ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.13
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ޕާކިސްތާން
0
1546
137869
131768
2026-08-02T00:05:20Z
Shiana1
28724
137869
wikitext
text/x-wiki
{{Infobox County|
native_name = ޕާކިސްތާން
Islamic Republic of Pakistan
اسلامی جمہوریۂ پاکستان
Islāmī Jamhūriya-i-Pākistān |
common_name = Pakistan|the=|
image_flag = Flag of Pakistan.svg |
image_coat =State_emblem_of_Pakistan.svg |
national_motto = ޔަޤީނެ މުޙްކަމް, އިއްތިޙާދު, ނަޒުމް
([[އުރުދޫ]]: Faith (self confidence), Unity, Discipline) |
image_map = Pakistan in its region (claimed and disputed hatched).svg|Location of Pakistan |
national_anthem = [[ޕާކް ސަރްޒަމީން ޝާދް ބާދް]]
(Blessed Be The Sacred Land) |
official_languages = [[އުރުދޫ]], [[އިނގިރޭސި]] |
capital = [[އިސްލާމްއާބާދު]] |
government_type = [[ފެޑެރަލް ޖުމްހޫރިއްޔާ]] |
leader_titles = [[President of Pakistan|ރައީސް]]
[[Prime Minister of Pakistan|ބޮޑު ވަޒީރު]] |
leader_names = [[ޢާރިފް އާލްވީ ]]
[[ޝެހްބާޒް ޝަރީފް]] |
largest_city = [[ކަރާޗީ]] ([[އިޤްތިޞާދީ]] މައިޝަހަރުވެސްމެ) |
area = 803,940 |
area_rank = 34ވަނަ |
area_magnitude = |
percent_water = 3.1 |
population_estimate = 216.6 މިލިއަން |
population_estimate_year = 2019 |
population_estimate_rank = 5 ވަނަ |
population_census = |
population_census_year = |
population_density = 202 |
population_density_rank = |
GDP_PPP_year = 2004 |
GDP_PPP = $278.2 ބިލިއަން |
GDP_PPP_rank = 45 ވަނަ |
GDP_PPP_per_capita = $1284 (2019) |
GDP_PPP_per_capita_rank = 176ވަނަ |
HDI_year = 2019 |
HDI = 0.557 |
HDI_rank = 135ވަނަ |
HDI_category = މެދުމިންވަރު |
sovereignty_type = [[Independence of Pakistan|މިނިވަންކަން]] |
established_events =
- ޢިއުލާންކުރީ
- ޖުމްހޫރިއްޔާ |
established_dates = [[އިނގިރޭސިވިލާތް|އިނގިރޭސިވިލާތު]]ގެ ކިބައިން
1947-08-14
1956-03-23 |
currency = [[Pakistani Rupee|ރުޕީ]] (Rs.) |
currency_code = PKR |
time_zone = [[Pakistan Standard Time|ޕީއެސްޓީ]] |
utc_offset = +5:00 |
time_zone_DST = ބެލިފައެއްނުވޭ |
utc_offset_DST = +5:00|
cctld = [[.pk]] |
calling_code = 92 |
footnotes = ޕާކިސްތާނުގެ ބާނީއަކީ މުޙައްމަދު ޢަލީ ޖިނާހެވެ. |
ޕާކިސްތާނަކީ ދެކުނު އޭޝިޔާ އަށް ނިސްބަތްވާ ގައުމެކެވެ.
{| class="infobox borderless"
|+ National symbols of Pakistan (Official)
! '''National animal'''
| [[Image:Markhor.jpg|50px]]
! '''National bird'''
| [[Image:Keklik.jpg|50px]]
! '''National tree'''
| [[Image:Pedrengo cedro nel parco Frizzoni.jpg|50px]]
! '''National flower'''
| [[Image:Jasminum officinale.JPG|50px]]
! '''National heritage animal'''
| [[Image:Snow Leopard 13.jpg|50px]]
! '''National heritage bird'''
| [[Image:Vándorsólyom.JPG|50px]]
! '''National aquatic marine mammal'''
| [[Image:National aquatic marine mammal of Pakistan.jpg|50px]]
! '''National reptile'''
| [[Image:Persiancrocodile.jpg|50px]]
! '''National amphibian'''
| [[Image:Bufo stomaticus04.jpg|50px]]
! '''National fruit'''
| [[Image:Chaunsa.JPG|50px]]
! '''National mosque'''
| [[Image:Shah Faisal Mosque (Islamabad, Pakistan).jpg |50px]]
! '''National mausoleum'''
! '''National river'''
| [[Image:Indus river from karakouram highway.jpg|50px]]
! '''National mountain'''
| [[Image:K2, Mount Godwin Austen, Chogori, Savage Mountain.jpg|50px]]
== ނަން ==
އުރުދޫ ސިންދު އަދި ފާރިސީ ބަހުގެ ޕާކިސްތާނުގެ މާނައަކީ "''ލޭންޑް އޮފް ޕިޔުއަރ"'' އެވެ. ޕާކްސްތާން މިނަން 1934 ގައި ޗޯދުރީ ރަޙުމަތު ޢަލީ އޭރު ނެރެވުނު ޕެމްފްލެޓެއް ކަމުގައިވާ ''ނައު އެންޑް ނެވަރ'' ގައި ލިޔުނެވެ. މިނަން މިގޮތަށް ދިނީ ޕާކިސްތާނުގެ ތަފާތު 5 ހިސާބެއްގައި ދިރިއުޅޭ 30 މިލިއަން މުސްލިމުންނާއި ގުޅުވައިގެންނެވެ. ޕާކްސްތާން އިގިރޭސިން ލިޔާއިރު ހިމެނޭ ޕީ-އޭ-ކޭ-ސްތާން މި ބައިތަކުން ދޭހަވާގޮތް މިވަނީ އެވެ. ޕީ ޕަންޖާބަށް ނިސްބަތްވާއިރު އޭ ނިސްބަތްވަނީ އަފްޣާން އަށެވެ. ކޭ ކަޝްމީރަށް ނިސްބަތްވާއިރު، އެސް ނިސްބަތްވަނީ ސިންދު އަށެވެ. އަދި ސްޓާން ނުވަތަ ސްތާން ނިސްބަތްވަނީ ބަލޫކިސްތާން އަށެވެ. ޕާކިސްތާން އުފެދިގެން އައީ ޑޮމިނިއަން އޮފް ޕާކިސްތާންގެ ނަމުގައި 1974 ގައެވެ. ނަމަވެސް ފަހުން 1956ގައި ޕާކިސްތާންގެ ނަން ވަނީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާން އަށް ބަދަލު ކުރެވިފައެވެ.
== ތާރީޚް ==
[[ފައިލު:Mohenjo-daro Priesterkönig.jpeg|thumb|100px|left|"The Priest King" Wearing Sindhi Ajruk, ca. 2500 BC. National Museum, Karachi, Pakistan]]
މިއަދު ޕާކިސްތާން ބަހާލެވިފައިވަނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ ޕަންޖާބު، ސިންދު، ބަލޯޗިސްތާން، އަދިޚައިބަރު ޕަޚްތޫންހުއާ އަށެވެ. އިންޑިޔާ އާއި ޕާކިސްތާނާއި ދެމެދު މައްސަލަ ޖެހިފައިވާ ކަޝްމީރުގެ ބައެއް ވެސް ޕާކިސްތާނުގެ ދަށުގައި އޮވެއެވެ.
ޕާކިސްތާނުގެ ތާރީޚުގައި އެތަނުގައި ހަރައްޕަން، އިންޑޯ އާރްޔަން، ފާރިސީ، ގްރޭސިއަން، ޕާރތިއަން، ސަކާ، ކުޝާން، ވައިޓް ހޫން، އަފްޣާން، އަރަބި، މޮންގޯލީ، އަދި ތުރުކީ ދަރިފަސްކޮޅުގެ މީހުން އުޅުނު ކަން އެގެން އެބަހުއްޓެވެ. މިއަދު ގާއިމްވެފައިވާ ޕާކިސްތާން ގައުމަކަށްވެގެން ދިޔައީ 14 އޮގަސްޓް 1947 ގައެވެ.
އިންދޫސް ވެލީގެ ޙަޟާރަތު ޢީސާގެ ފާނުގެ ދެގަރުނު ކުރިން ނިމިދިޔުމަށްފަހު ދެން ޕާކިސްތާންގައި އޮތީ ވޭދިކުންގެ ޙަޟާރަތެވެ. މިޙަޟާރަތުގެ އަސަރު ފެންނަށްހުރީ އުތުރު އިންޑިޔާއިންނާއި ޕާކިސްތާން އިންނެވެ. މިސަރަހައްދުގެ ވެރިކަން ތަފާތު ދުވަސްވަރު ތަފާތު ދަރިފަސްކޮޅުގެ ރަސްކަލުން ހިންގާފައިވެއެވެ. އެގޮތުން ޢީސާގެ ފާނުގެ 543 އަހަރު ކުރިން ފާރިސީ ރަސްކަލެއް ކަމަށްވާ އަކާމެނިޑް ރަސްކަން ހިންގެވިއެވެ. އަދި އޭގެފަހުން ޢީސާގެ ފާނުގެ 326 އަހަރު ކުރިން އެލެގްޒެންޑަރ ޛިގްރޭޓް ރަސްކަން ހިންގެވި އެވެ.
މިނިވަންކަމުގެ ހަނގުރާމައިގެ ނަމުގައި މިސަރަހައްދުގައި 1857 ވަނަ އަހަރު ކުރެވުނު ހަނގުރާމަ އަކީ އިގިރޭސިންނާއި ދެކޮޅަށް މިސަރަހައްދުގައި އެންމެ ފަހުން ކުރެވުނު ހަނގުރާމަ އެވެ. އެއީ އިންޑިޔާ އަދި ޕާކިސްތާނުން އޭރު އެމީހުން އަޅުވެތިކޮށްފައިވާ އިގިރޭސިންގެ އަތްދަށުން މިނިވަން ވުމަށްޓަކައި ކުރެވުނު ހަނގުރާމަ އެކެވެ.
29 ޑިސެމްބަރު 1930 ގައި އައްލާމާ އިގްބާލްގެ ރިޔާސީ ޚިތާބުގައި ދެކުނު އޭޝިޔާގެ އިރުމަތީ ސަރަހައްދާއި ހުޅަނގު އުތުރުގައި ވަކި މުސްލިމު ގައުމެއް އުފެއްދުމަށް ގޮވާލެއްވި އެވެ. މުހައްމަދު ޢަލީ ޖިނާހުގެ ދުވަސްވަރު އޭނާ ''ދެދައުލަތުގެ ނަޒަރިއްޔާ'' އަށް ތަބާވެ ވަޑައިގަތް ލާހޯރު އިންގިލާބު ނުވަތަ ޕާކިސްތާންގެ އިންގިލާބު 1940ގައި ގެންނެވި އެވެ. ބުނެވޭގޮތުގައި ޕާކިސްތާން އުފެދިގެން އައުމަށް މެދުވެރިވި އިންގިލާބަކީ މިއީއެވެ.
ކުރިންވެސް ބުނެވުނުހެން ޕާކިސްތާން އުފެދުނީ 14 އޮގަސްޓް 1947 ގައެވެ. އެގޮތުން، ކުރިން އިންޑިޔާއާއި ޕާކިސްތާން އެއްކޮށް އޮތް އިރު ހުޅަނގު އުތުރު އަދި އިރުމައްޗަށް އޮތް ބައި މުސްލިމު ދައުލަތެއްގެ ގޮތުގައި ވަކިވެގެން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން މުސްލިމުން ޕާކިސްތާންގެ ބަޔަށް ބަދަލުވެ، ހިންދީންނާއި ސިކުން ހިންދުސްތާންގެ ބަޔަށް ބަދަލުވިއެވެ. 1948 ގައި ހިންދުސްތާނާއި ޕާކިސްތާން އާއި ދެމެދު ފުރަތަމަ ކަޝްމީރު ހަނގުރާމަ ކުރެވުނެވެ. އެހަނގުރާމައިގައި ކަޝްމީރުގެ ތިންބައިކުޅަ އެއްބައި ޕާކިސްތާނަށް ލިބިގެން ދިޔައެވެ.
1947ން 1956 އަށް ޕާކިސްތާން ކޮމަންވެލްތުގައި އޮތީ ޑޮމީނިއަން އެއްގެ ގޮތުގައެވެ. ނަމަވެސް 1956 ވަނަ އަހަރު ޕާކިސްތާނުގެ ނަން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ބަދަލު ކުރިއެވެ. އެއީ ޖުމްހޫރީ ވެރިކަން ޕާކިސްތާންގައި ފެށިގެން އައުމެވެ. ޕާކިސްތާނުގެ ފުރަތަމަ ރައީސަކީ ސައްޔިދު އިސްކަންދަރު ޢަލީ މިރުޒާ އެވެ. އޭނާ ވެރިކަމަށް އިސްވީ 23މާރޗް 1956 ގައެވެ.
1958ން 1969 އަށް ޕާކިސްތާންގެ ރައީސްކަން ކޮށްފައިވަނީ އައްޔޫބު ޚާން އެވެ. އަދި 25 މާރޗް 1969ގައި ޕާކިސްތާންގެ 3 ވަނަ ރައީސްގެ ގޮތުގައި މުޙައްމަދު ޔަޙްޔާ ޚާން އިސްކުރެވުނެވެ.
1972ން 1977 ގައި ޕާކިސްތާންގައި 5 ވަނަ އަށް ރައީސްކަން ކުރެއްވި ޒުލްފިގާރު އަލީ ބުއްޓޯ ވެރިކަމުން ޖަލަށް ލެވުނެވެ. ފަހުން 1979ވަނަ އަހަރު އޭނާވަނީ ޖަލުގައި އަވަހާރަ ކޮށްލެވިފައެވެ. އަދި 1979ގައި ޒިޔާއުލް ޙައްޤު ޕާކިސްތާންގެ 3ވަނަ މިލިޓަރީ ރައީސްގެ ގޮތުގައި ޕާކިސްތާންގެ ރައީސް ކަމަށް އިސްކުރެވުނެވެ. 1988ގައި މަތިންދާ ބޯޓްގެ ހާދިސާއެއްގައި ޒިޔާއުލް ޙައްޤު އަވަހާރަވުމުން ޒުލްފިގާރު ޢަލީ ބުއްޓޫ ދަރިކަނބަލުން ބޭނަޒީރު ބުއްޓޯ ޕާކިސްތާންގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުގެ ގޮތުގައި މަގާމަށް އިސްކުރެވުނެވެ. އެއަށްފަހު ޕާކިސްތާންގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ނަވާޒު ޝަރީފްގެ ދުވަސްވަރު ޕާކިސްތާންގެ ޙާލަތު ގޯސްވެގެން ދިޔައެވެ.
1997 ވަނަ ބޮޑު ވަޒީރު ކަމަށް އިސްކުރެވުނު ނަވާޒް ޝަރީފްގެ ސަރުކާރު ވައްޓާލުމަށް 1999 ވަނަ އަހަރު ގެނައި އިންގިލާބަކަށް ފަހު ޖެނެރަލް ޕަރުވޭޒް މުޝައްރަފް ޕާކިސްތާންގެ ރައީސްކަމަށް އިސްވެ ވަޑައިގަތެވެ. އަދި ބޮޑު ވަޒީރަކަށް މިހާރު ހުންނަވަނީ ޝައުކަތު އަޒީޒް އެވެ.
== ސިޔާސަތު ==
ޕާކިސްތާންގެ މުސްލިމު ލީގުން މުޙައްމަދު ޢަލީ ޖިނާހް ސިޔާދަތުގެ ދަށުގައި ޕާކިސްތާން ގެ ފުރަތަމަ ސަރުކާރު އެކުލަވާލި އެވެ. ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި މުސްލިމުންގެ ދައުރު އެހެން ސިޔާސީ ޕާޓީތައް އުފެދުމުން ކުޑަވާން ފެށިއެވެ. އެގޮތުން ހުޅަގުގައި އުފެދުނު ޕާކިސްތާން ޕީޕަލް ޕާޓީ އަދި އިރުމަތީގައި އުފެދުނު އަވާމީ ލީގް ފާހަގަކޮށްލެވެއެވެ. އަވާމީ ލީގް އުފެދުން ވެގެންދިޔައީ ޕާކިސްތާންގެ އިރުމަތީ ބައިތައް ޕާކިސްތާނާއި ވަކިވެ، ބަންގާޅު ދައުލަތެއްގެ ގޮތުގައި އުފަންވެގެން އައުމުގެ ސިއްރު ކަމުގައެވެ.
ޕާކިސްތާންގެ ސެމި-ޕްރެޒިޑެންޝަލް ނިޒާމް ބިނާވެގެންވަނީ 100 މެންބަރުން ހިމެނޭ ސެނެޓް އަދި 342 މެންބަރުން ހިމެނޭ ނޭޝަނަލް އެސެމްބްލީ ގެ މައްޗަށެވެ. ޕާކިސްތާންގެ ރައީސަކީ ހެޑް އޮފް ސްޓޭޓް އަދި ކޮމާންޑަރ އިންޗީފް އޮފް އާރމްޑް ފޯރސް އެވެ. ބޮޑު ވަޒީރަކީ ނޭޝަނަލް އެސްމްބްލީގައި އެންމެ ބޮޑު ޕާރޓީގެ ލީޑަރެވެ.
ޕާކިސްތާންގެ ސިޔާސީ ތާރީޅްގައި އެގައުމުގެ އަސްކަރިއްޔާ މުހިއްމު ރޯލެއް ކުޅެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަސްކަރިއްޔާގައި މަސައްކަތް ކުރެއްވި 4ބޭފުޅަކު ޕާކިސްތާންގެ ރައީސްކަން ކޮށްފައި ވެއެވެ. އެއީ 1958ން 1971 އާއި ދެމެދު ވެރިކަން ކުރެއްވި މުޙައްމަދު އައްޔޫބު ޚާން އަދި މުޙައްމަދު ޔަޙްޔާ ޚާން، 1978ން 1988 އަށް ރައީސްކަން ކުރެއްވި މުޙައްމަދު ޒިޔާއުލް ޙައްގު އަދި 1999ން ފެށިގެން މިހާރު ވެރިކަމުގައި ހުންނެވި ޕަރުވޭޒް މުޝައްރަފް ހިމެނެއެވެ.
އޮކްޓޯބަރ 2002 ގެ އިންތިޚާބުގައި ނޭޝަނަލް އެސެމްބްލީގައި ޕާކިސްތާން މުސްލިމު ލީގުން އަޣްލަބިއްޔަތު ހޯދި އެވެ. ނަތީޖާއެއްގެ ގޮތުން ޒަފަރުﷲ ޚާން ޖަމާލީ ބޮޑު ވަޒީރަކަށް އިސްކުރެވުނެވެ. ނަމަވެސް 26 ޖޫން 2004 ގައި އޭނާވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެމަގާމަށް ޗޯދުރީ ސުޖާތު ހުސައިން އިސްކުރެވުނެވެ. 28 އޮގަސްޓް 2004ގައި ނޭޝަނަލް އިންތިޚާބުގައި ކުރީގެ ފިނޭންސް މިނިސްޓަރ އަދި ޕާކިސްތާން ސިޓީ ބޭންކްގެ ނައިބު ރައީސް ޝައުކަތު ޢަޒީޒް ބޮޑުވަޒީރަކަށް އިސްކުރުމަށް ނެގި ވޯޓްގައި 191މެންބަރުންގެ ތެރެއިން 151 މެންބަރުންގެ ފެންނަ ވޯޓުން އެމަގާމަށް ޝައުކަތު އަޒީޒު އިސްކުރެވުނެވެ.
ޕާކިސްތާން އަކީ އ.ދ ގެ މެންބަރު ގައުމެކެވެ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ މެންބަރެއްވެސް މެއެވެ. ސަރަހައްދީ ޖަމްޢިއްޔާތަކުގެ ތެރެއިން ސާރކް އަދި އެކޯ ގެ މެންބަރުކަން ވެސް ޕާކިސްތާން އަށް ލިބިފައި ވެއެވެ. މީގެ އިތުރުން ޕާކިސްތާނަކީ ސެންޓޯ އަދި ސީޓޯގެ ވެސް މެންބަރު ގައުމެކެވެ. ސެންޓޯ އަކީ ސެންޓްރަލް ޓްރީޓީ އޯގަނައިޒޭޝަން އެވެ. ސީޓޯ އަކީ ސައުތު އީސްޓް އޭޝިއާ ޓްރީޓީ އޯގަނައިޒޭޝަން އެވެ.
2004 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ބާނީ އޭ-ކިޔޫ ޚާން ލީބިޔާ، އީރާން އަދި އުތުރު ކޮރެޔާއަށް ނިއުކްލިއަރ ޕްރޮގްރާމްތައް ތަންފީޒު ކުރުމުގައި އެހީތެރިވި ކަމުގެ ކުށުގައި ހައްޔަރު ކުރެވުނެވެ. ނަމަވެސް ފެބުރުއަރީ 2004 ގައި ޕާކިސްތާންގެ ރައީސް ޕަރުވޭޒް މުޝައްރަފް ވަނީ އޭނާއަށް މާފުދެއްވައި، ޖަލުން ގޭގެ ބަންދަށް ބަދަލު ކުރައްވާފައެވެ.
ޕާކިސްތާނާއި އަވަށްޓެރި ހިންދުސްތާންއާއި ދެމެދު ކަޝްމީރުގެ މައްސަލައިގައި ދެބަސްވުންތައް އޮންނަތާ ވަނީ ޒަމާންތަކެއް ވެފައެވެ. އެގޮތުން ކަޝްމީރުގެ މައްސަލައިގައި 1948 އަދި 1965ގައި ވަނީ ދެގައުމުގެ ދެމެދުގައި ހަގުރާމަ ކުރެވިފައެވެ. 1998ގައި ޕާކިސްތާނުން ވަނީ ފުރަތަމަ ފަހަރަށް ނިއުކްލިއަރ ޓެސްޓް ކޮށްފައެވެ. 2002ން ފެށިގެން ހިންދުސްތާނާއި ޕާކިސްތާނުގެ ގުޅުން ރަގަޅުވާން ފަށައިފައި ވެއެވެ. އެއީ ދެފަރާތުގެ ދެމެދުގައި ސުލްހައިގެ އާ މަޝްވަރާތައް ބޭއްވުމަށް ފަހުގައެވެ. ސީނު ކަރައާއި ޕާކިސްތާނާއި ދެމެދު އިގްތިޞާދީ، އަސްކަރީ އަދި ސިޔާސީ ގޮތުން ގާތްގުޅުމެއް އޮންނަކަން ފާހަގަ ކުރެވެއެވެ.
ޕާކިސްތާނުގެ ބައެއް ހިސާބުތަކުގެ ގަބީލާތަކުގެ މީހުންނާއި ސަރުކާރާއި ދެމެދު އަދިވެސް ދެބަސްވުންތައް ހުރިކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ހުންނަން ދިމާވެފައިވަނީ އެހިސާބުތަކުގެ މީހުން ތާލިބާނުންނަށް ސަޕޯޓްކޮށް ތާއީދު ކުރާތީ އެވެ. އެގޮތުން ވަޒީރުސްތާންގައި ތާލިބާނުން ތާއީދުކުރާ މީހުންނާއި ސަރުކާރު ސިފައިންނާއި ދެމެދު ފާއިތުވި މާޒީގައި އެތައް ފަހަރަކު ކުރިމަތިލުންތައް ހިގާފައި ވެއެވެ.
== އިދާރީ ގޮތުން ބެހިފައިވާ ބައިތައް ==
ޕާކިސްތާނަކީ މައިގަނޑު 4 ޕްރޮވިންސް އެކުލެވިގެންވާ ފެޑެރަލް ޖުމްހޫރިއްޔާ އެކެވެ. ހިންގުމުގެ ފަސޭހައަށް ޕާކިސްތާން ހުރިހާ ހިސާބުތަކެއް ތަފާތު ވަކި 107 ބަޔަކަށް ނުވަތަ އަވަށަކަށް ބަހާލެވިފައި ވެއެވެ. މައިގަނޑު ޕްރޮވިންސް ތައް ތިރީގައި މިވަނީ އެވެ.
ޕްރޮވިންސްތައް
[[ބަލޯކިސްތާން|ބަލޯޗިސްތާން]]
ޚައިބަރް ޕަޚްތޫންހުއާ
[[ޕަންޖާބު]]
[[ސިންދު]]
ޓެރިޓަރީޒް
[[އިސްލާމް އާބާދު]]
[[ފެޑެރަލީ އެޑްމިނިސްޓާރޑް ޓްރައިބަލް އޭރިއާތައް]]
ކަޝްމީރުގައިވާ ޕާކިސްތާންގެ ދަށުގައި އޮންނަ ތަންތަން
[[އާޒާދު ކަޝްމީރު]]
[[އުތުރުގެ ސަރަޙައްދު]]
== އިކޮލޮޖީ ==
== ޖޫގުރަފީ ==
== އިގްތިޞާދު ==
== ޑިމޮގްރަފިކްސް ==
{{List of Pakistani cities by population}}
== ސަގާފަތު ==
މިއަދު ޕާކިސްތާނުގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މީހުން އަޅައިއުޅޭ ޕާކިސްތާނު ގެ ގައުމީ ހެދުން ޝަލްވާރު ގާމިޒް އަކީ މެދުތެރޭ އޭޝިޔާގެ މީހުން އަޅައި އުޅުނު ހެދުމެކެވެ. ސިންދު އަދި ޕާކިސްތާނުގެ ބައެއް އެހެން ހިސާބުތަކުގައި އަންހެނުން ސާޅި އަޅާކަން ފާހަގަ ކުރެވެއެވެ. ޢާއްމު ގޮތެއްގައި އަންހެނުން ޝަލްވާރު ގާމިޒް އަލި ކުލަތަކުން ލައިއުޅޭއިރު ފިރިހެނުން ލައިއުޅެނީ ގަދަ ކުލަތަކުގެ ޝަލްވާރު ގާމިޒް އެވެ. ބޮޑެތި ޝަހަރުތަކުގައި ޒުވާނުންނާއި ވިޔަފާރީގެ ދާއިރާ ތަކުގައި މަސައްކަތް ކުރާ މީހުން ހުޅަގުގެ ޘަގާފަތްތަކާއި އެއްގޮތަށް ހެދުން އަޅާކަން ފާހަގަ ކުރެވެއެވެ.
ތަފާތު ވައްތަރުގެ މިއުޒިކްތައް ޕާކިސްތާނުގައި ކުޅެއުޅެއެވެ. އޭގެ ތެރޭގައި ފޯކް މިއުޒިކް، ޣަޒަލް، އަދި ގައްވާލީ މިއުޒިކް ހިމެނެއެވެ. މަޝްހޫރު ޣަޒަލް ކިޔުންތެރިންގެ ތެރޭގައި ނުސްރަތު ފާތިހް ޢަލީ ޚާން، މެހްދީ ހަސަން، ޣުލާމް ޢަލީ، ފަރީދާ ޚާނޫމް، ތާހިރު ސައީދު، ޢާބިދާ ޕަރުވީން އަދި އިގްބާލް ބާނޯ ފަދަ މީހުން ހިމެނެއެވެ. ހިޕް-ހޮޕް މިއުޒިކް މިއަދު އަންނަނީ ވަރަށް އަވަހަށް ޕާކިސްތާނުގައި ފެތުރެމުންނެވެ. ހިޕް ހޮޕް މިއުޒިކް ބޭންޑްތައް ކަމަށް ޓޫޕެކްމ ފިފްޓީ ސެންޓް، އަދި ދި ގޭމް ފަދަ ބޭންޑް ތަކަކީ ޕާކިސްތާނުގެ ސުކޫލް ކުދިންނާއި ޒުޥާނުންގެ މެދުގައި ވަރަށް ޢާންމު ބޭންޑް ތަކެވެ.
1990 ވަނަ އަހަރާއި ހަމައަށް ޕާކިސްތާން ޓެލެވިޒަން ކޯޕަރޭޝަން، އަދި ޕާކިސްތާން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އަކީ ޕާކިސްތާންގައި ލީޑް ކުރަމުން އައި ޓީވީ އަދި ރޭޑިޔޯ ސްޓޭޝަން އަށްވަނީ ވެފައެވެ. ނަމަވެސް މިއަދު އަމިއްލަ އެތައް ޓީވީ، ރޭޑިޔޯ ޗެނަލްތައް ޕާކިސްތާންގައި އުފެދިފައިވެއެވެ. ތަފާތު ހިސާބުތަކުގެ ޗެނަލްތައް ޕާކިސްތާންގެ އެކި ހިސާބުތަކަށް ފަސޭހަކަމާއެކު ލިބޭނޭ މަގުވަނީ ފަހިވެފައެވެ. އެއީ އެމްޓީވީ ކޭބަލް ޓީވީ ނެޓްވޯރކް ގެ ޒަރީޢާއިންނެވެ. ލޮލީވުޑްގެ ނަންދީފައިވާ ކުޑަ ފިލްމް އިންޑަސްޓްރީއެއް ލާހޫރު އަދި ޕިޝާވަރުގައި ގާއިމްކުރެވިފައި ވެއެވެ. 1965 ވަނަ އަހަރުން ފެށިގެން ހިންދީ ފިލްމުތައް ދެއްކުން ޕާކިސްތާންގައި އޮންނަނީ މަނާކުރެވިފައެވެ. ޕާކިސްތާންގެ މުޖުތަމައުގައި ތަފާތު ބަސްތަކާއި ދީންތަކުގެ މީހުން އުޅޭއެވެ. އެންމެ ގިނައީ މުސްލިމުންނެވެ.
== ބަންދު ދުވަސްތައް ==
ޕާކިސްތާނު ގައި ބަންދު ދުވަސްތަކާއި ބަންދު ދުވަސް ނޫންގޮތުގައި ތަފާތު ފެސްޓިވަލްތަކާއި ދުވަސްތައް ފާހަގަ ކުރެއެވެ. މިގޮތުން ފާހަގަ ކުރާ ދުވަސްތަކުގެ ތެރޭގައި ޕާކިސްތާނު ދުވަސް [[މާރޗް 23]]، ޕާކިސްތާނުގެ މިނިވަން ދުވަސް [[އޮގަސްޓް 14]]، ޕާކިސްތާނުގެ ޑިފެންސް ދުވަސް [[ސެޕްޓެމްބަރު 6]]، ޕާކިސްތާނު އެއަރ ފޯރސް ދުވަސް [[ސެޕްޓެމްބަރު 7]]، މަސައްކަތު މީހުންގެ ދުވަސް [[މެއި 1]] އަދި މިނޫން ތަފާތު ދުވަސްތައް ވެސް ފާހަގަކުރެއެވެ.
މުސްލިމުން ފާހަގަކުރާ ހުރިހާ ދުވަހެއް ޕާކިސްތާނުގައި ފާހަގަ ކުރެއެވެ. މިގޮތުން ރަމަޟާން މަސް، އަދި އެއަށްފަހު އަންނަ ފިތުރު ޢީދު، އަދި އަޟްޙާ ޢީދު ފަދަ ދުވަސްތައް ހިމެނެއެވެ. މީގެ އިތުރުން ކީރިތި ރަސޫލާގެ ޢީދު މީލާދާއި ޢާޝޫރާ ދުވަސްވެސް ޕާކިސްތާން ގައި ފާހަގަ ކުރެއެވެ. މީގެ އިތުރުން ސިކުންނާއި ހިންދޫންގެ ދުވަސްތައް ބައެއް ފަހަރު ބައެއް ހިސާބު ތަކުގައި ފާހަގަކޮށް އުޅެއެވެ.
== ފަތުރު ވެރިކަން ==
ފަތުރުވެރިކަމަކީ ޕާކިސްތާންގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީ އެކެވެ. މިގޮތުން މޮހެންޖޯ ދާރޯ ކިޔޭ ގަދީމީ އަވަށް، ހަރައްޕާ އޭ ކިޔޭ ގަދީމީ އަވަށް އަދި ޓެކްސިއްލާ އޭ ކިޔޭ އަވަށް ފަދަ ތަންތަނަކީ ތާރީޚީ ގޮތުން ފާހަގަ ކޮށްލެވޭ ތަންތަނެވެ. ޕާކިސްތާން އަކީ ތަފާތު އުސް ފަރުބަދަތައް އެކުލެވޭ ގައުމެކެވެ. ކޭ-2 ނަން ދީފައިވާ ފަރުބަދަ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ އުސް ފަރުބަދަ އެވެ. ޕާކިސްތާންގެ އުތުރުގެ ހިސާބު ތަކުގައި ކުރީގައި ބިނާކުރެވިފައި ހުރި ވަރަށް ގިނަ ޓަވަރުތަކާއި، ގަދީމީ ޒަމާނުގައި ރައްކަލަކަށް ބިނާކޮށްފައި ހުރި ފާރުތަކާއި، ކޯއްޓޭ ފަދަ ތަންތަން ހުރެއެވެ. އަދި ތަފާތު ވާދީތައް ވެއެވެ.
ޕަންޖާބު ގައިވާ ޖީލަމް ކޯރު އަދި އެލްގްޒެންޑަރ ބެޓްލް ސައިޓް ފަދަ ތަންތަނަކީ ވެސް ފާހަގަކޮށްލެވޭ ތަންތަނެވެ. ޕާކިސްތާނުގެ ލާހޫރު އަކީ ތާރީޚީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ރަށެކެވެ. މިރަށުން ފެންނަން ހުރި މޫޣަލް ޘަގާފަތް ދައްކައިދޭ ތަންތަނުގެ ތެރޭގައި ބާދުޝާހީ މިސްކިތް، ޝާލިމަރު ބަގީޗާ، ޖާންގިރު ގެ ގުއްބު، އަދި ލާހޫރު ފޯޓް ފާހަގަ ކޮށްލެވެއެވެ. ޕާކިސްތާނުގެ ޘަގާފީ ތަންތަން އާންމުކޮށް ފަތުރުވެރިންގެ މަންޒިލްތަކަށް ހެދުމަށްޓަކައި ރައީސް ޕަރުވޭޒް މުޝައްރަފް ވަނީ 2007 ވަނަ އަހަރަކީ ޕާކިސްތާނަށް ޒިޔާރަތްކުރާ އަހަރެއްކަމުގައި އިޢުލާން ކޮށްފައެވެ.
== ކުޅިވަރު ==
[[ފައިލު:Pakvaus.jpg|thumb|250px|ޕާކިސްތާނުގެ އެންމެ މަގްބޫލު ކުޅިވަރު: ކްރިކެޓް]]
ޕާކިސްތާނުގެ ރަސްމީ އަދި ގައުމީ ކުޅިވަރަކީ ފީލްޑް ހޮކީ އެވެ. އެހެން ނަމަވެސް މުޅި ގައުމުގައި އެންމެ އާއްމު ކުޅިވަރަކީ ކްރިކެޓް އެވެ. 1992 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ޗެމްޕިއަންކަން ޕާކިސްތާން ޓީމް ހޯދައިފައި ވެއެވެ. އަދި 1999 ވަނަ އަހަރު ރަނަރއަޕް ކަން ހޯދާފައި ވެއެވެ. 1987 އަދި 1996 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕްގެ ކޯ-ހޮސްޓް ކަން ޕާކިސްތާން ކޮށްފައިވެއެވެ. އަދި 2011 ވަނަ އަހަރު ގެ ކްރިކެޓް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕާކިސްތާން، އިންޑިޔާ، ބަންގާޅު އަދި ސްރީލަންކާ ގައެވެ. ޕާކިސްތާން ގައި މަޝްހޫރު އެހެން ކުޅިވަރުތަކުގެ ތެރޭގައި ސްކޭޝް އަދި ފުޓްބޯޅަ ހިމެނެއެވެ.
ބައިނަލް އަގްވާމީ ފެންވަރެއްގައި ބޭއްވޭ އޮލިމްޕިކް ގޭމްސް ގައި ޕާކިސްތާނުން ފީލްޑް ހޮކީ، ބޮކްސިންގ ތެޅުން، އެތްލެޓިކްސް، ފެތުން، އަދި ޝޫޓިންގ ގައި އެތައް ފަހަރަކު ވަނީ ބައިވެރިވެފައެވެ. އޮލިމްޕިކް ގޭމްސްގައި 10 މެޑަލް، ކޮމަންވެލްތު ގޭމްސްގައި 61 މެޑަލް، އަދި އޭޝިއަން ގޭމްސްގައި 182 މެޑަލް ޕާކިސްތާނުން މިހާތަނަށް ހޯދާފައި ވެއެވެ.
އޮލިމްޕިކް ގޭމްސްގައި ޕާކިސްތާނުން އެންމެ ބޮޑު ކާމިޔާބީ އެއް ހޯދާފައިވަނީ ހޮކީ އިންނެވެ. ހޮކީ އިން ރަން މެޑަލް 1960،1968،އަދި 1984 ގައި ޕާކިސްތާން ހޯދާފައި ވެއެވެ. އަދި ހޮކީގެ ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދާފައިވެއެވެ. އެެއީ 1971،1978،1982، އަދި 1994 ގައެވެ. ތަފާތު ބައިނަލް އަގްވާމީ ކުޅިވަރު ފެސްޓިވަލްތައް ޕާކިސްތާނުގައި ބާއްވާފައި ވެއެވެ.
== ދަތުރުފަތުރު ކުރުން ==
== އަދި އިތުރަށް ބައްލަވާލައްވާ ==
{{Pakistan topics}}
== ރިފަރެންސް ==
{{reflist}}
== އިތުރު ފާލަންތައް ==
{{portal|ޕާކިސްތާން|Flag of Pakistan.svg}}
* [http://www.pakistan.gov.pk ޕާކިސްތާންގެ ސަރުކާރު]
* [https://web.archive.org/web/20080705114608/http://www.presidentofpakistan.gov.pk/PresidentialSpeeches.aspx ޕާކިސްތާނުގެ ރައީސް]
* [http://www.infopak.gov.pk ދަ މިނިސްޓްރީ އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ]
{{sisterlinks|ޕާކިސްތާން}}
* {{wikiatlas|Pakistan|ޕާކިސްތާން}}
* {{wikivoyage|Pakistan|ޕާކިސްތާން}}
* {{wikia|pakistan|ޕާކިސްތާން}}
* {{dmoz|Regional/Asia/Pakistan}}
{{SAARC}}
[[ޤިސްމު:ޕާކިސްތާން|*]]
[[ޤިސްމު:Commonwealth of Nations]]
[[ޤިސްމު:Encyclopedia Project]]
[[ޤިސްމު:Former British colonies]]
[[ޤިސްމު:Members of the Commonwealth of Nations]]
[[ޤިސްމު:SAARC]]
[[ޤިސްމު:South Asian countries]]
a2n40we5b3xamp3a1lp827ubmwiibdo
ފަންވަތް:އެހީ ސޮފްޙާ މަތީ ހަވާސާ ނަން
10
11537
137872
94490
2026-08-02T07:29:10Z
Minorax
19696
137872
wikitext
text/x-wiki
{{mbox
| image = none
| imageright = [[File:Crystal Clear app help index.svg|30px|link=|alt=]]
| text =
{{#if:{{{noheader|}}}||
[[ވިކިޕީޑިއާ:މަރުހަބާ ކޮމިޓީ/ވިކިިޕީޑިއާއަށް މަރުހަބާ|ވިކިޕީޑިއާއަށް މަރުހަބާ]]
[[އެހީ:ފިހުރިސްތު|އެހީ ފިހުރިސްތު]]:
[[ވިކިޕީޑިއާ:ސުވާލު|ސުވާލު ކުރުން]]{{·}}
[[ވިކިޕީޑިއާ:ޗީޓްޝީޓް|ވިކިކޯޑު ދަސްކުރުން]]{{·}}
[[ވިކިޕީޑިއާ:އާންމުކޮށް އަޅުގަނޑުމެންނާއި ކޮށްލެވޭ ސުވާލުތައް|އާންމުކޮށް އަޅުގަނޑުމެންނާއި ކޮށްލެވޭ ސުވާލުތައް]]{{·}}
[[ވިކިޕީޑިއާ:ގްލޮސަރީ|ގްލޮސަރީ]]
ވެބް-ޗެޓް މެދުވެރިކޮށް [http://webchat.freenode.net/?channels=wikipedia-en-help ވަގުތުން ގެނެސްދެވޭ ވިކިޕީޑިއާއަށް އުނިއިތުރު ގެނައުމާބެހޭ އެހީ] {{·}}
[[ވިކިޕީޑިއާ:އެހީ ފޯރުކޮށްދޭ މޭޒު|އެހީ ފޯރުކޮށްދޭ މޭޒު]]{{·}}
[[ވިކިޕީޑިއާ:ރެފެރެންސް މައުލޫމާތު ފޯރުކޮށްދޭ މޭޒު|ރެފެރެންސް މައުލޫމާތު ފޯރުކޮށްދޭ މޭޒު]]{{·}}
[[ވިކިޕީޑިއާ:ޓިއުޓޯރިއަލް|ޓިއުޓޯރިއަލް]]
}}<noinclude>
{{documentation}}
__NOINDEX__
</noinclude>
qaqkejcon0vb2v57st1p4q6duaoesd1
މެމްބަރު:Revi C.
2
12196
137868
135557
2026-08-01T23:42:04Z
Pathoschild
302
global user pages ([[m:Synchbot|requested by Revi C.]])
137868
wikitext
text/x-wiki
__NOINDEX__
{{#babel:ko|en-3|dv-0}} [[File:Revi wikimedia image.jpg|thumb|center|middle|If you are here to talk about CommonsDelinker removing a deleted image, please [[:c:User talk:Revi C.|go here]].]]
00jlkr2ttt2oo4nkpoj29wopsca79zb
މެމްބަރުގެ ވާހަކަ:Revi C.
3
12197
137867
135556
2026-08-01T23:08:28Z
Pathoschild
302
global user pages ([[m:Synchbot|requested by Revi C.]])
137867
wikitext
text/x-wiki
__NOINDEX__
[[File:Revi logo (pink).png|thumb|center|PLEASE DO NOT LEAVE MESSAGE HERE!]]
'''  BEFORE YOU BLOCK MY ACCOUNT: IF MY EDIT SUMMARY INCLUDE PREFIX ''(Script)'', DON'T BLOCK ME, JUST TELL ME TO SLOW DOWN AT COMMONS' TALK PAGE. IT IS AN AUTOMATED SCRIPT BEING USED ON COMMONS TO MOVE FILES.
Instead, please leave your message following site:
[[File:Commons-logo.svg|45px|link=commons:User talk:Revi C.]] [[commons:User talk:Revi C.]] for renaming stuff or [[User:CommonsDelinker|CommonsDelinker]] action (I am {{int:Group-sysop}} there)
[[File:Wikimedia Community Logo optimized.svg|45px|link=m:User talk:Revi C.]] [[meta:User talk:Revi C.]] for other stuff (User right notification, revert message, etc...)
Messages left on this page may be reverted or moved without any response.
esxe13mcstpjlux1bt2hqwxr2v8t8mn
މެމްބަރު:Hym411
2
12457
137870
135566
2026-08-02T00:28:01Z
Pathoschild
302
global user pages ([[m:Synchbot|requested by Hym411]])
137870
wikitext
text/x-wiki
#REDIRECT [[User:Revi C.]]
88g0cv17whfgb1wkeh281mptujwtlut
މެމްބަރުގެ ވާހަކަ:Hym411
3
12458
137871
135567
2026-08-02T00:58:50Z
Pathoschild
302
global user pages ([[m:Synchbot|requested by Hym411]])
137871
wikitext
text/x-wiki
#REDIRECT [[User talk:Revi C.]]
o9z79lcc9a9pfmqmrod5w3eyk4q9i0o