުއްޝައިޚު ޑޮކްޓަރ ޞަލާޙުލް ބުދައިރު ޢައްޔަނުކުރެއްވީ 1999ވަނަ އަހަރުގައެވެ. އެކި އަހަރުތަކުގައި ޝައިޚަށް ވަނީ [[މައްކާ]]ގެ [[މަސްޖިދުލްޙަރާމް|މަސްޖިދުލްޙަރާމު]]ގައި ވެސް އިމާމުވެ ތަރާވީޙް ނަމާދު ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފައެވެ. އިމާމުކަމުގެ އިތުރުން އައްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު ވަނީ ޤާޟީއެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފައެވެ. އެގޮތުން 1993 އިން 1994 އަށް އައްރިޔާޟު ސިޓީގެ މަޙްކަމަތުލްކުބްރާގައި ޤާޟީކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން 1995ވަނަ އަހަރު ޢަސީރު ސިޓީގެ ކޯޓުގައި ޤާޟީކަން ކުރެއްވިއެވެ. ޖެހިގެން އައި 1996ވަނަ އަހަރު ދައްމާމުގެ މަޙްކަމަތުލްކުބްރާގައި ޤާޟީއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު 1997 އިން 1999 އަށް [[މަދީނާ|މަދީނަތުލް މުނައްވަރާ]]ގެ މަޙްކަމަތުލްކުބްރާގައި ޤާޟީކަން ކުރެއްވިއެވެ. 7iceygzeh2gfo5wnylibo3artbebgtl