ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.47.0-wmf.16 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk މަޙްމޫދު ޝައުޤީ 0 4352 137934 137788 2026-08-24T07:21:59Z Memberuser 25611 137934 wikitext text/x-wiki {{Infobox officeholder | name = މަޙްމޫދު ޝައުޤީ | office = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު | image = Shaug.jpg | caption = ޑރ. މަޙްމޫދު ޝައުޤީ (ކުރީ ބަރިން ކަނާތުގައި) | term_start = 19 ނޮވެންބަރު 2023 | term_end = | predecessor = [[ޙަސަން ޙަމީދު]] | office1 = މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން | president1 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | succeeded1 = [[ޢަބްދުﷲ މަޢުޞޫމް]] | predecessor1 = [[މުޞްޠަފާ ލުޠުފީ]] | termstart1 = 14 ޖުލައި 2005 | termend1 = 14 ޖުލައި 2008 | office2 = ދިވެހިރާއްޖޭގެ ސްކައުޓް ޖަމްޢިއްޔާގެ ރައީސް | termstart2 = 2003 | termend2 = 2008 | predecessor2 = އިސްމާޢީލް ޝަފީޢު | office4 = މިނިސްޓަރ އޮފް އެޑިޔުކޭޝަން | president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | termstart4 = 11 ނޮވެންބަރު 2003 | termend4 = 14 ޖުލައި 2005 | predecessor4 = އިސްމާޢީލް ޝަފީޢު | succeeded4 = ޒާހިޔާ ޒަރީރު | office5 = ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިޔުކޭޝަން | termstart5 = 2002 | termend5 = 2003 | president5 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]] | office6 = | president6 = | termstart6 = | termend6 = | predecessor6 = | succeeded6 = | birth_date = | birth_place = [[މާލެ]]، [[ދިވެހިރާއްޖެ]] | children = | spouse = | education = [[މަޖީދިއްޔާ ސްކޫލް]] | alma_mater = ޔުނިވަރސިޓީ އޮފް މެނިޓޯބާ، [[ކެނެޑާ]]
ޔުނިވަރސިޓީ އޮފް ޓޮރޮންޓޯ، [[ކެނެޑާ]] | successor = | successor2 = ޢާރިފު ރަޝީދު | relations = | parents = | awards = ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 1999 | otherparty = | party = | signature = | honorific_suffix = | president = [[މުޙައްމަދު މުޢިއްޒު]] }} '''ޑރ. މަޙްމޫދު ޝައުޤީ'''އަކީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރެވެ. އެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ 2023 ނޮވެންބަރު 19ވަނަ ދުވަހުއެވެ. ޑރ. މަޙްމޫދު ޝައުޤީ ވަނީ [[ކެނެޑާ]]ގެ ޔުނިވަރސިޓީ އޮފް މެނިޓޯބާއިން ބެޗްލަރ އޮފް އެޑިޔުކޭޝަން (ބަޔޮލޮޖީ)، ބެޗްލަރ އޮފް އާޓްސް (އިކޮނޮމިކްސް) އަދި މާސްޓަރ އޮފް އެޑިޔުކޭޝަން ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އަދި ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވެއެވެ. ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި ކިޔަވައިވިދާޅުވި ދުވަސްވަރު، އެ ޔުނިވަރސިޓީގެ ސެނެޓްގެ އެކަޑަމިކް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވިއެވެ. ޑރ. މަޙްމޫދު ޝައުޤީ ތަޢުލީމީ ދާއިރާގައި އަދާކުރެއްވި އިސް މަޤާމުތަކުގެ ތެރޭގައި ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް]]ގެ ވެރިކަމުގެ އެންމެ ފަހު ދައުރުގައި 2003 ނޮވެންބަރު 11ވަނަ ދުވަހުން ފެށިގެން 2005 ޖުލައި 14ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިޔުކޭޝަން (2002-2003) ކަމުގެ މަޤާމު ހިމެނެއެވެ. 1999ވަނަ އަހަރުން ފެށިގެން 2005ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި ޘާނަވީ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމުގައްޔާއި، މަތީ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި ޑރ. މަޙްމޫދު ޝައުޤީ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. އަދި މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު (މިހާރުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ - އެމް.ކިއު.އޭ) އުފެއްދެވުމުގައި ވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެހެނިހެން ދާއިރާތަކަށް ބަލާ އިރު ޑރ. މަޙްމޫދު ޝައުޤީ ވަނީ 2005 ޖުލައި 14ވަނަ ދުވަހުން ފެށިގެން 2008 ޖުލައި 14ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމު ފުރުއްވައިފައެވެ. މި މަޤާމުގައި ހުންނަވައިގެން ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިފައިނުވާ ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، އެކަމުގެ ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކޮމިޓީގެ މުޤައްރިރުކަން (2007) ކުރެއްވުމުގެ އިތުރުން، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ވެސް 2007 ވަނަ އަހަރު ޚިދުމަތްކުރެއްވިއެވެ. 2003ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ސްކައުޓް ޖަމްޢިއްޔާގެ ރައީސްކަމުގެ މަޤާމު ވެސް ޑރ. މަޙްމޫދު ޝައުޤީ ވަނީ އަދާކުރައްވައިފައެވެ. ޑރ. މަޙްމޫދު ޝައުޤީ ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ 1999ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ. [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] [[ޤިސްމު:ޙަޔާތުނާމާ]] a5ba3x38nt0cnvgsbg9afha8be9vrbg ޙަސަން ޙަމީދު 0 5977 137933 132600 2026-08-24T07:19:49Z Memberuser 25611 137933 wikitext text/x-wiki {{Infobox officeholder | name = ޙަސަން ޙަމީދު | office = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު | image = Hassan Hameed portrait.jpg | caption = ޙަސަން ޙަމީދު، 2019 | term_start = 20 އޮގަސްޓު 2019 | term_end = 18 ނޮވެންބަރު 2023 | predecessor = [[މުޙައްމަދު ޒާހިރު ޙުސައިން|ޑރ. މުޙައްމަދު ޒާހިރު ޙުސައިން]] | office1 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރު | president1 = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]] | predecessor1 = | termstart1 = ނޮވެންބަރު 2011 | termend1 = ޖުލައި 2015 | office2 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ އިންޓެރިމް ވައިސް ޗާންސެލަރު | termstart2 = 15 ފެބުރުވަރީ 2011 | termend2 = ނޮވެންބަރު 2011 | president2 = [[މުޙައްމަދު ނަޝީދު]] | office4 = މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެކްޓަރ | president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
[[މުޙައްމަދު ނަޝީދު]] | termstart4 = 1 ފެބުރުވަރީ 2001 | termend4 = 14 ފެބުރުވަރީ 2011 | office5 = މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕްރިންސިޕަލް | termstart5 = 1 އޮކްޓޫބަރު 1998 | termend5 = 31 ޖަނަވަރީ 2001 | office6 = ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް | termstart6 = 17 ސެޕްޓެންބަރު 1998 | termend6 = 30 ސެޕްޓެންބަރު 1998 | education = [[މަޖީދިއްޔާ ސްކޫލް]] | alma_mater = ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ، [[އޮސްޓްރޭލިއާ]]
އެޑިތު ކޮވާން ޔުނިވަރސިޓީ، [[އޮސްޓްރޭލިއާ]]
ޔުނިވަރސިޓީ އޮފް ވައިކަޓޯ، [[ނިއުޒިލޭންޑު|ނިއުޒީލެންޑް]] | successor = [[މަޙްމޫދު ޝައުޤީ|ޑރ. މަޙްމޫދު ޝައުޤީ]] | awards = ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 1997
ތަޢުލީމަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ އިންފޮރމޭޝަން ޓެކްނޯލޮޖީގެ ރޮނގުން، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 2000 }} ޑރ. ޙަސަން ޙަމީދަކީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ކުރީގެ ޗާންސެލަރެވެ. ޑރ. ޙަސަން ޙަމީދު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ އިންފޮރމޭޝަން ސައިންސާއި ފިޒިކްސްގެ ރޮނގުން 1983ވަނަ އަހަރު ޔުނިވަރސިޓީ އޮފް ޓެސްމޭނިއާގައެވެ. 1993ވަނަ އަހަރު އޮސްޓްރޭލިއާގެ އެޑިތު ކޮވާން ޔުނިވަރސިޓީގައި މާސްޓަރ އޮފް އެޑިޔުކޭޝަން ޙާޞިލުކުރެއްވުމަށް ފަހު ޕީއެޗްޑީ ޙާޞިލުކުރެއްވީ ކްރިޓިކަލް ތިންކިންގގެ ރޮނގުން ނިއުޒީލެންޑުގެ ޔުނިވަރސިޓީ އޮފް ވައިކަޓޯގައި 1997ވަނަ އަހަރުގަވެ. == އަދާކުރެއްވި ވަޒީފާތައް == * [[މަޖީދިއްޔާ ސްކޫލް]]ގެ ފިޒިކްސް ޓީޗަރުކަން (1985-1984) * މަޖީދިއްޔާ ސްކޫލުގެ ސެކަންޑަރީ ސުޕަވައިޒަރުކަން (1988-1985) * މަޖީދިއްޔާ ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލްކަން (30 ޖަނަވަރީ 1991 އިން 4 އެޕްރީލް 1994 އަށް) * ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޗީފް ކަރިކިއުލަމް ކޯޑިނޭޓަރުކަން (20 ޖުލައި 1997 އިން 16 ސެޕްޓެންބަރު 1998 އަށް) * ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްކަން (17 ސެޕްޓެންބަރު 1998 އިން 30 ސެޕްޓެންބަރު 1998 އަށް) * މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕްރިންސިޕަލްކަން (1 އޮކްޓޫބަރު 1998 އިން 31 ޖަނަވަރީ 2001 އަށް) * މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެކްޓަރކަން (1 ފެބުރުވަރީ 2001 އިން 14 ފެބުރުވަރީ 2011 އަށް) * ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިންޓެރިމް ވައިސް ޗާންސެލަރުކަން (15 ފެބުރުވަރީ 2011 އިން 2011 ވަނަ އަހަރުގެ ނޮވެންބަރު މަހަށް) * ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަން (2011 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2015 ވަނަ އަހަރުގެ ޖުލައި މަހަށް) * ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން (20 އޮގަސްޓު 2019 އިން 18 ނޮވެންބަރު 2023 އަށް) == އިނާމުތައް == ޑރ. ޙަސަން ޙަމީދު ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ 1997ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި ތަޢުލީމަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ އިންފޮރމޭޝަން ޓެކްނޯލޮޖީގެ ރޮނގުން، 2000ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ.<ref>https://presidency.gov.mv/NationalAwards/Winner/994 https://presidency.gov.mv/NationalAwards/Winner/842</ref> [[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]] [[ޤިސްމު:ޙަޔާތުނާމާ]] q683bvb6wjkaarm8sf7whptje3jcn5f