ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.18
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
މުޙައްމަދު ޒާހިރު ޙުސައިން
0
5996
138035
138023
2026-09-06T11:42:40Z
Memberuser
25611
138035
wikitext
text/x-wiki
{{Infobox officeholder
| name = މުޙައްމަދު ޒާހިރު ޙުސައިން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| image = Mohamed Zahir Hussain portrait.jpg
| caption = މުޙައްމަދު ޒާހިރު ޙުސައިން، 2019
| term_start = 20 އޮގަސްޓު 2019
| term_end = 1 ފެބުރުވަރީ 2026
| predecessor = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| office1 =
| president1 = [[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| succeeded1 = [[މުޙައްމަދު ޝަހީމް ޢަލީ ސަޢީދު|ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު]]
| predecessor1 = (މަޤާމު އުފެއްދެވުން)
| termstart1 = 12 ޖުލައި 2015
| termend1 = 22 އޮގަސްޓު 2016
| office2 = [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| termstart2 = 20 މާރިޗު 2012
| termend2 = 12 ޖުލައި 2015
| predecessor2 =
| president2 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| office4 = މިނިސްޓަރ އޮފް އެޑިޔުކޭޝަން
| president4 = [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]
| termstart4 = 23 ޖުލައި 1979
| termend4 = 30 މޭ 1990
| predecessor4 = [[ޢަބްދުއްސައްތާރު މޫސާދީދީ]]
| succeeded4 = [[ޢަބްދުﷲ ޙަމީދު]]
| office5 =
| termstart5 =
| termend5 =
| president5 =
| office6 =
| president6 =
| termstart6 =
| termend6 =
| predecessor6 =
| succeeded6 =
| birth_date =
| birth_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| children = 3
| spouse = ނާއިލާ އިބްރާހީމް ކަލޭފާނު
| education =
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]، [[މިޞްރު]]<br/>ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]
| successor =
| successor2 = [[ޑރ. މުޙައްމަދު ލަޠީފް]]
| relations =
| parents =
| awards = ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1989<br/>މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990<br/>ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2001<br/>ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008<br/>ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018<br/>ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (މޯލްޑިވްސް ސްޕޯޓްސް އެވޯޑް) - 2022<br/>ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު - 2024
| otherparty =
| party =
| signature =
| honorific_suffix = ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ
| president = [[އިބްރާހީމް މުޙައްމަދު ޞާލިޙް]]<br/>[[މުޙައްމަދު މުޢިއްޒު]]
}}
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެންމެފަހުން އަދާކުރެއްވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރުގެ މަޤާމެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2026 ފެބުރުވަރީ 1ވަނަ ދުވަހުއެވެ.
== ތަޢުލީމު ޙާޞިލުކުރެއްވުން ==
ޑރ. މުޙައްމަދު ޒާހިރު ޙުސައިން، އެންމެ ތުއްޕުޅުއިރު ކިޔަވައި ވިދާޅުވީ، އުފަން ރަށް، [[ފުވައްމުލައް (ޏ. އަތޮޅު)|ޏ. ފުވައްމުލަކު]] މަދްރަސަތުލްފައިދިއްޔާގައެވެ. އޭގެފަހުން، ތަޢުލީމު ޙާޞިލުކުރެއްވުމަށް [[މާލެ]] ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމާ ގުޅިގެން، [[މާލެ]] ވަޑައިގެން ދާރުލްއިޤާމާގައި ކިޔަވައި ވިދާޅުވާން ފެށްޓެވީއެވެ. އެއީ، ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. ދާރުލްއިޤާމާ އުވައިލެއްވުމާ ގުޅިގެން، ފަހުން [[މަޖީދިއްޔާ ސްކޫލް|މަދްރަސަތުލްމަޖީދިއްޔާ]]ގައި 4 އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށް ފަހު، އިތުރަށް ތަޢުލީމު ޙާޞިކުރެއްވުމަށް [[މިޞްރު|މިޞްރަށް]] ވަޑައިގަތީއެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހެއްދެވީ، [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]] ގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ޕީއެޗްޑީ ޙާޞިލުކުރެއްވީ، [[މެލޭޝިޔާ]]ގެ ޔުނިވަރސިޓީ ކެބަންގސާން [[މެލޭޝިޔާ]]ގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001ވަނަ އަހަރުއެވެ. ތީސިސް ލިޔުއްވީ، އިބްނި ސީނާގެ ތިއަރީއާ ބެހޭގޮތުންނެވެ. ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
== ޚިދުމަތް ==
=== <u>ތަޢުލީމީ ދާއިރާ</u> ===
[[ފައިލު:Mohamed Zahir Hussain and Maumoon Abdul Gayoom, 1970s.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (ވާތުގައި) ކުރީގެ ރައީސް [[މައުމޫން ޢަބްދުލް ޤައްޔޫމް|މައުމޫން ޢަބްދުލްޤައްޔޫމް]]ގެ އަރިހުގައި]]
[[މިޞްރު]]ން ކިޔަވައި ވިދާޅުވުމަށްފަހު، ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެށްޓެވީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ އިސްލާމް މުދައްރިސެއްގެ މަޤާމުގައި 1970ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ މަޤާމުގައި 1 އަހަރާއި 8 މަހެއްހާ ދުވަހު ޚިދުމަތްކުރެއްވި އިރު އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ، [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެ ދަރިވަރުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ފާހަގަކޮށްލެވޭ މުހިންމު އެއް ސިފަޔަކީ، ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނާ ޙިކުމަތްތެރިކަމާ އެކުގައި މުޢާމަލާތުކުރެއްވުމުގެ މަތިވެރި ހުނަރެވެ. ޚާއްޞަކޮށް، ދަރިވަރުންގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުޞްލޫބެވެ. އިސްލާމް މުދައްރިސެއްގެ ހައިސިއްޔަތުން އެ ކުދީންނަށް ދީނީ ރޮނގުން ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައި ވެސް އެ މަނިކުފާނަކީ، ނަމޫނާ މުދައްރިސެކެވެ. އެ މަނިކުފާނަކީ ކިޔަވައި ދެއްވުމުގައި ހަރުކަށިކަން އިސްކުރެއްވުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ދަރިވަރުންގެ އިޙުސާސްތަކަށް އިޙްތިރާމު ކުރައްވައި، އެއްވެސް ތަފާތުކުރެއްވުމެއް ނެތި، ދަރިވަރުންނާ ހަމަހަމަކަމާއެކު މުޢާމަލާތު ކުރެއްވި މުރައްބީއެކެވެ. [[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގެމުދައްރިސެއްގެ ހައިސިއްޔަތުން، އެ މަދަރުސާގެ ދަރިވަރުންނަށް ދީނީ ރޮނގުން ޚިދުމަތް ކޮށްދެއްވުން އެއީ، އެ މަނިކުފާނުގެ ތަޢުލީމީ ޚިދުމަތުގެ ފެށުމެވެ.
[[އަމީނިއްޔާ ސުކޫލް|އަމީނިއްޔާ ސްކޫލު]]ގައި ޚިދުމަތްކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމަށެވެ. އެއީ، 1972 އޮގަސްޓު 20ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން އެ މަނިކުފާނުގެ ޚިދުމަތް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ލިބެމުން ދިޔައީ، ވަރަށް ފުޅާ ދާއިރާއެއްގައެވެ. އެއަށްފަހު، 1976 އޮކްޓޫބަރު 23ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ.
ޔުނެސްކޯއާއި، ޔުނިސެފާއި، ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ކޮމިއުނިޓީ ތަޢުލީމު ތަޢާރަފުކުރުމުގެ މަޝްރޫޢު، [[އިބްރާހީމް ނާޞިރު|ސުމުއްވުލްއަމީރު އަލްމަރްޙޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ)]] ގެ ރައީސްކަމުގެ ދައުރުގައި ފެށިގެންދިޔަ އިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. މަޝްރޫޢުގެ ދަށުން ރާއްޖޭގެ ތަޢުލީމީ މުސްތަޤުބަލަށް ޓަކައި ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވިއެވެ. ކޮމިއުނިޓީ ސްކޫލްތައް ބިނާކުރެއްވުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމާއި، ކިޔަވައިދޭނެ ޓެކްސްޓް ފޮތް ތައްޔާރުކުރެއްވުމަކީ ވެސް އެ މަޝްރޫޢުގެ ދަށުން ޙާޞިލުކުރެވުނު އަމާޒުތަކެވެ. އެގޮތުން، ފޮތް ތައްޔާރުކުރެއްވުމާއި، ޓީޗަރުން ތަމްރީނުކުރެއްވުމާއި، ހެޑްމާސްޓަރުން ތަމްރީނުކުރެއްވުން ފަދަ ކަންކަން އެންމެ ފުރަތަމަ ކުރައްވަމުން ގެންދެވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ނަމުގައި އުފެއްދެވި އޮފީހުންނެވެ. ފަހުން އެ މަސައްކަތް ކުރެއްވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހާއި، ޓީޗަރުން ތަމްރީނުކުރެއްވުމަށް އުފެއްދެވި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުންނެވެ. އެންމެ ފުރަތަމަ ވެސް ފެށްޓެވީ ޓީޗަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ، ކޮމިއުނިޓީ ސްކޫލްތައް ބިނާކުރަމުން ގެންދާވަރަކަށް، އެ ތަންތާނގައި ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ނުކޮށް، އެ ސްކޫލްތައް ހިންގެން ނޯންނާނެތީއެވެ.
1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ)]]، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް، މި ދެންނެވި މަޝްރޫޢު ހަލުވިކަމާއެކުގައި ކުރިއަށް ގެންދެވިއެވެ. އޭރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުންނެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމުގައެވެ. [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް މައުމޫން]]، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ 8 މަހެއްހައި ދުވަސް ފަހުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ، 1979ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ.
އޭރު އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދެވީ ވެސް، ކޮމިއުނިޓީ ސްކޫލުތައް ޢިމާރާތްކުރުމުގެ މަސައްކަތަށެވެ. އެހެންކަމުން، އެ މަސައްކަތް ވީހައި ވެސް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ޓަކައި ރާއްޖެތެރެ ރަނގަޅަށް ދެނެވަޑައިގަންނަވާ ހަރުދަނާ ބޭފުޅަކާ ޙަވާލުކުރެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނިންމެވިއެވެ. އެގޮތުން، އެ މަސައްކަތް ބެއްލެވުން ޙަވާލުކުރެއްވީ، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާއެވެ. ލަސްތަކެއްނުވެ ދުވާފަރު ޔޮޓްދޯނީގެ ދަތުރުތައް އަތޮޅުތަކަށް ކުރަން ފެށިއްޖެއެވެ. ގިނަ ރަށްރަށުގައި ކޮމިއުނިޓީ ސްކޫލުތަކުގެ ބިންގާއެޅި، އެ ކަން ބާރަށް ހިނގައިގަތެވެ. މި ތަންތަނުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ވެސް ބައްލަވައިލެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ރަށްރަށަށް ދަތުރުފުޅުކުރައްވައި، މަސައްކަތް ހަލުވިކުރެއްވުމަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ފުރަތަމަ، ކޮމިއުނިޓީ ސްކޫލު ބިނާކުރައްވައި ހުޅުވިގެންދިޔައީ، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައެވެ. ދެވަނަ ސްކޫލް ހުޅުވުނީ، [[ތިލަދުންމަތީ ދެކުނުބުރި|ހދ. އަތޮޅު]] [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށީ]]ގައެވެ. ތިންވަނައަށް [[ކޮޅުމަޑުލު|ތ. އަތޮޅު]] [[ތިމަރަފުށި (ތ. އަތޮޅު)|ތިމަރަފުށީ]]ގައެވެ. ހަތަރުވަނައަށް [[ހުވަދުއަތޮޅު އުތުރުބުރި|ގއ. އަތޮޅު]] [[ވިލިނގިލި (ގއ. އަތޮޅު)|ވިލިނގިލީ]]ގައެވެ. އޭގެފަހުން، ހުރިހާ އަތޮޅެއްގައި ވެސް ކޮމިއުނިޓީ ސްކޫލުތައް ބިނާކުރައްވައި ނިންމެވިއެވެ.
ކޮމިއުނިޓީ ސްކޫލުތަކާ އެކުގައި، ކޮންމެ އަތޮޅެއްގައި، އަތޮޅު މަދަރުސާއެއް ވެސް ބިނާކުރައްވަން ފެށްޓެވިއެވެ. އެއީ، [[ޖަޕާނު]] ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެއްވި މަދަރުސާތަކެކެވެ. ހަމަ އެއާއެކުގައި، ރާއްޖޭގެ ރަށްރަށުގައި ހުރި އަމިއްލަ މީހުންނާއި ރައްޔިތުންގެ މަދަރުސާތައް ވެސް ސަރުކާރުން ހިންގަވާ މަދަރުސާތަކެއްގެ ގޮތުގައި ހަމަޖައްސަވައި ހިންގަވަން ފެށްޓެވިއެވެ. އަދި، [[މާލެ|މާލޭ]]ގައްޔާއި ރާއްޖެތެރޭގައި މެދުކެނޑުމެއްނެތި ހިނގަމުން އަންނަތާ ގިނަދުވަސްވީ ސްކޫލް މަދަރުސާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވަން ވެސް ފެށްޓެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލްތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ. މިކަންކަން ހިންގެވުމުގައި ކަމާ ބެހޭ ލަފަޔާއި އިރުޝާދު ދެއްވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.
އަތޮޅުތަކުގެ އިތުރުން، މާލޭގައި ވެސް މަތީ ޘާނަވީއަށް ކިޔަވައިދޭނެ ސްކޫލެއް، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި 1979ވަނަ އަހަރު ހުޅުވިގެންދިޔައެވެ. އެ ސެންޓަރު ހުޅުވި، ތަޢުލީމު ދޭން ފެށީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގެ ދައުރުގައި، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭރު އެ ސެންޓަރުގައި އިސްލާމް މާއްދާ ކިޔަވައިދެއްވި ބޭފުޅުންގެ ތެރޭގައި، އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލުތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ވިސްނުންފުޅު ގެންގުޅުއްވަން ފެށްޓެވީ، ރާއްޖެއާ ގުޅޭ މާޙައުލަކަށް ތަޢުލީމު ބައްޓަންކުރެއްވުމުގެ މަގުސަދުގައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ ކޮލޯނިއަލް މޮޑެލްއަކަށް ކިޔަވައިދޭ މުޤައްރަރެކެވެ. އެހެންކަމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މަޝްވަރާގެ މަތިން މުޤައްރަރު ބަދަލުކުރައްވައި، މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުން މި އަންނަ މުޤައްރަރާ އެއްގޮތަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. މި ދެންނެވި މުޤައްރަރު ފުރަތަމަ އެކުލަވައިލުމަށްޓަކައި ހދ. ކުޅުދުއްފުށީގައި "ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރ"ގެ ނަމުގައި 12 ޖަނަވަރީ 1980 ގައި ސެމިނާރެއް ބޭއްވެވިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، [[އައްޑުއަތޮޅު|އައްޑު އަތޮޅުގައްޔާއި]]، [[ފުވައްމުލައް (ޏ. އަތޮޅު)|ފުވައްމުލަކުގައްޔާއި]]، [[މާޅޮސްމަޑުލު ދެކުނުބުރި|ބ. އަތޮޅު]] [[އޭދަފުށި (ބ. އަތޮޅު)|އޭދަފުށީ]]ގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު [[މައުމޫން ޢަބްދުލް ޤައްޔޫމް|ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.[[ފައިލު:Mohamed Zahir Hussain portrait 1979.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން (1979)]]މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި [[ޢަރަބި]] ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، [[ޢަރަބި]] ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި [[ޢަރަބި|ޢަރަބިބަހަށް]] އިސްކަންދެވި، [[ޢަރަބި|ޢަރަބިބަހުން]] މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "[[ޢަރަބިއްޔާ ސްކޫލު|އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ]]" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި ޒަމާނުގެ ރާގަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަން ފެށްޓެވުމުގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖެއިން ބޭރުން، [[ޕާކިސްތާން|ޕާކިސްތާނު]]ން ޤާރީއެއް ގެންނަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ޤާރީންނަށް ލިބިގެންދިޔުމެވެ. އަދި، އެފަދަ މުބާރާތްތަކުން ދިވެހި ޤާރީން މަތީ ވަނަތައް ހޯދައިފައިވާކަމީ ވެސް ޝުކުރުވެރިކަމާ އެކު މިއަދު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
=== <u>ކުޅިވަރުގެ ދާއިރާ</u> ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިން 10 އަހަރާއި 9 މަހަށް ވުރެ ދިގު މުއްދަތަކަށް ތަޢުލީމީ ވަޒީރުކަން ކުރެއްވި ފަހުން ޢައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އަދި އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްފުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެ ކުޅިވަރުގެ ޒޯންތަކަކަށް ބައްސަވައިލައްވައި، ކުޅިވަރު ޒޯން ސްޓޭޑިއަމްތައް އެޅުމެވެ. މިގޮތުން، [[ކުޅުދުއްފުށި (ހދ. އަތޮޅު)|ކުޅުދުއްފުށި]] ޒޯން ސްޓޭޑިއަމާއި، [[އައްޑުއަތޮޅު|އައްޑޫ]] [[ހިތަދޫ (އައްޑުއަތޮޅު)|ހިތަދޫ]] ޒޯން ސްޓޭޑިއަމް ބިނާކުރެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތައް އުފައްދައި ބޭނުންކުރަން ފެށުން ހިމެނެއެވެ. މާލޭގައި އެކި ކުޅިވަރުތައް ކުޅުމުގެ ޖާގަ މަދުކަމާ އެކު، ޖާގަ އިތުރުކުރައްވައި، ކުޅިވަރު ކޯޓުތައް ޤާއިމުކުރައްވައި، އެ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެ މަނިކުފާނަކީ ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. [[މިޞްރު]]ގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރު، ފުޓުބޯޅަ ކުޅުއްވިއެވެ. އަދި، [[މާލެ|މާލޭ]]ގައި ޓެނިސް ކުޅުއްވިއެވެ. [[ފައިލު:2nd_session_of_the_Islamic_University_of_Maldives’_Convocation_2023_(346).jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިން ([[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި)]]
=== [[ރައްޔިތުންގެ މަޖިލިސް|<u>ރައްޔިތުންގެ މަޖިލީހުގައި</u>]] ===
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ވަނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.
=== <u>ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި</u> ===
ރާއްޖޭގެ ނޫސްވެރިކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ޚިދުމަތްތަކަކީ ވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ޚިދުމަތްތަކެކެވެ. "އަމާޒު"ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި "ހަވީރު" ނޫހުގެ ނަމުގައި ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައި ވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޒުމޫނުތަކުން އެކަންޏެއް ނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުން އެކަންޏެއް ވެސް ނޫނެވެ. މީގެއިތުރުން، ނޫސް ޗާޕުކުރުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމަށާއި، މި ޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައި ފުޅާކުރެއްވުމަށް ވެސް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ، ހުކުރު ޚުޠުބާ ލިޔުއްވައި، މާލޭގައި ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް ވެސް އެކި މައުޟޫޢުތަކަށް މަޒުމޫނުތައް ލިޔުއްވި ބޭފުޅެކެވެ.
== ލިބިވަޑައިގެންނެވި އިނާމުތައް ==
[[ފައިލު:Mohamed_Zahir_Hussain_receiving_the_Highest_Honour_of_Service_to_the_Education_sector_by_Mohamed_Muizzu.jpg|thumb|ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ]]
[[ފައިލު:Mohamed Muizzu handing letter of appreciation to Mohamed Zahir Hussain.jpg|thumb|ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުމެއް އަރުވަނީ (2026)]]
ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނޫސްވެރިކަމުގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި 1989ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވައިފައިވެއެވެ. ރާއްޖޭގެ ތަރައްްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ލިބިވަޑައިގަތެވެ. މީގެއިތުރުން އެ މަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވުމާ ގުޅިގެން 2001ވަނަ އަހަރު، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފައިވެއެވެ. އަދި އެ މަނިކުފާނަށް ވަނީ، ނޫސްވެރިކަމުގެ "އަލިމަސް ގަލަން" 2018ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ކުޅިވަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، 2022 މާރިޗު 17ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024ވަނަ އަހަރު އަރުވައިފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
sotwpd83izqza12gmd5xoc2bvx8vrhe
އަލްއަމީރު މުޙަންމަދު ފަރީދު ދީދީ
0
7368
138033
138030
2026-09-06T10:07:16Z
Ali Auzam
28784
ލިޔުމާއި ގުޅޭ ފޮޓޯއެއް އިތުރުކުރުން
138033
wikitext
text/x-wiki
{{Infobox royalty
| name = އަލްއަމީރު މުޙަންމަދު ފަރީދު ދީދީ
| title = King Mohamed Fareed I
|imagestyle = left
|captionstyle =
| image = [[File:Fareed I.jpg|200px|alt=Example alt text]]
| caption =
| succession = {{br separated entries|[[Sultan of the Maldives|King of the Maldives]]}}
| reign = March 7, 1954 – November 11, 1968
| coronation =
| othertitles =
| full name = Muhammad Fareed Didi
| predecessor = [[President of the Maldives]]<br/>([[Mohamed Amin Didi]])
| successor = [[President of the Maldives]]<br/>([[Ibrahim Nasir]])
| suc-type =
| spouse = Mugurigey Waheeda
| issue = 5 (all died)
| royal house = Huraage
| dynasty = [[Huraa dynasty|House of Huraa]]
| father = Sultan [[Abdul Majeed Didi]]
| mother = Princess Veyogey Dhon Goma
| birth_date = {{birth date|1901|01|11}}{{fact|date=January 2021}}
| birth_place = [[Malé]], [[Maldives]]
| death_date = {{death date and age|1969|03|27|1901|01|11}}{{fact|date=January 2021}}
| death_place = Malé, [[Maldives]]
| place of burial = [[Galolhu Cemetery]]
| religion = [[Islam]]
}}
ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އަކީ ދިވެހިރާއްޖޭގެ އައުދާނަ ތަޚްތުކޮޅުގައި އެންމެ ފަހުން ރެދަލި ކުރެވުނު ކީރިތި މަހާ ރަދުންނެވެ. އަދި އޮކްޓޯބަރ 1933 ން 25 ޖޫން 1942 އަށް [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ރާއީސް ކަން ކުރެއްވި ބޭފުޅާއެވެ.
މުޙައްމަދު ފަރީދު ދީދީ އަކީ ހުރާގޭ ދަރިކޮޅުގެ ރަސްކަމާއި ވެރިކަން ދެކަފިވެގެން އައިސް އެސިލްސިލާ ނިމޭތަން ގުޅުވައިދޭ ބޮޅެވެ. ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ރަދުންނެވެ.
==ނަސަބު==
މިރަދުންނަކީ އަތިރީގޭ އަލްއަމީރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ސުމުއްވުލް އަމީރު [[ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު(އަލްމުންތަޚަބް ލި ޢަރްޝި ދައުލަތިލް މަޙަލްދީބިއްޔާ)]]ގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ގެ ދޮންގޮމާ އަލްއަމީރާ ޢާއިޝާ (ކާށިދޫގޭ ދޮންގޮމާ) އެވެ. މުޙައްމަދު ފަރީދު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 ޞަފަރު 1319ހ، 13 ޖުލައި 1901 ގައި ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައެވެ. ބައެއް ލިޔުންތަކުގައި ވަނީ 12 ޖޫން 1901މ ގައެވެ.
މުޙައްމަދު ފަރީދު ދީދީ 5 ބޭކަނބަލުންނާއި ކައިވެނި ބައްލަވައިގަތެވެ. ލިބިވަޑައިގެންނެވި ބޭފުޅުން ބޮޑުނުވެ އަވަހާރަވީ އެވެ. އޭނާގެ މުޅި ޙަޔާތްޕުޅު ހިމެނިގެންދިޔައީ ރާއްޖެއަށް ކުރިމަތިވި ކޮންމެ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އަމާން ކަމާއެކު ރައްޔިތުންގެ ޙިމާޔަތް ލިބިގެންދިޔަ، އިތުބާރު ދެވިގެންވާ ޚާއްޞަ ބޭފުޅެއްގެ ގޮތުގައެވެ.
==ތަޢުލީމް ޙާޞިލްކުރެއްވުން==
އުމުރުފުޅުގެ ޅަދުވަސްތައް ހޭދަކުރެއްވީ އޭނާގެ ބައްޕަގެ ބެއްލެވުމުގެ ދަށުން ގަނޑުވަރުގެ ތެރޭގައެވެ. މާލެއިން އިބްތިދާއީ ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު، ރާއްޖެއިން ބޭރަށްވަޑައިގެން، ސިލޯނުގެ ރޮޔަލް ކޮލެޖް އަށް ވެދެވަޑައިގެން އެތަނުން އިގިރޭސި ތަޢުލީމު ޙާޞިލް ކުރެއްވި އެވެ. އިގިރޭސި، ސިންހަޅަ، އަދި ތަމަޅަ ބަސް ރަގަޅަށް ދެނެވަޑައިގަނެއެވެ.
އަލްއަމީރު މުޙައްމަދު ފަރީދުދީދީ ތަޢުލީމް ޙާޞިލް ކުރެއްވުމަށް ސިލޯނަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 24 ޖުމާދިލް އޫލާ 1331ހ ގައެވެ. ސިލޯނުގެ ރޮޔަލް ކޮލެޖް ގައި ތަޢުލީމް ޙާޞިލްކޮށް ނިންމުމަށްފަހު އެނބުރި މާލެ ވަޑައިގަތީ 24 ޖުމާދިލް އޫލާ 1338ހ ގައެވެ. އެހެންކަމުން ރޮޔަލް ކޮލެޖްގައި އެމަނިކުފާނު އުޅުއްވާފައިވަނީ 7 އަހަރު ވަންދެނެވެ.[[ފައިލު:Muhammad Fareed Didi, Sultan of Maldives.jpg|thumb|ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލް އައްވަލް]]
==ގައުމީ ޚިދުމަތް==
މުޙައްމަދު ފަރީދު ދީދީ ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ ސިފައިންގެ ވެރިޔާކަމުންނެވެ. ދެން ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލެވުމަށް އޭރުގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ޚިޔާރުކުރެއްވި މަޖުލީހުގެ މެންބަރަކަށް ޢައްޔަން ކުރެވުނެވެ. އެގާނޫނޫ އަސާސީ އެކަށައެޅި، ދުސްތޫރީ ޙުކޫމަތު އިޢްލާނު ކުރެވުނު ދުވަހުން ފެށިގެން، މުޙައްމަދު ފަރީދު އަކީ ރައްޔިތުން މަޖުލީހުގެ ރައީސް އަދި ވަޒީރުލް އަޢުޒަމް އެވެ. އަދި ސިފައިންގެ ވެރިޔާ ކަމާއި، ވަޒީރުލް ޢަސްކަރިއްޔާކަން ވެސް ކުރެއްވި އެވެ. ބޮޑުވަޒީރު ކަމުގެ ހުވާ އޭނާ ކުރެއްވީ 16 ޑިސެމްބަރ 1932 ވީ ހުކުރު ދުވަހުގައެވެ. އެއީ 17ޝައުބާން 1351 ގައެވެ.
މީލާދީން 1887 އަހަރުން ފެށިގެން ދިވެހި ދައުލަތް އިގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ދިވެހިރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު މުޙައްމަދު ފަރީދު އަށް ދެއްވި ލަގަބަކީ '''ޖަލާލަތުލް މަލިކް މުޙައްމަދު ފަރީދު''' އެވެ. އިގިރޭސި ރާނީ ކްއީން އެލިޒަބަތު 2 ގެ ފަރާތުން އައްސުލްތާން މުޙައްމަދު ފަރީދު އަށް 9 ޑިސެމްބަރު 1961މ (1 ރަޖަބު 1381ހ) ގައި ކޭސީއެމްޖީ ގެ ލަގަބު އެރުވުނެވެ.
މުޙައްމަދު ފަރީދު ދީދީގެ ފަހުން ތަޚްތުގައި އިންނެވި ރަދުންކަމުގައިވާ އައްސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މުޙައްމަދު ފަރީދު ވަޒީރުލް އަޢުޒަމް ކަމުން ވެސް އިސްތިއުފާ ދެއްވެވިއެވެ. އެއީ 2 ރަބީޢުލް އައްވަލް 1362ހ، 8 އެޕްރީލް 1943މ ގައެވެ.
އައްސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ތަޚުތު ހުސްވުމުގެ ސަބަބުން ހޮވުނު ވަލީ ކޮމެޓީގެ ތެރޭގައި ވެސް މުޙައްމަދު ފަރީދު ދީދީ ހިމެނިވަޑައިގަތެވެ. މިގޮތުގައި ހުންނަވަނިކޮށް ދިވެހި ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުވެ، އަދި އިންގިލާބަކުން އެ ޖުމުހޫރިއްޔާ އުވާލެވި، އަލުން އިޢާދަކުރެވުނު ރަސްކަމުގެ ތަޚުތަށް އެއްވެސް ފަރާތެއްގެ ނުފޫޒަކާއި ނުލައި އިންތިޚާބުވެ ހޮވިގެންދިޔައީ މުޙައްމަދު ފަރީދު މަނިއްޕުޅު އެވެ. އޭރު އެއީ ކިލެގެ ކަމަށް ކޮލިލެވިގެންވި، ސުމުއްވުލް އަމީރު މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު އެވެ.ރަސްކަލަކަށް ވެވަޑައިގެންނެވި އިރުގައި ކައިވެނި ބައްލަވައިގެން ހުންނެވީ މެދުސީދީގެ ސީދީގެ ސިއްތި އާއިއެވެ. އަދި އެޔަށްފަހު އެ ސިއްތި އަވަހާރަވުމުން ކައިވެނި ކުރެއްވެވީ އަލްމަރްޙޫމާ މުގުރިގޭ ވަޙީދާ އާއިއެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ 1 ރަޖަބު 1373ހ، 7 މާރޗް 1954 ގައެވެ. ފުރަތަމަ ބޮޑުވަޒީރަކީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެވެ. ދެވަނަ ބޮޑު ވަޒީރަކީ އަލްފާޟިލް އިބްރާހީމް ނާޞިރު އެވެ. މުޙައްމަދު ފަރީދު ދީދީ އަށް ފާށަނާ ކިލެގެކަމަށް ކޮލިލެވުނީ 10 ޖުމާދިލް އޫލާ 1365(ބައެއް ލިޔުންތަކުގައި 13 ޖުމާދިލް އޫލާ 1365 ) ނުވަތަ 15 އެޕްރީލް 1946 ގައި ކަމަށް ލިޔެފައި ގައެވެ.
މުޙައްމަދު ފަރީދު ދީދީ އަކީ ތާރީޚީ ގޮތުން ބަލާއިރު ދިވެހި ރަސްކަމުގެ ތަޚުތުގައި އެންމެ ފަހުން ރެދަލިކުރެވުނު ރަސްކަލުންނެވެ. މިރަދުންގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުން، އަދި އެކަމާއި ގުޅިގެން އެކުވެރި ދައުލަތް ތަކުގެ މެންބަރަކަށް ދިވެހިރާއްޖެ ވެގެން ދިއުން ހިމެނެއެވެ. އަދި ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ އެދެވޭ ބަދަލުތަކެއް އައުމެވެ. ދެވަނަ ފަހަރަށް އިގިރޭސިން އައްޑު އަތޮޅު ގަމުގައި ދިފާޢީ މަރުކަޒެއް ހަދައި އެތަނަށް ފޭބިއެވެ. އަދި މިރަސްކަމުގައި އައްޑު އަތޮޅާއި، ހުވަދު އަތޮޅާއި، ފުވައްމުލަކުގައި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއް ހިނގިއެވެ.
މުޙައްމަދު ފަރީދު ދީދީ އަކީ ދިވެހިންގެ ތެރެއިން ފާނޑުވެރިކަމުގެ މާހިރެކެވެ. މިއުޒިކުގެ ކަންކަމުގައި ފާހަގަކުރެވޭ ދިވެއްސެކެވެ. ބަގީޗާ ހެއްދެވުމަށް ޝައުގުހުރި އަދި އެޢިލްމުގެ އުސްތާޛެކެވެ. ކްރިކެޓާއި ފުޓުބޯޅައިގެ ހަރަކާތްތައް ހިންގެވި ފަރާތެކެވެ. އެންމެ ފުރަތަމަ ގާނޫނު އަސާސީ 1932 ވަނަ އަހަރު ފާސްކުރެއްވި އިރު މުޙައްމަދު ފަރީދު ދީދީ ހުންނެވީ ޝަމުސުއްދީން ރަދުންގެ ބޮޑު ވަޒީރު ކަމުގައެވެ.
=== ފުރުއްވި މަގާމްތައް ===
* ޝަމުސުއްދީން ރަދުންގެ ބޮޑުވަޒީރުކަން : މިމަގާމް ލިބިވަޑައިގަތީ 22 ޑިސެމްބަރު 1932 ގައެވެ.
* ސިފައިންގެ ވެރިޔާކަން : ފުރަތަމަ ގާނޫނު އަސާސީ ފާސްވުމާއި ގުޅިގެން
* ވަޒީރުލް ޢައުޒަމްކަން : ފުރަތަމަ ގާނޫނު އަސާސީ ފާސްވުމާއި ގުޅިގެން ، އަދި ޝަމުސުއްދީން ރަދުންނަށްފަހު އައި ދުވަސްތަކުގައި !
* ޙަސަން ނޫރައްދީންގެ ރަސްކަމުގައި ވަޒީރުލް އައުޒަމް ކަމާއި ސިފައިންގެ ވެރިޔާކަން : މިދުވަސްވަރު ވަޒީރުލް އަޢުޒަމް ކަމުން އިސްތިއުފާދެއްވި 7 އެޕްރީލް 1943 ގައެވެ.
==ރަސްކަން ==
[[ފައިލު:HM Sultan Mohamed Fareed 1954.jpg|thumb|441x441px|މުޙައްމަދު ފަރީދުލް އައްވަލް ކީރިތިމަހާރަދުން 1954، (ރަދުންގެ އެދުވަސްވަރުގެ ފޮޓޯއެއް ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް)]]
ދިވެހިރާއްޖޭގެ ފުރަތަމަ ދިވެހި ޖުމުހޫރިއްޔާ އުވުނު ދުވަހަކީ 11 ޛުލްޙައްޖާ 1372 ގައެވެ. ފުރަތަމަ ޖުމުހޫރިއްޔާ އުވިގެން ދިޔައީ މާލޭ ގުޅަކުޅޭ ފަސްގަނޑުގައި މާލޭގެ ރައްޔިތުން އެއްވެ، ހިންގި ހަމަނުޖެހުމެއް ފަހުގައެވެ. އެދުވަހު ހުކުރުގެ ފަހުގައި ހިނގި ހާދިސާއަށް ފަހު އިރުއޮއްސުނުއިރު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގައެއް ދިރުމެއް ނެތެވެ. އެކަން އުވި ހިގައްޖެއެވެ. ހަމަ އެދުވަހު ދިވެހި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުއްލެވީ އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އާއި، ވެލާނާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ އެވެ. މިދެބޭފުޅުން އެކަމަށް އިސްކުރީ ވެސް އެދުވަހު އެދުވަހު ގުޅަކުޅޭ ފަސްގަނޑުގައި އެއްވި އެއްވުމުގެ ތެރޭގައެވެ. އެއަށްފަހު 1 ރަޖަބު 1373 ގައި އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ގެ ނަމުގައި ރަސްކަމަށް އިސްވަންދެން ދިވެހި ރަސްކަމުގެ ތަޚްތު އޮތީ ހުސްކޮށެވެ. ބައެއް ލިޔުންތަކުގައި މުޙައްމަދު ފަރީދު ރަސްކަމަށް އިސްކުރެވުނު ތާރީޚަކީ 1 ރަޖަބު 1374 ނުވަތަ 7 މާރޗް 1954 ވީ އާދިއްތަ ދުވަހުގެ ހެދުނު 7 ޖެހިއިރު ކަމުގައި ލިޔެފައި ވެއެވެ.
ކުރިން ބަޔާންކުރެވުނު މުއްދަތުގައި ބަޔާންކުރެވިފައިވާ ދެބޭފުޅުން ދިވެހި ދައުލަތް ހިންގެވީ މާލޭގެ ހަތަރު އަވަށުގެ ބޭފުޅުން ހިމެނޭ ގޮތަށް ޚިޔާރުކުރެވިފައިވާ މަޝްވަރާ މަޖުލިސް ކަމުގައިވާ '''އިންގިލާބު ކޮމިޓީ''' ގެ ލަފާގެ މަތިންނެވެ. އެއަށްފަހު އެކޮމިޓީން އާގާނޫނު އަސާސީއެއް ތައްޔާރުކުރައްވައި ފާސްކުރެއްވުމަށްފަހު، ރާއްޖޭގެ ތަޚްތަށް ކުރިން ދެންނެވުނު ފަދައިން އިންތިޚާބުވީ ސުމުއްވުލް އަމީރު މުޙައްމަދު ފަރީދުލް އައްވަލް އެވެ. ( މިއީ އިބްރާހީމް ޝިހާބް ލިޔުއްވި '''ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ރަސްކަން''' މިފޮތުގައި ބަޔާންކުރައްވާފައިވާ ގޮތެވެ. )
ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް ރަސްކަމުން ވަކިވެވަޑައިގަތީ ޖުމުހޫރިއްޔަތަކަށް ދިވެހިރާއްޖޭގެ ވެރިކަން ފެންނަ ނުފެންނަ ވޯޓަކުން ބަދަލުވުމާއި ގުޅިގެން 11 ނޮވެމްބަރު 1968 ގައެވެ.
މުހައްމަދު ފަރީދުގެ އަމިއްލަ ޝަޚްޞިއްޔަތަށް ބަލާއިރު އެއީ ވަރަށް ހިތްހެޔޮ މީހުންނާއި ގުޅިވަޑައިގަންނަވާ ބޭފުޅެކެވެ.
މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރު ހިނގި ކަންތައްތަކުގެ ތެރޭގައި އައްޑުއަތޮޅަށް އިގިރޭސީން ފޭބުމުގެ ހުއްދަ ދެއްވުން ހިމެނެއެވެ. އަދި 1939 ގައި އިޢުލާންކުރެވުނު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑު އަތޮޅުގައި އިގިރޭސީންގެ މަރުކަޒެއް ގާއިމްކޮށް އިގިރޭސީން އެތާގައި ތިބުން ހިމެނެއެވެ. އައްޑު އަތޮޅަށް އިގިރޭސީން ފޭބުމުގެ ހުއްދަ ދެއްވިއިރު ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް އެވެ. ބޮޑު ވަޒީރަކަށް ހުންނެވީ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެވެ. އިގިރޭސީންނަށް ދެވުނު ހުއްދައިގެ ދަށުން ދެވަނަ ފަހަރަށް އިގިރޭސީން އާރްއޭފްގެ ބޭހެއް ހެދުމަށް އައްޑު އަތޮޅަށް ފޭބީ 25 ނޮވެމްބަރު 1955 ގައެވެ. ފުރަތަމަ ފޭބީ 13 މީހުންނެވެ.
އައްޑު އަތޮޅު ގަމާއި ހިތަދޫ އިން އެއްބަސްވެފައިވާ ވަކި ސަރަހައްދެއް ދިވެހި ދައުލަތުން އިގިރޭސި ދައުލަތަށް 100 އަހަރުގެ މުއްދަތަށް ކުއްޔަށް ދެއްވި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ސިލޯނުގައި ހުންނެވި އިގިރޭސި ހައިކޮމިޝަނަރ ސާރ ސިސިލް ސާރޔަސް މާލެ ވަޑައިގަތެވެ. ނަމަވެސް މިލިޔުންވަނީ އިގިރޭސި ބަހުން ކަމަށްވާތީ އޭރު އޮތް ރައްޔިތުންގެ މަޖުލީހުން މިލިޔުމުގެ ތަރުޖަމާއާއި މެދު ވިސްނުމަށް އެއްބަސްވެ ވަޑައިގަތެވެ. ލިޔުމުގައި ހަގީގީ ސޮއިކޮށްފައެއް ނުވެއެވެ. ފަހުން މިއެއްބަސް ވުމުގައި ސޮއި ނުކުރެއްވުމަށް 1 މާރޗް 1958 ގައި އޭރު އޮތް ރައްޔިތުންގެ މަޖުލީހުން ނިންމެވިއެވެ. މިއެއްބަސް ވުމުގައި 15 ޑިސެމްބަރު 1956 ގައި ރަމްޒީގޮތުން ސޮއިކުރައްވާފައި ވީނަމަވެސް މިސޮޔާއި މެދު ދެދައުލަތުގެ ދެމެދުގައި އެއްގަލަކަށް ނާރައެވެ. މިއީ މުޙައްމަދު ފަރީދުގެ ރަސްކަމާއި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި ހިނގި އެންމެ ބޮޑު އެއް މައްސަލަ އެވެ.
އައްޑު އަތޮޅަށް އިގިރޭސީން ފޭބުމުގެ ނަތީޖާއަކަށްވީ 13 މާރޗް 1959 (3 ރަމަޟާން 1378ހ) ގައި ދެކުނު 3 އަތޮޅު ވަކި ދައުލަތެއްގެ ގޮތުގައި އިޢުލާންކޮށް އެދައުލަތަށް '''ޔުނައިޓެޑް ސުވެޑީބު އައިލެންޑްސް''' ނަމުން ނަންދީ ރައީސަކަށް ސ.ހިތަދޫ ޢަބުދުﷲ އަފީފް އިސްވުމެވެ. މިމައްސަލަ ޙައްލުކުރީ ވެސް މުހައްމަދު ފަރީދުގެ ރަސްކަމުގައި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު އެވެ. މިމައްސަލަ ހައްލުކުރުމަށް ހިނގި ހާދިސާ އަށް '''ދެކުނު ގަޑުބަޑު''' އޭ ކިޔައެވެ.
މުހައްމަދު ފަރީދުގެ ރަސްކަމުގައި މުހިއްމު ގިނަ ކަންތައްތަކެއް ހިނގާފައި ވެއެވެ. މީގެ ތެރޭގައި ތާނަ ލިޔުމުގައި ބޭނުންކުރެވެމުން އައި ޢަރަބި އަކުރުގެ ބަދަލުގައި ތިކިިޖެހި ތާނަ އަކުރު އުފެއްދުން ވެސް ހިމެނެއެވެ. މިކަންތައް ކުރެއްވީ ހ.މާދޫގޭ އަލްމަރްޙޫމް ޢަލީ އަހުމަދު ( މާދޫގޭ އަޙްމަދު ކަލޭފާނުގެ ކުޑަތުއްތު )ޚިޔާލުފުޅަށެވެ.
އައްސުލް މުޙައްމަދު ފަރީދުގެ ރަސްކަމުގައި ފުރަތަމަ ހުންނެވި ބޮޑު ވަޒީރު އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު 11 ޑިސެމްބަރު 1957 (19 ޖުމާދިލް އޫލާ 1377ހ) ގައި އެމަގާމުން އިސްތިއުފާދެއްވުމުން ރައްޔިތުންގެ މަޖުލީހުން ދައުލަތުގެ ބޮޑުވަޒީރުކަން ދެއްވާނެ ބޭފުޅަކާމެދު ލަފާފުޅަކަށް އެދިވަޑައިގަތުމުން 20 ޖުމާދިލް އޫލާ 1377 ދުވަހު މެންދުރު 1 ޖެހިއިރު މަތިގޭގައި އެއްކުރެއްވި ޚާއްޞަ މަޖިލީހެއްގައި ހ.ވެލާނާގޭ އިބްރާހީމް ނާޞިރު ވަޒީރުލް އަޢުޒަމް ކަމުގައި ހުންނަވަން ލަފާދެއްވުމުން އެދުވަހު، އިބްރާހީމް ނާޞިރަށް ވަޒީރުލް އަޢުޒަމްކަން ދެއްވުމުން ރަދުން މުހައްމަދު ފަރީދާއި ވަޒީރުންގެ ކުރިފުޅު މަތީގައި އިބްރާހީމް ނާޞިރު ވަޒީރުލް އަޢުޒަމްކަމުގެ ހުވާ ކުރެއްވި އެވެ. އަދި 5 ޑިސެމްބަރު 1958 ގައި މާލޭގެ ދެމިސްކިތުގައި ހުކުރު ކުރަން ހަމަޖެއްސެވީވެސް މުޙައްމަދު ފަރީދުލް އައްވަލް އެވެ.
އަދި މީގެ އިތުރުން ވެސް މާލޭގައި ވަރަށް ކުރިއްސުރެ ހުންނަ ދެދޮރޯށި ކަމުގައިވާ ހެންވޭރު އިބްރާހީމީ މައިދާނަށް ވަދެވޭގޮތަށް ހުރި ދޮރޯއްޓާއި، އޯކިޑް މަގަށް ނިކުމެވޭގޮތަށް މާފަންނުގައި ހުންނަ ދޮރޯށި އުވައިލެއްވީވެސް މިރަދުންގެ ރަސްކަމުގައެވެ. އަދި 1961 ވަނަ އަހަރު ކ.ވިލިގިލީގައި ތިބި މަދު މީސްކޮޅު މާލެއަށް ބަދަލުކޮށް، ކުޑަކުދިންނަށް މޮންޓިސޫރީ ތަޢުލީމް ދިނުމަށްޓަކައި 10 މެއި 1961 (24ޛުލްގައިދާ 1380ހ) ދުވަހު މާލޭގައި މޮންޓިސޫރީ ސުކޫލެއް ހުޅުވުނެވެ. އަދި 29 އޮގަސްޓް 1961 ގައި ރާއްޖެތެރޭގެ ފުރަތަމަ އަތޮޅު ކޮމިޓީ މާލެ އަތޮޅުގައި ހުޅުއްވައި، މާލޭގައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލުމުގެ ފިޔަވަޅު އެޅުއްވީވެސް މިރަދުންގެ ރަސްކަމުގައެވެ. އަދި 10 އެޕްރީލް 1964މ ( 27 ޛުލްގައިދާ 1383) ގައި މާލޭގެ މުންނާރުގައި އަޑުގަދަކުރާ އިން ބަންގި ދޭން ފެށީވެސް މިރަދުންގެ ރަސްކަމުގައެވެ. ދިވެހި ދިދައިގައި ކުރިން ހުންނަ ކަޅާއި ހުދުގެ ދަނޑިމަތި އެނބުރުން ނަންގަވާ ދިވެހި ދިދަ ނަގާގޮތަށް 25 ސެޕްޓެމްބަރު 1965 (1 ޖުމާދިލް އާޚިރު 1385ހ) ގައި ހަމަޖެއްސެވި އެވެ. އަދި 21 ސެޕްޓެމްބަރު 1965 ގައި ދިވެހިރާއްޖެ އ.ދ ގެ މެންބަރަކަށްވުމާއި، 5 ނޮވެމްބަރު 1965 ގައި ދިވެހިރާއްޖެ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ފުރިހަމަ މެންބަރަކަށްވުމާއި، 17 މެއި 1967 ގައި ދިވެހިރާއްޖެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މެންބަރަކަށްވުމާއި، 15 އޮގަސްޓް 1967 ގައި ދިވެހިރާއްޖެ ޔުނިވަސަލް ޕޯސްޓަލް ޔޫނިއަންގެ މެންބަރަކަށްވީ ވެސް މިރަދުންގެ ރަސްކަމުގައެވެ.
މީގެ އިތުރުން 2 ފެބުރުއަރީ 1965 ( 3 ރަމަޟާން 1384ހ) ހުކުރު ހަދީސް ކިޔުން ވެސް ހުއްޓާލީ މިރަދުންގެ ރަސްކަމުގައެވެ. ސިލޯނުގައި ފުރަތަމަ ރާއްޖޭގެ އެމްބަސީއެއް 12 ފެބުރުއަރީ 1966 ގައި ހުޅުވުނެވެ. ސަރުކާރުގެ އިދާރީ ކަންތައްތަކުގައި ކުރިން ޖަހަމުން ހިޖުރީ ތާރީޚްގެ ބަދަލުގައި މީލާދީ ތާރީޚް ޖައްސަވަން ފެއްޓެވީ 1 ޖެނުއަރީ 1958 ގައި މިރަދުންގެ ރަސްކަމުގައެވެ.
މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި އަންހެނުންގެ ސަރުކާރުގެ ވަޒީފާއަށް ނިކުމެއުޅެފައި، އެދައުރު ނިމުމުން މިކަން މަނާވެފައި އޮތުމަށްފަހު އަންހެނުންގެ ސަރުކާރުގެ މަގާމްތަކަށް ލައްވާގޮތަށް ހަމަޖައްސަވައި، 18 މާރޗް 1958 ގައި މިކަން އިޢުލާން ކުރެއްވި އެވެ. އަދި 7 ފެބުރުއަރީ 1962 ( 2 ރަމަޟާން 1381ހ) ގައި ހުވަދު އަތޮޅު ދެބައި ކުރައްވައި، ގއ، އަދި ގދ، ގޮތުގައި ހަމަޖެހުނީވެސް މިރަދުންގެ ރަސްކަމުގައެވެ. އަދި އިގިރޭސި ތަޢުލީމް ސަރުކާރުގެ މަދަރުސާ ތަކުގައި ދެއްވާގޮތަށް 21 މާރޗް 1961 ގައި ހަމަޖެއްސެވި އެވެ. 21 މެއި 1958 ގައި ތިލަދުންމަތި ދެބައި ކުރައްވައި ދެ އަތޮޅުގެ ގޮތުގައި ހަމަޖެއްސެވި އެވެ. ގިރާވަރު މީހުން ހުޅުލެއަށް ބަދަލުކުރުމުގެ މަސައްކަތް 14 މާރޗް 1968 ( 15 ޛުލް ޙައްޖާ 1387ހ) ގައި ފެއްޓެވި އެވެ. އަދި މާލޭ ރޭޑިޔޯ ނަމުގައި ރޭޑިޔޯ ސްޓޭޝަނެއް 29 ޑިސެމްބަރު 1968 ގައި ހުޅުވުނެވެ.
ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނަށް ވަރަށް ކުރިއްސުރެ ރައްޔިތުން ލިބެމުން އައި މަސްބައި އެޅުން ކަނޑުއްވާލައްވައި، ސަރުކާރުގެ ފަރާތުން މުސާރަ ދެއްވާގޮތަށް ހަމަޖައްސަވައި މިކަން އިޢުލާންކުރެވުނީ 17 ޑިސެމްބަރު 1958 ގައެވެ. ދެކުނު 3 އަތޮޅުގައި ހިނގި ގަޑުބަޑަށްފަހު ކުރީގެ ހަވަރު ތިނަދޫ ފަޅުރަށެއްގެ ގޮތުގައި އޮތުމަށްފަހު އެރަށް އާބާދު ކުރައްވަން ފެއްޓެވީ ވެސް މުހައްމަދު ފަރީދުގެ ރަސްކަމުގައި 22 އޮގަސްޓް 1966 ގައެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި އިގިރޭސި ސަރުކާރާ ދިވެހި ސަރުކާރާއި ދެމެދު ސިލޯންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި 26 ޖުލައި 1965 ( 27 ރަބީޢުލް އައްވަލް 1385ހ) ދުވަހު މާލޭގަޑިން 10 ޖެހިއިރު ސޮއިކުރެއްވި އިރު ވެސް ރަަސްކަމުގައި ހުންނެވީ މިރަދުންނެވެ.
==އަވަހާރަވުން==
1968 ވަނަ އަހަރާއި ހަމައަށް ރަސްކަމުގައި ހުންނަވަނިކޮށް އަލުން ދެވަނަ ފަހަރަށް ޖުމުހޫރީ ވެރިކަމަކަށް ހަމަޖެހުމާއެކު، އެރަސްކަމުން ވަކިވެވަޑައިގަތުމަށް ދިމާވީ އެވެ. ޝާހީ ބޮޑު ގަނޑުވަރު ދޫކުރައްވާ އެ ގަނޑުވަރުން ނިކުމެވަޑައިގެން ދިރިއުޅުއްވީ އަމިއްލަ ގެކޮޅު ކަމުގައިވާ މާބަގީޗާ ގޭގައެވެ ( މިހާރުގެ ރައްޔިތުންގެ މަޖިލިސް). ތަޚުތުން ވަކިވެވަޑައިގަތުމަށް ފަހުވެސް ރައްޔިތުންގެ ލޯތްބާއި ގަދަރު ލިބިވަޑައިގެން ދެމިހުންނަވައި ދުވަސްތައް ހޭދަކުރެއްވުމަށްފަހު، އަވަހާރަވީ 27 މެއި 1969 ގައި އޭރުގެ ސެންޓްރަލް ހޮސްޕިޓަލު( ނުވަތަ 27 މެއި 1967 ގައި ) ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާން ގައެވެ.
==ރިފަރެންސް==
*[https://web.archive.org/web/20191029001815/http://www.qaumiyyath.gov.mv/ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް]
* އިންޓަނެޓް ބައެއް ވެބްސައިޓްތައް
* ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
* ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
* ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
{| class="wikitable" style="text-align:center; width:70%; margin: 1em auto 1em auto; "
|-
|ކުރިން ހުންނެވީ:<br />'''[[ޢަބްދުލް މަޖީދު]]''' ||bgcolor="LightGray"| '''[[ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު|ދިވެހިރާއްޖޭގެ ރަދުން]]'''<br />1954-1968|| ފަހުން ވަޑައިގަތީ:<br />-
|-
|ކުރިން ހުންނެވީ:<br />'''[[މުޙައްމަދު އަމީން]]''' ||bgcolor="LightGray"| '''ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔާ'''<br />1954-1968|| ފަހުން ވަޑައިގަތީ:<br />'''[[އިބްރާހިމް ނާޞިރު]]'''
|}
{{Majilis presidents}}
[[ޤިސްމު:Sultans of the Maldives]]
[[ޤިސްމު:ޙަޔާތުނާމާ]]
9lprm4nnazaooz23bwqooot8294kq2j
ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން
14
7407
138032
23554
2026-09-06T08:25:08Z
Memberuser
25611
138032
wikitext
text/x-wiki
މި ޤިސްމުގައި މި ވަނީ ޕީއެޗްޑީ ހަދައިފައިވާ ބައެއް ދިވެހީންގެ ނަންތަކެވެ.
qjfymfaos4lt3vaal3l7730ajkcbop5
މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
0
15300
138031
138017
2026-09-06T08:21:58Z
Memberuser
25611
138031
wikitext
text/x-wiki
{{Infobox officeholder
| name = ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
| office = އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް)
| term_start = 17 ނޮވެންބަރު 2023
| president = [[މުޙައްމަދު މުޢިއްޒު]]
| predecessor = [[އަޙްމަދު ޒާހިރު ޢަލީ]]
| image = Dr. Mohamed Shaheem Ali Saeed portrait.jpg
| office1 =
| president1 = [[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]<br/>[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
| termstart1 = 19 ފެބުރުވަރީ 2012
| termend1 = 6 މޭ 2015
| predecessor1 = [[ޢަބްދުލްމަޖީދު ޢަބްދުލްބާރީ]]
| successor1 = [[އަޙްމަދު ޒިޔާދު ބާޤިރު]]
| birth_date = {{Birth date and age|1977|3|28|df=yes}}
| birth_place = [[މާމެންދޫ (ގއ. އަތޮޅު)|ގއ. މާމެންދޫ]] ، [[ދިވެހިރާއްޖެ]]
| party = [[ޕީޕަލްސް ނޭޝަނަލް ކޮންގްރެސް]] (5 ސެޕްޓެންބަރު 2026 އިން ފެށިގެން)
| alma_mater = [[އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ]]<br/>[[އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ]]
| otherparty = [[ޢަދާލަތު ޕާޓީ]] (2005–2015) ، (1 މޭ 2025 - 4 ސެޕްޓެންބަރު 2026)<br/>[[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]] (2018–2025)
| website = {{URL|drshaheem.com}}
| office2 = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ޗާންސެލަރު
| termend2 = 15 ނޮވެންބަރު 2018
| termstart2 = 22 އޮގަސްޓު 2016
| predecessor2 = [[މުޙައްމަދު ޒާހިރު ޙުސައިން]]
| successor2 = [[މުޙައްމަދު ޒާހިރު ޙުސައިން]]
| caption = ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، 2023
}}
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުފަންވެވަޑައިގަތީ 1977 މާރިޗު 28ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ [[ހުވަދުއަތޮޅު އުތުރުބުރި|ހުވަދުއަތޮޅު އުތުރުބުރީ]] [[މާމެންދޫ (ގއ. އަތޮޅު)|މާމެންދޫ]] ބޭފުޅެކެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ [[ޕާކިސްތާން|ޕާކިސްތާނު]]ގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލްއަޝްރަފިއްޔާގައި ކީރިތި ޤުރްއާން ހިތު ދަސްކުރެއްވުމަށް ފަހު، އިމާމު އަބޫ ޙަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އެއަށްފަހު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގެ ދަށުގައި ހުންނަ މަޢުހަދުއްދިރާސާތިލްޚާޞާގައި ޢަރަބިބަސް އިތުރަށް އުނގެނިވަޑައިގަތެވެ. ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ|އަލްމަދީނަތުލްމުނައްވަރާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުއްޝަރީޢާގައި ފިޤްހާއި އުޞޫލުލްފިޤްހުގެ ދާއިރާއިންނެވެ. އެއަށް ފަހު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި މާސްޓާރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ޙާޞިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) (ޕީއެޗްޑީ) ޙާޞިލުކުރެއްވިއެވެ.
ޑރ. ޝަހީމް ޕީއެޗްޑީގެ ތީސީސް ލިޔުއްވީ ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމާ ބެހޭ ގޮތުންނެވެ. މި ތީސީސްގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާއި ދިވެހިރާއްޖޭގެ ޒަކާތުގެ ތާރީޚާއި ޒަކާތް ބެހުމުގައި ޢަމަލުކުރާ ގޮތްތަކާއި ޒަކާތާއި ޓެކްސްގައި ހުރި އެއްގޮތް ކަންތައްތަކާއި ތަފާތުތަކާއި ދިވެހިރާއްޖެ ފަދަ ޓެކްސް ނަގާ ދައުލަތެއްގައި ޓެކްސްއާ އެކު މުދަލު ޒަކާތް ނަގާނެ ގޮތާއި، ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ތަޖުރިބާތަކާއި ޒަކާތުގެ ޒަމާނީ ފިޤްހީ ފަލްސަފާތަކާއި ޒަކާތުގެ ހަރުދަނާ މާލީ ނިޒާމެއް ދައުލަތުގައި ޤާއިމު ކުރާނެ ގޮތުގެ އިތުރުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ޤާނޫނެއްގެ ދަށުން ޤައުމީ ފެންވަރުގެ މުއައްސަސާއެއް އުފައްދުމާ ގުޅޭ އުންމީދީ ތަޞައްވުރެއް ވެސް ހުށަހަޅުއްވައިފައިވެއެވެ. މި ތީސީސް ޕަބްލިޝްކުރުމަށް [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ރިކޮމެންޑް ކޮށްފައިވެއެވެ.
ޑރ. ޝަހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، [[ވިލާ ކޮލެޖު]]ގެ ފެކަލްޓީ އޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި، އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ) އިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ޑެޕިއުޓީ ގަވަރުނަރުކަމާއި، އެ ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ގަވަރުނަރުކަމާއި، [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މަޖިލީހުގެ މެންބަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެންބަރުކަމާއި، ރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
[[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އެލަމްނައި ލީޑަރޝިލް އެވޯޑް (އައިއައިޔޫއެމް ޓޯކޯ އެވޯޑް) 2021ވަނަ އަހަރު ޑރ. ޝަހީމަށް އަރުވައިފައިވެއެވެ. މި އެވޯޑަކީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތާއި ލީޑަރޝިޕްގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުނިވަރސިޓީއިން އަރުވާ މަތީ އެވޯޑެވެ.
[[ފައިލު:Appointment of Mohamed Muizzu's cabinet ministers in January 2024 (7).jpg|thumb|ޑރ. މުޙައްމަދު ޝަހީމަށް އިސްލާމިކް މިނިސްޓަރުކަމުގެ ފަތްކޮޅު އަރުވަނީ]]
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމުގައެވެ. އަދި އެމަނިކުފާނަކީ ރާބިޠަތުލްޢާލަމިލްއިސްލާމީ (މުސްލިމް ވޯލްޑް ލީގު) ގެ އެންމެ މަތީ މަޖިލިސް (ސުޕްރީމް ކައުންސިލް) ގެ މެންބަރެއް ވެސް މެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
hnwj1ttjy2k6k2cias4rr3j807yvn8t
މުޙައްމަދު ލަޠީފް
0
16063
138038
137459
2026-09-06T11:48:57Z
Memberuser
25611
138038
wikitext
text/x-wiki
{{Infobox officeholder
| image = Mohamed Latheef portrait.jpg
| office = [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ]] އިސް އިމާމު
| term_start = 21 ނޮވެންބަރު 2023
| name = ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް
| president = [[މުޙައްމަދު މުޢިއްޒު]]
| alma_mater = އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ، ([[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]])
| caption = މުޙައްމަދު ލަޠީފް
| term_end =
}}
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް ވަނީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ރިޔާޟުގައި ހުންނަ އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިޔަތު އުޞޫލުއްދީނުގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]]ގެ އިސް އިމާމުގެ މަޤާމުގައެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމެޓީގެ ޗެއަރގެ ހައިސިއްޔަތުން ޒަކާތު ހައުސްގެ ޝަރީޢާ ބޯޑުގެ ޗެއަރ އަކީ ވެސް ޝައިޚު މުޙައްމަދު ލަޠީފެވެ. ޝައިޚް ލަޠީފް މީގެކުރީން ވެސް [[އިސްލާމީ މަރުކަޒު]]ގެ އިމާމުކަމުގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
dbs0vgo09md8y4ythm2mi3kudzi3z2a
138040
138038
2026-09-06T11:56:42Z
Memberuser
25611
138040
wikitext
text/x-wiki
{{Infobox officeholder
| image = Mohamed Latheef portrait.jpg
| office = [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ]] އިސް އިމާމު
| term_start = 21 ނޮވެންބަރު 2023
| name = ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް
| president = [[މުޙައްމަދު މުޢިއްޒު]]
| alma_mater = އިމާމު މުޙައްމަދު ބިން ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ، [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]
| caption = މުޙައްމަދު ލަޠީފް
| term_end =
}}
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް ވަނީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ ރިޔާޟުގައި ހުންނަ ޖާމިޢަތުލްއިމާމު މުޙައްމަދު އިބްނު ސުޢޫދު އަލްއިސްލާމިއްޔާ (އިމާމު މުޙައްމަދު އިބްނު ސުޢޫދު އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިޔަތު އުޞޫލުއްދީނުގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފް މިހާރު ހުންނެވީ ވަޒީރެއްގެ ފެންވަރުގައި [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]]ގެ އިސް އިމާމުގެ މަޤާމުގައެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމެޓީގެ ޗެއަރގެ ހައިސިއްޔަތުން ޒަކާތު ހައުސްގެ ޝަރީޢާ ބޯޑުގެ ޗެއަރއަކީ ވެސް ޝައިޚު މުޙައްމަދު ލަޠީފެވެ. ޝައިޚު ލަޠީފް މީގެކުރީން ވެސް [[އިސްލާމީ މަރުކަޒު]]ގެ އިމާމުކަމުގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
dpvzdnfyd2w02ktk9sf8rkr5t5phwve
އަޙްމަދު މުޙައްމަދު
0
16064
138039
135294
2026-09-06T11:55:04Z
Memberuser
25611
138039
wikitext
text/x-wiki
{{Infobox officeholder
| image = Ahmed Mohamed portrait.jpg
| office = މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
| term_start = 21 ނޮވެންބަރު 2023
| name = ޑރ. އަޙްމަދު މުޙައްމަދު
| president = [[މުޙައްމަދު މުޢިއްޒު]]
| alma_mater = ޔުނިވަރސިޓީ މަލާޔާ، [[މެލޭޝިޔާ]]
| caption = އަޙްމަދު މުޙައްމަދު
| term_end =
| awards = މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު - 2022
}}
ޑރ. އަޙްމަދު މުޙައްމަދު ވަނީ [[މެލޭޝިޔާ]]ގެ ޔުނިވަރސިޓީ މަލާޔާއިން 2021ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ޙާޞިލުކުރައްވައިފައެވެ. ޑރ. އަޙްމަދު މުޙައްމަދު ޕީއެޗްޑީއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ވެލިޑޭޝަން އޮފް އެން އިންސްޓްރުމެންޓް ފޮރ މެޝަރިންގ އިންޓަރގްރޭޓެޑް ޕްރިންސިޕަލް ލީޑަރޝިޕް ޕްރެކްޓިސަސް" އާޓިކަލް ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވެއެވެ.
ޑރ. އަޙްމަދު މުޙައްމަދުގެ ޕީއެޗްޑީ ތީސީސް ބިނާކުރައްވައިފައިވަނީ، އިންޓަރގްރޭޓެޑް ލީޑަރޝިޕް ބޭނުންކޮށްގެން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ ފަންނީ އުނގެނުމާއި އުނގަންނައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރެވިދާނެ، ދިވެހިރާއްޖޭގެ މާޙައުލަށް އެކަށީގެންވާ މޮޑެލްއެއް ގެނެސްދިނުމަށެވެ. މި ތީސީސްގެ މައިގަނޑު ސުރުޚީއަކީ، "މީޑިއޭޓިންގ އިފެކްޓް އޮފް ޓީޗަރ ލީޑަރޝިޕް، ޓްރަސްޓް، ސެލްފް-އެފިކަސީ އެންޑް ލަރނިންގ ގޯލް އޮރިއެންޓޭޝަން އޮން ދަ ރިލޭޝަންޝިޕް ބިޓްވީން ޕްރިންސިޕަލް ލީޑަރޝިޕް އެންޑް ޓީޗަރ ޕްރޮފެޝަނަލް ލަރނިންގ އިން މޯލްޑިވްސް ޕަބްލިކް ސްކޫލްސް" އެވެ.
ޑރ. އަޙްމަދު މުޙައްމަދު ވަނީ [[ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ]]ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރުކަން ކުރައްވައިފައެވެ. މިހާރު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުގައެވެ.
ޑރ. އަޙްމަދު މުޙައްމަދު ޕީއެޗްޑީއަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ވެލިޑޭޝަން އޮފް އެން އިންސްޓްރުމެންޓް ފޮރ މެޝަރިންގ އިންޓަރގްރޭޓެޑް ޕްރިންސިޕަލް ލީޑަރޝިޕް ޕްރެކްޓިސަސް" އާޓިކަލް ބައިނަލްއަޤުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ، 2022ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
hycwci036ync9k5g3tojxw0bbvwyk31
އިބްރާހީމް ރަޝީދު ޙަސަން
0
16096
138036
135531
2026-09-06T11:43:52Z
Memberuser
25611
138036
wikitext
text/x-wiki
{{Infobox officeholder
| name = އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ކުއްލިޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ލެކްޗަރަރ
| term_start = 2026
| president =
| image = Ibrahim Rasheed Hassan portrait.jpg
| office1 = [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]]ގެ އިމާމު
| president1 = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]<br/>[[މުޙައްމަދު މުޢިއްޒު|ޑރ. މުޙައްމަދު މުޢިއްޒު]]
| termstart1 = 2018
| termend1 = 2026
| birth_date =
| birth_place =
| party =
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]، [[މިޞްރު]]<br/>އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]
| otherparty =
| office2 =
| termend2 =
| termstart2 =
| caption = އިބްރާހީމް ރަޝީދު ޙަސަން
| education = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
}}
އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން ވަނީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުލްޤުރްއާން ވައްދިރާސާތިލްއިސްލާމިއްޔާގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. އަދި [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]ންނާއި ދިވެހިރާއްޖޭގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިން ތަޢުލީމުޙާޞިލުކުރައްވައިފައިވެއެވެ.
[[ފައިލު:Eid al-Adha prayers at the Islamic Centre in Maldives in 2023 (16).jpg|thumb|219x219px|އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ޚުޠުބާ ދެއްވަނީ]]
އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން މިހާރު ހުންނެވީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގެ އިމާމެއްގެ މަޤާމުގައެވެ. މި މަޤާމަށް އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަން ޢައްޔަން ކުރެއްވީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙެވެ.]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
5r1z4wmawmupf96t0mihaikj8tmvron
138037
138036
2026-09-06T11:46:29Z
Memberuser
25611
138037
wikitext
text/x-wiki
{{Infobox officeholder
| name = އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން
| office = [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ކުއްލިޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ލެކްޗަރަރ
| term_start = 2026
| president =
| image = Ibrahim Rasheed Hassan portrait.jpg
| office1 = [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]]ގެ އިމާމު
| president1 = [[އިބްރާހީމް މުޙައްމަދު ޞާލިޙް|އިބްރާހީމް މުޙައްމަދު ޞާލިޙު]]<br/>[[މުޙައްމަދު މުޢިއްޒު|ޑރ. މުޙައްމަދު މުޢިއްޒު]]
| termstart1 = 2018
| termend1 = 2026
| birth_date =
| birth_place =
| party =
| alma_mater = [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]، [[މިޞްރު]]<br/>އިސްލާމިކް ޔުނިވަރސިޓީ އޮފް [[މަދީނާ]]
| otherparty =
| office2 =
| termend2 =
| termstart2 =
| caption = އިބްރާހީމް ރަޝީދު ޙަސަން
| education = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
}}
އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން ވަނީ [[ސައޫދީ އަރަބިއްޔާ|ސަޢޫދީ ޢަރަބިއްޔާ]]ގެ [[މަދީނާ]]ގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގެ ކުއްލިއްޔަތުލްޤުރްއާން ވައްދިރާސާތިލްއިސްލާމިއްޔާގައި ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. އަދި [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|ޖާމިޢަތުލްއަޒްހަރު]]ންނާއި ދިވެހިރާއްޖޭގެ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިން ތަޢުލީމުޙާޞިލުކުރައްވައިފައިވެއެވެ.
[[ފައިލު:Eid al-Adha prayers at the Islamic Centre in Maldives in 2023 (16).jpg|thumb|219x219px|އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ޚުޠުބާ ދެއްވަނީ]]
އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން މިހާރު ހުންނެވީ [[ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ]]ގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން، 2018ވަނަ އަހަރުން 2026ވަނަ އަހަރަށް ނާއިބު ވަޒީރެއްގެ ފެންވަރުގައި [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]]ގެ އިމާމުކަމުގެ މަޤާމު އަދާކުރައްވައިފައިވެއެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
s942siic1o0eu0eu91jqxq0qlqna6et
ނަޞްރުﷲ ޢަލީ
0
16218
138034
137024
2026-09-06T11:27:00Z
Memberuser
25611
138034
wikitext
text/x-wiki
އައްޝައިޚް ނަޞްރުﷲ ޢަލީ އަކީ [[މާޅޮސްމަޑުލު ދެކުނުބުރި|ބ.]] [[ކެންދޫ (ބ. އަތޮޅު)|ކެންދު]]އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
އައްޝައިޚް ނަޞްރުﷲ ޢަލީ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ އުފަން ރަށް ބ. ކެންދޫންނެވެ. 1996ވަނަ އަހަރު މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއަށް ވެންނެވިއެވެ. އެއަށްފަހު [[މިޞްރު]]ގެ [[އަލްއަޒުހަރު ޔުނިވަރސިޓީ|އަލްއަޒްހަރު ޔުނިވަރސިޓީ]]ގައި އިސްލާމީ ޝަރީއާގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ.
އައްޝައިޚް ނަޞްރުﷲ ޢަލީ ވަނީ [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]] ގެ އިމާމުކަން މީގެކުރިން އަދާކުރައްވައިފައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
nq3ykbuyvpvohm370olejy0r6sut98h