ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.17
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ޑރ. ޢަލީ ޒާހިރު
0
15298
137943
137662
2026-08-30T09:39:59Z
Memberuser
25611
137943
wikitext
text/x-wiki
{{Infobox officeholder
| name = ޑރ. ޢަލީ ޒާހިރު
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރު
| image = Inauguration of Maldives Zakat House (36).jpg
| term_start = 19 ނޮވެންބަރު 2023
| president = [[މުޙައްމަދު މުޢިއްޒު]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]<br/>އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| caption = ޑރ. ޢަލީ ޒާހިރު، (ކަނާތުގައި)
| awards = އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު - 2022
| termstart1 = 17 އެޕްރީލް 2024
| termend1 =
| office1 = [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މެންބަރު
| predecessor = [[އިބްރާހީމް ޒަކަރިއްޔާ މޫސާ]]
}}
ޑރ. ޢަލީ ޒާހިރަކީ [[މިލަދުންމަޑުލު ދެކުނުބުރި|ނ.]] [[މަނަދޫ (ނ. އަތޮޅު)|މަނަދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޢަލީ ޒާހިރު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ]]ގެ އިސްލާމިކް ޔުނިވަރސިޓީން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގްރީ ޙާޞިލުކުރެއްވީ [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ([[ފިޤްހު]] އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]ގައި ކިޔަަވައިދެއްވައިފައެވެ. އަދި 2009ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]އާ ގުޅިވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. މީގެއިތުރުން ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާގެ ލޯގެ ޑީންކަމާއި އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ [[އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް|އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ]] މެންބަރެއް ވެސް މެއެވެ.
ޑރ. ޢަލީ ޒާހިރަކީ، ދީނީ ރޮނގުން ޢާންމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަަވާ ބޭފުޅެކެވެ. މި ގޮތުން، ދީނީ ދަރުސްތަކާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ވަޑައިގެންވެސް ދީނީ ވާރކްޝޮޕްތަކާއި ފޯރަމްތައް ހިންގަވަމުން ގެންދަވައެވެ. އަދި ޓީވީއާއި ރޭޑިއޯ ޕުރޮގުރާމުތައް އުފައްދަވައި ހުށަހަޅުއްވައިދެއްވަމުން ގެންދަވައެވެ.
ޑރ. ޢަލީ ޒާހިރަކީ، ޢާއިލީ މައްސަލަތަކުގައްޔާއި، އަމިއްލަ މައްސަލަތަކުގައި، އިސްލާމިކް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ، ޢާންމު ފަރުދުންގެ އެދުމުން ގޭގެއަށް ވަޑައިގެން ވެސް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްގެން ދީނީ މަޢުލޫމާތު ފެތުރުއްވުމާއި، ދީނީ ސުވާލުތަކަށް ޖަވާބު ދެއްވުމާއި، ވެބްސައިޓްތަކާއި، އޮންލައިން މަޖައްލާތަކުގައި ދީނީ މަޒުމޫނު ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. "މުސްލިމުންގެ ގުޅުން" ޖަމްޢިއްޔާއާ ގުޅިގެން [[މާލެ|މާލޭ]]ގެ ބައެއް މިސްކިތްތަކުގައި، ޙަދީޘް ކުލާސްތަކާއި، ތަފްސީރު ކުލާސްތައް ނަންގަވައިދެއްވާ ބޭފުޅެއް ވެސް މެއެވެ. މީގެއިތުރުން، 2019 އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކުގައި ދީނީ ރައުޔު ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަލީ ޒާހިރު ވަނީ، "ތުއްތު ކުދީންގެ ނަމާދު" ފޮތް މުރާޖަޢާ ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ން ހިންގާ އިމާމުކަމުގެ ޑިޕްްލޮމާ ކޯހާއި، އިމާމުކަމުގެ ޑިގްރީ ކޯހުގައި ޢަޤީދާ މޮޑިއުލް، ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުން ކިޔަވައިދެއްވައިފައެވެ. އަދި ޢުޔޫން އިންސްޓިޓިއުޓްގެ ޑީންގެ ގޮތުގައި ހުންނަވައިގެން އެ އިންސްޓިޓިއުޓްގެ ދަރިވަރުންނަށް 2021ވަނަ އަހަރުން ފެށިގެން، އިސްލާމް ދީނާ ގުޅޭ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ސްޓަޑީޒް ކިޔަވައިދެއްވައިފައިވެއެވެ.
ޝަރުޢީ ޢިލްމުގެ ދާއިރާއާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ވަރަށް ގިނަ ވާރކްޝޮޕްތަކާއި، ސެމިނަރުތަކާއި، ސިމްޕޯޒިއަމްތަކުގައި ޑރ. ޢަލީ ޒާހިރު ބައިވެރިވެވަޑައިގެން، ތަފާތު މައުޟޫޢުތަކަށް ޢިލްމީ ކަރުދާސްތައް ހުށަހަޅުއްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޝަރީޢާ ކޮމިޓީގެ ޗެއަރމަންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތުގެ ކަންކަމާ ބެހޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި، އެޗްޑީއެފްސީ އަމްނާގެ ޝަރީޢާ ކޮމިޓީ މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އަމާނާ ތަކާފުލް މޯލްޑިވްސްގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. ޢަލީ ޒާހިރު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ކައުންސިލްގެ މެންބަރުކަމާއި، އެކެޑަމިކް ސެނެޓްގެ މެންބަރުކަމާއި، ހަޔަރ ޑިގްރީޒް ކޮމިޓީގެ މެންބަރުކަމާއި، ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، ކޮމިޓީ އޮން ކޯސަސްގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ޑރ. ޢަލީ ޒާހިރަށް 2022ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
5lb6m79zfc8lf3fxg37a521iowk868k
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ހިންނަވަރު)
0
15452
137947
136408
2026-08-30T09:55:30Z
Memberuser
25611
137947
wikitext
text/x-wiki
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ (ހިންނަވަރު) އަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ސެޕްޓެންބަރު 1940 ގައެވެ.
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ވަނީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުއްޝަރީޢާގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. އެ ޖާމިޢާ (ޔުނިވަރސިޓީ) ގައި ގާތްގަނޑަކަށް 11 އަހަރު ތަޢުލީމު ޙާޞިލުކުރައްވައިފައިވެއެވެ.
ތަޢުލީމު ޙާޞިލުކުރައްވައިގެން ރާއްޖެ ވަޑައިގަތީއްސުރެ، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް ޝައިޚް އަބޫބަކުރު އިބްރާހީމް އަދާކުރައްވައިފައިވެއެވެ. މިގޮތުން ދީނީ ތަފާތު މައުޟޫތަކުގައި އެކިއެކި ފޮތްތައް ލިޔުއްވުމާއި، ދީނީ ރޮނގުން ތަޤްރީރުކުރެއްވުމާއި، [[ޢަރަބި|ޢަރަބިބަސް]] ކިޔަވައިދެއްވުމަށް ޓަކައި ކިލާސްތައް ހިންގެވުމާއި، ދީނީ މަޢުޟޫތަކުގައި ބޭއްވޭ ބައެއް ކޯސްތަކުގައި ކިޔަވައިދެއްވުމާއި، އެފަދަ ބައެއް ކޯސްތަކަށް އަމިއްލައަށް މުޤައްރަރު ތައްޔާރުކުރެއްވުން ފަދަ މުހިންމު މަސައްކަތްޕުޅުތަކެއް ޝައިޚް ކުރައްވައިފައިވެއެވެ.
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [ترجمة معاني القرآن الكريم (ކީރިތި ޤުރްއާނުގެ މާނަތަކުގެ ދިވެހި ތަރުޖަމާ)] މި ފޮތާއި، [رسالة التوحيد] މި ފޮތާއި، [دروس من التوحيد] މި ފޮތާއި، [ﷲ އެއްކައުވަންތަކުރުން] މި ފޮތާއި، [ނަމާދުކުރުން] މި ފޮތާއި، [ދެމަފިރިން] މި ފޮތާއި، [ޙައްދުތައް ޤާއިމުކުރުމުގެ ވާޖިބުކަން] މި ފޮތާއި، [ކަށުކަމާކެމީގެ ޙުކުމްތައް] މި ފޮތާއި، [މުސްލިމުން ދިރިއުޅެންވީ އެންމެ ތެދުމަގު] މި ފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވައިފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [التفسير الميسر] މި ފޮތާއި، [تفسير العشر الأخير] މި ފޮތާއި، [كتاب التوحيد] މި ފޮތް ހިމެނެއެވެ. މި ނޫންވެސް ވަރަށް ގިނަ ފޮތްތައް ލިޔުއްވައި، ތަރުޖަމާކުރައްވައިފައިވެއެވެ.
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ވަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ދީނީ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސްކަން ކުރައްވައިފައެވެ.
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ އަވަހާރަވީ 2013ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވީ އާދީއްތަ ދުވަހު ޢުމުރުފުޅުން 72 އަހަރުފުޅުގައެވެ. ޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ މެންދުރު ނަމާދަށްފަހު [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]] ގައެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ ދީނީ ޢިލްމުވެރިޔާ [[އިބްރާހީމް ފަރީދު އަޙްމަދު|ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދެވެ]]. ޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ފަސްދާނުލައިފައިވަނީ މާލޭ، މއ. އާ ސަހަރާގައެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
q1yan6ovd732jvnvocj43lpzpmgj0q3
ޢަބްދުލްމަޖީދު މުޙައްމަދު
0
16054
137958
136184
2026-08-30T11:11:08Z
Memberuser
25611
137958
wikitext
text/x-wiki
އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދަކީ، [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]ން ކީރިތި ޤުރްއާނުގެ ތަފްސީރުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. އައްޝައިޚް ޢަބްދުލްމަޖީދަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި ޤާރީ ކޯހުގައި ބައިވެރިވެވަޑައިގެން އަލްޤާރީ މުޙައްމަދު ޔޫނުސްގެ އަރިހުން ދަރިވަރުވި ބޭފުޅެކެވެ. ޤާރީ ކޯހުގެ ސެޓްފިކެޓް ޙާޞިލުކުރައްވާފައިވަނީ 1981ވަނަ އަހަރުގައެވެ.
ކީރިތި ޤުރްއާން އުނގަންނައި ދެއްވުމުގެ ޚިދުމަތް ޢަބްދުލްމަޖީދު ފެށްޓެވީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލް]]ގެ ޤުރްއާން މުދައްރިސެއްގެ ގޮތުން 1981ވަނަ އަހަރުގައެވެ.
އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދަކީ، ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމުގައި ޤުރްއާން ކިޔަވާ ވިދާޅުވެދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވައި، ތަފާތު ޖަލްސާތަކުގައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެ، ބައެއް ސްކޫލް މަދަރުސާތަކުގެ ފަރާތުން ބޭއްވި ޤުރްއާން މުބާރާތްތަކުގައި ފަނޑިޔާރުކަން ވެސް ކޮށްދެއްވާފައިވެއެވެ. އަދި އަމިއްލަފުޅަށް ޤުރްއާން ކްލާހެއް އުފައްދަވައިގެން [[މާލެ]]އާއި [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ޤުރްއާން ކްލާސް ހިންގަވަމުން ގެންދެވިއެވެ. އަދި މި ޤުރްއާން ކްލާސްތަކުގައި ކިޔަވައިދެއްވުމުގެ މަސައްކަތްވެސް ޢަމަލީގޮތުން ކުރައްވަމުން ގެންދަވައެވެ. މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު 23 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. ރާއްޖެއިން ބޭރުގައި ބޭއްވި ބައިނަލްއަޤްވާމީ ބައެއް ޤުރްއާން މުބާރާތްތަކަށް ކުދީން ތަމްރީނުކުރެއްވުމާއި، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ކުދީން ތައްޔާރުކުރެއްވުމުގައި ވެސް ޢަމަލީގޮތުން އައްޝައިޚް ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ކީރިތި ޤުރްއާނުގެ ޢިލްމުގައި އަލްޤާރީ ޢަބްދުލްމަޖީދުގެ މުހިންމުކަން ހާމަވާ އެއްކަމަކީ، ސަރުކާރުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވުމެވެ. މީގެއިތުރުން، ޢަބްދުލްމަޖީދު މާލޭގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން [[ބ. އަތޮޅު ތައުލީމީ މަރުކަޒު|ބ. އަތޮޅު ތަޢުލީމީ މަރުކަޒު]]ގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތުމަށްފަހު، އޯ ލެވެލްއަށާއި އޭ ލެވެލްއަށް އިސްލާމް މާއްދާ ކިޔަވައިދެއްވުމުގެ އިތުރުން، އެ މަރުކަޒުގައި ކީރިތި ޤުރްއާން އުނގަންނައިދެއްވަމުން ގެންދަވައިފައިވެއެވެ. އަދި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ހިންގެވި ޤާރީ ކޯސް ހިންގެވުމުގައި ޢަމަލީ ގޮތުން މަސައްކަތްކުރެއްވިއެވެ. ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި އުފައްދަވައިފައިވާ އެ މަރުކަޒުގެ ގޮފީގައި ހިންގަވާ ޤިރާއަތު ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، އެ ގޮފީގެ ކޯޑިނޭޓަރުގެ ގޮތުގައި ވެސް ޢަބްދުލްމަޖީދު މަސައްކަތްކުރައްވައިފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދައުރުން ފެށިގެން ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުކުރައްވަމުން ގެންދަވައެވެ.
އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު ވަނީ ދިވެހި ޤައުމަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައެވެ. އެންމެ ފަހުން ޚިދުމަތްކުރެއްވީ [[ބ. އަތޮޅު ތައުލީމީ މަރުކަޒު|ބ. އަތޮޅު ތަޢުލީމީ މަރުކަޒު]]ގެ އިސްލާމް މުދައްރިސެއްގެ ގޮތުގައެވެ. ޚިދުމަތުން ރިޓަޔަރކުރެއްވީ 2025ވަނަ އަހަރުގެ ތެރޭގައެވެ.
އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދަށް 2018ވަނަ އަހަރު ވަނީ ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. ހިޖުރީ 15ވަނަ ޤަރުނު ފެށުމުގެ މުނާސަބާ ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވުނު ބޭރު ރާގަށް ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުން އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު 2ވަނަ ހޯއްދަވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
5wtzlkci2auc7siyssncalcr4mtb2x9
ޙަސަން ލަޠީފް މޫސާ
0
16057
137955
137758
2026-08-30T11:00:16Z
Memberuser
25611
137955
wikitext
text/x-wiki
އައްޝައިޚް ޙަސަން ލަޠީފް މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1960 ޑިސެންބަރު 3ވަނަ ދުވަހުއެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ އިސްލާމީ ތަޢުލީމުގެ ބިންގާ އެޅުއްވީ، [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާއިން 1979ވަނަ އަހަރުއެވެ. އޭގެފަހުން، 1980ވަނަ އަހަރު، [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރައްވަން ފަށްޓަވައި، އިސްލާމީ ތަޢުލީމާއި، ޢަރަބިބަހުގެ ޢިލްމުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ރާއްޖެ ވަޑައިގަތީ 1989ވަނަ އަހަރުއެވެ.
ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އައްޝައިޚް ޙަސަން ލަޠީފް މޫސާ، އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، އުފަން އަތޮޅު ކަމަށްވާ [[އައްޑުއަތޮޅު]]ގައެވެ. މިހާރު [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]]ގައި ހިނގަމުންދާ އައްޑޫ ހައި ސްކޫލަކީ، ޙަސަން ލަޠީފް މޫސާގެ މުދީރު ކަމުގައި ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި، އިސްލާމްދީނަށް ލޯބިކުރައްވާ ތަނަވަސްކަމުގެ އަހުލުވެރިންގެ ބުރަ މަސައްކަތާއެކު އިމާރާތްކޮށް، އެ ފުރާޅުގެ ދަށުން ރަން ވަނަތައް ޙާޞިލުކުރި މަދަރުސާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ، ކުރީގެ އަލްމަދްރަސަތުލް އިސްލާމިއްޔާއެވެ. އެ މަދަރުސާގެ މުދީރެއްގެ ގޮތުގައި، 1989ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރުގެ ނިޔަލަށް އައްޝައިޚް ޙަސަން ލަޠީފް މޫސާ ހުންނެވިއެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ، 2011ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރެއްވީ، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ހިތަދޫ ކެމްޕަސްގައެވެ. ޤައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައި މަސައްކަތް ކުރައްވަން ފެށްޓެވީ، 2019ވަނަ އަހަރުއެވެ. ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޙަސަން ލަޠީފް މޫސާއަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގައި ޚިދުމަތް ކުރައްވާ ބޭފުޅެކެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި، ރާއްޖޭގެ އެކިއެކި ޔުނިވަރސިޓީ، ކޮލެޖްތަކުންނާއި، އެކިއެކި ޖަމުޢިއްޔާތަކުން ހިންގަވާ ދީނީ ތަފާތު ޕުރޮގުރާމުތަކުގައި ޙަސަން ލަޠީފް ގެންދަވަނީ ތަޤްރީރު ކުރައްވަމުންނެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ އެސޯސިއޭޓް ލެކްޗަރަރގެ މަޤާމުގައެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ، އެކިއެކި މައުޟޫޢުތަކަށް ހުކުރު ޚުޠުބާ ވެސް ލިޔުއްވާ ބޭފުޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚުޠުބާ ކޮމިޓީއާއި، ޝަރީޢާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެކި ކަންކަމުގައި ދީނީ ރައުޔު ދެއްވަމުން ގެންދަވައެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ ދީނީ ބައެއް ފޮތްތަކާއި މަޒުމޫނުތައް ވެސް ލިޔުއްވައިފައި ވެއެވެ. ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި، "އިސްލާމްދީނުގައި ކުދިން ތަރުބިޔަތު ކުރުމުގެ މަގު"، މި ފޮތާއި، "ކުޑަކުދިންގެ ނަމާދު" މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ބައެއް މަޒުމޫނުތަކާއި ޅެންތައް، ފަތްތޫރަ އަދި ދަރުމަ މަޖައްލާގައްޔާއި، ބައެއް ވެބްސައިޓްތަކުގައި ޝާއިޢުކުރައްވަމުން ގެންދަވައެވެ. "ދީނުގެ މަގު" މި ނަމުގައި އަމިއްލަ ފަރާތަކުން ނެރޭ ހަފުތާ މަޖައްލާއަކަށް ލިޔުއްވައެވެ. އަދި [[މާލެ|މާލޭ]]ގެ މިސްކިތްތަކުގައި ވަޢުޡާއި ނަޞޭޙަތުގެ ދަރުސްތަކާއި، ޙަދީޘް ކްލާސްތައް ވެސް އައްޝައިޚް ޙަސަން ލަޠީފް މޫސާ ކުރިއަށް ގެންދަވައެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާއަށް 2023ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
kyt4zll9s8hq9nos8whkrpjpc9nuewz
137956
137955
2026-08-30T11:01:21Z
Memberuser
25611
137956
wikitext
text/x-wiki
އައްޝައިޚް ޙަސަން ލަޠީފް މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1960 ޑިސެންބަރު 3ވަނަ ދުވަހުއެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ އިސްލާމީ ތަޢުލީމުގެ ބިންގާ އެޅުއްވީ، [[ޕާކިސްތާން|ޕާކިސްތާނު]]ގެ ޖާމިޢާ ސަލަފިއްޔާއިން 1979ވަނަ އަހަރުއެވެ. އޭގެފަހުން، 1980ވަނަ އަހަރު، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގައި ތަޢުލީމު ޙާޞިލުކުރައްވަން ފަށްޓަވައި، އިސްލާމީ ތަޢުލީމާއި، ޢަރަބިބަހުގެ ޢިލްމުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގަތީ 1989ވަނަ އަހަރުއެވެ.

nfmsbq3zx4bt2i20za6af5c3ocp0n0m
137957
137956
2026-08-30T11:03:03Z

ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އައްޝައިޚް ޙަސަން ލަޠީފް މޫސާ، އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، އުފަން އަތޮޅު ކަމަށްވާ [[އައްޑުއަތޮޅު]]ގައެވެ. މިހާރު [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]]ގައި ހިނގަމުންދާ އައްޑޫ ހައި ސްކޫލަކީ، ޙަސަން ލަޠީފް މޫސާގެ މުދީރުކަމުގައި ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި، އިސްލާމްދީނަށް ލޯބިކުރައްވާ ތަނަވަސްކަމުގެ އަހުލުވެރީންގެ ބުރަ މަސައްކަތާ އެކު ޢިމާރާތްކޮށް، އެ ފުރާޅުގެ ދަށުން ރަން ވަނަތައް ޙާޞިލުކުރި މަދަރުސާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ، ކުރީގެ އަލްމަދްރަސަތުލްއިސްލާމިއްޔާއެވެ. އެ މަދަރުސާގެ މުދީރެއްގެ ގޮތުގައި، 1989ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރުގެ ނިޔަލަށް އައްޝައިޚް ޙަސަން ލަޠީފް މޫސާ ހުންނެވިއެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ، 2011ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރެއްވީ، [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ހިތަދޫ ކެމްޕަސްގައެވެ. ޤައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައި މަސައްކަތް ކުރައްވަން ފެށްޓެވީ، 2019ވަނަ އަހަރުއެވެ. ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޙަސަން ލަޠީފް މޫސާއަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގައި ޚިދުމަތް ކުރައްވާ ބޭފުޅެކެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި، ރާއްޖޭގެ އެކިއެކި ޔުނިވަރސިޓީ، ކޮލެޖްތަކުންނާއި، އެކިއެކި ޖަމްޢިއްޔާތަކުން ހިންގަވާ ދީނީ ތަފާތު ޕުރޮގުރާމުތަކުގައި ޝައިޚް ޙަސަން ލަޠީފް ގެންދަވަނީ ތަޤްރީރުކުރައްވަމުންނެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ އެސޯސިއޭޓް ލެކްޗަރަރގެ މަޤާމުގައެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ، އެކިއެކި މައުޟޫޢުތަކަށް ހުކުރު ޚުޠުބާ ވެސް ލިޔުއްވާ ބޭފުޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚުޠުބާ ކޮމިޓީއާއި، ޝަރީޢާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެކި ކަންކަމުގައި ދީނީ ރައުޔު ދެއްވަމުން ގެންދަވައެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާ ދީނީ ބައެއް ފޮތްތަކާއި މަޒުމޫނުތައް ވެސް ލިޔުއްވައިފައިވެއެވެ. ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި، "އިސްލާމްދީނުގައި ކުދީން ތަރުބިޔަތު ކުރުމުގެ މަގު"، މި ފޮތާއި، "ކުޑަކުދީންގެ ނަމާދު" މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ބައެއް މަޒުމޫނުތަކާއި ޅެންތައް، ފަތްތޫރަ އަދި ދަރުމަ މަޖައްލާގައްޔާއި، ބައެއް ވެބްސައިޓްތަކުގައި ޝާއިޢުކުރައްވަމުން ގެންދަވައެވެ. "ދީނުގެ މަގު" މި ނަމުގައި އަމިއްލަ ފަރާތަކުން ނެރޭ ހަފުތާ މަޖައްލާއަކަށް މިހާރު ވެސް ލިޔުއްވައެވެ. އަދި [[މާލެ|މާލޭ]]ގެ މިސްކިތްތަކުގައި ވަޢުޡާއި ނަޞޭޙަތުގެ ދަރުސްތަކާއި، ޙަދީޘް ކްލާސްތައް ވެސް އައްޝައިޚް ޙަސަން ލަޠީފް މޫސާ ކުރިއަށް ގެންދަވައެވެ.
އައްޝައިޚް ޙަސަން ލަޠީފް މޫސާއަށް 2023ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
218adsetuaeys682zicqbxuk0ek4mno
ޢަލީ ޒާހިރު
0
16410
137944
2026-08-30T09:42:22Z
Memberuser
25611
Created page with "{{Infobox officeholder | name = ޢަލީ ޒާހިރު | image = Ibrahim Mohamed Solih meets Dr Mohamed Muizzu (11).jpg | caption = ޢަލީ ޒާހިރު (ވާތުގައި) | order = | office = ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް | term_start = 17 ނޮވެންބަރު 2018 | term_start1 = | term_start2 = | term_end2..."
137944
wikitext
text/x-wiki
{{Infobox officeholder
| name = ޢަލީ ޒާހިރު
| image = Ibrahim Mohamed Solih meets Dr Mohamed Muizzu (11).jpg
| caption = ޢަލީ ޒާހިރު (ވާތުގައި)
| order =
| office = ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް
| term_start = 17 ނޮވެންބަރު 2018
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| term_end1 =
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
| predecessor = އަޙްމަދު މުޞްޠަފާ މުޙައްމަދު
| term_end = 16 ނޮވެންބަރު 2023
| successor = ޢަބްދުﷲ ފަޔާޟު
| education = [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]<br/>އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| birth_place = [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލައް]]
| party = [[ޢަދާލަތު ޕާޓީ]]
}}
އަލްއުސްތާޛު ޢަލީ ޒާހިރަކީ [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކަށް]] ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ފަށާ ތަޢުލީމު ޙާޞިލުކުރެއްވީ ފުވައްމުލަކު ދޫޑިގަން އަވަށު މަކްތަބުންނެވެ. ޕްރައިމަރީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޏ.އަތޮޅު ތަޢުލީމީ މަރުކަޒު|ޏ. އަތޮޅު ތަޢުލީމީ މަރުކަޒު]]ންނެވެ. މެދުމަދަރުސީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]] އިންނެވެ. އެއަށްފަހު ޘާނަވީ ތަޢުލީމާއި ދީނީ ޢިލްމު އުނގެނިވަޑައިގަތުމަށް 1999ވަނަ އަހަރު [[ޕާކިސްތާން|ޕާކިސްތާނަށް]] ވަޑައިގަތެވެ. ޕާކިސްތާނަށް ވަޑައިގެންނެވުމަށް ފަހު ލިބިވަޑައިގެންނެވި ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލް އިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިންނެވެ. އެގޮތުން 2009ވަނަ އަހަރު އެ ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑީގްރީ ޙާޞިލުކުރެއްވިއެވެ. އެއަށްފަހު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ޙާޞިލުކުރެއްވިއެވެ. [[ޢަރަބި|ޢަރަބިބަހާއި]]، [[އުރުދޫ|އުރުދޫބަހާއި]]، [[އިނގިރޭސި|އިނގިރޭސިބަހާއި]]، [[ހިންދީ|ހިންދީބަސް]] ދެނެވަޑައިގަންނަވައެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ސިޔާސީ މަސައްކަތް ފެއްޓެވީ 2009ވަނަ އަހަރު [[ޢަދާލަތު ޕާޓީ]]ގައެވެ. އެ ޕާޓީގެ ކައުންސިލްގައި މަސައްކަތްކުރެއްވިއެވެ. 2010ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މަސައްކަތްކުރައްވައިފައިވެއެވެ. އަދި ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އަހަރެއްހައި ދުވަހު މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން 2018 ނޮވެންބަރު 17ވަނަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 16ވަނަ ދުވަހާ ހަމައަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]ގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
3bfwyqaxvp7cs164yty35d6s3ds1ubk
137945
137944
2026-08-30T09:43:08Z
Memberuser
25611
137945
wikitext
text/x-wiki
{{Infobox officeholder
| name = ޢަލީ ޒާހިރު
| image = Ibrahim Mohamed Solih meets Dr Mohamed Muizzu (11).jpg
| caption = ޢަލީ ޒާހިރު (ވާތުގައި)
| order =
| office = ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް
| term_start = 17 ނޮވެންބަރު 2018
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| term_end1 =
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
| predecessor = އަޙްމަދު މުޞްޠަފާ މުޙައްމަދު
| term_end = 16 ނޮވެންބަރު 2023
| successor = ޢަބްދުﷲ ފަޔާޟު
| education = [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]<br/>އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| birth_place = [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލައް]]
| party = [[ޢަދާލަތު ޕާޓީ]]
}}
އަލްއުސްތާޛު ޢަލީ ޒާހިރަކީ [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކަށް]] ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ފަށާ ތަޢުލީމު ޙާޞިލުކުރެއްވީ ފުވައްމުލަކު ދޫޑިގަން އަވަށު މަކްތަބުންނެވެ. ޕްރައިމަރީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޏ.އަތޮޅު ތަޢުލީމީ މަރުކަޒު|ޏ. އަތޮޅު ތަޢުލީމީ މަރުކަޒު]]ންނެވެ. މެދުމަދަރުސީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]] އިންނެވެ. އެއަށްފަހު ޘާނަވީ ތަޢުލީމާއި ދީނީ ޢިލްމު އުނގެނިވަޑައިގަތުމަށް 1999ވަނަ އަހަރު [[ޕާކިސްތާން|ޕާކިސްތާނަށް]] ވަޑައިގަތެވެ. ޕާކިސްތާނަށް ވަޑައިގެންނެވުމަށް ފަހު ލިބިވަޑައިގެންނެވި ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލް މުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިންނެވެ. އެގޮތުން 2009ވަނަ އަހަރު އެ ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑީގްރީ ޙާޞިލުކުރެއްވިއެވެ. އެއަށްފަހު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ޙާޞިލުކުރެއްވިއެވެ. [[ޢަރަބި|ޢަރަބިބަހާއި]]، [[އުރުދޫ|އުރުދޫބަހާއި]]، [[އިނގިރޭސި|އިނގިރޭސިބަހާއި]]، [[ހިންދީ|ހިންދީބަސް]] ދެނެވަޑައިގަންނަވައެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ސިޔާސީ މަސައްކަތް ފެއްޓެވީ 2009ވަނަ އަހަރު [[ޢަދާލަތު ޕާޓީ]]ގައެވެ. އެ ޕާޓީގެ ކައުންސިލްގައި މަސައްކަތްކުރެއްވިއެވެ. 2010ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މަސައްކަތްކުރައްވައިފައިވެއެވެ. އަދި ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އަހަރެއްހައި ދުވަހު މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން 2018 ނޮވެންބަރު 17ވަނަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 16ވަނަ ދުވަހާ ހަމައަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]ގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
at8pgczta2hv7smxicogy17vu5aezcv
137946
137945
2026-08-30T09:47:00Z
Memberuser
25611
137946
wikitext
text/x-wiki
{{Infobox officeholder
| name = ޢަލީ ޒާހިރު
| image = Ibrahim Mohamed Solih meets Dr Mohamed Muizzu (11).jpg
| caption = ޢަލީ ޒާހިރު (ވާތުގައި)
| order =
| office = ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް
| term_start = 17 ނޮވެންބަރު 2018
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| term_end1 =
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]
| predecessor = އަޙްމަދު މުޞްޠަފާ މުޙައްމަދު
| term_end = 16 ނޮވެންބަރު 2023
| successor = ޢަބްދުﷲ ފަޔާޟު
| education = [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]<br/>އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| birth_place = [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލައް]]
| party = [[ޢަދާލަތު ޕާޓީ]]
}}
އަލްއުސްތާޛު ޢަލީ ޒާހިރަކީ [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކަށް]] ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ފަށާ ތަޢުލީމު ޙާޞިލުކުރެއްވީ ފުވައްމުލަކު ދޫޑިގަން އަވަށު މަކްތަބުންނެވެ. ޕްރައިމަރީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޏ.އަތޮޅު ތަޢުލީމީ މަރުކަޒު|ޏ. އަތޮޅު ތަޢުލީމީ މަރުކަޒު]]ންނެވެ. މެދުމަދަރުސީ ތަޢުލީމު ޙާޞިލުކުރެއްވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]] އިންނެވެ. އެއަށްފަހު ޘާނަވީ ތަޢުލީމާއި ދީނީ ޢިލްމު އުނގެނިވަޑައިގަތުމަށް 1999ވަނަ އަހަރު [[ޕާކިސްތާން|ޕާކިސްތާނަށް]] ވަޑައިގަތެވެ. ޕާކިސްތާނަށް ވަޑައިގެންނެވުމަށް ފަހު ލިބިވަޑައިގެންނެވި ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިންނެވެ. އެގޮތުން 2009ވަނަ އަހަރު އެ ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑީގްރީ ޙާޞިލުކުރެއްވިއެވެ. އެއަށްފަހު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ޙާޞިލުކުރެއްވިއެވެ. [[ޢަރަބި|ޢަރަބިބަހާއި]]، [[އުރުދޫ|އުރުދޫބަހާއި]]، [[އިނގިރޭސި|އިނގިރޭސިބަހާއި]]، [[ހިންދީ|ހިންދީބަސް]] ދެނެވަޑައިގަންނަވައެވެ.
އަލްއުސްތާޛު ޢަލީ ޒާހިރު ސިޔާސީ މަސައްކަތް ފެއްޓެވީ 2009ވަނަ އަހަރު [[ޢަދާލަތު ޕާޓީ]]ގައެވެ. އެ ޕާޓީގެ ކައުންސިލްގައި މަސައްކަތްކުރެއްވިއެވެ. 2010ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މަސައްކަތްކުރައްވައިފައިވެއެވެ. އަދި ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި ޕާޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އަހަރެއްހައި ދުވަހު މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން 2018 ނޮވެންބަރު 17ވަނަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 16ވަނަ ދުވަހާ ހަމައަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]ގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
lwwh7y05em382l1ucpehyycalp9lj51
އިމްތިޠާއު ޢައްބާސް
0
16411
137948
2026-08-30T10:16:36Z
Memberuser
25611
Created page with "އައްޝައިޚު އިމްތިޠާއު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]] މޭނާ ސްކޫލުންނާއި [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. [[މާލެ|މާލޭ]] [[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސުކ]]"
137948
wikitext
text/x-wiki
އައްޝައިޚު އިމްތިޠާއު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]] މޭނާ ސްކޫލުންނާއި [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. [[މާލެ|މާލޭ]] [[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސުކ]]
47hb2yzvwxwzak6duqi488abnbqr5lf
137949
137948
2026-08-30T10:23:08Z
Memberuser
25611
137949
wikitext
text/x-wiki
އައްޝައިޚު އިމްތިޠާއު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]] މޭނާ ސްކޫލުންނާއި [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. [[މާލެ|މާލޭ]] [[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސްކޫލުން]] ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު މަތީ ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ [[ސީއެޗްއެސްއީ|ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)]] އިންނެވެ. އެއަށްފަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ އިސްލާމިކް ޖުޑީޝަލް ސައެންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިންނެވެ.
އައްޝައިޚު އިމްތިޠާއު ޢައްބާސް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުގެ މަޤާމާއި، އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމާއި ހެޑް އޮފް އިންޓަރނޭޝަނަލް އެފެއާޒްގެ މަޤާމާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމު ހިމެނެއެވެ.
2026 ޖަނަވަރީ 20ވަނަ ދުވަހުން ފެށިގެން އައްޝައިޚު އިމްތިޠާއު ޢައްބާސް ހުންނެވީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
871ke1k4qt6jjxulgo69wuf2n8az2mi
137950
137949
2026-08-30T10:51:11Z
Memberuser
25611
137950
wikitext
text/x-wiki
{{Infobox officeholder
| name = އައްޝައިޚު އިމްތިޠާޢު ޢައްބާސް
| image = Inauguration of Maldives Zakat House (36).jpg
| caption = އިމްތިޠާޢު ޢައްބާސް (ވާތުގައި)
| order =
| office = މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް
| term_start = 20 ޖަނަވަރީ 2026
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| term_end1 =
| president = [[މުޙައްމަދު މުޢިއްޒު|ޑރ. މުޙައްމަދު މުޢިއްޒު]]
| predecessor = [[ޢިއްޒައްދީން ޢަދުނާން|ފަޟީލަތުއްޝައިޚު ޢިއްޒައްދީން ޢަދްނާން]]
| term_end =
| successor =
| education = މޭނާ ސްކޫލް، [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]]<br/>[[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]،[[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]<br/>[[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސްކޫލް]]، [[މާލެ]]<br/><nowiki>[[ސީއެޗްއެސްއީ|ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)، </nowiki>[[މާލެ]]
| alma_mater = އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]<br/>[[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]
| birth_place = [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]
}}
އައްޝައިޚު އިމްތިޠާއު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]] މޭނާ ސްކޫލުންނާއި [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. [[މާލެ|މާލޭ]] [[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސްކޫލުން]] ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު މަތީ ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ [[ސީއެޗްއެސްއީ|ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)]] އިންނެވެ. އެއަށްފަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ އިސްލާމިކް ޖުޑީޝަލް ސައެންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިންނެވެ.
އައްޝައިޚު އިމްތިޠާއު ޢައްބާސް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުގެ މަޤާމާއި، އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމާއި ހެޑް އޮފް އިންޓަރނޭޝަނަލް އެފެއާޒްގެ މަޤާމާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމު ހިމެނެއެވެ.
2026 ޖަނަވަރީ 20ވަނަ ދުވަހުން ފެށިގެން އައްޝައިޚު އިމްތިޠާއު ޢައްބާސް ހުންނެވީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
1w3wko3hnlcvajxu84npwnhhb6yna64
137951
137950
2026-08-30T10:52:58Z
Memberuser
25611
137951
wikitext
text/x-wiki
{{Infobox officeholder
| name = އައްޝައިޚު އިމްތިޠާޢު ޢައްބާސް
| image = Inauguration of Maldives Zakat House (36).jpg
| caption = އިމްތިޠާޢު ޢައްބާސް (ވާތުގައި)
| order =
| office = މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް
| term_start = 20 ޖަނަވަރީ 2026
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| term_end1 =
| president = [[މުޙައްމަދު މުޢިއްޒު|ޑރ. މުޙައްމަދު މުޢިއްޒު]]
| predecessor = [[ޢިއްޒައްދީން ޢަދުނާން|ފަޟީލަތުއްޝައިޚު ޢިއްޒައްދީން ޢަދްނާން]]
| term_end =
| successor =
| education = މޭނާ ސްކޫލް، [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]]<br/>[[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]،[[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]]<br/>[[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސްކޫލް]]، [[މާލެ]]<br/>[[ސީއެޗްއެސްއީ|ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)]]، [[މާލެ]]

c8tipz1oqnqksv7qkjtzk5qndc254co
137952
137951
2026-08-30T10:53:28Z

އައްޝައިޚު އިމްތިޠާއު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]] މޭނާ ސްކޫލުންނާއި [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. [[މާލެ|މާލޭ]] [[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސްކޫލުން]] ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު މަތީ ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ [[ސީއެޗްއެސްއީ|ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)]] އިންނެވެ. އެއަށްފަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ އިސްލާމިކް ޖުޑީޝަލް ސައެންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގައެވެ.
އައްޝައިޚު އިމްތިޠާއު ޢައްބާސް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުގެ މަޤާމާއި، އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމާއި ހެޑް އޮފް އިންޓަރނޭޝަނަލް އެފެއާޒްގެ މަޤާމާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމު ހިމެނެއެވެ.
2026 ޖަނަވަރީ 20ވަނަ ދުވަހުން ފެށިގެން އައްޝައިޚު އިމްތިޠާއު ޢައްބާސް ހުންނެވީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
db27dm185eat4998oewyjnrybm5ich8
137953
137952
2026-08-30T10:55:31Z

gw8r1qwzvugvcjkd4bfw8cj96bnrtu1
137954
137953
2026-08-30T10:56:03Z

އައްޝައިޚު އިމްތިޠާއު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ [[ހޮޅުދޫ (ނ. އަތޮޅު)|ނ. ހޮޅުދޫ]] މޭނާ ސްކޫލުންނާއި [[ނައިފަރު (ޅ. އަތޮޅު)|ޅ. ނައިފަރު]] [[މަދަރުސަތުލް އިފްތިތާޙް|މަދްރަސަތުލްއިފްތިތާޙު]]ންނެވެ. [[މާލެ|މާލޭ]] [[ދަރުމަވަންތަ ސުކޫލް|ދަރުމަވަންތަ ސްކޫލުން]] ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު މަތީ ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ [[ސީއެޗްއެސްއީ|ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)]] އިންނެވެ. އެއަށްފަހު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން [[އިސްލާމް ދީން|އިސްލާމް ދީނާއި]] [[ޙަދީޘް]] ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ އިސްލާމިކް ޖުޑީޝަލް ސައެންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގައެވެ.
އައްޝައިޚު އިމްތިޠާއު ޢައްބާސް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުގެ މަޤާމާއި، އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމާއި ހެޑް އޮފް އިންޓަރނޭޝަނަލް އެފެއާޒްގެ މަޤާމާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމު ހިމެނެއެވެ.
2026 ޖަނަވަރީ 20ވަނަ ދުވަހުން ފެށިގެން އައްޝައިޚު އިމްތިޠާއު ޢައްބާސް ހުންނެވީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
rpvo3q3z3755h8rld971kp6qv44gs7j