ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.18
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
މުޙައްމަދު ޒާހިރު ޙުސައިން
0
5996
138013
137995
2026-09-03T21:14:15Z
Memberuser
25611
138013
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| native_name_lang = dv
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
[[މުޙައްމަދު މުޢިއްޒު]]
| term_start = 20 އޮގަސްޓު 2019
| term_end1 = 12 ޖުލައި 2015
| term_start1 = 20 މާރިޗު 2012
| term_end2 = 30 މޭ 1990
| term_start2 = 23 ޖުލައި 1979
| predecessor2 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded1 = [[ޙަސަން ޙަމީދު]]
| succeeded2 = [[ޢަބްދުﷲ ޙަމީދު]]
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = 3
| spouse = ނާއިލާ އިބްރާހީމް ކަލޭފާނު
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ]]
ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]
| awards = ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1989
މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990
ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2001
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008
ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (މޯލްޑިވްސް ސްޕޯޓްސް އެވޯޑް) - 2022
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު - 2024
| honorific_suffix = ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
| office2 = މިނިސްޓަރ އޮފް އެޑިޔުކޭޝަން
| office1 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| term_end = 1 ފެބުރުވަރީ 2026
| predecessor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| prior_term = 45

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެންމެފަހުން އަދާކުރެއްވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރުގެ މަޤާމެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2026 ފެބުރުވަރީ 1ވަނަ ދުވަހުއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، އެންމެ ތުއްޕުޅުއިރު ކިޔަވައި ވިދާޅުވީ، އުފަން ރަށް، [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކު]] މަދްރަސަތުލްފައިދިއްޔާގައެވެ. އޭގެފަހުން، ތަޢުލީމު ޙާޞިލުކުރެއްވުމަށް [[މާލެ]] ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމާ ގުޅިގެން، [[މާލެ]] ވަޑައިގެން ދާރުލްއިޤާމާގައި ކިޔަވައި ވިދާޅުވާން ފެށްޓެވީއެވެ. އެއީ، ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. ދާރުލްއިޤާމާ އުވައިލެއްވުމާ ގުޅިގެން، ފަހުން [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]ގައި 4 އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށް ފަހު، އިތުރަށް ތަޢުލީމު ޙާޞިކުރެއްވުމަށް [[މިޞްރު|މިޞްރަށް]] ވަޑައިގަތީއެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހެއްދެވީ، [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]] ގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ޕީއެޗްޑީ ޙާޞިލުކުރެއްވީ، [[މެލޭޝިޔާ]]ގެ ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]ގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001ވަނަ އަހަރުއެވެ. ތީސިސް ލިޔުއްވީ، އިބްނި ސީނާގެ ތިއަރީއާ ބެހޭގޮތުންނެވެ. ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
== ޚިދުމަތް ==
=== ތަޢުލީމީ ދާއިރާ ===
[[ފައިލު:Mohamed Zahir Hussain and Maumoon Abdul Gayoom, 1970s.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (ވާތުގައި) ކުރީގެ ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]ގެ އަރިހުގައި]]
[[މިޞްރު]]ން ކިޔަވައި ވިދާޅުވުމަށްފަހު، ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެށްޓެވީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ އިސްލާމް މުދައްރިސެއްގެ މަޤާމުގައި 1970ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ މަޤާމުގައި 1 އަހަރާއި 8 މަހެއްހާ ދުވަހު ޚިދުމަތްކުރެއްވި އިރު އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ ދަރިވަރުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ފާހަގަކޮށްލެވޭ މުހިންމު އެއް ސިފަޔަކީ، ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނާ ޙިކުމަތްތެރިކަމާ އެކުގައި މުޢާމަލާތުކުރެއްވުމުގެ މަތިވެރި ހުނަރެވެ. ޚާއްޞަކޮށް، ދަރިވަރުންގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުޞްލޫބެވެ. އިސްލާމް މުދައްރިސެއްގެ ހައިސިއްޔަތުން އެ ކުދީންނަށް ދީނީ ރޮނގުން ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައި ވެސް އެ މަނިކުފާނަކީ، ނަމޫނާ މުދައްރިސެކެވެ. އެ މަނިކުފާނަކީ ކިޔަވައި ދެއްވުމުގައި ހަރުކަށިކަން އިސްކުރެއްވުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ދަރިވަރުންގެ އިޙުސާސްތަކަށް އިޙްތިރާމު ކުރައްވައި، އެއްވެސް ތަފާތުކުރެއްވުމެއް ނެތި، ދަރިވަރުންނާ ހަމަހަމަކަމާއެކު މުޢާމަލާތު ކުރެއްވި މުރައްބީއެކެވެ. [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެމުދައްރިސެއްގެ ހައިސިއްޔަތުން، އެ މަދަރުސާގެ ދަރިވަރުންނަށް ދީނީ ރޮނގުން ޚިދުމަތް ކޮށްދެއްވުން އެއީ، އެ މަނިކުފާނުގެ ތަޢުލީމީ ޚިދުމަތުގެ ފެށުމެވެ.
[[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގައި ޚިދުމަތްކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމަށެވެ. އެއީ، 1972 އޮގަސްޓު 20ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން އެ މަނިކުފާނުގެ ޚިދުމަތް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ލިބެމުން ދިޔައީ، ވަރަށް ފުޅާ ދާއިރާއެއްގައެވެ. އެއަށްފަހު، 1976 އޮކްޓޫބަރު 23ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ.
ޔުނެސްކޯއާއި، ޔުނިސެފާއި، ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ކޮމިއުނިޓީ ތަޢުލީމު ތަޢާރަފުކުރުމުގެ މަޝްރޫޢު، [[އިބްރާހީމް ނާޞިރު|ސުމުއްވުލްއަމީރު އަލްމަރްޙޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ)]] ގެ ރައީސްކަމުގެ ދައުރުގައި ފެށިގެންދިޔަ އިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. މަޝްރޫޢުގެ ދަށުން ރާއްޖޭގެ ތަޢުލީމީ މުސްތަޤުބަލަށް ޓަކައި ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވިއެވެ. ކޮމިއުނިޓީ ސްކޫލްތައް ބިނާކުރެއްވުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމާއި، ކިޔަވައިދޭނެ ޓެކްސްޓް ފޮތް ތައްޔާރުކުރެއްވުމަކީ ވެސް އެ މަޝްރޫޢުގެ ދަށުން ޙާޞިލުކުރެވުނު އަމާޒުތަކެވެ. އެގޮތުން، ފޮތް ތައްޔާރުކުރެއްވުމާއި، ޓީޗަރުން ތަމްރީނުކުރެއްވުމާއި، ހެޑްމާސްޓަރުން ތަމްރީނުކުރެއްވުން ފަދަ ކަންކަން އެންމެ ފުރަތަމަ ކުރައްވަމުން ގެންދެވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ނަމުގައި އުފެއްދެވި އޮފީހުންނެވެ. ފަހުން އެ މަސައްކަތް ކުރެއްވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހާއި، ޓީޗަރުން ތަމްރީނުކުރެއްވުމަށް އުފެއްދެވި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުންނެވެ. އެންމެ ފުރަތަމަ ވެސް ފެށްޓެވީ ޓީޗަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ، ކޮމިއުނިޓީ ސްކޫލްތައް ބިނާކުރަމުން ގެންދާވަރަކަށް، އެ ތަންތާނގައި ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ނުކޮށް، އެ ސްކޫލްތައް ހިންގެން ނޯންނާނެތީއެވެ.
1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ)]]، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް، މި ދެންނެވި މަޝްރޫޢު ހަލުވިކަމާއެކުގައި ކުރިއަށް ގެންދެވިއެވެ. އޭރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުންނެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމުގައެވެ. [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް މައުމޫން]]، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ 8 މަހެއްހައި ދުވަސް ފަހުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ، 1979ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ.
އޭރު އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދެވީ ވެސް، ކޮމިއުނިޓީ ސްކޫލުތައް ޢިމާރާތްކުރުމުގެ މަސައްކަތަށެވެ. އެހެންކަމުން، އެ މަސައްކަތް ވީހައި ވެސް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ޓަކައި ރާއްޖެތެރެ ރަނގަޅަށް ދެނެވަޑައިގަންނަވާ ހަރުދަނާ ބޭފުޅަކާ ޙަވާލުކުރެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނިންމެވިއެވެ. އެގޮތުން، އެ މަސައްކަތް ބެއްލެވުން ޙަވާލުކުރެއްވީ، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާއެވެ. ލަސްތަކެއްނުވެ ދުވާފަރު ޔޮޓްދޯނީގެ ދަތުރުތައް އަތޮޅުތަކަށް ކުރަން ފެށިއްޖެއެވެ. ގިނަ ރަށްރަށުގައި ކޮމިއުނިޓީ ސްކޫލުތަކުގެ ބިންގާއެޅި، އެ ކަން ބާރަށް ހިނގައިގަތެވެ. މި ތަންތަނުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ވެސް ބައްލަވައިލެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ރަށްރަށަށް ދަތުރުފުޅުކުރައްވައި، މަސައްކަތް ހަލުވިކުރެއްވުމަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ފުރަތަމަ، ކޮމިއުނިޓީ ސްކޫލު ބިނާކުރައްވައި ހުޅުވިގެންދިޔައީ، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައެވެ. ދެވަނަ ސްކޫލް ހުޅުވުނީ، [[ތިލަދުންމަތީ ދެކުނުބުރި|ހދ. އަތޮޅު]] [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށީ]]ގައެވެ. ތިންވަނައަށް [[ކޮޅުމަޑުލު|ތ. އަތޮޅު]] [[ތިމަރަފުށި (ތ. އަތޮޅު)|ތިމަރަފުށީ]]ގައެވެ. ހަތަރުވަނައަށް [[ހުވަދުއަތޮޅު އުތުރުބުރި|ގއ. އަތޮޅު]] [[ވިލިނގިލި (ގއ. އަތޮޅު)|ވިލިނގިލީ]]ގައެވެ. އޭގެފަހުން، ހުރިހާ އަތޮޅެއްގައި ވެސް ކޮމިއުނިޓީ ސްކޫލުތައް ބިނާކުރައްވައި ނިންމެވިއެވެ.
ކޮމިއުނިޓީ ސްކޫލުތަކާ އެކުގައި، ކޮންމެ އަތޮޅެއްގައި، އަތޮޅު މަދަރުސާއެއް ވެސް ބިނާކުރައްވަން ފެށްޓެވިއެވެ. އެއީ، [[ޖަޕާނު]] ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެއްވި މަދަރުސާތަކެކެވެ. ހަމަ އެއާއެކުގައި، ރާއްޖޭގެ ރަށްރަށުގައި ހުރި އަމިއްލަ މީހުންނާއި ރައްޔިތުންގެ މަދަރުސާތައް ވެސް ސަރުކާރުން ހިންގަވާ މަދަރުސާތަކެއްގެ ގޮތުގައި ހަމަޖައްސަވައި ހިންގަވަން ފެށްޓެވިއެވެ. އަދި، [[މާލެ|މާލޭ]]ގައްޔާއި ރާއްޖެތެރޭގައި މެދުކެނޑުމެއްނެތި ހިނގަމުން އަންނަތާ ގިނަދުވަސްވީ ސްކޫލް މަދަރުސާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވަން ވެސް ފެށްޓެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލްތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ. މިކަންކަން ހިންގެވުމުގައި ކަމާ ބެހޭ ލަފަޔާއި އިރުޝާދު ދެއްވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.
އަތޮޅުތަކުގެ އިތުރުން، މާލޭގައި ވެސް މަތީ ޘާނަވީއަށް ކިޔަވައިދޭނެ ސްކޫލެއް، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި 1979ވަނަ އަހަރު ހުޅުވިގެންދިޔައެވެ. އެ ސެންޓަރު ހުޅުވި، ތަޢުލީމު ދޭން ފެށީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގެ ދައުރުގައި، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭރު އެ ސެންޓަރުގައި އިސްލާމް މާއްދާ ކިޔަވައިދެއްވި ބޭފުޅުންގެ ތެރޭގައި، އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލުތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ވިސްނުންފުޅު ގެންގުޅުއްވަން ފެށްޓެވީ، ރާއްޖެއާ ގުޅޭ މާޙައުލަކަށް ތަޢުލީމު ބައްޓަންކުރެއްވުމުގެ މަގުސަދުގައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ ކޮލޯނިއަލް މޮޑެލްއަކަށް ކިޔަވައިދޭ މުޤައްރަރެކެވެ. އެހެންކަމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މަޝްވަރާގެ މަތިން މުޤައްރަރު ބަދަލުކުރައްވައި، މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުން މި އަންނަ މުޤައްރަރާ އެއްގޮތަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. މި ދެންނެވި މުޤައްރަރު ފުރަތަމަ އެކުލަވައިލުމަށްޓަކައި ހދ. ކުޅުދުއްފުށީގައި "ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރ"ގެ ނަމުގައި 12 ޖަނަވަރީ 1980 ގައި ސެމިނާރެއް ބޭއްވެވިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، [[އައްޑުއަތޮޅު|އައްޑު އަތޮޅުގައްޔާއި]]، [[ފުވައްމުލައް (ޏ. އަތޮޅު)|ފުވައްމުލަކުގައްޔާއި]]، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.[[ފައިލު:2nd_session_of_the_Islamic_University_of_Maldives’_Convocation_2023_(346).jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން ([[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި)]]ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.
މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި [[ޢަރަބި]] ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، [[ޢަރަބި]] ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި [[ޢަރަބި|ޢަރަބިބަހަށް]] އިސްކަންދެވި، [[ޢަރަބި|ޢަރަބިބަހުން]] މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
[[ފައިލު:Mohamed Zahir Hussain portrait 1979.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (1979)]]
މި ޒަމާނުގެ ރާގަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަން ފެށްޓެވުމުގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖެއިން ބޭރުން، [[ޕާކިސްތާން|ޕާކިސްތާނު]]ން ޤާރީއެއް ގެންނަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ޤާރީންނަށް ލިބިގެންދިޔުމެވެ. އަދި، އެފަދަ މުބާރާތްތަކުން ދިވެހި ޤާރީން މަތީ ވަނަތައް ހޯދައިފައިވާކަމީ ވެސް ޝުކުރުވެރިކަމާ އެކު މިއަދު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
=== ކުޅިވަރުގެ ދާއިރާ ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށް ވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ. އޭގެފަހުން، އެ މަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އަދި އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްފުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެ ކުޅިވަރުގެ ޒޯންތަކަކަށް ބައްސަވައިލައްވައި، ކުޅިވަރު ޒޯން ސްޓޭޑިއަމްތައް އެޅުމެވެ. މިގޮތުން، [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށި]] ޒޯން ސްޓޭޑިއަމާއި، [[އައްޑުއަތޮޅު|އައްޑޫ]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]] ޒޯން ސްޓޭޑިއަމް ބިނާކުރެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތައް އުފައްދައި ބޭނުންކުރަން ފެށުން ހިމެނެއެވެ. މާލޭގައި އެކި ކުޅިވަރުތައް ކުޅުމުގެ ޖާގަ މަދުކަމާ އެކު، ޖާގަ އިތުރުކުރައްވައި، ކުޅިވަރު ކޯޓުތައް ޤާއިމުކުރައްވައި، އެ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެ މަނިކުފާނަކީ ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. [[މިޞްރު]]ގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރު، ފުޓުބޯޅަ ކުޅުއްވިއެވެ. އަދި، [[މާލެ|މާލޭ]]ގައި ޓެނިސް ކުޅުއްވިއެވެ.
=== [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ވަނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.
=== ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ===
ރާއްޖޭގެ ނޫސްވެރިކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ޚިދުމަތްތަކަކީ ވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ޚިދުމަތްތަކެކެވެ. "އަމާޒު"ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި "ހަވީރު" ނޫހުގެ ނަމުގައި ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައި ވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޒުމޫނުތަކުން އެކަންޏެއް ނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުން އެކަންޏެއް ވެސް ނޫނެވެ. މީގެއިތުރުން، ނޫސް ޗާޕުކުރުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމަށާއި، މި ޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައި ފުޅާކުރެއްވުމަށް ވެސް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ، ހުކުރު ޚުޠުބާ ލިޔުއްވައި، މާލޭގައި ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް ވެސް އެކި މައުޟޫޢުތަކަށް މަޒުމޫނުތައް ލިޔުއްވި ބޭފުޅެކެވެ.
== ލިބިވަޑައިގެންނެވި އިނާމުތައް ==
[[ފައިލު:Mohamed_Zahir_Hussain_receiving_the_Highest_Honour_of_Service_to_the_Education_sector_by_Mohamed_Muizzu.jpg|thumb|ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ]]
[[ފައިލު:Mohamed Muizzu handing letter of appreciation to Mohamed Zahir Hussain.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުމެއް އަރުވަނީ (2026)]]
ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނޫސްވެރިކަމުގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި 1989ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވައިފައިވެއެވެ. ރާއްޖޭގެ ތަރައްްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ލިބިވަޑައިގަތެވެ. މީގެއިތުރުން އެ މަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވުމާ ގުޅިގެން 2001ވަނަ އަހަރު، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފައިވެއެވެ. އަދި އެ މަނިކުފާނަށް ވަނީ، ނޫސްވެރިކަމުގެ "އަލިމަސް ގަލަން" 2018ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ކުޅިވަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، 2022 މާރިޗު 17ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024ވަނަ އަހަރު އަރުވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
rx6v9o0nvmqoqzl1o1dd78rvu93qq8d
138014
138013
2026-09-03T21:15:11Z
Memberuser
25611
138014
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| native_name_lang = dv
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| president2 = [[މައުމޫން ޢަބްދުލް ޤައްޔޫމް]]
| president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
[[މުޙައްމަދު މުޢިއްޒު]]
| term_start = 20 އޮގަސްޓު 2019
| term_end1 = 12 ޖުލައި 2015
| term_start1 = 20 މާރިޗު 2012
| term_end2 = 30 މޭ 1990
| term_start2 = 23 ޖުލައި 1979
| predecessor2 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded1 = [[ޑރ. މުޙައްމަދު ލަޠީފް]]

tn38ccopb3mer1xtipv7rr07r65jyvu
138015
138014
2026-09-03T21:32:38Z
Memberuser
25611
138015
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| term_start = 20 އޮގަސްޓު 2019
| term_end = 1 ފެބުރުވަރީ 2026
| predecessor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| office1 =
| president1 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| succeeded1 = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| predecessor1 =
| termstart1 = 12 ޖުލައި 2015
| termend1 = 2016
| office2 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| termstart2 = 20 މާރިޗު 2012
| termend2 = 12 ޖުލައި 2015
| predecessor2 =
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް އެޑިޔުކޭޝަން
| president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 23 ޖުލައި 1979
| termend4 = 30 މޭ 1990
| predecessor4 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded4 = [[ޢަބްދުﷲ ޙަމީދު]]
| office5 =
| termstart5 =
| termend5 =
| president5 =
| office6 =
| president6 =
| termstart6 =
| termend6 =
| predecessor6 =
| succeeded6 =
| birth_date =
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = 3
| spouse = ނާއިލާ އިބްރާހީމް ކަލޭފާނު
| education =
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]
ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]
| successor =
| successor2 = [[ޑރ. މުޙައްމަދު ލަޠީފް]]
| relations =
| parents =
| awards = ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1989
މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990
ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2001
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008
ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (މޯލްޑިވްސް ސްޕޯޓްސް އެވޯޑް) - 2022
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު - 2024
| otherparty =
| party =
| signature =
| honorific_suffix = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ

hcn62rvis3zzkcqhk46fy23zt2w6j4z
138016
138015
2026-09-03T21:33:16Z
Memberuser
25611
138016
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| term_start = 20 އޮގަސްޓު 2019
| term_end = 1 ފެބުރުވަރީ 2026
| predecessor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| office1 =
| president1 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| succeeded1 = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| predecessor1 = (މަޤާމު އުފެއްދެވުން)

s0fclt9sembmtaf3y3p4yo5h57of1my
138018
138016
2026-09-03T21:38:34Z

| termend1 = 22 އޮގަސްޓު 2016

708owubibwt24diukdu6lf1i3vj85yv
138020
138018
2026-09-03T21:48:10Z

ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، [[އައްޑުއަތޮޅު|އައްޑު އަތޮޅުގައްޔާއި]]، [[ފުވައްމުލައް (ޏ. އަތޮޅު)|ފުވައްމުލަކުގައްޔާއި]]، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.[[ފައިލު:Mohamed Zahir Hussain portrait 1979.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (1979)]]ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.
މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި [[ޢަރަބި]] ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، [[ޢަރަބި]] ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި [[ޢަރަބި|ޢަރަބިބަހަށް]] އިސްކަންދެވި، [[ޢަރަބި|ޢަރަބިބަހުން]] މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި ޒަމާނުގެ ރާގަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަން ފެށްޓެވުމުގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖެއިން ބޭރުން، [[ޕާކިސްތާން|ޕާކިސްތާނު]]ން ޤާރީއެއް ގެންނަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ޤާރީންނަށް ލިބިގެންދިޔުމެވެ. އަދި، އެފަދަ މުބާރާތްތަކުން ދިވެހި ޤާރީން މަތީ ވަނަތައް ހޯދައިފައިވާކަމީ ވެސް ޝުކުރުވެރިކަމާ އެކު މިއަދު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
=== ކުޅިވަރުގެ ދާއިރާ ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށް ވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ. އޭގެފަހުން، އެ މަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އަދި އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްފުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެ ކުޅިވަރުގެ ޒޯންތަކަކަށް ބައްސަވައިލައްވައި، ކުޅިވަރު ޒޯން ސްޓޭޑިއަމްތައް އެޅުމެވެ. މިގޮތުން، [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށި]] ޒޯން ސްޓޭޑިއަމާއި، [[އައްޑުއަތޮޅު|އައްޑޫ]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]] ޒޯން ސްޓޭޑިއަމް ބިނާކުރެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތައް އުފައްދައި ބޭނުންކުރަން ފެށުން ހިމެނެއެވެ. މާލޭގައި އެކި ކުޅިވަރުތައް ކުޅުމުގެ ޖާގަ މަދުކަމާ އެކު، ޖާގަ އިތުރުކުރައްވައި، ކުޅިވަރު ކޯޓުތައް ޤާއިމުކުރައްވައި، އެ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެ މަނިކުފާނަކީ ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. [[މިޞްރު]]ގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރު، ފުޓުބޯޅަ ކުޅުއްވިއެވެ. އަދި، [[މާލެ|މާލޭ]]ގައި ޓެނިސް ކުޅުއްވިއެވެ. [[ފައިލު:2nd_session_of_the_Islamic_University_of_Maldives’_Convocation_2023_(346).jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން ([[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި)]]
=== [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ވަނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.
=== ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ===
ރާއްޖޭގެ ނޫސްވެރިކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ޚިދުމަތްތަކަކީ ވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ޚިދުމަތްތަކެކެވެ. "އަމާޒު"ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި "ހަވީރު" ނޫހުގެ ނަމުގައި ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައި ވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޒުމޫނުތަކުން އެކަންޏެއް ނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުން އެކަންޏެއް ވެސް ނޫނެވެ. މީގެއިތުރުން، ނޫސް ޗާޕުކުރުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމަށާއި، މި ޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައި ފުޅާކުރެއްވުމަށް ވެސް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ، ހުކުރު ޚުޠުބާ ލިޔުއްވައި، މާލޭގައި ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް ވެސް އެކި މައުޟޫޢުތަކަށް މަޒުމޫނުތައް ލިޔުއްވި ބޭފުޅެކެވެ.
== ލިބިވަޑައިގެންނެވި އިނާމުތައް ==
[[ފައިލު:Mohamed_Zahir_Hussain_receiving_the_Highest_Honour_of_Service_to_the_Education_sector_by_Mohamed_Muizzu.jpg|thumb|ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ]]
[[ފައިލު:Mohamed Muizzu handing letter of appreciation to Mohamed Zahir Hussain.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުމެއް އަރުވަނީ (2026)]]
ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނޫސްވެރިކަމުގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި 1989ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވައިފައިވެއެވެ. ރާއްޖޭގެ ތަރައްްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ލިބިވަޑައިގަތެވެ. މީގެއިތުރުން އެ މަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވުމާ ގުޅިގެން 2001ވަނަ އަހަރު، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފައިވެއެވެ. އަދި އެ މަނިކުފާނަށް ވަނީ، ނޫސްވެރިކަމުގެ "އަލިމަސް ގަލަން" 2018ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ކުޅިވަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، 2022 މާރިޗު 17ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024ވަނަ އަހަރު އަރުވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
8tmliev5ohfmfitzieqpygjqj5j8n29
138021
138020
2026-09-03T21:48:30Z
Memberuser
25611
138021
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| term_start = 20 އޮގަސްޓު 2019
| term_end = 1 ފެބުރުވަރީ 2026
| predecessor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| office1 =
| president1 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| succeeded1 = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| predecessor1 = (މަޤާމު އުފެއްދެވުން)
| termstart1 = 12 ޖުލައި 2015
| termend1 = 22 އޮގަސްޓު 2016
| office2 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| termstart2 = 20 މާރިޗު 2012
| termend2 = 12 ޖުލައި 2015
| predecessor2 =
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް އެޑިޔުކޭޝަން
| president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 23 ޖުލައި 1979
| termend4 = 30 މޭ 1990
| predecessor4 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded4 = [[ޢަބްދުﷲ ޙަމީދު]]
| office5 =
| termstart5 =
| termend5 =
| president5 =
| office6 =
| president6 =
| termstart6 =
| termend6 =
| predecessor6 =
| succeeded6 =
| birth_date =
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = 3
| spouse = ނާއިލާ އިބްރާހީމް ކަލޭފާނު
| education =
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]، [[މިޞްރު]]
ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]
| successor =
| successor2 = [[ޑރ. މުޙައްމަދު ލަޠީފް]]
| relations =
| parents =
| awards = ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1989
މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990
ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2001
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008
ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (މޯލްޑިވްސް ސްޕޯޓްސް އެވޯޑް) - 2022
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު - 2024
| otherparty =
| party =
| signature =
| honorific_suffix = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]
[[މުޙައްމަދު މުޢިއްޒު]]

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެންމެފަހުން އަދާކުރެއްވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރުގެ މަޤާމެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2026 ފެބުރުވަރީ 1ވަނަ ދުވަހުއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، އެންމެ ތުއްޕުޅުއިރު ކިޔަވައި ވިދާޅުވީ، އުފަން ރަށް، [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކު]] މަދްރަސަތުލްފައިދިއްޔާގައެވެ. އޭގެފަހުން، ތަޢުލީމު ޙާޞިލުކުރެއްވުމަށް [[މާލެ]] ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމާ ގުޅިގެން، [[މާލެ]] ވަޑައިގެން ދާރުލްއިޤާމާގައި ކިޔަވައި ވިދާޅުވާން ފެށްޓެވީއެވެ. އެއީ، ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. ދާރުލްއިޤާމާ އުވައިލެއްވުމާ ގުޅިގެން، ފަހުން [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]ގައި 4 އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށް ފަހު، އިތުރަށް ތަޢުލީމު ޙާޞިކުރެއްވުމަށް [[މިޞްރު|މިޞްރަށް]] ވަޑައިގަތީއެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހެއްދެވީ، [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]] ގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ޕީއެޗްޑީ ޙާޞިލުކުރެއްވީ، [[މެލޭޝިޔާ]]ގެ ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]ގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001ވަނަ އަހަރުއެވެ. ތީސިސް ލިޔުއްވީ، އިބްނި ސީނާގެ ތިއަރީއާ ބެހޭގޮތުންނެވެ. ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
== ޚިދުމަތް ==
=== ތަޢުލީމީ ދާއިރާ ===
[[ފައިލު:Mohamed Zahir Hussain and Maumoon Abdul Gayoom, 1970s.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (ވާތުގައި) ކުރީގެ ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]ގެ އަރިހުގައި]]
[[މިޞްރު]]ން ކިޔަވައި ވިދާޅުވުމަށްފަހު، ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެށްޓެވީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ އިސްލާމް މުދައްރިސެއްގެ މަޤާމުގައި 1970ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ މަޤާމުގައި 1 އަހަރާއި 8 މަހެއްހާ ދުވަހު ޚިދުމަތްކުރެއްވި އިރު އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ ދަރިވަރުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ފާހަގަކޮށްލެވޭ މުހިންމު އެއް ސިފަޔަކީ، ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނާ ޙިކުމަތްތެރިކަމާ އެކުގައި މުޢާމަލާތުކުރެއްވުމުގެ މަތިވެރި ހުނަރެވެ. ޚާއްޞަކޮށް، ދަރިވަރުންގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުޞްލޫބެވެ. އިސްލާމް މުދައްރިސެއްގެ ހައިސިއްޔަތުން އެ ކުދީންނަށް ދީނީ ރޮނގުން ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައި ވެސް އެ މަނިކުފާނަކީ، ނަމޫނާ މުދައްރިސެކެވެ. އެ މަނިކުފާނަކީ ކިޔަވައި ދެއްވުމުގައި ހަރުކަށިކަން އިސްކުރެއްވުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ދަރިވަރުންގެ އިޙުސާސްތަކަށް އިޙްތިރާމު ކުރައްވައި، އެއްވެސް ތަފާތުކުރެއްވުމެއް ނެތި، ދަރިވަރުންނާ ހަމަހަމަކަމާއެކު މުޢާމަލާތު ކުރެއްވި މުރައްބީއެކެވެ. [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެމުދައްރިސެއްގެ ހައިސިއްޔަތުން، އެ މަދަރުސާގެ ދަރިވަރުންނަށް ދީނީ ރޮނގުން ޚިދުމަތް ކޮށްދެއްވުން އެއީ، އެ މަނިކުފާނުގެ ތަޢުލީމީ ޚިދުމަތުގެ ފެށުމެވެ.
[[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގައި ޚިދުމަތްކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމަށެވެ. އެއީ، 1972 އޮގަސްޓު 20ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން އެ މަނިކުފާނުގެ ޚިދުމަތް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ލިބެމުން ދިޔައީ، ވަރަށް ފުޅާ ދާއިރާއެއްގައެވެ. އެއަށްފަހު، 1976 އޮކްޓޫބަރު 23ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ.
ޔުނެސްކޯއާއި، ޔުނިސެފާއި، ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ކޮމިއުނިޓީ ތަޢުލީމު ތަޢާރަފުކުރުމުގެ މަޝްރޫޢު، [[އިބްރާހީމް ނާޞިރު|ސުމުއްވުލްއަމީރު އަލްމަރްޙޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ)]] ގެ ރައީސްކަމުގެ ދައުރުގައި ފެށިގެންދިޔަ އިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. މަޝްރޫޢުގެ ދަށުން ރާއްޖޭގެ ތަޢުލީމީ މުސްތަޤުބަލަށް ޓަކައި ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވިއެވެ. ކޮމިއުނިޓީ ސްކޫލްތައް ބިނާކުރެއްވުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމާއި، ކިޔަވައިދޭނެ ޓެކްސްޓް ފޮތް ތައްޔާރުކުރެއްވުމަކީ ވެސް އެ މަޝްރޫޢުގެ ދަށުން ޙާޞިލުކުރެވުނު އަމާޒުތަކެވެ. އެގޮތުން، ފޮތް ތައްޔާރުކުރެއްވުމާއި، ޓީޗަރުން ތަމްރީނުކުރެއްވުމާއި، ހެޑްމާސްޓަރުން ތަމްރީނުކުރެއްވުން ފަދަ ކަންކަން އެންމެ ފުރަތަމަ ކުރައްވަމުން ގެންދެވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ނަމުގައި އުފެއްދެވި އޮފީހުންނެވެ. ފަހުން އެ މަސައްކަތް ކުރެއްވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހާއި، ޓީޗަރުން ތަމްރީނުކުރެއްވުމަށް އުފެއްދެވި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުންނެވެ. އެންމެ ފުރަތަމަ ވެސް ފެށްޓެވީ ޓީޗަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ، ކޮމިއުނިޓީ ސްކޫލްތައް ބިނާކުރަމުން ގެންދާވަރަކަށް، އެ ތަންތާނގައި ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ނުކޮށް، އެ ސްކޫލްތައް ހިންގެން ނޯންނާނެތީއެވެ.
1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ)]]، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް، މި ދެންނެވި މަޝްރޫޢު ހަލުވިކަމާއެކުގައި ކުރިއަށް ގެންދެވިއެވެ. އޭރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުންނެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމުގައެވެ. [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް މައުމޫން]]، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ 8 މަހެއްހައި ދުވަސް ފަހުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ، 1979ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ.
އޭރު އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދެވީ ވެސް، ކޮމިއުނިޓީ ސްކޫލުތައް ޢިމާރާތްކުރުމުގެ މަސައްކަތަށެވެ. އެހެންކަމުން، އެ މަސައްކަތް ވީހައި ވެސް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ޓަކައި ރާއްޖެތެރެ ރަނގަޅަށް ދެނެވަޑައިގަންނަވާ ހަރުދަނާ ބޭފުޅަކާ ޙަވާލުކުރެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނިންމެވިއެވެ. އެގޮތުން، އެ މަސައްކަތް ބެއްލެވުން ޙަވާލުކުރެއްވީ، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާއެވެ. ލަސްތަކެއްނުވެ ދުވާފަރު ޔޮޓްދޯނީގެ ދަތުރުތައް އަތޮޅުތަކަށް ކުރަން ފެށިއްޖެއެވެ. ގިނަ ރަށްރަށުގައި ކޮމިއުނިޓީ ސްކޫލުތަކުގެ ބިންގާއެޅި، އެ ކަން ބާރަށް ހިނގައިގަތެވެ. މި ތަންތަނުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ވެސް ބައްލަވައިލެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ރަށްރަށަށް ދަތުރުފުޅުކުރައްވައި، މަސައްކަތް ހަލުވިކުރެއްވުމަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ފުރަތަމަ، ކޮމިއުނިޓީ ސްކޫލު ބިނާކުރައްވައި ހުޅުވިގެންދިޔައީ، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައެވެ. ދެވަނަ ސްކޫލް ހުޅުވުނީ، [[ތިލަދުންމަތީ ދެކުނުބުރި|ހދ. އަތޮޅު]] [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށީ]]ގައެވެ. ތިންވަނައަށް [[ކޮޅުމަޑުލު|ތ. އަތޮޅު]] [[ތިމަރަފުށި (ތ. އަތޮޅު)|ތިމަރަފުށީ]]ގައެވެ. ހަތަރުވަނައަށް [[ހުވަދުއަތޮޅު އުތުރުބުރި|ގއ. އަތޮޅު]] [[ވިލިނގިލި (ގއ. އަތޮޅު)|ވިލިނގިލީ]]ގައެވެ. އޭގެފަހުން، ހުރިހާ އަތޮޅެއްގައި ވެސް ކޮމިއުނިޓީ ސްކޫލުތައް ބިނާކުރައްވައި ނިންމެވިއެވެ.
ކޮމިއުނިޓީ ސްކޫލުތަކާ އެކުގައި، ކޮންމެ އަތޮޅެއްގައި، އަތޮޅު މަދަރުސާއެއް ވެސް ބިނާކުރައްވަން ފެށްޓެވިއެވެ. އެއީ، [[ޖަޕާނު]] ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެއްވި މަދަރުސާތަކެކެވެ. ހަމަ އެއާއެކުގައި، ރާއްޖޭގެ ރަށްރަށުގައި ހުރި އަމިއްލަ މީހުންނާއި ރައްޔިތުންގެ މަދަރުސާތައް ވެސް ސަރުކާރުން ހިންގަވާ މަދަރުސާތަކެއްގެ ގޮތުގައި ހަމަޖައްސަވައި ހިންގަވަން ފެށްޓެވިއެވެ. އަދި، [[މާލެ|މާލޭ]]ގައްޔާއި ރާއްޖެތެރޭގައި މެދުކެނޑުމެއްނެތި ހިނގަމުން އަންނަތާ ގިނަދުވަސްވީ ސްކޫލް މަދަރުސާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވަން ވެސް ފެށްޓެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލްތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ. މިކަންކަން ހިންގެވުމުގައި ކަމާ ބެހޭ ލަފަޔާއި އިރުޝާދު ދެއްވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.
އަތޮޅުތަކުގެ އިތުރުން، މާލޭގައި ވެސް މަތީ ޘާނަވީއަށް ކިޔަވައިދޭނެ ސްކޫލެއް، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި 1979ވަނަ އަހަރު ހުޅުވިގެންދިޔައެވެ. އެ ސެންޓަރު ހުޅުވި، ތަޢުލީމު ދޭން ފެށީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގެ ދައުރުގައި، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭރު އެ ސެންޓަރުގައި އިސްލާމް މާއްދާ ކިޔަވައިދެއްވި ބޭފުޅުންގެ ތެރޭގައި، އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލުތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ވިސްނުންފުޅު ގެންގުޅުއްވަން ފެށްޓެވީ، ރާއްޖެއާ ގުޅޭ މާޙައުލަކަށް ތަޢުލީމު ބައްޓަންކުރެއްވުމުގެ މަގުސަދުގައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ ކޮލޯނިއަލް މޮޑެލްއަކަށް ކިޔަވައިދޭ މުޤައްރަރެކެވެ. އެހެންކަމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މަޝްވަރާގެ މަތިން މުޤައްރަރު ބަދަލުކުރައްވައި، މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުން މި އަންނަ މުޤައްރަރާ އެއްގޮތަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. މި ދެންނެވި މުޤައްރަރު ފުރަތަމަ އެކުލަވައިލުމަށްޓަކައި ހދ. ކުޅުދުއްފުށީގައި "ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރ"ގެ ނަމުގައި 12 ޖަނަވަރީ 1980 ގައި ސެމިނާރެއް ބޭއްވެވިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، [[އައްޑުއަތޮޅު|އައްޑު އަތޮޅުގައްޔާއި]]، [[ފުވައްމުލައް (ޏ. އަތޮޅު)|ފުވައްމުލަކުގައްޔާއި]]، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.[[ފައިލު:Mohamed Zahir Hussain portrait 1979.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (1979)]]މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.

ho67vxc5k4v2up4dopq2kqqogyxf31t
138022
138021
2026-09-03T21:49:32Z

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި [[ޢަރަބި]] ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، [[ޢަރަބި]] ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި [[ޢަރަބި|ޢަރަބިބަހަށް]] އިސްކަންދެވި، [[ޢަރަބި|ޢަރަބިބަހުން]] މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "[[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

41lnk20n3p1fpwj78n0wm41kgom3h6p
138023
138022
2026-09-03T21:51:58Z

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ވިސްނުންފުޅު ގެންގުޅުއްވަން ފެށްޓެވީ، ރާއްޖެއާ ގުޅޭ މާޙައުލަކަށް ތަޢުލީމު ބައްޓަންކުރެއްވުމުގެ މަގުސަދުގައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ ކޮލޯނިއަލް މޮޑެލްއަކަށް ކިޔަވައިދޭ މުޤައްރަރެކެވެ. އެހެންކަމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މަޝްވަރާގެ މަތިން މުޤައްރަރު ބަދަލުކުރައްވައި، މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުން މި އަންނަ މުޤައްރަރާ އެއްގޮތަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. މި ދެންނެވި މުޤައްރަރު ފުރަތަމަ އެކުލަވައިލުމަށްޓަކައި ހދ. ކުޅުދުއްފުށީގައި "ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރ"ގެ ނަމުގައި 12 ޖަނަވަރީ 1980 ގައި ސެމިނާރެއް ބޭއްވެވިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، [[އައްޑުއަތޮޅު|އައްޑު އަތޮޅުގައްޔާއި]]، [[ފުވައްމުލައް (ޏ. އަތޮޅު)|ފުވައްމުލަކުގައްޔާއި]]، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.[[ފައިލު:Mohamed Zahir Hussain portrait 1979.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (1979)]]މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި [[ޢަރަބި]] ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، [[ޢަރަބި]] ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި [[ޢަރަބި|ޢަރަބިބަހަށް]] އިސްކަންދެވި، [[ޢަރަބި|ޢަރަބިބަހުން]] މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "[[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި ޒަމާނުގެ ރާގަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަން ފެށްޓެވުމުގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖެއިން ބޭރުން، [[ޕާކިސްތާން|ޕާކިސްތާނު]]ން ޤާރީއެއް ގެންނަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ޤާރީންނަށް ލިބިގެންދިޔުމެވެ. އަދި، އެފަދަ މުބާރާތްތަކުން ދިވެހި ޤާރީން މަތީ ވަނަތައް ހޯދައިފައިވާކަމީ ވެސް ޝުކުރުވެރިކަމާ އެކު މިއަދު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
=== ކުޅިވަރުގެ ދާއިރާ ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިން 10 އަހަރާއި 9 މަހަށް ވުރެ ދިގު މުއްދަތަކަށް ތަޢުލީމީ ވަޒީރުކަން ކުރެއްވި ފަހުން ޢައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އަދި އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްފުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެ ކުޅިވަރުގެ ޒޯންތަކަކަށް ބައްސަވައިލައްވައި، ކުޅިވަރު ޒޯން ސްޓޭޑިއަމްތައް އެޅުމެވެ. މިގޮތުން، [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށި]] ޒޯން ސްޓޭޑިއަމާއި، [[އައްޑުއަތޮޅު|އައްޑޫ]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]] ޒޯން ސްޓޭޑިއަމް ބިނާކުރެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތައް އުފައްދައި ބޭނުންކުރަން ފެށުން ހިމެނެއެވެ. މާލޭގައި އެކި ކުޅިވަރުތައް ކުޅުމުގެ ޖާގަ މަދުކަމާ އެކު، ޖާގަ އިތުރުކުރައްވައި، ކުޅިވަރު ކޯޓުތައް ޤާއިމުކުރައްވައި، އެ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެ މަނިކުފާނަކީ ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. [[މިޞްރު]]ގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރު، ފުޓުބޯޅަ ކުޅުއްވިއެވެ. އަދި، [[މާލެ|މާލޭ]]ގައި ޓެނިސް ކުޅުއްވިއެވެ. [[ފައިލު:2nd_session_of_the_Islamic_University_of_Maldives’_Convocation_2023_(346).jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން ([[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި)]]
=== [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ވަނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.
=== ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ===
ރާއްޖޭގެ ނޫސްވެރިކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ޚިދުމަތްތަކަކީ ވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ޚިދުމަތްތަކެކެވެ. "އަމާޒު"ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި "ހަވީރު" ނޫހުގެ ނަމުގައި ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައި ވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޒުމޫނުތަކުން އެކަންޏެއް ނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުން އެކަންޏެއް ވެސް ނޫނެވެ. މީގެއިތުރުން، ނޫސް ޗާޕުކުރުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމަށާއި، މި ޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައި ފުޅާކުރެއްވުމަށް ވެސް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ، ހުކުރު ޚުޠުބާ ލިޔުއްވައި، މާލޭގައި ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް ވެސް އެކި މައުޟޫޢުތަކަށް މަޒުމޫނުތައް ލިޔުއްވި ބޭފުޅެކެވެ.
== ލިބިވަޑައިގެންނެވި އިނާމުތައް ==
[[ފައިލު:Mohamed_Zahir_Hussain_receiving_the_Highest_Honour_of_Service_to_the_Education_sector_by_Mohamed_Muizzu.jpg|thumb|ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ]]
[[ފައިލު:Mohamed Muizzu handing letter of appreciation to Mohamed Zahir Hussain.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުމެއް އަރުވަނީ (2026)]]
ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނޫސްވެރިކަމުގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި 1989ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވައިފައިވެއެވެ. ރާއްޖޭގެ ތަރައްްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ލިބިވަޑައިގަތެވެ. މީގެއިތުރުން އެ މަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވުމާ ގުޅިގެން 2001ވަނަ އަހަރު، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފައިވެއެވެ. އަދި އެ މަނިކުފާނަށް ވަނީ، ނޫސްވެރިކަމުގެ "އަލިމަސް ގަލަން" 2018ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ކުޅިވަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، 2022 މާރިޗު 17ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024ވަނަ އަހަރު އަރުވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
mr4v8bxv1crgygv5j9x52khi810yg5c
މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
0
15300
138017
137726
2026-09-03T21:38:13Z
Memberuser
25611
138017
wikitext
text/x-wiki
{{Infobox officeholder
| name = ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
| office = އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް)
| term_start = 17 ނޮވެންބަރު 2023
| president = [[މުޙައްމަދު މުޢިއްޒު]]
| predecessor = [[އަޙްމަދު ޒާހިރު ޢަލީ]]
| image = Dr. Mohamed Shaheem Ali Saeed portrait.jpg
| office1 =
| president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| termstart1 = 19 ފެބުރުވަރީ 2012
| termend1 = 6 މޭ 2015
| predecessor1 = [[ޢަބްދުލްމަޖީދު ޢަބްދުލްބާރީ]]
| successor1 = [[އަޙްމަދު ޒިޔާދު ބާޤިރު]]
| birth_date = {{Birth date and age|1977|3|28|df=yes}}
| birth_place = [[މާމެންދޫ (ގއ. އަތޮޅު)|ގއ. މާމެންދޫ]] ، [[ދިވެހިރާއްޖެ]]
| party = [[ޢަދާލަތު ޕާޓީ]] (2005–2015) ، (2025 އިން ފެށިގެން)
| alma_mater = [[އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ]]
[[އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ]]
| otherparty = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2018–2025)
| website = {{URL|drshaheem.com}}
| office2 = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| termend2 = 15 ނޮވެންބަރު 2018
| termstart2 = 22 އޮގަސްޓު 2016
| predecessor2 = [[މުޙައްމަދު ޒާހިރު ޙުސައިން]]
| successor2 = [[މުޙައްމަދު ޒާހިރު ޙުސައިން]]
| caption = ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، 2023

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުފަންވެވަޑައިގަތީ 1977 މާރިޗު 28ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ [[ހުވަދުއަތޮޅު އުތުރުބުރި|ހުވަދުއަތޮޅު އުތުރުބުރީ]] [[މާމެންދޫ (ގއ. އަތޮޅު)|މާމެންދޫ]] ބޭފުޅެކެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ [[ޕާކިސްތާން|ޕާކިސްތާނު]]ގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލްއަޝްރަފިއްޔާގައި ކީރިތި ޤުރްއާން ހިތު ދަސްކުރެއްވުމަށް ފަހު، އިމާމު އަބޫ ޙަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އެއަށްފަހު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގެ ދަށުގައި ހުންނަ މަޢުހަދުއްދިރާސާތިލްޚާޞާގައި ޢަރަބިބަސް އިތުރަށް އުނގެނިވަޑައިގަތެވެ. ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުއްޝަރީޢާގައި ފިޤްހާއި އުޞޫލުލްފިޤްހުގެ ދާއިރާއިންނެވެ. އެއަށް ފަހު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ޙާޞިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) (ޕީއެޗްޑީ) ޙާޞިލުކުރެއްވިއެވެ.
ޑރ. ޝަހީމް ޕީއެޗްޑީގެ ތީސީސް ލިޔުއްވީ ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމާ ބެހޭ ގޮތުންނެވެ. މި ތީސީސްގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާއި ދިވެހިރާއްޖޭގެ ޒަކާތުގެ ތާރީޚާއި ޒަކާތް ބެހުމުގައި ޢަމަލުކުރާ ގޮތްތަކާއި ޒަކާތާއި ޓެކްސްގައި ހުރި އެއްގޮތް ކަންތައްތަކާއި ތަފާތުތަކާއި ދިވެހިރާއްޖެ ފަދަ ޓެކްސް ނަގާ ދައުލަތެއްގައި ޓެކްސްއާ އެކު މުދަލު ޒަކާތް ނަގާނެ ގޮތާއި، ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ތަޖުރިބާތަކާއި ޒަކާތުގެ ޒަމާނީ ފިޤްހީ ފަލްސަފާތަކާއި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ދައުލަތުގައި ޤާއިމު ކުރާނެ ގޮތުގެ އިތުރުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ޤާނޫނެއްގެ ދަށުން ޤައުމީ ފެންވަރުގެ މުއައްސަސާއެއް އުފައްދުމާ ގުޅޭ އުންމީދީ ތަޞައްވުރެއް ވެސް ހުށަހަޅުއްވައިފައިވެއެވެ. މި ތީސީސް ޕަބްލިޝްކުރުމަށް [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރިކޮމެންޑް ކޮށްފައިވެއެވެ.
ޑރ. ޝަހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، [[ވިލާ ކޮލެޖު]]ގެ ފެކަލްޓީ އޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި، އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ) އިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑެޕިއުޓީ ގަވަރުނަރުކަމާއި، އެ ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ގަވަރުނަރުކަމާއި، [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެންބަރުކަމާއި، ރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
[[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އެލަމްނައި ލީޑަރޝިލް އެވޯޑް (އައިއައިޔޫއެމް ޓޯކޯ އެވޯޑް) 2021ވަނަ އަހަރު ޑރ. ޝަހީމަށް އަރުވައިފައިވެއެވެ. މި އެވޯޑަކީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތާއި ލީޑަރޝިޕްގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުނިވަރސިޓީއިން އަރުވާ މަތީ އެވޯޑެވެ.
[[ފައިލު:Appointment of Mohamed Muizzu's cabinet ministers in January 2024 (7).jpg|thumb|ޑރ. މުޙައްމަދު ޝަހީމަށް އިސްލާމިކް މިނިސްޓަރުކަމުގެ ފަތްކޮޅު އަރުވަނީ]]
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމުގައެވެ. އަދި އެމަނިކުފާނަކީ ރާބިޠަތުލްޢާލަމިލްއިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
qlc9bk6363f44y6ysee4l4710k2i9dy
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
0
16093
138019
137805
2026-09-03T21:40:46Z
Memberuser
25611
138019
wikitext
text/x-wiki
{| id="toc" style="float:left; width:210px; margin-left: 1em;"
| colspan="2" style="text-align: center;" |'''ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ'''

| colspan="2" style="text-align:center; background:ffffff;" |[[ފައިލު:2nd session of the Islamic University of Maldives’ Convocation 2023 (39).jpg|center|240x240px|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުން (2023)]]ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުން (2023)

|'''ކުރީގެ ނަންތައް'''
|މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ

|'''ހިންގަން ފެށީ'''
|ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ހިންގަން ފެށީ 9 ޖުލައި 2015 ގައި
1980 - 2004 (މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި)
2004 - 2018 (ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި)

|'''ޗާންސެލަރު'''

|'''ވައިސް ޗާންސެލަރު'''
|[[ޑރ. ޢަލީ ޒާހިރު]]

|'''ކިޔަވައިދޭ ފެންވަރު'''
|ސެޓްފިކެޓް ލެވެލް، ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ، ޕީއެޗްޑީ

|'''ކުލަތައް'''
|{{Color box|#118E38}} {{Color box|#CF990E}} {{Color box|#FFFFFF}}

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެށުމަކީ 1980ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހު އުފެއްދެވި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއާއި 2004ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހު އުފެއްދެވި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 9 ޖުލައި 2015 (22 ރަމަޟާން 1436) ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމުންނެވެ.
މި ގެނެވުނު ބަދަލާ އެކު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، އުނގަންނައިދިނުމާއި ދިރާސާތައްކުރުމާއި އައު އުފެއްދުންތަކަށް ޚާއްޞަ މަސައްކަތްތަކެއް ކުރާ ތަޢުލީމީ އިދާރާއަކަށް ވެގެންދިއައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ، މަތީ ފެންވަރުގެ ވިސްނުންތަކަށް ފުރުސަތު ތަނަވަސްކޮށްދީ އަދި އިސްލާމް ދީން ޝާމިލުވެގެންވާގޮތެއްގައި ތަފާތު، ނައްޞުތަކާއި، ނަޒަރިއްޔާތުގެ ތެރެއިން އިސްލާމް ދީން ރަނގަޅަށް ފަހުމުވެ އެ މާތް ދީނުގެ ތަޢުލީމާއި އިރުޝާދުގެ އަލީގައި އުފެއްދުންތެރި ބިނާކުރަނިވި މުސްލިމު ދަރިން ތަރުބިޔަތު ކުރުމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބިނާވެގެންވަނީ، ޙަރަކާތްތެރި، ފުޅާ ތަޞައްވުރާއި، ޢިލްމީ އަރުތަ ހާޞިލުކުރުމުގެ ވަރުގަދަ ޢަޒުމެއްގެ މައްޗަށެވެ. ޢިލްމީ ތަމްރީނާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިސްލާމީ ތަޢުލީމު ޢާންމުކުރުމުގެ އަމާޒަށް ވާޞިލުވުމުގެ މައްޗަށެވެ. ބަދަލުވަމުންދާ ދުނިޔޭގެ ތަފާތު މަސްރަޙުތަކުގައި ބޭނުންކުރެވޭނެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މައްޗަށެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޤުޞަދު ==
(ހ) ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދޭ ޚާއްޞަ ޔުނިވަރސިޓީއެއް ޤާއިމުކޮށް އެ ޔުނިވަރސިޓީ ހިނގާނެގޮތުގެ އިޖުރާއާތުތަކާއި އުސޫލުތައް ކަނޑައެޅުން؛
(ށ) ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ޘަޤާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ޤައުމުގެ ތަރައްޤީއަށާއި، ހޭލުންތެރިކަމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ތަހުޒީބު، ޒިންމާދާރު، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި ދަރިންތަކެއް އުފެއްދުން؛
(ނ) ފަރުދުންނާއި ޤައުމު، ތަރައްޤީއާ ހަމައަށް ވާސިލުކޮށް ކުރިއެރުވުމަށްޓަކައި އިސްލާމީ ނަޒަރިއްޔާތުގެ ރޫޙާ އެއްގޮތަށް މަސައްކަތްކުރުން؛
(ރ) އިސްލާމީ ސައިންސާއި އަދި ޑިސިޕްލިންތަކުގެ އެކި ރޮނގުން ކުރިއަރައި ތަރައްޤީއަށް ވާސިލުވާނެ ގޮތްތައް ހޯދުން؛
(ބ) ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަކީ ޤައުމާއި މުސްލިމް އުންމަތް ބިނާކުރާނެ އުފެއްދުންތެރި އަދި ޤާބިލު ފަންނުވެރި ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ==
(ހ) ޢާންމުކޮށް ޢިލްމާއި ހުނަރު، ޚާއްޞަކޮށް އިސްލާމީ ޢިލްމާއި މަޢުރިފާ އާއި ޘަޤާފަތް އިތުރުކޮށް ފުޅާކުރުން؛
(ށ) ދިވެހިރާއްޖެއަށް ބޭނުންވާ ޢާންމު ޢިލްމާއި ހުނަރުތަކާއި އިސްލާމީ ތަޢުލީމުގެ އެންމެހާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ދިނުން؛
(ނ) ޢިލްމީ ދިރާސާކުރުމާއި މިފަދަ ދިރާސާތައް ޤައުމީ އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަންފާއަށް ޓަކައި ޝާއިޢުކުރުން؛
(ރ) ޔުނިވަރސިޓީގައި ހިންގާ ކޯސްތަކާއި ލިބިދޭ ތަމްރީނާއި ތަޢުލީމާ ގުޅިގެން ދޭންޖެހޭ ބެޗެލަރސް، މާސްޓަރސް، އަދި ޑޮކްޓޯރަލް ޑިގްރީއާއި އެނޫންވެސް ސަނަދުތަކާއި އެވޯޑުތައް ދިނުން؛
(ބ) ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޢުލީމީ މަރުކަޒުތަކާއެކު އެއްބާރުލުމުގެ ގުޅުންތައް ޤާއިމުކުރުން؛
(ޅ) ޔުނިވަރސިޓީގެ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ވަޞީލަތްތައް ތަރައްޤީކޮށް އިތުރު ވަޞީލަތްތައް ހޯދުން؛
(ކ) ޔުނިވަރސިޓީގެ އެންމެހާ ވަޞީލަތްތައް ޔުނިވަރސިޓީގެ މަރުކަޒުތަކުގެ މެދުގައި އިންޞާފުވެރިކަމާއެކު އެންމެ ހެޔޮގޮތުގައި ބޭނުންކުރުން؛
(އ) އިސްލާމީ އަދި ދިވެހި ތާރީޚާއި އާދަކާދަތަކާއި އަދަބުތައް ކުރިއަރުވައި ފެތުރުން؛
(ވ) އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުން.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރާއި މުހިންމަތު ==
'''ތަޞައްވުރު:''' ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާހުރި ޢިލްމު ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީ ކަމުގައިވުމެވެ.
'''މުހިންމަތު:''' އެންމެ މަތީ ފެންވަރަށް ކިޔަވައިދިނުމާއި، އުނގެނުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިޖުތިމާއީ ޚިދުމަތުގެ ތެރެއިން، ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާކުރާނެ، މަތިވެރި އިސްލާމީ ސިފަތައް ލިބިގެންވާ، ވަޒަން ހަމަ ޝަޚުޞިއްޔަތެއް ހުރި އުންމީދީ ދަރިވަރުން ތައްޔާރުކުރުމެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ==
ޔުނިވަރސިޓީގެ ފަލްސަފާ ނެގިފައިވަނީ سورة العلق ގެ ފުރަތަމަ ފަސް އާޔަތުންނެވެ.
[ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾] މާނައީ "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ (ޤަލަމުން) ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައި ދެއްވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ބިނާވެގެންވަނީ، ﷲއީ، ހުރިހާ ތަކެއްޗެއް ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެކަމަށް އީމާންވުމުގެ މަތިވެރި ޢަޤީދާގެ މައްޗަށެވެ. އެހެންކަމުން ޔުނިވަރސިޓީން ދެވޭ ތަޢުލީމުގެ ތެރޭގައި ޝާމިލުވެގެންވަނީ ތައުޙީދުގެ ރޫޙެވެ. އެހެންވީމާ، ޢިލްމުގެ މަންހަޖާއި، ޢިލްމު ބޭނުންކުރުމުގެ ތަރަހައަކީ، ކީރިތި ޤުރްއާނާއި ސުންނަތެވެ.
މި ބިމުގައި ލެއްވި، މާތްﷲ މާތްކުރެއްވި، ޚަލީފަތުﷲ ގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ، ޤައުމާއި އިސްލާމީ އުއްމަތް ބިނާކުރުމުގެ މުހިއްމު މަސްއޫލިއްޔަތެވެ.
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަސާސީ އަގުތައް ==
* ނަޒާހަތްތެރިކަން
* ފެންވަރާއި އަރުތަ
* ޤައުމަށާއި އުންމަތަށް ޚިދުމަތްކުރުން
* ދީންވެރިކަން
* ޒިންމާދާރުވުން
* އުޚުއްވަތްތެރިކަން
* ޢަދުލުވެރިކަން
== ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހުންނަ ކުއްލިއްޔާތަކާއި ސެންޓަރުތައް ==
* ކުއްލިޔާ އޮފް ޤުރްއާން އެންޑް ސުންނާ
* ކުއްލިޔާ އޮފް ޝަރީޢާ އެންޑް ލޯ
* ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް
* ކުއްލިޔާ އޮފް އެޑިޔުކޭޝަން
* ކުއްލިޔާ އޮފް ޢަރަބިކް ލެންގުއޭޖް
* ކުއްލިޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް
* ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަން
* ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް
* ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން
is4o5x5uotsgtgvtz5h8uo362mbx7yb