ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.18
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ދިވެހިންނާއި ޕީއެޗްޑީ
0
6028
138000
137448
2026-09-02T12:10:58Z
Memberuser
25611
138000
wikitext
text/x-wiki
މިޞަފްޙާގައި ބަޔާންކޮށްފައި މިވަނީ ދިވެހިރާއްޖެއިން މިހާތަނަށް ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވި ކަމަށް މިހާތަނަށް އަޅުގަނޑަށް އެނގިފައިވާ ފަރާތްތަކެވެ.
== ގާނޫނީ ދާއިރާ ==
==== ޑރ މުޙައްމަދު މުނައްވަރު ====
{{Main|މުޙައްމަދު މުނައްވަރު}}
ޑރ މުޙައްމަދު މުނައްވަރު އުފަންވެ ވަޑައިގަތީ 1961 ވަނަ އަހަރު ސ.މީދޫގައެވެ. ޑރ މުޙައްމަދު މުނައްވަރު ވަނީ 1993 އިން 2003 އަށް ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްކަން ކުރައްވާފައެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއެއް ކަމަށްވާ އެމް.ޑީ.ޕީ ގެ ރައީސްކަމުގެ މަޤާމުގައެވެ.
====ޑރ ޙަސަން ސަޢީދު====
{{Main|ޙަސަން ސަޢީދު}}
ޑރ. ހަސަން ސަޢީދު ޤާނޫނީ ދާއިރާއިން "ބެޗެލަރ އޮފް ލޯސް" ޙާޞިލް ކުރެއްވީ 1995 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އެއަށްފަހު ހަމަ އެޔުނިވަރސިޓީއިން 1997 ވަނަ އަހަރު ކޮމްޕެރެޓިވް ލޯސްއިން މާސްޓަރސް ނެންގެވިއެވެ. ޕީ.އެޗް.ޑީ ޙާޞިލްކުރެއްވީ 2003 ވަނައަހަރު، ފްރީޑަމް އޮފް ސްޕީޗްގެ މައްޗަށް އޮސްޓރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލެންޑްއިންނެވެ.
====ޑރ ޢަބުދުﷲ ޝިހާމް====
{{Main|ޢަބުދުﷲ ޝިހާމް}}
ޑރ. ޢަބުދުﷲ ޝިހާމް އަކީ ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ދިރިއުޅުއްވަނީ މެލޭޝިޔާ ގައެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރަރ އެއްގެ މަގާމް މިހާރު ދަނީ ފުރުއްވަމުންނެވެ. ޑރ ޢަބުދުﷲ ޝިހާމް ފާހަގަ ވެގެންދިޔައީ 2007 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޢަދާލަތު ޕާޓީ އިން ބޭއްވި ޖަލްސާއެއްގައި ''އިސްލާމީ ބޭންކާއި އޭގެ ފައިދާ'' މިމައުޟޫ އަށް ދެއްވި ތަގްރީރެއްގެ ސަބަބުންނެވެ.
====ޑރ އަޒްމިރަލްޑާ ޒާހިރު====
{{Main|އަޒްމިރަލްޑާ ޒާހިރު}}
ޑރ އަޒްމިރާލްދާ ޒާހިރު އަކީ ގާނޫނީ ދާއިރާ އިން އިގިރޭސި ވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހި ރާއްޖޭގެ ލޯ ރިފޯމް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ގައެވެ. މީގެ އިތުރުން އަޒްމިރާލްދާ ޒާހިރު އަކީ ޕްރައިވެޓް ބްރޯޑް ކާސްޓް ކުރައްވާ ފަރާތްތައް މޮނީޓަރ ކުރައްވާ ކޮންޓެންޓް ކޮމިޓީގެ މެންބަރެއް ވެސް މެއެވެ.
====ޑރ މުޙައްމަދު ޖަމީލް އަޙުމަދު ====
{{Main|މުޙައްމަދު ޖަމީލް އަޙުމަދު}}
ޑރ މުޙައްމަދު ޖަމީލް އަޙްމަދަކީ ގާނޫނީ ދާއިރާއިން އިގިރޭސި ވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހި ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑރ ޖަމީލް އަކީ މިހާރު ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ.
====ޑރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ====
{{Main|މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް}}
ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް ޕީއެޗްޑީ ހާސިލުކުރެއްވީ ޤާނޫނީ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. ޕީއެޗްޑީ ހެއްދެވިއިރު ޚާއްޞަވެވަޑައިގެންފައިވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށެވެ. ޑރ. މުޙައްމަދު ޝުޖާޢު މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.
====ޑރ މުޙައްމަދު އިބްރާހީމް ====
{{Main|ޑރ. މުޙައްމަދު އިބްރާހީމް}}
ޑރ. މުޙައްމަދު އިބްރާހީމް ޕީއެޗްޑީ ހާސިލުކުރެއްވީ 2017 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (އިސްލާމިކް ކޮމާޝަލް ލޯ) ގެ ދާއިރާއިންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައެވެ.
== ތަޢުލީމީ ދާއިރާ ==
====ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު====
{{Main|މުޙައްމަދު ވަޙީދު ޙަސަން މަނިކު}}
ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވި ފަރާތެވެ. ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޕީއެޗްޑީ ޙާޞިލްކުރެއްވީ އެމެރިކާގެ ސްޓެންފޯރޑް ޔުނިވަސިޓީގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެޑިޔުކޭޝަން ގެ ދާއިރާއިން 1987 ވަނަ އަހަރު އެވެ.
====ޑރ މުޙައްމަދު ލަތީފް====
{{Main|މުޙައްމަދު ލަތީފް}}
ޑރ މުޙައްމަދު ލަތީފް އަކީ އދ. އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އެވެ. ޑރ މުޙައްމަދު ލަތީފް ގެ ސަފީރު ކަމުގެ ފަތްކޮޅު އދ. ގެ ސެކެޓްރީ އަށް ޖެނެރަލް އަށް އަރުވާފައިވަނީ 11 ނޮވެމްބަރު 2002 ގައެވެ. އދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބަކަށް އިސްކުރެއްވުމުގެ ކުރިން ޑރ މުޙައްމަދު ލަތީފް ހުންނެވީ ދިވެހިރާއްޖެ އިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ ގޮތުގައެވެ.
====ޑރ ޢަބުދުލް މުޙުސިން މުޙައްމަދު====
{{Main|ޢަބުދުލް މުޙުސިން މުޙައްމަދު}}
ޑރ ޢަބުދުލް މުޙުސިން މުޙައްމަދަކީ ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ޕީއެޗްޑީ ހެއްދެވި އިރު ޚާއްޞަވެ ލެއްވީ ފިޒިކްސްގެ ދާއިރާ އިންނެވެ. ޑރ ޢަބުދުލް މުޙުސިން މުޙައްމަދު ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވީ ސަޢޫދީ އަރަބިއްޔާ އިންނެވެ. މާސްޓާރސް އަދި ޕީއެޗްޑީ ޙާޞިލް ކުރެއްވީ އޮސްޓްރޭލިޔާ އިންނެވެ.
====ޑރ ޙަސަން ޙަމީދު ====
{{Main|ޙަސަން ޙަމީދު}}
ޑރ ޙަސަން ޙަމީދަކީ ނިއުޒީލެންޑުގެ ޔުނިވަރސިޓީ އޮފް ވައިކަޓޯގައި، ކްރިޓިކަލް ތިންކިންގގެ ރޮނގުން، އްދަވާފައިވާތީ.ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޙަސަން ޙަމީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ.
====ޑރ ޙަސަން ޢުގައިލް====
{{Main|ޙަސަން ޢުގައިލް}}
ޑރ ޙަސަން ޢުގައިލް އަކީ ހިސާބު ޢިލްމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންފޯމެޓިކްސް ގައި މަސައްކަތްކުރައްވާ ހިސާބު ޢިލްމު ވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ.
====ޑރ އާމާލް ޢަލީ====
{{Main|އާމާލް ޢަލީ}}
ޑރ އާމާލް ޢަލީ އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ތައުލީމީ ދާއިރާއިން ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ އާމާލް ޢަލީ ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކްޒެކްޓިވް ޑިރެކްޓަރ ކަމުގެ މަގާމްގައެވެ. 2007 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މަޖީދިއްޔާ ސުކޫލްގެ މެނޭޖްމަންޓް ކަމުނުގޮސްގެން ބެލެނެވެރިން ޝަކުވާކުރުމުން މަޖީދިއްޔާ ސުކޫލް ހިންގުން ވަގުތީ ގޮތުން ޑރ އާމާލް ޢަލީ އާ ޙަވާލު ކުރައްވާފައި ވެއެވެ.
====ޑރ ޝީމާ ސަޢީދު====
{{Main|ޝީމާ ސަޢީދު}}
ޑރ ޝީމާ ސަޢީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ތަޢުލީމީ ދާއިރާއިން ހައްދަވާފައިވާ ބޭކަނބަލެކެވެ. ޑރ ޝީމާ ސަޢީދު ފުރަތަމަ ޑިގްރީ ހެއްދެވީ އިގިރޭސި ވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވަސިޓީގައެވެ. މާސްޓާރސް ޑިގްރީ ހެއްދެވީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަސިޓީގައެވެ. ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީގައެވެ.
====ޑރ ޢާއިޝަތު ޝެހެނާޒް އާދަމް====
{{Main|ޢާއިޝަތު ޝެހެނާޒް އާދަމް}}
ޑރ ޢާއިޝަތު ޝެހެނާޒް އާދަމް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. ޑރ ޢާއިޝަތު ޝެހެނާޒް އާދަމް އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައި ހުންނެވި ބޭކަނބަލެކެވެ. ޑރ ޢާއިޝަތު ޝެހެނާޒް އާދަމް ޑޮކްޓަރ އޮފް ފިލޯސަފީ ހެއްދެވީ 2004 ވަނަ އަހަރު އޫކްލޭންޑް ޔުނިވަސިޓީގައި ހިސާބުގެ ދާއިރާ އިންނެވެ.
====ޑރ ނާޝިއާ މުޙައްމަދު ====
{{Main|ނާޝިއާ މުޙައްމަދު}}
ޑރ ނާޝިއާ މުޙައްމަދު އަކީ ނިއުޒިލޭންޑްގެ އޫކްލޭންޑް ޔުނިވަސިޓީގައި ލޭންގް ޓީޗިންގް އެންޑް ލާނިންގ ގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ ނާޝިއާ މުޙައްމަދު ހުންނެވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. ޑރ ނާޝިއާ މުޙައްމަދު އަކީ މަޝްހޫރު މެޑިކަލް ޑޮކްޓަރ މުޙައްމަދު އަޙުމަދުގެ ދަރިކަނބަލެކެވެ.
==== ޑރ އަހުމަދު ރިޒާ ====
{{Main|އަޙުމަދު ރިޒާ}}
==== ޑރ ޢަލީ ފަވާޒް ޝަރީފް ====
{{Main|ޢަލީ ފަވާޒް ޝަރީފް}}
ޑރ އަލީ ފަވާޒް ޝަރީފް އަކީ ނިއުޒިލޭންޑްގެ މާސޭ ޔުނިވަސިޓީގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. މިހާރު މަސައްކަތް ކުރައްވަނީ މޯލްޑީވްސް ކޮލެޖް ފޯރ ހަޔަރ އެޑިޔުކޭޝަން ގައެވެ.
==== ޑރ ޚަދީޖާ އިބްރާހީމް ދީދީ ====
{{Main|ޚަދީޖާ އިބްރާހީމް ދީދީ}}
ޑރޚަދީޖާ އިބްރާހީމް ދީދީ އަކީ ކެނެޑާގެ އަލްބާޓާ ޔުނިވަސިޓީގައި ސާނަވީ ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ލެކްޗަރަރ ގެ މަގާމް ގައެވެ.
==== ޑރ އަހުމަދު ޢަލީ ދީދީ ====
{{Main|އަޙުމަދު ޢަލީ ދީދީ }}
ޑރ އަހުމަދު ޢަލީ ދީދީ އަކީ ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑި ޙާޞިލްކުރެއްވީ ނިއުޒިލޭންޑް ގެ މާސޭ ޔުނިވަސިޓީގައި 2008 ވަނަ އަހަރު އެވެ. އަހުމަދު ޢަލީ ދީދީ އަކީ ތައުލީމީ ދާއިރާގެ ތަފާތު މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
==== ޑރ އަޙުމަދު ޢަލީ މަނިކު ====
{{Main|އަޙުމަދު ޢަލީ މަނިކު}}
ޑރ އަހުމަދު ޢަލީ މަނިކު އަކީ ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑި ޙާޞިލްކުރެއްވީ ނިއުޒިލޭންޑް ގެ މާސޭ ޔުނިވަސިޓީގައި 2008 ވަނަ އަހަރު އެވެ. އަހުމަދު ޢަލީ މަނިކު އަކީ ތައުލީމީ ދާއިރާގެ ތަފާތު މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
==== ޑރ އިބްރާހީމް ޙަސަން ====
{{Main|އިބްރާހީމް ޙަސަން }}
ޑރ އިބްރާހީމް ޙަސަން އަކީ އިގިރޭސި ވިލާތުގެ ލެއިސެސްޓަރ ޔުނިވަސިޓީގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވާފައި ވެއެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޮއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމަށް ޑރ އިބްރާހީމް ޙަސަން ރައީސުލް ޖުމުހޫރިއްޔާ އިސްކުރެއްވީ 14 އޮގަސްޓް 2008 ގައެވެ.
==== ޑރ އަޙުމަދު އަންވަރު====
{{Main|އަޙުމަދު އަންވަރު}}
ޑރ އަޙުމަދު އަންވަރު (މ.ބްލޫސްޓޯން ) އަކީ އިގިރޭސި ވިލާތުގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ތަފާތު މަގާމްތައް ފުރުއްވާފައި ވެއެވެ.
==== ޑރ އިސްމާޢީލް ޝަފީޢު====
{{Main|އިސްމާޢީލް ޝަފީޢު}}
ޑރ. އިސްމާޢީލް ޝަފީޢު ވަނީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންއިން 2019 ވަނައަހަރު ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައެވެ.
==== ޑރ ސަޢުދުﷲ ޢަލީ====
{{Main|ސައުދުﷲ ޢަލީ (ޕީއެޗްޑީ)}}
ޑރ. ސަޢުދުﷲ ޢަލީ ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި، ތަޢުލީމީ ދާއިރާއިންނެވެ. ޕީއެޗްޑީ ދިރާސާ ޚާއްޞަ ކުރެއްވީ އިސްލާމީ ޘަޤާފާގެ މައްޗަށެވެ.
==== ޑރ ވިސާލު މޫސާ ====
{{Main|ވިސާލު މޫސާ}}
ޑރ. ވިސާލު މޫސާ ޕީއެޗްޑީ ހާސިލުކުރެއްވީ 2020 ވަނަ އަހަރު ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން ތަޢުލީމީ ދާއިރާއިންނެވެ. ޑރ. ވިސާލު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ގެ މަޤާމުގައެވެ.
==== ޑރ މަރްޔަމް ޝަހްނީޒާ ނަޞީރު ====
{{Main|މަރްޔަމް ޝަހްނީޒާ ނަޞީރު}}
ޑރ. މަރްޔަމް ޝަހްނީޒާ ނަޞީރު ޕީއެޗްޑީ ހާސިލުކުރެއްވީ އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ކަރިކިއުލަމް، އިންސްޓްރަކްޝަން، އެންޑް އެސެސްމަންޓް (އަލްޖިބްރާ) ގެ ދާއިރާއިންނެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗްގެ މަޤާމުގައެވެ.
==== ޑރ އަޙްމަދު މުޙައްމަދު ====
{{Main|އަޙްމަދު މުޙައްމަދު}}
ޑރ. އަޙްމަދު މުޙައްމަދު ވަނީ މެލޭޝިޔާގެ ޔުނިވަރސިޓީ މަލާޔާއިން 2021 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަޤާމުގައެވެ.
==== ޑރ ޢަބްދުއްރަޙީމް ޙަސަން ====
{{Main|ޢަބްދުއްރަޙީމް ޙަސަން}}
ޑރ. ޢަބްދުއްރަޙީމް ޙަސަން ވަނީ ނިއުޒީލެންޑުގެ ވެލިންގޓަންގައި ހުންނަ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަން އިން 2016 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވައިފައެވެ. ޑރ. ޢަބްދުއްރަޙީމް ޙަސަން މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.
== ދިވެހިބަހުގެ ދާއިރާ ==
====ޑރ އާމިނަތު ޒާހިރު ====
{{Main|އާމިނަތު ޒާހިރު
}}
ޑރ. އާމިނަތު ޒާހިރު ޕީއެޗްޑީ ޙާޞިލުކުރެއްވީ އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހި ލެންގުއޭޖް) ގެ ދާއިރާއިން [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގައެވެ. ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވި ފުރަތަމަ ބޭފުޅަކީ ޑރ. އާމިނަތު ޒާހިރެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑިޕާޓްމަންޓް އޮފް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗަރގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ.
== ސިޔާސީ ދާއިރާ ==
====ޑރ އަޙުމަދު ޝަހީދު ====
{{Main|އަޙުމަދު ޝަހީދު}}
ޑރ. އަހްމަދު ޝަހީދު ސްޓްރެޓެޖިކް ސްޓަޑީޒްއިން ޑިގްރީ (ބީ.އެސް.ސީ.އިކޯން) ޙާޞިލް ކުރެއްވީ 1989 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެބްރިސްޓްވިދް އިންނެވެ. އެއަށްފަހު 1995 ވަނަ އަހަރު އޮސްޓްރޭލިއާގެ ބްރިސްބަންގެ ޔުނިވަރސިޓީ އޮފް ކުއިންސްލޭންޑުން ޕީ.އެޗް.ޑީ ޙާޞިލްކުރެއްވިއެވެ.
====ޑރ ޢަލީ ޝަމީމް====
{{Main|ޢަލީ ޝަމީމް}}
ޑރ ޢަލީ ޝަމީމް އަކީ ނިއުޒިލޭންޑްގެ އިންޓަނޭޝަނަލް ގްލޯބަލް ޗޭންޖް އިންސްޓިޓިއުޓް ގައި އިންޓަނޭޝަނަލް އެންވައިރޮމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ ޢަލީ ޝަމީމް މަސައްކަތް ކުރައްވަނީ ރައްޔިތުން މަޖްލީހުގެ އިދާރާގައެވެ. އޭނާގެ ވަޒީފާ އަކީ ރައްޔިތުން މަޖްލީހުގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ކަމެވެ.
====ޑރ މުޙައްމަދު އާސިމް====
{{Main|މުޙައްމަދު އާސިމް}}
ޑރ މުޙައްމަދު އާސިމް އަކީ ޕޮލިޓިކަލް ސައިންސް ގެ ރޮގުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު އާސިމް ކުރިން ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޕަބްލިކް ސާރވިސް ޑިވިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައެވެ. މިހާރު ޑރ މުޙައްމަދު އާސިމް ދިވެހިރާއްޖެއިން ސްރީލަންކާ އަދި ބަގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަ ދިވެހި ދައުލަތުގެ ސަފީރެވެ. ސަފީރުކަމުގެ މަގާމް ޑރ މުޙައްމަދު އާސިމް އަށް ދެއްވީ 2 ނޮވެމްބަރު 2004 ގައެވެ.
====ޑރ ފަރަޙަ ނާޒް ފައިޞަލް====
{{Main|ފަރަޙަ ނާޒް ފައިޞަލް}}
ޑރ ފަރަހަނާޒް ފައިޞަލް އަކީ އިންޓަރނޭޝަނަލް ޕޮލިޓިކްސް އިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. ޑރ ފަރަހަނާޒް ފައިޞަލް އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ކާފަ ދަރި ކަނބަލެކެވެ. މަންމައަކީ އަމީނާ މުޙައްމަދު އަމީނެވެ.
====ޑރ ޢިޞާމް މުޙައްމަދު ====
{{Main|ޢިޞާމް މުޙައްމަދު}}
ޑރ ޢިޞާމް މުޙައްމަދު އަކީ ކެނެޑާގެ ޑެލްހުސީ ޔުނިވަސިޓީގެ ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުގެ ނާއިބުގެ މަގާމްގައެވެ.
====ޑރ ހައުލަތު މުޙައްމަދުދީދީ ====
{{Main|ހައުލަތު މުޙައްމަދުދީދީ}}
ޑރ ހައުލަތު މުޙައްމަދުދީދީ (ޏ.ފުވައްމުލައް )އަކީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަސިޓީގައި ފޮލިޓިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. މިހާރު ވެސް ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީގައެވެ. ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ 2003 ން 2007 އަށެވެ.
====ޑރ އަޙްމަދު ޒާހިރު ޢަލީ ====
{{Main|އަޙްމަދު ޒާހިރު ޢަލީ}}
ޑރ. އަޙްމަދު ޒާހިރު ޢަލީ ޕީއެޗްޑީ ހާސިލުކުރެއްވީ 2016 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސުންނެވެ. އެ މަނިކުފާނު ވަނީ މީގެކުރިން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ.
== ފަތުރުވެރިކަމުގެ ދާއިރާ ==
====ޑރ ޢަބުދުﷲ މަޢުޞޫމް====
{{Main|ޢަބުދުﷲ މަޢުޞޫމް}}
ޑރ ޢަބުދުﷲ މަޢުސޫމް އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ޕީއެޗްޑީ ހައްދަވާފައިވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިގިރޭސި ވިލާތުގެ ބާރމިންގހާރމް ޔުނިވަސިޓީގައެވެ.
====ޑރ މުޙައްމަދު ޢަލީ (ކޮލި)====
{{Main|މުޙައްމަދު ޢަލީ (ކޮލި)}}
ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލްކުރެއްވީ އިގިރޭސި ވިލާތުންނެވެ. އޭނާ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ ޓޫރިޒަމްގެ ދާއިރާއިންނެވެ.
== މަސްވެރިކަމުގެ ދާއިރާ ==
====ޑރ ފާތިން ޙަމީދު====
{{Main|ފާތިން ޙަމީދު}}
ޑރ ފާތިން ޙަމީދު އަކީ މަސްވެރިކަމުގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭކަނބަލެކެވެ. މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބުގެ މަގާމް ގައެވެ. މީގެ އިތުރުން ޑރ ފާތިން ޙަމީދު އަކީ ރައްޔިތުންގެ ޚާއްޞަ މަޖްލީހުގެ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރެއް ވެސް މެއެވެ.
====ޑރ ޢަބުދުﷲ ނަޞީރު====
{{Main|ޢަބުދުﷲ ނަޞީރު}}
ޑރ ޢަބުދުﷲ ނަޞީރު އަކީ މަސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުﷲ ނަޞީރު މިހާރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައެވެ.
====ޑރ ޙުސައިން ރަޝީދު ޙަސަން ====
{{Main|ޙުސައިން ރަޝީދު ޙަސަން}}
ޑރ ޙުސައިން ރަޝީދު ޙަސަން އަކީ ޑޮކްޓަރ އޮފް ފިލޯސަފީ މަސްވެރިކަމުގެ ދާއިރާ އިން ހައްދަވާފައިވާ ބޭފުޅެކެވެ. އިގިރޭސި ވިލާތުގައި ޕީއެޗްޑީ ހެއްދެވި ޑރ ޙުސައިން ރަޝީދު ޙަސަން ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގައި ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވާފައިވެއެވެ. ޑރ ޙުސައިން ރަޝީދު ޙަސަން މިހާރު ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައެވެ.
====ޑރ މުޙައްމަދު ޝިހާމް އާދަމް====
{{Main|މުޙައްމަދު ޝިހާމް އާދަމް}}
ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ހައްދެވިއިރު ތީސެސިސް ލިޔުއްވި މައުޟޫއަކީ ''ޕޮޕިއުލޭޝަން ޑައިނަމިކްސް އެންޑް އެސެސްމަންޓް އޮފް ސްކިޕްޖެކް ޓޫނާ އިން ދަ މޯލްޑިވްސް'' މިއެވެ. ޑރ މުޙައްމަދު ޝިހާމް އާދަމް ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވަނީ ސެޕްޓެމްބަރު 1996ން ޑިސެމްބަރު 1999 އަށް އިގިރޭސި ވިލާތުގެ އިމްޕީރަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން ގައެވެ. އެއްކޮށް ފޮތް ލިޔުއްވައި ނިމި ޕީއެޗްޑީ ޙާޞިލްކުރެއްވީ ސެޕްޓެމްބަރު 2003 ގައެވެ.
== އިސްލާމް ދީނާ ޢަރަބި ބަސް ==
==== ޑރ މުޙައްމަދު ރަޝީދު އިބްރާހީމް ====
{{Main|މުޙައްމަދު ރަޝީދު އިބްރާހީމް}}
ޑރ މުޙައްމަދު ރަޝީދު އިބްރާހީމަކީ ފިޤްހާއި އުޞޫލުލްފިޤްހުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ރަޝީދު އިބްރާހީމް ޕީއެޗްޑީ ޙާޞިލުކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2021ވަނަ އަހަރުއެވެ.
====ޑރ ޢަބުދުﷲ ސަޢީދު ====
{{Main|ޢަބުދުﷲ ސަޢީދު}}
====ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ====
{{Main|ޢަބްދުލްމަޖީދު ޢަބްދުލްބާރީ}}
ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ތަފްސީރު ޢިލްމުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޕީއެޗްޑީ ޙާޞިލުކުރެއްވީ ސަޢޫދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީން 1997ވަނަ އަހަރުއެވެ. އެ މަނިކުފާނު ވަނީ މީގެކުރިން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފައެވެ.
====ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން====
{{Main|ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން}}
ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ތަފްސީރާއި ޢުލޫމުލްޤުރްއާނުން 2001ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ.) ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އަދި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސަކީ ވެސް އެ މަނިކުފާނެވެ.
====ޑރ އަފްރާޝީމް ޢަލީ ====
{{Main|އަފްރާޝީމް ޢަލީ}}
ޑރ އަފްރާޝީމް ޢަލީ ރ. އަތޮޅު ކަނދޮޅުދޫ އަށް އުފަން ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ 2007ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. ޑރ އަފްރާޝީމް ޢަލީ ޕީއެޗްޑީ ހެއްދެވީ ފިޤްހު އަދި އުޞޫލުލްފިޤްހުގެ ރޮނގުންނެވެ.
====ޑރ މޫސާ އަންވަރު ޙަސަން ====
{{Main|މޫސާ އަންވަރު ޙަސަން}}
ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ޙާޞިލުކުރައްވައިފައެވެ. ޑރ. މޫސާ އަންވަރު ޙަސަން މިހާރު ހުންނެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެކެވެ.
====ޑރ ޢަލީ ޒާހިރު ====
{{Main|ޑރ. ޢަލީ ޒާހިރު}}
ޑރ. ޢަލީ ޒާހިރު، ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ޑރ. ޢަލީ ޒާހިރު މިހާރު ހުންނެވީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ. އަދި އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެކެވެ.
====ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ====
{{Main|މުޙައްމަދު ޝަހީމް ޢަލީ ސަޢީދު}}
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެމަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ މަޤާމުގައެވެ.
====ޑރ އިބްރާހީމް ޒަކަރިއްޔާ މޫސާ ====
{{Main|އިބްރާހީމް ޒަކަރިއްޔާ މޫސާ}}
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ 2010ވަނަ އަހަރު މެލޭޝިޔާގެ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤްހާއި އުޞޫލުލްފިޤްހުން ޕީ،އެޗް،ޑީ ހާޞިލުކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން ވެސް ވަނީ ކުރައްވައިފައެވެ.
====ޑރ އާދަމް ޝަމީމް ====
{{Main|އާދަމް ޝަމީމް}}
ޑރ. އާދަމް ޝަމީމަކީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޕާކިސްތާނާއި، ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިން ތަޢުލީމު ހާސިލުކުރެއްވިއެވެ. އިސްލާމީ ފިޤުހު އެކަޑަމީއާއި ފަތުވާ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވެއެވެ.
====ޑރ ޢަބްދުﷲ ޖަމީލް ====
{{Main|ޑރ. ޢަބްދުﷲ ޖަމީލް}}
ޑރ. ޢަބްދުﷲ ޖަމީލަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޙަދީޘުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ޑރ. ޖަމީލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމާއި، އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަމުގެ މަޤާމު އަދާކުރައްވައިފައެވެ.
====ޑރ އަޙްމަދު ޒިޔާދު ބާޤިރު ====
{{Main|އަޙްމަދު ޒިޔާދު ބާޤިރު}}
ޑރ. އަޙްމަދު ޒިޔާދު ބާޤިރު ޕީއެޗްޑީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާގެ އެކަޑަމީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފިޤްހާއި އުޞޫލުލްފިޤްހުންނެވެ. ޑރ. ޒިޔާދު ވަނީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްކަން މީގެކުރިން ކުރައްވައިފައެވެ.
====ޑރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ====
{{Main|ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް}}
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ޕީއެޗްޑީ ޙާޞިލުކުރެއްވީ 1999ވަނަ އަހަރު މެލްބަން ޔުނވަރސިޓީން އިސްލާމީ ތަޢުލީމުގެ ދާއިރާއިންނެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަރނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި ޢަރަބިބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.
====ޑރ ޢަބްދުﷲ ފާރޫޤް އިބްރާހީމް ====
{{Main|ޢަބްދުﷲ ފާރޫޤް އިބްރާހީމް}}
ޑރ. ޢަބްދުﷲ ފާރޫޤް އިބްރާހީމް ޕީއެޗްޑީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާގައި ފިޤްހާއި އުޞޫލުލްފިޤްހުންނެވެ. ޑރ. ފާރޫޤަކީ 29 އަހަރުގެ މުއްދަކަށް ޤާޟީކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
====ޑރ މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ====
{{Main|މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް}}
ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ޕީއެޗްޑީ ޙާޞިލުކުރެއްވީ ފިޤްހާއި އުޞޫލުލްފިޤްހުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގައެވެ. ޕީއެޗްޑީގެ ތީސީސް ލިޔުއްވީ "ދިވެހިރާއްޖޭގެ ސްޓޮކް މާކެޓުގައި އިންވެސްޓުކުރުމުގެ ޝަރުޢީ ހައިސިއްޔަތު" މި މަޢުޟޫޢަށެވެ.
====ޑރ މުޙައްމަދު ޤުބާދު އަަބޫބަކުރު ====
{{Main|މުޙައްމަދު ޤުބާދު އަބޫބަކުރު}}
ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު ޕީއެޗްޑީ ޙާޞިލުކުރެއްވީ އިސްލާމީ ޢަޤީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ގޮތުން ތުރުކީގެ ޔުނިވަރސިޓީއަކުންނެވެ. ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިޔާ އޮފް ޢަރަބިކް ލޭންގުއޭޖްގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ.
====ޑރ އިލްޔާސް ޙުސައިން ====
{{Main|އިލްޔާސް ޙުސައިން}}
ޑރ. އިލްޔާސް ޙުސައިން ޕީއެޗްޑީ ޙާޞިލުކުރެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގައެވެ. ޑރ. އިލްޔާސް މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމުގައެވެ.
====ޑރ ޢިމްރާން މުޙައްމަދު ޢަލީ ====
{{Main|ޢިމްރާން މުޙައްމަދު ޢަލީ}}
ޑރ. ޢިމްރާން މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލުކުރެއްވީ ޢަޤީދާގެ ދާއިރާއިން މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި 2025ވަނަ އަހަރުއެވެ. ޑރ. ޢިމްރާންގެ ޕީއެޗްޑީގެ ތީސީސް ޚާއްޞަކުރައްވައިފައިވަނީ ފެމިނިޒަމްގެ ފިކުރު ދިވެހިރާއްޖޭގައި އޮތް ގޮތާ ބެހޭ ގޮތުންނެވެ.
== ޞިއްޙީ ދާއިރާ ==
====ޑރ ޢަބްދުއް ރަޝީދު ޢަބްދުލް ވައްހާބު ====
{{Main|ޢަބްދުއް ރަޝީދު ޢަބްދުލް ވައްހާބު}}
ޑރ. ޢަބްދުއް ރަޝީދު ޢަބްދުލް ވައްހާބު އަކީ ޕީ އެޗްޑީ ބޭފުޅެއްގެ އިތުރުން މެޑިކަލް ޑޮކްޓަރެއް ވެސް މެއެވެ.
====ޑރ ޢަބުދުއް ސައްތާރު ޔޫސުފް====
{{Main|ޢަބުދުއް ސައްތާރު ޔޫސުފް}}
ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހިރާއްޖޭގެ ހެލްތު މިނިސްޓްރީގެ ނާއިބުކަން ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަދާކުރައްވާފައި ވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގ އެންވަޔަރމަންޓް އެންޑް ހިއުމަން ރިސޯސަސްގެ ނާއިބުކަން ވެސް ކުރައްވާފައި ވެއެވެ. މިހާރު މަސައްކަތްކުރައްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ މަންދޫބެއްގެ ގޮތުން އިންޑިޔާގެ ނިއުދިއްލީގައެވެ. ޑރ ޢަބުދުއް ސައްތާރު ޔޫސުފް އަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޑިޕާޓްމަންޓް އޮފް ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް އެންޑް ހެލްތީ އެންވައިރޮމަންޓް ގެ ޑިރެކްޓަރެވެ.
====ޑރ ޙުސްނާ ރާޒީ ====
{{Main|ޙުސްނާ ރާޒީ}}
ޑރ ޙުސްނާ ރާޒީ އަކީ 2006 ވަނަ އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސް ޔުނިވަސިޓީގައި އާންމު ޞިއްޙަތުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ކުރިން ދިވެހި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާތު މަގާމްތަކުގައި އުޅުއްވި ޑރ ޙުސްނާ ރާޒީ މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސް ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ދަށުން ހިންގާ ސުކޫލް އޮފް ޕަބްލިކް ހެލްތު އެންޑް ކޮމިއުނިޓީ މެޑިސިންގެ އެސޯސިއޭޓް ލެކްޗަރަރ އެއްގެ ގޮތުގައެވެ.
====ޑރ އާމިނަތު ޖަމީލް ====
{{Main|އާމިނަތު ޖަމީލް}}
ޑރ އާމިނަތު ޖަމީލް އަކީ ހެލްތު ސައިންސްގެ ދާއިރާއިން އޮސްޓްރޭލިޔާގެ ލާ ޓްރޯބް ޔުނިވަސިޓީގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ އާމިނަތު ޖަމީލް އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިޔަނި ހެލްތު މިނިސްޓަރެވެ. ޑރ އާމިނަތު ޖަމީލް ވަނީ މުސްކުޅިންނަށް ޚާއްޞަ ފަރުވާ ދެއްވުމަށްޓަކައި މަންފާގެ ނަމުގައި ޖަމްޢިއްޔާ އެއް ރަޖިސްޓްރީ ކުރައްވާފައެވެ.
====ޑރ އަޙުމަދު އަޝްރަފް ޢަލީ ====
{{Main|އަޙުމަދު އަޝްރަފް ޢަލީ}}
ޑރ އަޙުމަދު އަޝްރަފް ޢަލީ (ހ.އަލިނަރުމާގެ ) އަކީ މެޑިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ރަޝިޔާގެ އެސްޓީ ޕީޓަސްބާރގް ފާރމަލޯފް ސްޓޭޓް މެޑިކަލް ޔުނިވަސިތީގައި ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަތީ 2005 ވަނަ އަހަރު އެވެ. މިހާރު ހުންނެވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޔޫރޮލޮޖިސްޓެއްގެ މަގާމް ގައެވެ. އެހެން ކަމުން ޑރ އަޙުމަދު އަޝްރަފް ޢަލީ އަކީ މެޑިކަލް ޑޮކްޓަރެކެވެ. އަދި ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑޮކްޓަރެއް ވެސް މެއެވެ.
== އިންޖިނޭރިންގ ==
====ޑރ ޙަސަން ޝަފީޢު ====
{{Main|ޙަސަން ޝަފީޢު}}
ޑރ ޙަސަން ޝަފީޢު އަކީ އިންޖިނޭރިންގެ ދާއިރާއިން އިގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަން ގެ ޔުނިވަސިޓީ ކޮލެޖް ލަންޑަން ގައި ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ.
====ޑރ އަޙުމަދު ޝާފިޢު ====
{{Main|އަޙުމަދު ޝާފިޢު}}
ޑރ އަޙުމަދު ޝާފިޢު އަކީ އިގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ފިޒިކަލް ސައިންސަސް ގައި 2005 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަޙުމަދު ޝާފިއު އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ އިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ 2001 ވަނަ އަހަރު އިގިރޭސި ވިލާތުގެ ބާރމިނގްހާރމް ޔުނިވަސިޓީގައެވެ. 2001 ވަނަ އަހަރު ޕަވަރ ސިސްޓަމް އިންޖިނިއަރިންގ އިން މާސްޓާރސް ޑިގްރީވެސް ޑރ އަޙުމަދު ޝާފިޢު ޙާޞިލްކޮށްފައި ވެއެވެ.
====ޑރ ޒައިދު މުޙައްމަދު ====
{{Main|ޒައިދު މުޙައްމަދު}}
ޑރ ޒައިދު މުޙައްމަދު އަކީ ނިއުޒިލޭންޑް ގެ ކެންޓަބަރީ ޔުނިވަސިޓީގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ޑރ ޒައިދު މުޙައްމަދު ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުގެ މަގާމް ގައެވެ. ޑރ ޒައިދު މުޙައްމަދު އަކީ އދ. ފެންފުށީ ބޭފުޅެކެވެ. ޑރ ޒައިދު މުޙައްމަދުގެ އަނބިކަނބަލުން ޝާމިލާ އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޓާފް ނާރސް އެވެ. އެދެމަފިރިންނަށް ދެކުދިން ލިބިފައި ވެއެވެ.
====ޑރ މުޙައްމަދު ޝަރީފް====
{{Main|މުޙައްމަދު ޝަރީފް}}
ޑރ މުޙައްމަދު ޝަރީފް އަކީ ޑޮކްޓަރ އިގިރޭސި ވިލާތުގެ ލިވަރ ޕޫލް ޔުނިވަސިޓީ ގައި އިންސިވިލް އިންޖިނޭރިން/ ކޯސްޓަލް އިންޖިނޭރިންގެ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ޝަރީފް މިހާރު ހުންނެވީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމްގައެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަތީ 2005 ވަނަ އަހަރު އެވެ.
====ޑރ ޢަލީ ރިފާޢު ====
{{Main|ޢަލީ ރިފާޢު}}
ޑރ ޢަލީ ރިފާޢު އަކީ މެލޭޝިޔާގެ ސުކޫލް އޮފް މެކޭނިކަލް އިންޖިނޭރިންގ ގައި މެކޭނިކަލް އިންޖިނޭރިންގ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި އެލްކެން ގެ އުފެއްދުންތައް ބާޒާރަށް ތަޢާރަފްކުރާ ބޮޗް ވިއުގަ އިގެ ޑައަމަންޑް މެނޭޖަރަކީ ވެސް ޑރ ޢަލީ ރިފާޢު އެވެ.
====ޑރ ޙުސައިން ޝަރީފް====
{{Main|ޙުސައިން ޝަރީފް}}
ޑރ ޙުސައިން ޝަރީފް (ހ.ޖަނަވަރީ ވިލާ) އަކީ މެލޭޝިޔާގެ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ އިން އިލެކްޓްރިކަލް އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ސީނިއަރ ލެކްޗަރަރ ގްރޭޑް 1 ގެ މަގާމް ގައެވެ.
====ޑރ ޢަލީ ހައިދަރު އަޙުމަދު====
{{Main|ޢަލީ ހައިދަރު އަޙުމަދު}}
ޑރ ޢަލީ ހައިދަރު އަޙުމަދު އަކީ އިގިރޭސި ވިލާތުގައި އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ. ހައިދަރު މިހާރު ހުންނެވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.
====ޑރ މުޙައްމަދު މުޢިއްޒު====
{{Main|މުހައްމަދު މުއިއްޒު}}
ޑރ މުޙައްމަދު މުޢިއްޒު ޕީއެޗްޑީ ހާސިލުކުރެއްވީ ސިވިލް އިންޖިނިއަރިން ދާއިރާއިން، އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަރސިޓީންނެވެ. ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއެވެ،
====ޑރ އަޙުމަދު ޝަމްހީދު====
{{Main|އަޙުމަދު ޝަމްހީދު}}
ޑރ އަޙުމަދު ޝަމްހީދު(މާވެޔޮދޮށުގެ /ގއ.ދެއްވަދޫ) އަކީ އިގިރޭސި ވިލާތުގައި އިންޖިނޭރިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ބޮޅު '''ވިލާ''' ގައެވެ.
====ޑރ ޢަބްދުﷲ މުއްޠަލިބް====
{{Main|ޢަބްދުﷲ މުއްޠަލިބް}}
ޑރ ޢަބްދުﷲ މުއްޠަލިބް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަނުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސިވިލް އިންޖިނިއަރިންގ ހާސިލުކުރައްވައިފައެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައެވެ.
== އެހެނިހެން ދާއިރާތައް ==
====ޑރ މަޙުމޫދު ޝައުގީ====
{{Main|ޑރ މަޙުމޫދު ޝައުގީ}}
ޑރ މަޙުމޫދު ޝައުގީ އަކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރެވެ. ކެނެޑާގައި ޕީއެޗްޑީ ހައްދަވާފައިވާ ޝައުގީ ވަނީ ކުރިން ބައެއް އެހެން މިނިސްޓްރީތަކުގެ މިނިސްޓަރުކަން ވެސް ކޮށްފައެވެ. އެގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ މަގާމް ފުރުއްވާފައި ވެއެވެ.
====ޑރ ޢަލީ ރަފީގު====
{{Main|ޢަލީ ރަފީގު }}
ޑރ ޢަލީ ރަފީގު އަކީ ނޫސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޢަލީ ރަފީގު ޕީއެޗްޑީ ޙާޞިލް ކުރެއްވުމަށްފަހު ނިއުޒިލޭންޑް އިން އެބުރި ދިވެހިރާއްޖެ އަށް ވަޑައިގަތީ 30 ޑިސެމްބަރު 2007 ގައެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ ވެސް މެއެވެ.
====ޑރ ހުސައިން ނިޔާޒް ====
{{Main|ހުސައިން ނިޔާޒް }}
ޑރ ޙުސައިން ނިޔާޒް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޙުސައިން ނިޔާޒް މިހާރު ހުންނެވީ ޑިޕާޓްމަންޓް އޮފް އެކްސްޓާރނަލް ރިސޯސް ގެ އެގްޒެކްޓިވް ޑިރެކްޓަރެއްގެ މަގާމްގައެވެ.
====ޑރ ހާލާ ޙަމީދު ====
{{Main|ހާލާ ޙަމީދު}}
ޑރ ހާލާ ޙަމީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ އިގިރޭސިވިލާތުގެ އެންގްލިއާ ޔުނިވަސިޓީގައި ޖެންޑަރ އެންޑް ޑިވެލޮޕްމެންޓްގެ ދާއިރާއިން ފުރިހަމަ ކުރައްވާފައިވާ ބޭކަނބަލެކެވެ. މިހާރު ޑރ ހާލާ ހަމީދު ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުގެ ނާއިބުގެ މަގާމް ގައެވެ. ޑރ ހާލާ ހަމީދު އަކީ ކުރީގެ މިނިސްޓަރ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބުދުﷲ ޙަމީދުގެ ދަރި ކަނބަލެކެވެ.
====ޑރ މުޙައްމަދު ޒާހިރު ޙުސައިން====
{{Main|މުޙައްމަދު ޒާހިރު ޙުސައިން}}
ޑރ މުޙައްމަދު ޒާހިރު ޙުސައިން އަކީ ދިވެހި ސަރުކާރުގައި ވަރަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ. ޑރ މުޙައްމަދު ޒާހިރު ޙުސައިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ. ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ ކެބަންގްސާ މެލޭޝިޔާގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001 ވަނަ އަހަރުއެވެ.
====ޑރ ޢަބުދުއް ޝަހީދު ====
{{Main|ޢަބުދުއް ޝަހީދު}}
ޑރ ޢަބުދުއް ޝަހީދު އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް ގެ ސީނިއަރ ސްޕްރިންޓެންޑެންޓްގެ މަގާމްގައެވެ. ޑރ ޢަބުދުއް ޝަހީދު އަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ އަޙުމަދު ޝަހީދު ގެ ބޭބެ އެކެވެ.
====ޑރ މުސްޠަފާ ލުޠުފީ====
{{Main|މުސްޠަފާ ލުޠުފީ}}
ޑރ މުޞްޠަފާ ލުޠުފީ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ މުޞްޠަފާ ލުޠުފީ ވަނީ ކުރިން ދިވެހި ސަރުކާރު ކެބިނެޓްގައި ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. މިހާރު ޑރ މުޞްޠަފާ ލުޠުފީ މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމުގައެވެ.
==== ޑރ ފާތިމަތު މޫސާ ދީދީ ====
{{Main|ފާތިމަތު މޫސާ ދީދީ }}
ޑރ ފާތިމަތު މޫސާ ދީދީ އަކީ އިގިރޭސި ވިލާތުގައި ޕަބްލިކް ސާރވިސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. ޑރ ފާތިމަތު މޫސާ ދީދީ އަކީ ކުރިން ދިވެހި ރާއްޖޭގެ ނަރުހުންގެ ވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވި ފަރާތެކެވެ. އަދި ނަރުހެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވި ފަރާތެކެވެ. ޑރ ފާތިމަތު މޫސާ ދީދީ ދިވެހި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ފަތުހުﷲ ޖަމީލްގެ އަނބިކަނބަލުންނެވެ.
====ޑރ އަޙުމަދު ޝަރީފް ====
{{Main|އަޙުމަދު ޝަރީފް}}
ޑރ އަހުމަދު ޝަރީފް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ އަޙުމަދު ޝަރީފް އަކީ ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކެޓްރީ ގެ އިތުރުން ވަޒީރުން މަޖްލިހުގެ އެސިސްޓެންޓް ސެކެޓްރީ ވެސް މެއެވެ. އަދި ޑރ އަޙުމަދު ޝަރީފް އަކީ ރައްޔިތުންގެ ޚާއްޞަ މަޖްލީހަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ މެންބަރެއް ވެސް މެއެވެ.
====ޑރ މޫސާ ފަތުޙީ ====
{{Main|ޑރ މޫސާ ފަތުޙީ}}
ޑރ މޫސާ ފަތުޙީ އަކީ މެލޭޝިޔާގެ ޕުޓްރާ ޔުނިވަސިޓީގައި ''ޕްރައިވަޓައިޒޭޝަން'' ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.
====ޑރ ސިމާދު ސަޢީދު ====
{{Main|ސިމާދު ސަޢީދު}}
ޑރ ސިމާދު ސަޢީދު އަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީގައި ރިސޯސް މެނޭޖްމަންޓް އެންޑް އެންވައިރޮމަންޓަލް ސައިންސްގެ ދާއިރާ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.
====ޑރ ޙުސައިން ޙަލީމް ====
{{Main|ޙުސައިން ޙަލީމް}}
ޑރ ޙުސައިން ޙަލީމް އަކީ ނިއުޒިލޭންޑްގެ އޮޓާގޯ ޔުނިވަސިޓީގައި 2005 ވަނަ އަހަރު ސްޕޯޓްސް ކޯޗިންގ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޙުސައިން ޙަލީމް އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި މީގެކުރިން ޚިދުމަތް ކުރައްވި ބޭފުޅެކެވެ.
====ޑރ މަރިޔަމް ޒުލްފާ ====
{{Main|މަރިޔަމް ޒުލްފާ}}
ޑރ މަރިޔަމް ޒުލްފާ އަކީ އޮސްޓްރޭލިޔާގެ ޕާތުގައި ހުންނަ ވެސްޓަން އޮސްޓްރޭލިއަން ޔުނިވަސިޓީ އިން ބިިޒިނަސް ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މަރިޔަމް ޒުލްފާ އަކީ ރާއްޖޭގައި އިގިރޭސި ބަހުން މަހަކު އެއްފަހަރު ނެރޭ މަޖައްލާ ''އެކްސްޕްލޯރ މޯލްޑިވްސް'' ގެ އެޑިޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 1997 ވަނަ އަހަރު ޑރ މަރިޔަމް ޒުލްފާ ވަނީ ނިއުޒިލޭންޑްގެ ހެމިލްޓަންގައި ހުންނަ ވައިކަޓޯ ޔުނިވަސިޓީ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ޑރ މަރިޔަމް ޒުލްފާގެ ފިރިކަލުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެއްކަމުގައިވާ ސިމް އިބްރާހީމް މުޙައްމަދު އެވެ.
====ޑރ ޢާއިޝަތު ޝިހާމް====
{{Main|ޢާއިޝަތު ޝިހާމް}}
ޑރ ޢާއިޝަތު ޝިހާމް އަކީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ސައިކޮލޮޖީ އިން ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. މިވަގުތު ޑރ ޢާއިޝަތު ޝިހާމް ހުންނެވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ ނާއިބު ކަމުގެ މަގާމް ގައެވެ. މީގެ އިތުރުން ޑރ ޢާއިޝަތު ޝިހާމް އަކީ ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ އެގްޒެކްޓިވް ކޮމިޓީގެ ޗެއަރޕާރސަން ވެސް މެއެވެ. ޑރ ޢާއިޝަތު ޝިހާމް ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ވިމެންސް އެފެއާރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އެސިސްޓެންޓް ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރުކަން ވެސް ކުރައްވާފައި ވެއެވެ.
====ޑރ ރިޔާޒް ޝަރީފް ====
{{Main|ރިޔާޒް ޝަރީފް}}
ޑރ ރިޔާޒް ޝަރީފް އަކީ އެޕްލައިޑް ޓޫރިޒަމް އެކްނޯމެޓްރިކްސްގެ ދާއިރާ އިން ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ރިޔާޒް ޝަރީފް މިހާރު މަސައްކަތްކުރައްވަނީ އޮސްޓްރޭލިޔާގެ އެޑިތް ކޮވާން ޔުނިވަސިޓީގެ ފެކަލްޓީ އޮފް ބިޒިނަސް އެންޑް ލޯ ގައި ކިޔަވާ ދެއްވާ ޕްރޮފެސަރެއްގެ ގޮތުންނެވެ.
====ޑރ ޢަލީ ޝަރީފް ====
{{Main|ޢަލީ ޝަރީފް}}
ޑރ ޢަލީ ޝަރީފް އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. މިހާރު ހުންނެވީ ދަރުމަވަންތަ ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމް ގައެވެ.
====ޑރ ޢަލީ ޝަރީފް ====
{{Main|ޢަލީ ޝަރީފް،ހިތަދޫ}}
ޑރ ޢަލީ ޝަރީފް އަކީ އެންވައިރަމެންޓަލް ކެމިސްޓްރީ އިން އޮސްޓްރޭލިޔާގެ ލާ ޓްރޯބް ޔުނިވަސިޓީގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.
====ޑރ ޢަބުދުއް ޞަމަދު ޢަބުދުﷲ ====
{{Main|ޢަބުދުއް ޞަމަދު ޢަބުދުﷲ}}
ޑރ ޢަބުދުއް ޞަމަދު ޢަބުދުﷲ އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ދިވެހި ސަރުކާރުގެ ފަރާތުން ބަގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ މަގާމަށް ޑރ ޢަބުދުއް ޞަމަދު ޢަބުދުﷲ އިސްކުރެއްވީ 3 ޖޫން 2008 ގައެވެ.
====ޑރ މުޙައްމަދު ޢަލީ====
{{Main|މުޙައްމަދު ޢަލީ}}
ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ މުޙައްމަދު ޢަލީ ޕީއެޗްޑީ ޙާޞިލްކުރެއްވީ އިގިރޭސި ވިލާތުންނެވެ. މިހާރު ހުންނެވީ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކަމްޕެނީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ގައެވެ.
====ޑރ އަހުމަދު ޢަލި ސަވާދު====
{{Main|އަހުމަދު ޢަލީ ސަވާދު}}
ޑރ އަހުމަދު ޢަލީ ސަވާދު އަކީ ނިއުޒިލޭންޑް ގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ.
====ޑރ މުޙައްމަދު ޝަފީޤް====
{{Main|މުޙައްމަދު ޝަފީޤް}}
ޑރ. މުޙައްމަދު ޝަފީޤް ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވަރސިޓީންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައެވެ.
====ޑރ އަޝްރަފް ޢަބްދުއްރަޙީމް====
{{Main|އަޝްރަފް ޢަބްދުއްރަޙީމް}}
ޑރ އަޝްރަފް ޢަބްދުއްރަޙީމް ޕީއެޗްޑީ ހާސިލުކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މެލޭޝިޔާގައި ހުންނަ އޭޝިޔާ އީ ޔުނިވަރސިޓީންނެވެ. އެ މަނިކުފާނު މިހާރު ހުންނެވީ ދިވެހިބަހުގެ އެކަޑަމީގެ ރައީސްގެ މަޤާމުގައެވެ.
====ޑރ މަރްޔަމް މާރިޔާ====
{{Main|މަރްޔަމް މާރިޔާ}}
ޑރ މަރްޔަމް މާރިޔާ ޕީއެޗްޑީ ހާސިލުކުރެއްވީ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ނިއުޒީލޭންޑުގެ މޭއްސީ ޔުނިވަރސިޓީގައެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.
====ޑރ ޢާއިޝަތު ރަމީލާ====
{{Main|ޢާއިޝަތު ރަމީލާ}}
ޑރ ޢާއިޝަތު ރަމީލާ ޕީއެޗްޑީ ހާސިލުކުރެއްވީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިޔާގައެވެ. އެ ކަމަނާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުގައެވެ.
====ޑރ މުޙައްމަދު ކިނާނަތު====
{{Main|މުޙައްމަދު ކިނާނަތު}}
ޑރ ޢާއިޝަތު ރަމީލާ ޕީއެޗްޑީ ހާސިލުކުރެއްވީ އިންފޮމޭޝަން ސިސްޓަމްސްގެ ރޮނގުން ނިއުޒީލެންޑްގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަންގައެވެ. ޑރ. ކިނާނަތު މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމުގައެވެ.
== މުހިއްމު ބައެއް މައުލޫމާތުތައް ==
* ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ދިރިއުޅުއްވަނީ އދ.ގެ ވަޒީފާއެއްގައި ރާއްޖެ އިން ބޭރުގައެވެ.
* ޑރ މުޙައްމަދު ލަތީފް އަކީ 2008 ވަނަ އަހަރު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކުރައްވާފައިވާ، އެ ކޮމިޝަނުގެ ރައީސެވެ.
* ޑރ ޢަބުދުއް ސައްތާރު ޔޫސުފް ދިރިއުޅުއްވަނީ އދ.ގެ ވަޒީފާއެއްގައި ރާއްޖެ އިން ބޭރުގައެވެ.
* ޑރ ޢަބުދުﷲ ޝިހާމް ދިރިއުޅުއްވަނީ މެލޭޝިޔާގައެވެ.
* ޑރ ހުސްނާ ރާޒީ ދިރިއުޅުއްވަނީ އޮސްޓްރޭލިޔާގައެވެ.
* ޑރ ޢަބުދުﷲ ސަޢީދު ދިރިއުޅުއްވަނީ އޮސްޓްރޭލިޔާގައެވެ.
* ޑރ ރިޔާޒް ޝަރީފް ދިރިއުޅުއްވަނީ އޮސްޓްރޭލިޔާ ގައެވެ.
* ޑރ އަޙުމަދު ރިޒާ ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގައެވެ.
* ޑރ އަޙުމަދު ޝާފިއު ދިރިއުޅުއްވަނީ އިގިރޭސި ވިލާތުގައެވެ.
* ޑރ ޝީމާ ސަޢީދު އަދި ޑރ ސިމާދު ސަޢީދު އަކީ ދެބެންނެވެ.
* ޑރ ޙާލާ ޙަމީދު އަދި ޑރ ފާތިން ޙަމީދު އަކީ ދެބެންނެވެ.
* ޑރ އަޙުމަދު ޝަހީދު އަދި ޑރ ޢަބުދުއް ޝަހީދު އަކީ ވެސް ދެބެންނެވެ.
* ޑރ ޙަސަން ސަޢީދު އަދި ޑރ ޢަބުދުﷲ ސަޢީދު އަކީ ވެސް ދެބެންނެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
k4yijjme3tofqcvmm07p0xj5i82mssm
އަޙްމަދު ސަމީރު
0
16221
138009
137979
2026-09-02T20:43:18Z
Memberuser
25611
138009
wikitext
text/x-wiki
އައްޝައިޚު އަޙްމަދު ސަމީރަކީ [[ފޯކައިދޫ (ށ. އަތޮޅު)|ށ. ފޯކައިދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ.
އައްޝައިޚު އަޙްމަދު ސަމީރު ވަނީ [[ޕާކިސްތާން|ޕާކިސްތާނު]]ގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލްއަޝްރަފިއްޔާގައި 1997ވަނަ އަހަރު ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. 2000ވަނަ އަހަރު އިމާމު އަބޫ ޙަނީފާ ހައި އިންސްޓިޓިއުޓް ފޯ ޓީޗަރ ޓްރެއިނިންގގައި ޑިޕްލޮމާ އިން ޓީޗިންގ (އިސްލާމް) ޙާޞިލުކުރައްވައިފައިވެއެވެ. އޭގެފަހުގައި 2012ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2015ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ.
[[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުއްޝަރީޢާގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
އައްޝައިޚު އަޙްމަދު ސަމީރަކީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެކެވެ. އަދި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފުގެ ނާއިބު ރައީސްގެ އިތުރުން އެ ޖަމްޢިއްޔާގެ ޢިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ވެސް މެއެވެ. ހަމައެހެންމެ އަޔާދީ ތަކާފުލާއި އެލިއާގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
f46hq55hhp0r7ec56d5pbs43r28k706
138010
138009
2026-09-02T20:45:33Z
Memberuser
25611
138010
wikitext
text/x-wiki
އައްޝައިޚު އަޙްމަދު ސަމީރަކީ [[ފޯކައިދޫ (ށ. އަތޮޅު)|ށ. ފޯކައިދޫ]]އަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ.
އައްޝައިޚު އަޙްމަދު ސަމީރު ވަނީ [[ޕާކިސްތާން|ޕާކިސްތާނު]]ގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލްއަޝްރަފިއްޔާގައި 1997ވަނަ އަހަރު ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. 2000ވަނަ އަހަރު އިމާމު އަބޫ ޙަނީފާ ހައި އިންސްޓިޓިއުޓް ފޯ ޓީޗަރ ޓްރެއިނިންގގައި ޑިޕްލޮމާ އިން ޓީޗިންގ (އިސްލާމް) ޙާޞިލުކުރައްވައިފައިވެއެވެ. އޭގެފަހުގައި 2006ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2017ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ.
އައްޝައިޚު އަޙްމަދު ސަމީރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ފެކަލްޓީއާ ގުޅިވަޑައިގަތީ 2010ވަނަ އަހަރުގައެވެ.
އަދި އައްޝައިޚު އަޙްމަދު ސަމީރަކީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފުގެ ނާއިބު ރައީސްގެ އިތުރުން އެ ޖަމްޢިއްޔާގެ ޢިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ވެސް މެއެވެ. ހަމައެހެންމެ އަޔާދީ ތަކާފުލާއި އެލިއާގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
2pmsuc0rzde4gi4ob32n0kvp7wm8fv5
އާމިނަތު ޒާހިރު
0
16414
137999
2026-09-02T12:08:10Z
Memberuser
25611
Created page with "{{Infobox officeholder | image = 2025-11-10 Mohamed Muizzu meets first PhD graduate of Dhivehi Language Dr Aminath Zahir (7).jpeg | office = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ސީނިއަރ ލެކްޗަރަރ | term_start = | term_end = | name = ޑރ. އާމިނަތު ޒާހިރު | successor = | alma_mater = ދިވެހިރާއްޖޭގެ ޤައުމ..."
137999
wikitext
text/x-wiki
{{Infobox officeholder
| image = 2025-11-10 Mohamed Muizzu meets first PhD graduate of Dhivehi Language Dr Aminath Zahir (7).jpeg
| office = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ސީނިއަރ ލެކްޗަރަރ
| term_start =
| term_end =
| name = ޑރ. އާމިނަތު ޒާހިރު
| successor =
| alma_mater = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]
| caption = ޑރ. އާމިނަތު ޒާހިރު
| awards = އައުޓްސްޓޭންޑިންގ ޕޭޕަރ އެވޯޑް - ތެވެލި ކޮންފަރެންސް 2023<br/>މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2025
| predecessor =
}}
ޑރ. އާމިނަތު ޒާހިރަކީ ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވި ފުރަތަމަ ބޭފުޅާއެވެ.
ޑރ. އާމިނަތު ޒާހިރު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ދިވެހިބަހުގެ ދާއިރާއިންނެވެ. މާސްޓާރސް ޑިގްރީ ޙާޞިލުކުރެއްވީ ދިވެހިބަހާއި ސަގާފަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހި ލެންގުއޭޖް) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.
ޑރ. އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށް ޓަކައި ޢަމަލުކުރާންވީ ގޮތްތައް ދެނެގަތުމެވެ. މި މައްސަލަ ފުންކޮށް ތަޙުލީލުކުރެއްވުމަށް ޓަކައި ވޭދަނަ ދިރާސީ ފްރޭމަށް ބުރަވެ، ޑޭޓާ އެއްކުރެއްވީ، 7 ދާއިރާއަކުން 302 މީހުންގެ ސަރވޭއަކުންނާއި، ދިވެހިރާއްޖޭގެ ބަހަވީ މަލައިގެ 1,004 ނިޝާން ތަޙުލީލުކުރައްވައިގެންނާއި، ދިވެހިބަހުގެ 31 މަޞްލަޙަތުވެރީންނާ އެކު ކުރިއަށް ގެންދެވި ގުރޫޕު މަޝްވަރާތަކުންނެވެ. މި ދެންނެވި ހޯދުންތަކުން ފެނުނުގޮތުގައި، އަވަސް އިޞްލާޙީ ބަދަލުތަކެއް ނުގެނެވިއްޖެ ނަމަ، ދިވެހިބަހަށް މިހާރު އޮތް ހަނި ޖާގަ އިތުރަށް ހަނިވެދާނެކަމުގެ ބިރު އޮތުމާ އެކު، ބަހުގެ ރޭވުމުގެ އޮނިގަނޑުގައި ހިމެނޭ 4 ދާއިރާއަކަށް އަމާޒުކުރައްވައި، އިސްތިރާޖުތަކެއް ހުށަހަޅުއްވައިފައި ވެއެވެ.
ޑރ. އާމިނަތު ޒާހިރަކީ، ރާއްޖޭގެ ސްކޫލްތަކުގެ ގުރޭޑު 6، 7، 11 އަދި 12ގެ ދިވެހި ދަރިވަރުންގެ ފޮތްތަކާއި، މުދައްރިސުންގެ ފޮތްތަކާއި، ގުރޭޑު 11 އަދި 12ގެ އަދަބިއްޔާތުގެ ފޮތްތައް ލިޔުއްވި ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. މީގެއިތުރުން، ތަފާތު އެކި މައުޟޫޢުތަކަށް ޖަރނަލް އާޓިކަލްތައް ވެސް ޝާއިޢުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޝާއިޢުކުރައްވައިފައިވާ ޖަރނަލް އާޓިކަލްތަކުގެ ތެރޭގައި، "ދަ މޯލްޑިވްސް ނޭޝަނަލް ޖަރނަލް އޮފް ރިސަރޗް" ގައި ޝާއިޢުކުރައްވައިފައިވާ ދެ އާޓިކަލެއް ކަމުގައިވާ "ބަހަވީ ހަމަތަކުން ބަލާ އިރު، ދިވެހިބަހުގައި ކަމުގެ ޒަމާނާއި އެސްޕެކްޓް" އަދި "ޓީ.ވީ. ޕުރޮގުރާމުތަކުގައި ވާހަކަ ދައްކާއިރު، ބަސް މަސްހުނިކުރާ މިންވަރާއި، ބަސް މަސްހުނިކުރާ ގޮތްތައް" މި ދެ އާޓިކަލް ފާހަގަކޮށްލެވެއެވެ.
ޑރ. އާމިނަތު ޒާހިރު މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް އާޓްސްގެ ޑިޕާޓްމަންޓް އޮފް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗަރގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޚިދުމަތްކުރައްވަން ފެއްޓެވީ 2010ވަނަ އަހަރުއެވެ. ޔުނިވަރސިޓީގެ ބެޗްލަރސް ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންްދަވައެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތުމުގެ ކުރިން، އާމިނަތު ޒާހިރު ވަނީ [[ދާންދޫ (ގއ. އަތޮޅު)|ގއ. ދާންދޫ]] ސްކޫލާއި، [[އިސްކަންދަރު ސުކޫލް|އިސްކަންދަރު ސްކޫލް]]ގައި ކިޔަވައިދެއްވައިފައެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
ka9rhb34wacrzpk25ivj2v7dg4lbdk3
ޢަޡްމަތު ޖަމީލު
0
16415
138001
2026-09-02T19:54:46Z
Memberuser
25611
Created page with "އައްޝައިޚު ޢަޡްމަތު ޖަމީލަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ. އައްޝައިޚު ޢަޡްމަތު ޖަމީލު ޖީސީއީ އޯ ލެވެލް ފުރިހަމަކުރެއްވީ [[މާލޭ އިންގްލިޝް ސުކޫލް|މާލޭ އިންގްލިޝް ސްކޫލުން]] 1991ވަނަ އަހަރުގައެވެ. 1993ވަނަ އަހަރު އޭރުގެ ސައިންސް އެޑިޔުކޭޝަނުން ޖީސީއީ..."
138001
wikitext
text/x-wiki
އައްޝައިޚު ޢަޡްމަތު ޖަމީލަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޢަޡްމަތު ޖަމީލު ޖީސީއީ އޯ ލެވެލް ފުރިހަމަކުރެއްވީ [[މާލޭ އިންގްލިޝް ސުކޫލް|މާލޭ އިންގްލިޝް ސްކޫލުން]] 1991ވަނަ އަހަރުގައެވެ. 1993ވަނަ އަހަރު އޭރުގެ ސައިންސް އެޑިޔުކޭޝަނުން ޖީސީއީ އޭ ލެވެލް ފުރިހަމަކުރެއްވިއެވެ. އޭގެފަހުގައި 1999ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. ޝަރީޢަތުގެ ރޮނގުން މާސްޓަރސް ޙާޞިލުކުރެއްވީ 2018ވަނަ އަހަރު [[ވިލާ ކޮލެޖު]]ންނެވެ.
އައްޝައިޚު ޢަޡްމަތު ޖަމީލު މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އަދި އެ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓަކީ ވެސް ޝައިޚު ޢަޡްމަތު ޖަމީލެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތީ 2015ވަނަ އަހަރުގައެވެ.
ތަޢުލީމީ ދާއިރާގައި ވިހި އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޝައިޚު ޢަޡްމަތު ޖަމީލު، ޚިދުމަތް ފެއްޓެވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]ގައި ފިޤްހު ކިޔަވައިދެއްވުމުންނެވެ. އެ ސްކޫލްގެ ސުޕަވައިޒަރުކަމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރުކަމާއި، އަދި ކޮލިފައިޑް ލީޑިންގ ޓީޗަރުކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
trqw6swzuor28mdm3blx8mnw1pq9nxz
138002
138001
2026-09-02T19:55:09Z
Memberuser
25611
138002
wikitext
text/x-wiki
އައްޝައިޚު ޢަޡްމަތު ޖަމީލަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޢަޡްމަތު ޖަމީލު ޖީސީއީ އޯ ލެވެލް ފުރިހަމަކުރެއްވީ [[މާލޭ އިންގްލިޝް ސުކޫލް|މާލޭ އިންގްލިޝް ސްކޫލުން]] 1991ވަނަ އަހަރުގައެވެ. 1993ވަނަ އަހަރު އޭރުގެ ސައިންސް އެޑިޔުކޭޝަން ސެންޓަރުން ޖީސީއީ އޭ ލެވެލް ފުރިހަމަކުރެއްވިއެވެ. އޭގެފަހުގައި 1999ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. ޝަރީޢަތުގެ ރޮނގުން މާސްޓަރސް ޙާޞިލުކުރެއްވީ 2018ވަނަ އަހަރު [[ވިލާ ކޮލެޖު]]ންނެވެ.
އައްޝައިޚު ޢަޡްމަތު ޖަމީލު މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އަދި އެ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓަކީ ވެސް ޝައިޚު ޢަޡްމަތު ޖަމީލެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތީ 2015ވަނަ އަހަރުގައެވެ.
ތަޢުލީމީ ދާއިރާގައި ވިހި އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޝައިޚު ޢަޡްމަތު ޖަމީލު، ޚިދުމަތް ފެއްޓެވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]ގައި ފިޤްހު ކިޔަވައިދެއްވުމުންނެވެ. އެ ސްކޫލްގެ ސުޕަވައިޒަރުކަމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރުކަމާއި، އަދި ކޮލިފައިޑް ލީޑިންގ ޓީޗަރުކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
b6nygn650konaj0u713kr6ks8obicn0
ޢަލީ ޒައިދު
0
16416
138003
2026-09-02T20:04:17Z
Memberuser
25611
Created page with "އައްޝައިޚު ޢަލީ ޒައިދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ. އައްޝައިޚު ޢަލީ ޒައިދު ޝަހާދާ އިބްތިދާއިއްޔާއާއި ޝަހާދާ އިޢުދާދިއްޔާ ފުރިހަމަކުރެއްވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]] ޢަރަބިއްޔާ ސްކޫލު|(ޢަރަބިއްޔާ ސްކޫލ..."
138003
wikitext
text/x-wiki
އައްޝައިޚު ޢަލީ ޒައިދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޢަލީ ޒައިދު ޝަހާދާ އިބްތިދާއިއްޔާއާއި ޝަހާދާ އިޢުދާދިއްޔާ ފުރިހަމަކުރެއްވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]] [[ޢަރަބިއްޔާ ސްކޫލު|(ޢަރަބިއްޔާ ސްކޫލް)]] އިންނެވެ. ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ ކުރީގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި 2012ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2015ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ. އަދި 2021ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާއިން ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކް ސްޓަޑީޒް އެންޑް ޤުރްއާން ޙާޞިލުކުރައްވައިފައިވެއެވެ.
އައްޝައިޚު ޢަލީ ޒައިދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
74csoqtlbahnx4109s4i8f215v7ed6w
138004
138003
2026-09-02T20:04:37Z
Memberuser
25611
138004
wikitext
text/x-wiki
އައްޝައިޚު ޢަލީ ޒައިދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޢަލީ ޒައިދު ޝަހާދާ އިބްތިދާއިއްޔާއާއި ޝަހާދާ އިޢުދާދިއްޔާ ފުރިހަމަކުރެއްވީ [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]] އިންނެވެ. ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ ކުރީގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި 2012ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2015ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ. އަދި 2021ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާއިން ޑިޕްލޮމާ އިން ޓީޗިންގ އިސްލާމިކް ސްޓަޑީޒް އެންޑް ޤުރްއާން ޙާޞިލުކުރައްވައިފައިވެއެވެ.
އައްޝައިޚު ޢަލީ ޒައިދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
qwjgeg5hl1ft08va0ztu2oaxt6d51eg
ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދު
0
16417
138005
2026-09-02T20:12:56Z
Memberuser
25611
Created page with "އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ. އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދު ޖީސީއީ އޯ ލެވެލް ފުރިހަމަކުރެއްވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުން 2000ވަނަ އަހަރުގައެވެ. އެއަށްފަހު 2001ވަނަ އަހަރު އޭރުގެ މޯލްޑިވ..."
138005
wikitext
text/x-wiki
އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދު ޖީސީއީ އޯ ލެވެލް ފުރިހަމަކުރެއްވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުން 2000ވަނަ އަހަރުގައެވެ. އެއަށްފަހު 2001ވަނަ އަހަރު އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި މެޝިނިންގ އެންޑް މެކޭނިކަލް ފިޓިންގސްގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. 2005ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވުމަށް ފަހު، އެ ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. ޑިގްރީ ޙާޞިލުކުރެއްވީ 2011ވަނަ އަހަރުގައެވެ. އިސްލާމިކް ސްޓަޑީޒްގެ ރޮނގުން މާސްޓަރސް ޙާޞިލުކުރެއްވީ 2024ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ.
އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
b8l7evexbk9v6n39fvrj639ff1y71kc
138012
138005
2026-09-02T20:58:48Z
Memberuser
25611
138012
wikitext
text/x-wiki
އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދު ޖީސީއީ އޯ ލެވެލް ފުރިހަމަކުރެއްވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުން 2000ވަނަ އަހަރުގައެވެ. އެއަށްފަހު 2001ވަނަ އަހަރު އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި މެޝިނިންގ އެންޑް މެކޭނިކަލް ފިޓިންގސްގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. 2005ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވުމަށް ފަހު، އެ ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. ޑިގްރީ ޙާޞިލުކުރެއްވީ 2011ވަނަ އަހަރުގައެވެ. އިސްލާމިކް ސްޓަޑީޒްގެ ރޮނގުން މާސްޓަރސް ޙާޞިލުކުރެއްވީ 2024ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ.
އައްޝައިޚު ޢަބްދުލްފައްތާޙު ޢަބްދުލްޙަމީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
g9pv8foyj7ha5bno7hd6zfdeinfr33f
ޙުސައިން ޢަބްދުﷲ ސަޢީދު
0
16418
138006
2026-09-02T20:28:29Z
Memberuser
25611
Created page with "އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ. އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ 2001ވަނަ އަހަރު އޭރުގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި 2008ވަނަ އަހަރު [[މިޞްރު]]ގެ އ..."
138006
wikitext
text/x-wiki
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ 2001ވަނަ އަހަރު އޭރުގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި 2008ވަނަ އަހަރު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]ން ބެޗްލަރ އޮފް ޝަރީޢާ ޙާޞިލުކުރެއްވިއެވެ. 2023ވަނަ އަހަރު [[ވިލާ ކޮލެޖު]]ން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އިން އެޑިޔުކޭޝަން ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2023ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ.
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އަދި އެ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓަކީ ވެސް ޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތީ 2013ވަނަ އަހަރުގައެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތުމުގެ ކުރިން ފެމިލީ ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރަރގެ މަޤާމު، 2010ވަނަ އަހަރުން 2013ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފައިވެއެވެ.
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދުގެ ފަންނީ ޚިދުމަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އެގޮތުން، އިސްލާމީ ތަރުބިޔަތު މާއްދާގެ (ގްރޭޑް 9 އިން 12 އަށް) ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ އަތްމަތީ ފޮތްތަކުގެ ފިޤްހު ބައިތައް ތައްޔާރުކޮށް ލިޔުއްވުމުގައި ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، ތަދްރީސުލްޤުރްއާން(ގްރޭޑް 11 އިން 12 އަށް)، ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ އަތްމަތީ ފޮތްތަކުގެ "ޤުރުއާނާއި ސައިންސް" ޔުނިޓް ތައްޔާރުކޮށް ލިޔުއްވުމުގައި އޭނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
rpcwz7lyybr5fywggwpqy57dfj7ie66
138007
138006
2026-09-02T20:29:09Z
Memberuser
25611
138007
wikitext
text/x-wiki
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިޔެކެވެ.
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ 2001ވަނަ އަހަރު އޭރުގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި 2008ވަނަ އަހަރު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]ން ބެޗްލަރ އޮފް ޝަރީޢާ ޙާޞިލުކުރެއްވިއެވެ. 2023ވަނަ އަހަރު [[ވިލާ ކޮލެޖު]]ން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އިން އެޑިޔުކޭޝަން ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2023ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ.
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އަދި އެ ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓަކީ ވެސް ޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތީ 2013ވަނަ އަހަރުގައެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތުމުގެ ކުރިން ފެމިލީ ކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރަރގެ މަޤާމު، 2010ވަނަ އަހަރުން 2013ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފައިވެއެވެ.
އައްޝައިޚު ޙުސައިން ޢަބްދުﷲ ސަޢީދުގެ ފަންނީ ޚިދުމަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އެގޮތުން، އިސްލާމީ ތަރުބިޔަތު މާއްދާގެ (ގްރޭޑް 9 އިން 12 އަށް) ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ އަތްމަތީ ފޮތްތަކުގެ ފިޤްހު ބައިތައް ތައްޔާރުކޮށް ލިޔުއްވުމުގައި ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، ތަދްރީސުލްޤުރްއާންގެ (ގްރޭޑް 11 އިން 12 އަށް)، ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ އަތްމަތީ ފޮތްތަކުގެ "ޤުރްއާނާއި ސައިންސް" ޔުނިޓް ތައްޔާރުކޮށް ލިޔުއްވުމުގައި ވަނީ ބައިވެރިވެވަޑައިގަންނަވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
lg8vee14djycrbo4igxfg6yjihxo5z7
ޙަސަން މަޢުރޫފު
0
16419
138008
2026-09-02T20:37:54Z
Memberuser
25611
Created page with "އައްޝައިޚު ޙަސަން މަޢުރޫފަކީ ކިޔަވައިދެއްވުމުގެ ރޮނގުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ. އައްޝައިޚު ޙަސަން މަޢުރޫފު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ 1991ވަނަ އަހަރު އޭރުގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި..."
138008
wikitext
text/x-wiki
އައްޝައިޚު ޙަސަން މަޢުރޫފަކީ ކިޔަވައިދެއްވުމުގެ ރޮނގުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ.
އައްޝައިޚު ޙަސަން މަޢުރޫފު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވީ 1991ވަނަ އަހަރު އޭރުގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިންނެވެ. އޭގެފަހުގައި 1996ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2017ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ންނެވެ. މީގެއިތުރުން 2022ވަނަ އަހަރު ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން އެންޑް އިސްލާމް ޙާޞިލުކުރައްވައިފައިވެއެވެ. އަދި 2024ވަނަ އަހަރު [[ވިލާ ކޮލެޖު]]ން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް އިން އެޑިޔުކޭޝަން ޙާޞިލުކުރެއްވިއެވެ.
އައްޝައިޚު ޙަސަން މަޢުރޫފު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ފެކަލްޓީއާ ގުޅިވަޑައިގަތީ 2010ވަނަ އަހަރުގައެވެ. ޤައުމީ ޔުނިވަރސިޓީއާ ގުޅިވަޑައިގަތުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އެގްޒޭމިނަރުގެ މަޤާމު، 2008ވަނަ އަހަރުން 2010ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފައިވެއެވެ. އަދި 1999ވަނަ އަހަރުން 2008ވަނަ އަހަރާ ހަމައަށް އައްޑުއަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް މުދައްރިސްކަން ކުރައްވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
pvpdbu96hfjhb1o9i3067jfap385656
ޢުޘްމާން ޔޫސުފު
0
16420
138011
2026-09-02T20:56:36Z
Memberuser
25611
Created page with "އައްޝައިޚު ޢުޘްމާން ޔޫސުފަކީ ކިޔަވައިދެއްވުމުގެ ރޮނގުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ. އައްޝައިޚު ޢުޘްމާން ޔޫސުފު ވަނީ 1982ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ޖާމިޢަތުލްއިމާމު މުޙައްމަދު އިބްނު ސުޢޫދު އަލްއިސްލާ..."
138011
wikitext
text/x-wiki
އައްޝައިޚު ޢުޘްމާން ޔޫސުފަކީ ކިޔަވައިދެއްވުމުގެ ރޮނގުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ.
އައްޝައިޚު ޢުޘްމާން ޔޫސުފު ވަނީ 1982ވަނަ އަހަރު [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ޖާމިޢަތުލްއިމާމު މުޙައްމަދު އިބްނު ސުޢޫދު އަލްއިސްލާމިއްޔާ (އިމާމު މުޙައްމަދު އިބްނު ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ) ގައި ޢަރަބިބަހުގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކުރައްވައިފައެވެ. އަދި ހަމަ އެ ޔުނިވަރސިޓީން 1986ވަނަ އަހަރު ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރެއްވިއެވެ. 1991ވަނަ ޙަދީޘުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ ވެސް އިމާމު މުޙައްމަދު އިބްނު ސުޢޫދު އިސްލާމިކް ޔުނިވަރސިޓީގައެވެ. އަދި 2011ވަނަ އަހަރު [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ން މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރައްވައިފައިވެއެވެ. މީގެއިތުރަށް [[ވިލާ ކޮލެޖު]]ން ޕޯސްގްރެޖުއޭޓް ސެޓްފިކެޓް އިން އިސްލާމް ޙާޞިލުކުރައްވައިފައިވެއެވެ.
އައްޝައިޚު ޢުޘްމާން ޔޫސުފު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ފެކަލްޓީއާ ގުޅިވަޑައިގަތީ 2012ވަނަ އަހަރުގައެވެ. މަތީ ތަޢުލީމުގެ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން ސްކޫލް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. މިގޮތުން [[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)]] ގެ ފިޤްހު މުދައްރިސްކަމާއި، ސުޕަވައިޒަރުކަން އަދާކުރެއްވުން ހިމެނެއެވެ.
އައްޝައިޚު ޢުޘްމާން ޔޫސުފު ވަނީ ޕާޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުން [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]އާއި، ވިލާ ކޮލެޖާއި، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި ކިޔަވައިދެއްވައިފައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
mk07k0pt9b5ku9lmc8unxe7jp70y00v