ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.13
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ޑރ. މުޙައްމަދު ލަޠީފް
0
5981
137859
132590
2026-07-29T22:48:15Z
Memberuser
25611
Memberuser moved page [[މުޙައްމަދު ލަތީފް]] to [[ޑރ. މުޙައްމަދު ލަޠީފް]]
132590
wikitext
text/x-wiki
[[ފައިލު:Dr Mohamed Latheef.jpg|thumb|ޑރ މުޙައްމަދު ލަތީފް]]
ޑރ '''މުޙައްމަދު ލަތީފް''' އަކީ އދ. އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އެވެ. ޑރ މުޙައްމަދު ލަތީފް ގެ ސަފީރު ކަމުގެ ފަތްކޮޅު އދ. ގެ ސެކެޓްރީ އަށް ޖެނެރަލް އަށް އަރުވާފައިވަނީ 11 ނޮވެމްބަރު 2002 ގައެވެ. އދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބަކަށް އިސްކުރެއްވުމުގެ ކުރިން ޑރ މުޙައްމަދު ލަތީފް ހުންނެވީ ދިވެހިރާއްޖެ އިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ގޮތުގައެވެ.
== އަމިއްލަ ދިރިއުޅުން ==
ޑރ މުޙައްމަދު ލަތީފް އަކީ ތ.އަތޮޅު ކިބިނދޫ އަށް އުފަން ބޭފުޅެކެވެ. ޑރ މުޙައްމަދު ލަތީފް ކައިވެނި ބައްލަވައިގެން އުޅުއްވަނީ ކުރިން ފ.އަތޮޅު އަތޮޅުވެރިކަމުގެ މަގާމްގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ޒަކަރިއްޔާ ޙަމީދު ދަރި ކަނބަލުން ޝަކީލާ ޒަކަރިއްޔާ ޙަމީދު އާއެވެ. ޑރ މުޙައްމަދު ލަތީފް އާއި ޝަކީލާއަށް 3 ކުދިން ލިބިފައި ވެއެވެ.
== ތަޢުލީމީ ދައުރު ==
ޑރ މުޙައްމަދު ލަތީފް ޕީއެޗްޑީ ހައްދަވާފައިވަނީ އެޑިޔުކޭޝަން ޕްލޭނިންގ ގެ ދާއިރާ އިންނެވެ. މާސްޓާރސް ހައްދަވާފައިވަނީ ތައުލީމީ ދާއިރާއިންނެވެ. މާސްޓާރސް އަދި ޕީއެޗްޑީ ޙާޞިލްކުރެއްވީ ޔުނިވަސިޓީ އޮފް ވޭލްސް ގައެވެ. މީގެ އިތުރުން ވޭލްސްގެ ކާރޑިފް ޔުނިވަސިޓީގައި ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް އިން ޑިމޮގްރަފީ ފުރިހަމަ ކުރައްވާފައި ވެއެވެ.
== ދިވެހި ސަރުކާރުގައި ==
ޑރ މުޙައްމަދު ލަތީފް ވަނީ ދިވެހި ސަރުކާރުގެ ތަފާތު ފެންވަރުގެ ވަޒީފާތަކާއި މަގާމްތައް ފުރުއްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ފަދަ ތަންތަނުގެ ވަޒީފާތަކުގައި ޑރ މުޙައްމަދު ލަތީފް އުޅުއްވާފައި ވެއެވެ.
1979 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ މެންބަރުކަން ކޮށްފައިވެއެވެ. ޑރ މުޙައްމަދު ލަތީފް ވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޕްރޮޖެކްޓްގެ ނޭޝަނަލް ޑިރެކްޓަރުކަން، އަދި މޯލްޑިވްސް ސެންޓަރ ފޯރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން(މިހާރުގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ) ގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކޮށްފައެވެ. މިބުނި ދެމަގާމްގައި ހުންނެވީ 1992ން 1993 އަށެވެ.
1993 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބަކަށް އިސްކުރެވުނެވެ. އަދި 1993ން 2002 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަގާމް ޑރ މުޙައްމަދު ލަތީފް ފުރުއްވާފައި ވެއެވެ. ދިވެހިރާއްޖޭގެ ޕާލަމެންޓްގައި މެންބަރެއްގެ ހައިސިއްޔަތުން ވެސް ޑރ މުޙައްމަދު ލަތީފް ވަނީ މަސައްކަތް ކުރައްވާފައެވެ.
== އިތުރު ފާލަންތައް ==
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
poyaou6bv4taudxyg7u6x7t71oe8rba
137861
137859
2026-07-29T23:46:32Z
Memberuser
25611
137861
wikitext
text/x-wiki
{{Infobox officeholder
| name = ޑރ. މުޙައްމަދު ލަޠީފް
| image = Dr Mohamed Latheef.jpg
| caption = މުޙައްމަދު ލަޠީފް، 2013
| office1 = [[އެކުވެރި ދައުލަތްތައް|އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ]]އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު
| term_start1 = 2002
| term_end1 = 2007
| predecessor1 = ޙުސައިން ޝިހާބު
| successor1 = އަޙްމަދު ޚަލީލު
| office2 = [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] [[މާޅޮސްމަޑުލު އުތުރުބުރި|ރ. އަތޮޅު]] މެންބަރު
| term_start2 = 27 ފެބުރުވަރީ 2000
| term_end2 = 13 އޮކްޓޫބަރު 2002
| office3 = މިނިސްޓަރ އޮފް އެޑިޔުކޭޝަން
| term_start3 = 11 ނޮވެންބަރު 1993
| term_end3 = 9 އޮކްޓޫބަރު 2002
| predecessor3 = [[ޢަބްދުﷲ ޙަމީދު|އަލްއުސްތާޛު ޢަބްދުﷲ ޙަމީދު]]
| successor3 = އިސްމާޢީލް ޝަފީޢު
| birth_date = {{Birth date and age|1953|07|20|df=y}}
| birth_place = [[ކިނބިދޫ (ތ. އަތޮޅު)|ތ. ކިނބިދޫ]]، [[ދިވެހިރާއްޖެ]]
| death_date =
| death_place =
| alma_mater = އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަނަލް ޕްލޭނިންގ، ޕެރިސް<br/>ޔުނިވަރސިޓީ އޮފް ވޭލްސް، [[އިނގިރޭސިވިލާތް]]
| education = [[މަޖީދިއްޔާ ސްކޫލް]]
| office = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| term_start = 2 ޖުލައި 2015
| term_end = 20 އޮގަސްޓު 2019
| successor = [[ޙަސަން ޙަމީދު|ޑރ. ޙަސަން ޙަމީދު]]
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
| awards = ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 1994<br/>ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2026
}}
'''ޑރ. މުޙައްމަދު ލަޠީފް (މއ. ކިނބި)،''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ޖުލައި 20ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ޚިދުމަތްކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ޚާއްޞަކޮށް، އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު ލަޠީފް ޕީއެޗްޑީ ޙާޞިލުކުރެއްވީ [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ޔުނިވަރސޓީ އޮފް ވޭލްސްއިން، އެޑިޔުކޭޝަނަލް ޕްލޭނިންގގެ ރޮނގުން 1992ވަނަ އަހަރުއެވެ. އެ މަނިކުފާނު، މާސްޓަރ އޮފް އެޑިޔުކޭޝަން ޙާޞިލުކުރެއްވީ ވެސް، ޔުނިވަރސިޓީ އޮފް ވޭލްސްއިންނެވެ. މީގެ އިތުރުން ހަމަ އެ ޔުނިވަރސިޓީން ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް އިން ޑެމޮގްރަފީ އެންޑް ސްޓެޓިސްޓިކްސް ފުރިހަމަކުރައްވައިފައިވެއެވެ. އަދި އެޑިއުކޭޝަނަލް ޕްލޭނިންގް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕެރިހުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިއުކޭޝަނަލް ޕްލޭނިންގގައި ވެސް ތަމްރީނު ހޯއްދަވައިފައިވެއެވެ.
== ޚިދުމަތް ==
ޑރ. މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ.
=== <u>ތަޢުލީމީ ދާއިރާ</u> ===
އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަޤާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަޤާމެވެ. ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛުމައުމޫން ޢަބްދުލްޤައްޔޫމް]]، ރިޔާސީ 3ވަނަ ދައުރަށް ހުވާކުރެއްވުމަށް ފަހު، އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި، އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަޤާމަށް ޑރ. މުޙައްމަދު ލަޠީފް ޢައްޔަންކުރެއްވީ، 11 ނޮވެންބަރު 1993 ގައެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތްކުރައްވައިފައެވެ. އެގޮތުން، ތަޢުލީމީ މުއައްސަސާތައް އުފައްދަވައި، ތަރައްޤީކުރެއްވުމުގައި އާދަޔާ ޚިލާފު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައްވައި، މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީނުކުރުމަށް ޓަކައި އަލަށް ޤާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" 1984ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އުފެދިގެން ދިޔުމުގައި އެ މަނިކުފާނު އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އޭގެފަހުން، ދިވެހިރާއްޖެއިން ލިޔަންކިޔަން ނުދަތުން ނައްތައިލުމަށް ޓަކައި ނުރަސްމީ ތަޢުލީމު ދޭ މަރުކަޒު، ރަސްމީ ސިފައެއްގައި 1985ވަނަ އަހަރު ޤާއިމުކުރެވިގެން ދިޔުމުގައްޔާއި، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ އެޑްމިނިސްޓްރޭޓިވް އަދި މެނޭޖްމަންޓްގެ ދާއިރާއިން ބޭނުންވާ މީހުން ތަމްރީނުކުރުމަށް ޓަކައި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި، އައި.އެލް.އޯ. އާއި، ޔޫ.އެން.ޑީ.ޕީ. ގެ އެހީގައި "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީކުރެވިގެން ދިޔުމުގައި ވެސް ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިންމެވެ.
1995ވަނަ އަހަރުން 2005ވަނަ އަހަރާ ހަމައަށް ކަނޑައެޅުނު އެޑިޔުކޭޝަނަލް މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން އަދި ވަޒީރުންގެ ކޮމިޓީގެ ޗެއަރމަންގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ލަޠީފް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަންޖެހެއެވެ. މާސްޓަރ ޕްލޭން އެކުލަވައިލުމުގެ ފަންނީ ޓީމުގައި ތަޖުރިބާކާރެއްގެ ގޮތުގައި ހިމެނިވަޑައިގެން، އެހީތެރިކަން ދެއްވުމުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭގެކުރިން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނަވައިގެން، އިބްތިދާއީ ތަޢުލީމުގެ ދާއިރާ ފުޅާކުރުމާއި، މުދައްރިސުން ތަމްރީނުކުރުމާއި، ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލުމާއި، ނުރަސްމީ ތަޢުލީމު ދިނުމާއި، ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޓެކްސްޓް ފޮތް އުފައްދައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމާއި، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ އެކި ފެންވަރުގެ މުވައްޒަފުން ތަމްރީނުކުރުމާއި، ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތަކަށް ބޭނުންވާނެ ފަންޑިންގ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީގައި ހޯއްދަވައިދެއްވުމުގައި ޢަމަލީގޮތުން އިސް ދައުރެއް ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވިއެވެ.
ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ވެސް ޑރ. މުޙައްމަދު ލަޠީފެވެ. އަދި އެ މަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ކަނޑައަޅައިފައިވާ ތާރީޚުގެ ކުރިން އެ ޕްލޭން ތަންފީޒުކުރައްވައި ނިންމެވިއެވެ.
ދިވެހިރާއްޖޭގައި ޘާނަވީ ތަޢުލީމު ފުޅާކުރައްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާ، އައު ހަރުފަތަކަށް ގެންދެވުމުގައި ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު މުހިންމެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާކުރެއްވުމަށް ޓަކައި "ބިލްޓް-އިން ސުޕަރވިޜަން ސިސްޓަމް" އެއް ޤާއިމުކުރެއްވުމެވެ.
ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" 1998ވަނަ އަހަރު ޤާއިމުކުރެވިގެންދިޔަ އިރު، އެ ކޮލެޖު ޤާއިމުކުރެއްވުމަށް ޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ކަން ކުރެއްވުމުގައި މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަފުޅު ޝައުޤުވެރިކަމާ އެކު، ކަންކަން ދިރާސާކުރައްވައި، ފީޒިބިލިޓީ ހައްދަވައި، ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކަށް އެ ދިރާސާތައް ހުށަހަޅުއްވައި، އެ ބޭންކުގެ ހިލޭ އެހީ ހޯއްދަވައި ދެއްވުމުގައި ޢަމަލީ ގޮތުން އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ. މުޙައްމަދު ލަޠީފް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނަވައިގެން، ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށް ޓަކައި ސަރުކާރުން އޭރު އުފެއްދެވި ބައެއް މުއައްސަސާތައް އުފެއްދުމުގައި ވެސް އެ މަނިކުފާނުގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، "ދަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު" އާއި، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގައި ކުރެއްވި މަސައްކަތްޕުޅު ވެސް ފާހަގަކޮށްލަންޖެހެއެވެ.
=== <u>ޚާރިޖީ ދާއިރާ</u> ===
ޑރ. މުޙައްމަދު ލަޠީފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ވެސް ޚިދުމަތްކުރައްވައި، އެ ދާއިރާއިން ވެސް ތަޖުރިބާ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، [[އޮޅުދޫކަރަ|ސްރީލަންކާ]]ގައި ހުންނަ ދިވެހި އެމްބަސީގެ 3ވަނަ ސެކްރެޓެރީކަމާއި، [[އެކުވެރި ދައުލަތްތައް|އދ.]] ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމު ވެސް ފުރުއްވިއެވެ. ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި 2002ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9ވަނަ ދުވަހުން ފެށިގެން 2007ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23ވަނަ ދުވަހާ ހަމައަށް ހުންނެވި އިރު، އެ މަނިކުފާނު ވަނީ އދ. އިޞްލާޙުކުރުމުގެ މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށް ޓަކައި ކުރެވުނު މަސައްކަތްތަކުގައި، ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވައިގެން، އޮމާންކަމާއެކުގައި ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވައި، އެ އިސްތިރާޖު ތަންފީޒުކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑރ. މުޙައްމަދު ލަޠީފެވެ. މި ދެންނެވި އިސްތިރާޖާ ގުޅޭގޮތުން ވަރަށް ވިސްނުންތެރިކަމާ އެކު، އދ. އާ އެކުގައި މުޢާމަލާތުކުރައްވައި އެ ކަމަށް ޙައްލެއް ހޯއްދަވައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށް، "މިޑްލް އިންކަމް ޑިވެލޮޕިންގ ކަންޓްރީ" އެއްގެ ފެންވަރަށް ރާއްޖެ ގެންނެވުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަންޖެހެއެވެ. އެ މަނިކުފާނަކީ، ސަރަޙައްދީ ޖަމުޢިއްޔާއެއް ކަމަށްވާ "އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ސައުތު އޭޝިއާ" އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
=== <u>ރައްޔިތުންގެ މަޖިލީހުގައި</u> ===
ޑރ. މުޙައްމަދު ލަޠީފަކީ، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައްޔާއި]]، [[ރައްޔިތުންގެ ޚާއްސަ މަޖިލިސް|ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި]] ވެސް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން 11 ނޮވެންބަރު 1993 އިން 6 ނޮވެންބަރު 1997 އަށް މެންބަރުކަން ކުރެއްވިއެވެ. ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން، 17 މޭ 1989 އިން 30 އޮކްޓޫބަރު 1989 އަށް، އަދި 30 ނޮވެންބަރު 1992 އިން ފެށިގެން 11 ނޮވެންބަރު 1993 އަށް އަދާކުރައްވައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރެއްވިއެވެ. ހަމަ އެހެންމެ، 15ވަނަ ރައްޔިތުންގެ މަޖިލީހުގެ [[މާޅޮސްމަޑުލު އުތުރުބުރި|ރ. އަތޮޅު]]ގެ މެންބަރުކަން، 27 ފެބުރުވަރީ 2000 އިން ފެށިގެން 13 އޮކްޓޫބަރު 2002 ގެ ނިޔަލަށް އެ މަނިކުފާނު ކުރެއްވިއެވެ.
=== <u>އެހެނިހެން ދާއިރާތައް</u> ===
ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަލަށް ތަޢާރުފު ކުރެވިގެން އައި ދުވަސްވަރު ކުރިމަތިވި، ޚިޔާލަށްވެސް ނުގެނެވޭނެ ފަދަ ދަތި އުނދަގޫ އަދި ހަލަބޮލި މާޙައުލެއްގައި، ދިވެހި ސަރުކާރަށާއި މުޖުތަމަޢަށް، ނިސްބަތުން އައު ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ޤާއިމުކުރެވިގެންދިޔަ މިނިވަން މުއައްސަސާއެއް ކަމުގައިވާ "ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން" އާއި، ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ޤާއިމުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޑރ. މުޙައްމަދު ލަޠީފެވެ. މިގޮތުން، ސިވިލް ސަރވިސް އުފެއްދެވުމަށް ޓަކައި ސަރުކާރުން ބޭނުންފުޅުވި ފަންނީ އެހީތެރިކަން ވެސް ޑރ. ލަޠީފް ވަނީ ފޯރުކޮށްދެއްވައިފައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދި ފަހުން އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން، ދިވެހި ސިވިލް ސަރވިސް ހަރުދަނާކުރައްވައި، ޒަމާނާ އެއްގޮތަށް ސިވިލް ސަރވިސް ބައްޓަންކުރެއްވުމަށް ޓަކައި ޑރ. މުޙައްމަދު ލަޠީފް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. އެ މަނިކުފާނު ވަނީ، ނޭޝަނަލް ޕޭ ރިވިއު ބޯޑުގެ ޗެއަރމަންކަމުގެ މަޤާމު ވެސް ފުރުއްވައިފައެވެ.
ޑރ. މުޙައްމަދު ލަޠީފަކީ، އެކިއެކި ކައުންސިލުތަކާއި ބޯޑުތަކުގައި ވެސް ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ މެންބަރެއްގެ ގޮތުންނާއި، ނޭޝަނަލް އެޑިޔުކޭޝަން ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އެ ކައުންސިލުގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުން ޚިދުމަތްކުރެއްވިއެވެ. އަދި އިސްލާމީ ފިޤްހު އެކެޑަމީގެ އެޑްވައިޒަރީ ކައުންސިލްގެ މެންބަރުކަމާއި، މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރމަންކަމާއި، މެންބަރުކަމާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމާއި، ޗެއަރމަންކަމުގެ މަޤާމު އަދާކުރެއްވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަން ވެސް އަދާކުރެއްވިއެވެ.
ޑރ. މުޙައްމަދު ލަޠީފް ވަނީ، "ނޭޝަނަލް ޕްލޭނިންގ ކައުންސިލް"ގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވައި، "ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވައިލައްވައި ތަންފީޒުކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. ވިހިވިހީގެ ތަޞައްވުރު އެކުލަވައިލެއްވުމަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދެވި "ސިޗުއޭޝަން އެނަލިސިސް" ގައި "ނޭޝަނަލް ޕްލޭނިންގ ކައުންސިލް" ގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ކެބިނެޓް ކޮމިޓީގެ މެންބަރެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ތަފާތު "ކޮންސަލްޓޭޓިވް ވަރކްޝޮޕް" ތަކާއި، ކޮންފަރެންސްތަކާއި ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ރާއްވަވައި، ވިހިވިހީގެ ތަޞައްވުރު އެކުލަވައިލެއްވުމުގެ މަސައްކަތުގައި 1998ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރާ ހަމައަށް ޑރ. މުޙައްމަދު ލަޠީފް މަސައްކަތްޕުޅުކުރެއްވިއެވެ.
ޑރ. މުޙައްމަދު ލަޠީފް، [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 18 މޭ 1973 ގައި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އިނގިރޭސި ކާތިބުކަމުގެ މަޤާމުންނެވެ. އޭގެފަހުން، ޕާސްޕޯޓް އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީކަމުގެ މަޤާމާއި، އިނގިރޭސި ސެކްރެޓެރީކަމުގެ މަޤާމާއި، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސްގެ ސެކްރެޓެރީކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ ސެކްރެޓެރީކަމުގެ މަޤާމު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަނިކުފާނު ފުރުއްވައިފައިވާ މުހިންމު އެހެން މަޤާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނައިބުކަމުގެ މަޤާމު ހިމެނެއެވެ. ނައިބުކަމުގެ މަޤާމުގައްޔާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ޗެއަރމަންގެ ގޮތުގައި ހުންނަވައިގެން ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަޙައްދީ ފެންވަރުގައި، ރާއްޖޭގެ ރަށްރަށް ތަރައްޤީކުރެއްވުމުގައި ވެސް ޑރ. މުޙައްމަދު ލަޠީފް އިސް ދައުރެއް އަދާކުރެއްވިއެވެ.
ޑރ. މުޙައްމަދު ލަޠީފް އެންމެ ފަހުން ހުންނެވީ، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރުކަމުގެ މަޤާމުގައެވެ. އެއީ، 2 ޖުލައި 2015 އިން 20 އޮގަސްޓު 2019 އަށެވެ. އެ މަޤާމު ފުރުއްވި އިރު، ޔުނިވަރސިޓީގެ ޗާންސެލަރުގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ ކަންކަން ވަރަށް ގާތުން ބައްލަވައި، ޔުނިވަރސިޓީގެ ޚިދުމަތްތައް ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމަށް ޓަކައި ވެސް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި މަސައްކަތްޕުޅުކުރެއްވިއެވެ.
== އިނާމުތައް ==
ޑރ. މުޙައްމަދު ލަޠީފް ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ 1994ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 2026ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ލަޠީފަށްށް އަރުވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
ip082d5p7cvji1d7sjnofgz94d5usxp
137862
137861
2026-07-29T23:48:16Z

| president = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]]

2h1vc76fxzyu4mgalbej34k7prwc8ig
137863
137862
2026-07-29T23:49:28Z

'''ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ލަޠީފް (މއ. ކިނބި)،''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ޖުލައި 20ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ޚިދުމަތްކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ޚާއްޞަކޮށް، އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

gxl29008ljw9jo4j4vl1hskpgp7q952
ސޯޑިއަމް
0
6314
137864
116755
2026-07-30T00:14:57Z
InternetArchiveBot
21776
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
137864
wikitext
text/x-wiki
{{Infobox sodium}}
ސޯޑިއަމް ނުވަތަ ({{en|Sodium}}) އަކީ ކެމިކަލް ޢުންޞުރެކެވެ. ސޯޑިއަމްގެ ރަމްޒަކީ Na އެވެ. އޭގެ އެޓަމިކް ނަންބަރަކީ 11 އެވެ. ސޯޑިއަމް އަކީ ލޭ އަދި އެހެންވެސް ދިޔަތަކުގައި ހިމެނޭ ޕޮޒިޓިވް ޗާރޖު ކުރެވިފައި ހުންނަ ކެރެވި އެވެ. ބޮޑުމީހެއްގެ ހަށިގަނޑުގައި 90 ގްރާމްގެ ސޯޑިއަމް އެކުލެވެއެވެ. މީގެތެރެއިން ½ އުޅެނީ ހަށިގަނޑުގެ ތެރޭގައި ސެލިތައް ދޮވެވޭ ދިޔަގަނޑުގައެވެ. 3/1 ހުންނަނީ ގިރިގެންނުދާ މަޢުދަންތަކާއި އެކުވެ ކަށިތަކުގައެވެ.
ސޯޑިއަމް ބޭނުންވަނީ ހަށިގަނޑުގައި ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
ސޯޑިއަމް ހަށިގަނޑަށް ބޭނުންކުރެވެނީ ހަށިގަނޑުގެ މާބޮޑު މަސައްކަތަކާއި ނުލައި އޭގެ އަމިއްލަ ޒާތުގައެވެ. ސޯޑިއަމް ހަށިގަނޑުން މަދުވުމަކީ ވަރަށް ހޫނު ގަދަ ތަނެއްގައި ވަރަށް ބަރު މަސައްކަތްކުރާ މީހުންނަށް ނޫނީ ދިމާވާ ކަމެއް ނޫނެވެ. ސޯޑިއަމްގެ ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) އަކީ 500 މިލިގްރާމް އެވެ. މިމިންވަރު ފިރިހެނުންނާއި އަންހެނުންނަށް ތަފާތެއް ނެތެވެ.
ސޯޑިއަމް އަކީ އާންމުކޮށް ބޭނުންކުރާ ގިނަ ކާބޯތަކެތީގައި އެކުލެވޭ ބާވަތެކެވެ. މީގެ ތެރެއިން އެންމެ ގިނައިން ސޯޑިއަމް އެކުލެވެނީ ލޮނުގައެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ލޮނުގަދަކޮށް ކެއުމަށް އާދަވެފައި ތިބެއެވެ. މިފަދަ މީހުން އުމުރުން ދުވަސްވުމުން ލޭމައްޗަށްދިއުން އަކީ ވެދާނެ ގޮތެކެވެ.
== މަޞްދަރުތައް ==
ސޯޑިއަމްގެ މައިގަނޑު މަޞްދަރަކީ ޓެބްލެޓް ސޯލްޓް އެވެ. މާނައަކީ ކައްކާއިރު ބޭނުންކުރާ ލޮނެވެ.
== ހަށިގަނޑުގައި އެކުލެވޭ ސޯޑިއަމް ==
ހަށިގަނޑުގައި އެކުލެވޭ ސޯޑިއަމްގެ 70 އިންސައްތަ ހުންނަނީ ހަށިގަނޑުގައި އުފެދޭ ދިޔަތަކާއި، އެހެނިހެން ޓިޝޫތަކުގައެވެ. 30 އިންސައްތަ ހުންނަނީ ކަށިތަކުގައެވެ. ލޭގެ ކޮންމެ ލިޓަރެއްގައި 143-137 މިލިއީކްއަލެންޓް ގެ ސޯޑިއަމް ހުރެއެވެ.
<gallery>
<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery><!-- <!-- Comment --><!-- <!-- Comment --> --> -->
</gallery>
== ސޯޑިއަމްގެ ވަޒީފާ ==
* ޕްލާޒްމާގެ ވޮލިއުމް އަދި އޮސްމެޓިކް ޕްރެޝަރުގެ ހަމަ ހިފެހެއްޓުން
* މަސްތައް ހަރަކާތް ކުރުމުގައި ބައިވެރިވުން
* ސިކުނޑިއަށް ތަފާތު މެސެޖްތައް ފޮނުވުމުގައި ބައިވެރިވުން
* އެސިޑް-ބޭސް އެކުލެވޭ މިންވަރު ހަމަހަމަކަމާއެކު ތަންޒީމްކޮށް ބެލެހެއްޓުން
== ސޯޑިއަމް ހަށިގަނޑުން ބޭރުކުރުން ==
ސޯޑިއަމްގެ 95 އިންސައްތަ ހަށިގަނޑުން ބޭރުކުރަނީ [[ކުޑަކަމުދާ ތަކެތި]]ގެ ޒަރީޢާއިންނެވެ.
== ސޯޑިއަމް ހަށިގަނޑަށް ބޭނުންވާ މިންވަރު ==
ބޮޑެތި މީހުންނަށް ދުވާލަކު 500 މިލިގްރާމްގެ ސޯޑިއަމް ބޭނުންވެއެވެ.
== އިތުރު ފާލަންތައް ==
{{Commons|ސޯޑިއަމް}}
{{wiktionary|ސޯޑިއަމް}}
* [https://web.archive.org/web/20071021053817/http://www.webelements.com/webelements/elements/text/Na/index.html ވެބްއެލެމެންޓްސް.ކޮމް - ސޯޑިއަމް]
* [http://www.theodoregray.com/PeriodicTable/Elements/011/index.html ދަ ވުޑެން ޕީރިއޮޑިކް ޓޭބަލް ޓޭބަލްސް އެންޓްރީ އޮން ސޯޑިއަމް]
* [http://www.americanheart.org/presenter.jhtml?identifier=4708 ޑައިޓަރީ ސޯޑިއަމް]
* [http://ie.lbl.gov/education/parent/Na_iso.htm ''ދަ ބަރކްލީ ލެބޯޓަރީ އައިސޮޓޯޕްސް ޕްރޮޖެކްޓްސް'' އިން ސޯޑިއަމްގެ އައިސޮޓޯޕް ޑޭޓާ]
== ރިފަރެންސް ==
* ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003
{{Clear}}
{{Compact periodic table}}
[[ޤިސްމު:ކާނާގެ ބައިތަކާއި ވައްތަރުތައް]]
[[ޤިސްމު:Desiccants]]
[[ޤިސްމު:Dietary minerals]]
[[ޤިސްމު:Sodium|Sodium]]
[[ޤިސްމު:Reducing agents]]
0v7xjg5ye7bbqu52hi2h854by4u5pcv
އިބްރާހީމް ރަޝީދު މޫސާ
0
16059
137858
136238
2026-07-29T22:44:50Z
Memberuser
25611
137858
wikitext
text/x-wiki
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، މިޞްރުގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢުލްއަޒްހަރުން]] މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ވަޑައިގަތީއްސުރެ، ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން މަސައްކަތް ކުރައްވަމުން ގެންދަވައިފައިވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށް ފަހު، ފުރަތަމަ އަދާކުރެއްވީ، [[މަޖީދިއްޔާ ސްކޫލް]]ގެ މެތސް އެންޑް ޓެކްނިކަލް ޑްރޯއިންގ ޓީޗަރެއްގެ މަޤާމެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ހިސާބު ޢިލްމުގެ ރޮނގުން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛުމައުމޫން ޢަބްދުލްޤައްޔޫމު]]ގެ ރައީސްކަމުގެ ވަރަށް ކުރީކޮޅުގައި، ހިޖުރީ 15ވަނަ ޤަރުނުގެ ފެށުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މުނާސަބަތާ ގުޅުވައިގެން، ސަރުކާރުން އެޅުއްވި އެންމެ މުހިންމު އެއް ފިޔަވަޅަކީ، ރާއްޖޭގައި އުފެއްދެވި ޢަރަބި އިސްލާމީ ތަޢުލީމުދޭ މަދަރުސާ ކަމަށްވާ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ އުފެއްދެވުމެވެ. ހިޖުރީ ސަނަތުން 1401ވަނަ އަހަރުގެ މުޙައްރަމު މަހުގެ 1ވަނަ ދުވަހު، މީލާދީން 1980ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހު އުފެއްދެވި މި ޢިލްމީ ބިނާގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހަމަޖެއްސެވީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
މަޢުހަދު ހިންގެވުމާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ޙަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި އޭރު އެކަށީގެންވާ ވަރަށް މީހުން ތައްޔާރުކުރެވިފައިނުވާ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށެވެ. ފަށާ ތަޢުލީމުން ފެށިގެން މެދު މަދުރަސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތީ ޘާނަވީ ތަޢުލީމާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ޢަރަބި އަދި އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވިއެވެ.
މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނިޒާމީ ތަޢުލީމުގެ މުޤައްރަރު އެކުލަވައިލައްވައި، [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގެ ޝަހާދާ އިޢުދާދީއަށް އަދި ޝަހާދާ ޘާނަވިއްޔާއަށް މުޢާދަލާކުރައްވައި، މަޢުހަދުން ޝަހާދާ ޘާނަވިއްޔާ ނިންމާ ދަރިވަރުންނަށް، އިތުރު އިމްތިޙާނަކާ ނުލައި އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކަށް ވަދެވޭނެ ގޮތަށް، އެ މަންހަޖުތައް ބައްޓަންކުރެއްވުމަށް ޓަކައި ކުރެއްވި ޢަމަލީ ބުރަ މަސައްކަތްޕުޅުތަކަކީ، އެ މަނިކުފާނު ކުރެއްވި އަގުނުކުރެވޭނެ ޚިދުމަތްތަކެކެވެ. ހަމައެއާ އެކު، [[މިޞްރު]] ސަރުކާރުގެ ހިލޭ އެހީގެ ދަށުން [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ން ގިނަ ޢަދަދެއްގެ މުދައްރިސުން މަޢުހަދަށް ގެންނެވުމަށް ޓަކައި ސަރުކާރާ ގުޅިވަޑައިގެން އެންމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި އެއް ބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
މީގެއިތުރުން، މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ވެސް މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިން 1980ވަނަ އަހަރު ފެށްޓެވިއެވެ. މިގޮތުން، މުދިމުން ތާޒާކުރުމުގެ ކޯހުގައި "ފިޤްހު" މި މާއްދާ ކިޔަވައިދެއްވުމުގެ އިތުރަށް، "އިސްލާމީ އަޚްލާޤު 1، 2، 3" މި ނަމުގައި ފޮތްތަކެއް ލިޔުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުން ތަމްރީނުކުރެއްވުމުގެ އިތުރަށް، އިމާމުން ތާޒާކުރެއްވުމުގެ ތަމްރީނު ޕުރޮގުރާމުތައް ހިންގަވައި، އިމާމުންގެ ފެންވަރު މަތިކުރެއްވުމުގެ ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހެން ކަންކަމުގެ ތެރޭގައި، މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި، ކުޑަކުދީންނަށް އަމާޒުކުރައްވައިގެން، ކީރިތި ޤުރްއާން އުނގަންނައިދެއްވުމުގެ ކްލާސްތައް ހިންގެވުމާއި، އޭރުގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ހިންގަވަމުން ގެންދެވި ޤާޟީން ތަމްރީނުކުރެއްވުމުގެ ޕުރޮގުރާމު ފުޅާކުރައްވައި، ފެންވަރު މަތިކުރައްވައިގެން ހިންގެވުން ހިމެނެއެވެ. ރާއްޖޭގައި ޤާޟީންނާއި މުޙާމީން ތަމްރީނުކުރުމުގެ މި ދެންނެވި މަސައްކަތަކީ ވެސް ރާއްޖޭގައި އަދި ދިވެހީންގެ މެދުގައި މާތްވެގެންވާ އިސްލާމްދީނުގެ ކަންކަން ކުރިއެރުއްވުމަށް ޓަކައި އިބްރާހީމް ރަޝީދު މޫސާ ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ތެރެއިން އެއް މަސައްކަތެވެ. އަދި ޤާނޫނީ ވަކީލުން އުފެއްދެވުމަށް ޓަކައި ހިންގެވި މުޙާމީ ކޯސްތަކަކީ ވެސް އެ މަނިކުފާނުގެ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ މުހިންމު މަސައްކަތެކެވެ. މީގެއިތުރުން، ޢަރަބިބަސް ދަސްކޮށްދޭ ކޯސްތަކާއި، ޤުރްއާން މުދައްރިސުން ތަމްރީނުކުރުމުގެ ކޯސްތަކާއި، ރަށްރަށުގެ ވެރިންގެ ފެންވަރު މަތިކޮށްދޭ ކޯސްތައް ވެސް ހިމެނެއެވެ. މިއީ، ކަތީބުކަމާއި، އިމާމުކަމާއި، ޖަމާޢަތްތެރިކަމުގެ ސަނަދު ޙާޞިލުކުރުމުގެ ފެންވަރަށް ހިންގެވި ކޯސްތަކެކެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ދީނީ ރޮނގުން އެތައް ފޮތްތަކެއް އެކުލަވައިލައްވައި ޝާއިޢުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 11 ފޮތެއް ތަރުޖަމާކުރައްވައިފައިވާ އިރު، އެ ފޮތްތަކުގެ ތެރޭގައި، ޢަރަބި ދިވެހި ބަސްފޮތެއް ކަމަށްވާ، "ޞަދީޤުއްޠާލިބި"، "އިސްލާމްދީނާއި ކުޑަކުދިން"، "ފަންސާސް ވަޞިއްޔަތްޕުޅުގެ ފުރަތަމަބަޔާއި، ދެވަނަބައި"، "އޮނަސާޅީސް ޙަދީޘް"، "ޙައްޖާއި ޢުމްރާގެ ދުޢާތައް" އަދި "ޙައްޖާ ބެހޭ ސަތޭކަ ސުވާލު" މި ފޮތް ހިމެނެއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ތަޞްނީފުކުރައްވައި ޝާއިޢުކުރައްވައިފައިވާ ފޮތްތަކުގެ ޢަދަދު ވެސް ފަންސާހަށް ވުރެ ގިނައެވެ. އެ ފޮތްތަކުގެ ތެރޭގައި، "މެތަމެޓިކްސް ޓެކްސްޓް ފޮތް ގްރޭޑް 1، 2، 3، 4، 5" އާއި، "ނަމާދު ޤަޟާކުރުމާއި ޖަމާޢަތުގައި ކުރުން" މި ފޮތާއި، އިސްލާމިކް ސްޓަޑީޒް ގްރޭޑް 10ގެ ޓެކްސްޓް ފޮތާއި، "އިސްލާމީ އަޚްލާޤު 1، 2، 3، ޢަރަބިބަސް ޓެކްސްޓް ފޮތް ގްރޭޑް 6، 7"، "ބަލިމީހާއާއި ދީން" މި ފޮތާއި، "ޙަޔާތާއި މަރު" މި ފޮތާއި، "ފަސޭހަ ފިޤްހު 1، 2" "ދީނީ ކަންތައްތަކުގައި ހައްދުފަހަނަޅައި ދިޔުން" މި ފޮތާއި، "ފަސޭހަ ނެރުން ތަރިކައަށް ވަނުން" މި ފޮތާއި، "ކީރިތި ޤުރްއާނުގެ ޢިލްމީ މުޢުޖިޒާތް" މި ފޮތާއި، "ނަބިއްޔާގެ ސުންނަތުގައި ފޮރުވިފައިވާ ޢިލްމީ މުޢުޖިޒާތްތައް" މި ފޮތާއި، "އަޅައިބެލުމުގެ ތެރެއިން އުޞޫލުލްފިޤްހު 1، 2، 3" މި ފޮތާއި، "ދުޢާއުލްމުސްލިމް" މި ފޮތް ހިމެނެއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެންމެފަހުން އެކުލަވައިލެއްވި ފޮތްތަކުގެ ތެރޭގައި، 2022ވަނަ އަހަރު އެކުލަވައިލެއްވި "ޢުލޫމުލްޤުރްއާނަށް ހަލި ރާސްތާއެއް" މި ފޮތާއި، "އިސްލާމީ ތަޝްރީޢުގެ ތާރީޚަށް އަވަސް ނަޒަރެއް" މި ފޮތާއި، 2023ވަނަ އަހަރު އެކުލަވައިލެއްވި "ތަޖުވީދުގެ ހުނަރު" މި ފޮތާއި، 2024ވަނަ އަހަރު އެކުލަވައިލެއްވި "ވަޞިއްޔަތަށް ނަޒަރެއް" މި ފޮތާއި، އަދި 2025ވަނަ އަހަރު އެކުލަވައިލެއްވި "ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާއި ދިރުވުން" މި ފޮތް ހިމެނެއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، އެހެން ބޭބޭފުޅުންނާ ބައިވެރިވެވަޑައިގެން 13 ފޮތެއް ތަޞްނީފު ކުރައްވައިފައި ވެއެވެ. އެ ފޮތްތަކުގެ ތެރޭގައި، އިސްލާމިކް ސްޓަޑީޒް ގްރޭޑް 8ގެ ޓެކްސްޓް ފޮތާއި، އިސްލާމިކް ސްޓަޑީޒް ގްރޭޑް 9ގެ ޓެކްސްޓް ފޮތާއި، "ތަޖުވީދުގެ ފަންނު" މި ފޮތާއި، އަދި ބައެއް ޢަރަބި ފޮތްތަކާއި، 2023 ގައި ޝާއިޢު ކުރެއްވި 789 ޞަފްޙާގެ ފޮތެއް ކަމަށްވާ "ކަންޒުލްޢަރަބިއްޔާ ޢަރަބި-ދިވެހި ބަސްފޮތް" ހިމެނެއެވެ.
މީގެއިތުރުން، ދީނީ ތަފާތު އެތައް ޕުރޮގުރާމުތަކެއް ވެސް ވަނީ ލިޔުއްވައި ތައްޔާރުކުރައްވައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަޑުފުޅުން ރެކޯޑުކޮށްދެއްވައިފައެވެ. [[ދިވެހިރާއްޖޭގެ އަޑު|ދިވެހިރާއްޖޭގެ އަޑާއި]]، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއާ ގުޅިގެން "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" މި ނަމުގައި 365 ޕުރޮގުރާމުގެ ސިލްސިލާއެއް އުފެއްދެވިއެވެ. މި ސިލްސިލާގެ ޕުރޮގުރާމުތައް ހުށަހަޅުއްވައިދެއްވައި، މުދައްރިސެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ފޮނުއްވުމަށް ޓަކައި ކުޑަކުދީންނަށާއި ބޮޑެތި މީހުންނަށް ނަމާދުކުރާނެ ގޮތް ދަސްކޮށްދެއްވުމުގެ ސިލްސިލާ ޕުރޮގުރާމުތަކެއް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ލިޔުއްވައިދެއްވިއެވެ. އަދި "ޤުރްއާނާއި ސައެންސް"ގެ ނަމުގައި 52 ޕުރޮގުރާމުގެ ސިލްސިލާއެއް ވެސް ލިޔުއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ހުކުރު ޚުޠުބާއާއި ޢީދު ޚުޠުބާއާއި، ކޭތަނަމާދުގެ ޚުޠުބާ، 2015ވަނަ އަހަރުން ފެށިގެން ލިޔުއްވަމުން ގެންދަވާ ބޭފުޅެއް ވެސް މެއެވެ. މިގޮތުން މިހާތަނަށް 100 އަށް ވުރެ ގިނަ ޚުޠުބާ ވަނީ ތަފާތު މައުޟޫޢުތަކަށް ލިޔުއްވައިފައެވެ. އޭގެތެރޭގައި، ދީނީ، އިޖުތިމާޢީ، އަޚްލާޤާއި އަދަބު، ތިމާވެށި، މުޢާމަލާތު އަދި ޞިއްޙީ ދާއިރާއާ ބެހޭ ޚުޠުބާތައް ހިމެނެއެވެ.
[[ޓެލެވިޜަން މޯލްޑިވްސް]]އިން ފޮނުއްވަމުން ގެންދަވާ އަދި ކޮންމެ ރަމަޟާން މަހަކު އެ ޕުރޮގުރާމެއް ބެލުމަށް ދިވެހީންގެ ވަރަށްގިނަ ބަޔަކު މިހާރުވެސް ޝައުޤުވެރިވާ '''"مُحَمَّـد رســول اللّـه"''' މި ސިލްސިލާގެ ހުރިހާ ޕުރޮގުރާމުތައް ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައިފައިވަނީ ވެސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. މިއީ، އެ މަނިކުފާނުގެ ޢިލްމީ މަސައްކަތްޕުޅުތަކުގެ ތެރެއިން ވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ މަސައްކަތްޕުޅެކެވެ. އެއް ސަބަބަކީ ޢަރަބިބަހުން ލިޔެފައިވާ ސިލްސިލާއެއް، ދިވެހިބަހަށް އޭގެ އަޞްލަށް އެއްވެސް ބަދަލެއް ނުގެންނަވައި، ދިވެހި ވެށްޓާ ގުޅޭ ގޮތުން ބަސްމަގު ތަރުތީބުކުރައްވައިފައިވާލެއް ފުރިހަމަކަމެވެ. އެ ޕުރޮގުރާމުތަކުގެ އަޑުއަޅައި، ރެކޯޑުކުރަމުން ގެންދިޔަ އިރު، ކޮންމެ އެޕިސޯޑެއް ރެކޯޑުކުރުމުގައި ފަންނީގޮތުން އެހީތެރިކަމާއި އިރުޝާދު، އެ މަނިކުފާނު ދެއްވަމުން ގެންދެވިއެވެ. ހަމައެއާއެކު، މި ޕުރޮގުރާމުތައް ރެކޯޑުކުރަމުން ގެންދިޔަ އިރު، ތަރުޖަމާކުރެވިފައިވާ ގޮތަށް އަދި އަޑު ދިމާވާގޮތަށް ލަފުޒުތަކާއި ޢިބާރާތްތައް ވަގުތުން ބަދަލުކޮށްދެއްވަމުން ގެންދެވިކަން ވެސް އެއީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ފަންނުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ މުހިންމު މަސައްކަތްޕުޅެކެވެ. މިއަދު މި ޕުރޮގުރާމު ވެފައިވަނީ، ޖީލުންޖީލަށް ދެމިގެންދާ ޤައުމީ ތަރިކައެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މަސައްކަތްޕުޅުގެ ފުރިހަމަކަން ހުރި މިންވަރަކީ، ބަދަލުވެގެންދިޔަ ޒަމާނާ އެކުގައި ވެސް އެ މަސައްކަތުގެ ތާސީރަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމެވެ.
އެއްބަހުން އަނެއްބަހަށް ތަރުޖަމާކުރުމުގައި، ބޭރު ބަހަކުން ވާހަކަ ދައްކަމުންދާ އިރު، ވަގުތުން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން، އަޑުއަހާ މީހުންނާ ހަމަޔަށް ގެނެސްދިނުން އެއީވެސް ވަރަށް ކުޅަދާނަ އަދި ދެ ބަސް ވެސް ވަރަށް ރަނގަޅަށް ދަންނަ މީހަކަށް ނޫނީ ކުރަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަޅުގަނޑުމެންގެ ތެރެއަށް ފުރަތަމަ މަޝްހޫރުވެގެންދިޔަ އެއް ރޮނގަކީ، ތަރުޖަމާކުރުމުގެ ރޮނގެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފެށްޓެވި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުތައް ފެށިގެން އައި އިރު، އަދި އޭގެފަހުން ވެސް އެ ޕުރޮގުރާމުތަކުގައި ބޭރުގެ ދީނީ ޢިލްމުވެރިން ޢަރަބިބަހުން ދެއްވަމުން ގެންދެވި ދީނީ ދަރުސްތައް، ވަގުތުން ދިވެހިބަހަށް ތަރުޖަމާކޮށްދެއްވައި، އަދި ރަމަޟާން މަހު ކޮންމެ ދުވަހަކު ހަވީރު މިސްކިތްތަކުގައި ހިންގެވި ދަރުސް ޕުރޮގުރާމުތައް ތަރުޖަމާކޮށްދެއްވި އެއް ބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ނޫސްވެރިކަމުގެ ރޮނގުން ވެސް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ޚިދުމަތް ކުރައްވަން ފެށްޓެވީ، 1976ވަނަ އަހަރުއެވެ. ތަފާތު މަޖައްލާތަކާއި ނޫސްތަކުގެ މަސްއޫލުވެރިކަމުގެ އިތުރުން، ސެކްރެޓެރީކަމާއި، މުޤައްރިރުކަން ވެސް ކުރައްވައިފައިވެއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ މި ދެންނެވި ޚިދުމަތްތަކަށް ބަލައިލާ އިރު، އެ މަނިކުފާނަކީ، މިޞްރުގައި ކިޔަވައި ވިދާޅުވާން ހުންނެވި އިރު ވެސް އެ ތާނގެ ޠާލިބުންނާ އެކުގައި ކޭމްޕްތަކުގައި ވަޑައިގެން އުޅުއްވި އިރު، ކޭމްޕްތަކުގައި ނެރެވޭ މަޖައްލާތައް ހިންގަވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ، މިޞްރުގައި ދިވެހި ޠާލިބުން ނެރެމުން ގެންދިޔަ މަޖައްލާ "ރޭނިސް" އަށް ވެސް އެ މަނިކުފާނު ލިޔުއްވަމުން ގެންދެވިއެވެ. 1979ވަނަ އަހަރު ދުވަހު ނޫސް "ހަވީރު" ޝާއިޢުކުރަން ފެށި އިރު، އިބްރާހީމް ރަޝީދު މޫސާ ހުންނެވީ، އެ ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައެވެ. ނޫހުގެ ޚަބަރުތަކުގެ އިތުރުން، ތަފާތު މައުޟޫޢުތަކަށް ނޫހަށް ލިޔުއްވަމުން ގެންދެވިއެވެ. "އަމާޒު" މަޖައްލާއަށާއި، "ފަތްތޫރަ" މަޖައްލާއަށާއި، އަދި އެހެނިހެން މަޖައްލާތަކަށް ވެސް އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ. "މިއަދު" ނޫސް ވުޖޫދަށް އައުމުގައި ވެސް އިސް ދައުރެއް އެ މަނިކުފާނު އަދާކުރެއްވިއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް 1993ވަނަ އަހަރު "ލިޔުންތެރިކަމުގެ ރަން ގަލަން"، އަދި 2019ވަނަ އަހަރު "ލިޔުންތެރިކަމުގެ އަލިމަސް ގަލަން" ވަނީ ލިބިވަޑައިގެންފައެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރައްވައި، އިސް މަޤާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ދޭ މުއައްސަސާ ކަމުގައިވާ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގައި އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައެވެ. މަޢުހަދުގެ އެސިސްޓެންޓް ޑިރެކްޓަރކަމުގެ މަޤާމުގެ އިތުރުން، ޑިރެކްޓަރކަމުގެ މަޤާމާއި، މުދީރު ޢާންމުގެ މަޤާމާއި ޢަމީދުގެ މަޤާމާއި، ފަހުން ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ނަމަށް ބަދަލުވުމާ ގުޅިގެން، އެ މުއައްސަސާގެ ޢަމީދުކަން ވެސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަދާކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ސެޕްޓެންބަރު 1975 ގައެވެ. މަޖީދިއްޔާ ސްކޫލުގެ މެތުސް އެންޑް ޓެކްނިކަލް ޑްރޯއިންގ ޓީޗަރުގެ މަޤާމަށް ފަހު، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ މެތަމެޓިކްސް ޓީޗަރުގެ މަޤާމު ފުރުއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ނަގައި ތަރުޖަމާކުރާގެ މަޤާމު، ޕާޓްޓައިމް މަޤާމެއްގެ ގޮތުގައި ވެސް ފުރުއްވިއެވެ. 17 ނޮވެންބަރު 2018 ގައި ވަކިވެވަޑައިގެންނެވި އިރު ހުންނެވީ، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ރައީސްކަމުގެ މަޤާމުގައެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ސަރުކާރުން އުފައްދަވައިފައިވާ ބައެއް ފަންނީ ކޮމިޓީތަކުގައި ވެސް މަސައްކަތްޕުޅުކުރައްވައިފައިވާ ބޭފުޅެކެވެ. މިހާރުވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސެޓްފިކެޓް ޕެނަލްގެ މެންބަރެއްގެ ގޮތުގައި މަސައްކަތްޕުޅުކުރައްވައެވެ. ދެން މަސައްކަތްޕުޅުކުރައްވަނީ، ދިވެހިބަހުގެ އެކަޑަމީގެ ބަސް ކޮމިޓީގައެވެ. ބަސްކޮމިޓީގައި މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ 1990ވަނަ އަހަރުން ފެށިގެންނެވެ. އަދި ފަތުވާ މަޖިލީހުގައި ވެސް ފަސް އަހަރެއްހައި ދުވަހު ޚިދުމަތްކުރެއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމާއި، މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަމާއި، އެސް.އެސް.ސީ. ޢަރަބިބަހުގެ އިމްތިޙާނާއި، އެސް.އެސް.ސީ. އިސްލާމިކް ސްޓަޒީޒް އިމްތިޙާނާއި، އެޗް.އެސް.ސީ. އިސްލާމިކް ސްޓަޑީޒް އިމްތިޙާނުގެ ޗީފް އެގްޒަމިނަރުކަން އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އަދާކުރެއްވިއެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި މި މަސައްކަތްޕުޅުތަކުގެ އަގު ޤައުމީ ފެންވަރުގައި ސަރުކާރުން ވަނީ އެކިފަހަރުމަތިން ވަޒަންކުރައްވައިފައެވެ. ނޫސްވެރިކަމުގެ ރޮނގުން 1983ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ދިވެހިބަހަށް ތަރުޖަމާކުރުމުގެ ރޮނގުން 1985ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 2004ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އަދި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން 2015ވަނަ އަހަރު އެ މަނިކުފާނަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް އަރުވައިފައެވެ. މީގެއިތުރުން 2026ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަރުވައިފައިވެއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
9ryt75fp54ftf3pp70oxdbcfx076glb
މުޙައްމަދު ލަތީފް
0
16403
137860
2026-07-29T22:48:16Z
Memberuser
25611
Memberuser moved page [[މުޙައްމަދު ލަތީފް]] to [[ޑރ. މުޙައްމަދު ލަޠީފް]]
137860
wikitext
text/x-wiki
#REDIRECT [[ޑރ. މުޙައްމަދު ލަޠީފް]]
914mpuj3ofmdo66sov0dwfu2i39khzs