ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.18
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
0
16157
138042
137670
2026-09-06T19:22:55Z
Memberuser
25611
138042
wikitext
text/x-wiki
{{Infobox officeholder
| name = ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
| image = Opening of the Judicial Year 2024 (80).jpg
| caption = އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ، (ވާތުގައި)
| office = [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރު
| term_start = 26 މާރިޗު 2011
| term_start1 =
| term_start2 =
| term_end2 =
| predecessor4 =
| predecessor5 =
| residence =
| alma_mater = ޔުނިވަރސިޓީ އޮފް [[ޤަޠަރު]]
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ [[މެލޭޝިޔާ]]
| term_end1 =
| president = [[މުޙައްމަދު ނަޝީދު]]
[[ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު]]
[[ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް]]
[[އިބްރާހީމް މުޙައްމަދު ޞާލިޙް]]
| term_end = 22 ނޮވެންބަރު 2022
| death_date = 19 ޖަނަވަރީ 2025
| resting_place = މއ. އާސަހަރާ، [[މާލެ]]
| education = މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ

ޖަސްޓިސް (ރިޓަޔަރޑް) އައްޝައިޚުލްމަރްޙޫމު ޝުޢައިބު ޙުސައިން ޒަކަރިއްޔާއަކީ، [[ޤަޠަރު]]ގެ ޤަޠަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997ވަނަ އަހަރު ޙާޞިލު ކުރެއްވުމަށް ފަހު، 2006ވަނަ އަހަރު [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައިވާ ބޭފުޅެކެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާއި ޚާއްޞަ ޤާޟީކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި، ކުޑަކުދީންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ. މީގެ އިތުރުން [[މަޖީދިއްޔާ ސްކޫލް|މަޖީދިއްޔާ ސްކޫލު]]ގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަދި [[ދިވެހިރާއްޖޭގެ ހައި ކޯޓު]]ގެ ފަނޑިޔާރުކަން 2011 މާރިޗު 26ވަނަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 22ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމާ ހަމަޔަށް އަދާކުރައްވައިފައިވެއެވެ.
އައްޝައިޚް ޝުޢައިބު ޙުސައިން ޒަކަރިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ތަކްރީމުކުރެއްވީ 2024 ޖަނަވަރީ 18ވަނަ ދުވަހު ބޭއްވި ޤަޟާއީ އަހަރު 2024 ފެށުމުގެ ރަސްމިއްޔާތުގައެވެ. ތަކްރީމުކުރުމުގެ ފަތްކޮޅާއި ޝަރަފުގެ މެޑަލް އެ މަނިކުފާނަށް އެރުވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު [[އަޙްމަދު މުޢުތަޞިމް ޢަދުނާން|އަޙްމަދު މުޢުތަޞިމް ޢަދުނާން (ނޢޢވ)]] އެވެ.
އައްޝައިޚު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވީ 2025 ޖަނަވަރީ 19ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 55 އަހަރުފުޅެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ 23:00 ގައި [[މާލެ|މާލޭ]] މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައެވެ. ފަސްދާނުލީ [[މާލެ|މާލޭ]] މއ. އާސަހަރާގައެވެ.
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
qvca753fj20y7gp9w9kjyd8r69av7mu
138043
138042
2026-09-06T19:27:26Z

| birth_date = 1969

biwogas38lda0bizrmy4w2lu93w6oaf
ދިވެހިރާއްޖޭގެ ހައި ކޯޓު
0
16274
138041
137746
2026-09-06T19:14:17Z
Memberuser
25611
138041
wikitext
text/x-wiki
ދިވެހިރާއްޖޭގެ ހައި ކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައި ކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައިނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]] ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައި ކޯޓު ކަމުގައި ކަނޑައަޅައިފައިވާ އެންމެހައި މައްސަލަތައް ވެސް ބަލާނީ ހައި ކޯޓުންނެވެ.
ރާއްޖޭގެ ވެރިކަމާ [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް]] ޙަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ ޝަރުޢީ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެވި ރައްޔިތުންނަށް ފަސޭހަކަމާ އެކު ޢަދުލު އިންޞާފު ލިބިދިނުމަށް ޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފައްދަވައި ކޯޓުތަކުން ކަނޑައެޅޭ ނިޔާއާމެދު ޔަޤީންކަން އިތުރުކޮށް އިތުބާރު ބޮޑުކުރުމުގެ މަޤްޞަދުގައި 1980ވަނަ އަހަރު އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައި ކޯޓު އުފައްދަވައި، ޖެހިގެން އައި ދުވަހު ހައި ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރެއްވިއެވެ.
[[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]، 2008 އޮގަސްޓު 7 ގައި ތަޞްދީޤުކުރެވި [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]ގެ 282ވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެންބަރު 18ވަނަ ދުވަހު އިންތިޤާލީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]] އުފެދެންދެން، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސް ކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ހައި ކޯޓެވެ. [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]ގެ 141ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓަށާއި]]، ހައި ކޯޓަށާއި އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓުތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
ހައި ކޯޓު އެކުލެވިގެންވަނީ ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށް ކަމަށް [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]ގެ 146ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27ވަނަ މާއްދާގެ ދަށުން ހައި ކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައި ކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.
== ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިޚްތިޞާޞް ==
[[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ]]އާއި ޤާނޫނުގައިވާ ގޮތުގެ މަތިން އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ. 1-ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް. (ހ) އިންތިޚާބީ ޝަކުވާގެ މައްސަލަތައް. (ށ) އާބިޓްރޭޝަން މައްސަލަތައް. (ނ) ސިޔާސީ ޕާޓީއާބެހޭ މައްސަލަތައް. (ރ) މޮނިކޮން އަމުރާގުޅޭ މައްސަލަތައް. 2- ހައި ކޯޓުގެ އަޞްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައްކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤަނޫނުގެ 37ވަނަ މައްދާގައި ބަޔާންކުރާ މައްސަލަތައް. 3- ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް. 4- ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް. ހައި ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް. ދުސްތޫރީ މައްސަލަތަކުގެ ތެރެއިން، [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން [[ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު|ސުޕްރީމް ކޯޓު]]ން ބަލައިގަންނަ މައްސަލަތައް ފިޔަވައި، އަންނަނިވި ބާވަތުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ.
# ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]އާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
# ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]އާ ނުވަތަ ޤާނޫނަކާ ތަޢާރުޟުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
# ދަށު ކޯޓުން ނިންމާ މައްސަލަތައް: ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށު ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]އާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދައިފައިވާ ޤަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ.
# ޓްރައިބިއުނަލަކުން ނިންމާ ނިންމުންތައް: ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނިންމާފައިވަނީ ނުވަތަ ނެރެފައިވަނީ [[ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ|ޤާނޫނުއަސާސީ]]އާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދައިފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު ލިބިގެން ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައި ކޯޓަށް ލިބިގެންވެއެވެ.
== ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުން ==
# އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާ
# ފަނޑިޔާރު ޙުސައިން މަޒީދު
# ފަނޑިޔާރު ޙަސަން ޝަފީޢު
# ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
# ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
# ފަނޑިޔާރު ދީބާނާޒު ފަހްމީ
# ފަނޑިޔާރު މުޙައްމަދު ޝަނީޒު ޢަބްދުﷲ
# ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
# ފަނޑިޔާރު އިސްމާޢީލް ޝަފީޢު
# ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
qab5hq5zdrd9omhep4mre7ajuulaqas