ވިކިޕީޑިއާ dvwiki https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7 MediaWiki 1.47.0-wmf.22 first-letter މީޑިއާ ޚާއްސަ ޚިޔާލު މެމްބަރު މެމްބަރުގެ ވާހަކަ ވިކިޕީޑިއާ ވިކިޕީޑިއާ ޚިޔާލު ފައިލު ފައިލުގެ ޚިޔާލު މީޑިއާވިކީ މިޑިއާވިކީ ޚިޔާލު ފަންވަތް ފަންވަތުގެ ޚިޔާލު އެހީ އެހީގެ ޚިޔާލު ޤިސްމު ޤިސްމުގެ ޚިޔާލު ނެރު ނެރު ޚިޔާލު TimedText TimedText talk މޮޑިއުލް މޮޑިއުލް ޚިޔާލު Event Event talk މަނަދޫ 0 4088 138066 131630 2026-10-05T00:14:44Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.6 138066 wikitext text/x-wiki {{Maldives Island| ImageExists=Yes| islandimage=Manadhoo.gif‏| island=ނ.މަނަދޫ| atoll=މިލަދުންމަޑުލު ދެކުނުބުރި| location= | population=1910| length=1650 m| width=950 m| male-distance=176 [[Kilometre|km]]| phone= 6560029 960+| fax= 6560029 960+| }} '''މަނަދޫ''' އަކީ މިލަދުންމަޑުލު ދެކުނުބުރީ (ނ.އަތޮޅު) ވެރިކަންކުރާރަށެވެ. މަނަދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައެވެ. މަނަދޫގައިހުންނަ ސަރުކާރުގެ މުހިންމު އޮފީސްތަކަށް ބަލާލާއިރު ނ. އަތޮޅު އަތޮޅުއޮފީސް، ނ. އަތޮޅު އަތޮޅުހޮސްޕިޓަލް، ނ. އަތޮޅު އަތޮޅުމަދަރުސާ، ނ. އަތޮޅު ޕޮލިސް ސްޓޭޝަން ހިމެނެއެވެ. މަނަދޫގެ އާބާދީގައި 1575 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ ޢުމުރުގެމީހުން ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މިލަދޫއެވެ. ==ތަފާސް ހިސާބުތައް== ===ރަށް=== * ރަށުގެ ބޮޑުމިން: 108 ހެކްޓަރ * ދިގުމިން:1650މީޓަރ * ފުޅާމިން: 950މިޓަރ * މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ * ލޮންޖިޓިއުޑް:73?24'38"E * ލެޓިޓިއުޑް: 05?45' 46"N * ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029 * ކަތީބު: ސަޢީދު ޤާސިމް މާލްރޯޑް ނ. މަނަދޫ ===އާބާދީ=== 914 އަންހެނުންގެ ޖުމްލަ 996 ފިރިހެނުންގެ ޖުމްލަ 1910 ރަށުގެ އާބާދީގެ މުޅިޖުމްލަ 618 ކުޑަކުދިން ( 18 އަހަރުންދަށް ) 365 ފުރާވަރު (10-19 އަހަރު) 464 ޒުވާނުން(13-34 އަހަރު) 1307 މަސައްކަތްކުރާއުމުރު (15-64 އަހަރު) 728 ދަރިމައިވާޢުމުރު (15-49 އަހަރު) 47 މުސްކުޅި އުމުރު (65 އަހަރުންމަތި) === މަނަދޫގައި އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް === * މަސްވެރިކަން * އިމާރާތް ކުރުމުގެ މަސައްކަތް * ވަޑާން ކުރުން * ދަނޑުވެރިކަން * ފަންގިވިނުން === މަނަދޫގައި އާމްދަނީ ލިބެންހުންނަތަންތަން === * ފިހާރަ (އަމިއްލަ) 18 * ސައި ހޮޓާ 4 * ވަޑާންގެ 5 * ފާރމަސީ (އަމިއްލަ) 1 * ފާރމަސީ(ސަރުކާރު) 1 ===ތަޢުލީމީ ޚިދުމަތް=== * ނ. އަތޮޅު މަދަރުސާ 1 * ނާސަރީ ސްކޫލް (އަމިއްލަ) 1 * އެންމެ މައްޗަށް ކިޔަވައިދެނީ ގްރޭޑް 12 === މަނަދޫގެ ސިއްޙީ ޙިދުމަތްދޭ ތަންތަން === ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ. މަނަދޫގައި މަސައްކަތް ކުރައްވާ ޞިއްޙީ މުވައްޒަފުން: * ފޫޅުމައިން 2 * ޑޮކްޓަރުން 3 * ފާމަރސިސްޓުން 1 * ނަރުހުން 6 * ކޮމިއުނިޓީ ހެލްތް ވޯކާރސް 2 * ފެމިލީ ހެލްތް ވޯކާރސް 2 * ފާމަސިސްޓްސް ރައްޔިތުންގެ1 * ދިވެހި ބޭސްވެރިން 4 === މަނަދޫގެ ބިމާބެހޭ މަޢުލޫމާތު == * ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު 512 * ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 337 * ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 124 * މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 884 * މިސްކިތް (ފިރިހެނުންގެ) 2 === މަނަދޫގައި ދުއްވާ ވެހިކަލްތައް === * ބައިސްކަލް 107 އަމިއްލަ * އެމްބިއުލާންސް 1 ސަރުކާރު * ޕިކަޕް 5 އަމިއްލަ * ސައިކަލް 212 (އަމިއްލަ) === މަނަދޫގައި ދުއްވާ ކަނޑު އުޅަނދުފަހަރު === * ލޯންޗް 9 ރިސޯރޓްގައި ބޭނުންކުރާ * ބޮއްކުރާ 2 ރިސޯރޓްގައި ބޭނުންކުރާ * އިންޖީން ދޯނި 13 މަސްވެރިކަން * ވަދު ދޯނި 10 މަސްވެރިކަން * ރިޔާ ދޯނި 2 މަސްވެރިކަން * ޔޮޓް ދޯނި 3 ރިސޯރޓްގައި ބޭނުންކުރާ * ސަތަރި ދޯނި 2 މާލެއާއި އަތޮޅުތަކުގެއި ދުއްވުމަށް === ބޮޑެތި ހާދިސާތައް === ===ސުނާމީ ކާރިސާ=== 2004 ޑިސެމްބަރ 18 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަނަދޫއަށްވެސް ރާޅު އަރާފައިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. އަދި ސުނާމީއާ ގުޅިގެން މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމަކަށްވެސް ރެކޯޑް ކުރެވިފައެއްނުވެއެވެ. ގެލެރީގައި ސުނާމީ ކާރިސާގައި މަނަދޫއަށް ލިބުނު ގެއްލުންތައް ފެނިގެންދާނެއެވެ. == މަނަދުއާ ގުޅޭ ލިންކްތައް == [https://web.archive.org/web/20110811222610/http://www.manadhoolive.com.mv/ މަނަދޫލައިވްގެ ހޯމްޕޭޖް] <br> [https://web.archive.org/web/20090321093657/http://www.noonuatoll.gov.mv/ ނ.އަތޮޅު އޮފީހުގެ ވެބްސައިޓް] <br> {{Islands of the Maldives}} [[ޤިސްމު:މަނަދޫ (ނ. އަތޮޅު)]] [[ޤިސްމު:މަނަދޫ (ނ. އަތޮޅު)]] g3yjd9arbm54jlfyafh1eo31mhhc0wd މާމެންދޫ (ލ. އަތޮޅު) 0 4526 138067 70282 2026-10-05T00:21:28Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.6 138067 wikitext text/x-wiki ހައްދުންމަތީ މާމެންދޫ އަކީ އާބާދީގައި 1200 އެއްހާމީހުން ދިރިއުލޭ ވަރަށް އެކުވެރި ބަޔަކު ދިރިއުޅެމުންގެންދާ ރަށެކލެވެ. މިރަށުގައި މިހާރު ގުރޭޑް 10 އަށް ތަޢުލީމުގެ ފުރުޞަތު ލިބެން ހުރެއެވެ. ރަށުގެ ތަޢުލީމަށްޓަކައި ރައްޔިތުން ނުހަނު ބޮޑު ގުރުބާނީއެއްވެއފައިވާ އިރު ރަށުގައި ތަޢުލީމީ ޒުވަނުން މަސައްކަތްތެރިކަމުގެ އިންޑަސްޓްރީގައި ވަރަށް ކުޅަދާނަކަމާއި އެކުގައި އުޅެމުންގެންދެއެވެ. މިރަށުގެ ރައްޔިތުންގެ މައިގައނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިއީ ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިރަށަކީ މަސްވެރިރަށެކެވެ. މަސްވެރިކަންއެންމެ ޒަމާނީ ފެންވަރަށް ކުރުމުގައި މިހާރު މިފެންނަ ފައިބަރު މަސްދޯނި އެންމެ ފުރަތަމަ ބަނީ މާމެންދޫގައެވެ. އެއީ ފިތޮރޯނުމާ ކިޔާ ދޯންޏެކެވެ. ނމަވެސް މިހާރު މާމެންދޫގައި މަހަށް ފުރަންބޭނުންކުރަނީ ހުސް ފައިބަރު ދޯންޏެވެ. މިހާރު މަސްވެރިކަމުގައި ދުއްވާ 100 ފޫޓަށް ވުރެ ދިގު 6 (ހައެއް) ފައިބަރު މަސްދޫނި މާމެންދޫގައި އޮވެއެވެ. [[http://picasaweb.google.com/maamendhoolive/MaamendhooPhotoAlbam#5257030651919867810]] މާމެންދުއާބެހެ ޙަބަރު ހޯއްދެވެވުމަށް [https://web.archive.org/web/20090721231750/http://www.maamendhoolive.co.cc/] {{Islands of the Maldives}} 779jf8znc8fpqsipt2bzle1oxkm5yeh ހެނބަދޫ (ނ. އަތޮޅު) 0 4546 138063 118602 2026-10-04T23:49:54Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.6 138063 wikitext text/x-wiki {{Infobox Maldives | type = Inhabited island | name = Henbandhoo | native_name = | image_skyline = | image_size = | image_caption = | image_alt = | pushpin_map = Maldives<!-- the name of a location map as per http://en.wikipedia.org/wiki/Template:Location_map --> | pushpin_label_position = left | pushpin_mapsize = 250 | pushpin_map_caption = Location in Maldives | geographic_atoll = [[Atolls_of_Maldives#Thiladhunmath|Miladhummadulhu Atoll]] | administrative_atoll = [[Noonu Atoll|Southern Miladhunmadulu]] | latd = 05|latm = 58|lats = 03|latNS = N | longd = 73|longm = 23|longs = 36|longEW = E | island_councilor = | island_chief = Abdullah Sulaiman | area_km2 = | length_km = 0.650 | width_km = 0.550 | population = 618 | population_as_of = | population_footnotes = | male-distance_km = 198.89 }} މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. ހެނބަދޫއަކީ އަތޮޅުގެ އެންމެ ހުޅަނގު އުތުރުގައިއޮންނަ ރަށެވެ. އަތޮޅުވެރިކަންކުރާ ރަށާ އިރުބިތުން އެންމެ ދުރީވެސް ހެނބަދޫއެވެ. ހެނބަދޫއަކީ ވަރަށް ރީތި ކުޑަކުޑަރަށެކެވެ. ހެނބަދޫއާއި އެންމެ ކައިރިން އޮންނަނީ މިއަތޮޅު ކެނދިކުޅުދޫއެވެ. ==މީހުން== މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ==އިޤްތިޞާދު== އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. އާބާދީގައި 623 މީހުން ހިމެނޭ މިރަށުގައިވެސް ތަރައްޤީގެ ގޮތުން ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. އެގޮތުން މަސްވެރިކަމާ ދަނޑުވެރިކަން އަދި ފަތުރުވެރިކަމުގެ ދާއިރާގަޔާ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގއިވެސް މަސައްކަތްކުރާ އުމުރުގެ މީހުން ހަރަކާތްތެރިވެއެވެ. == އިތުރުފާލަންތައް == * [https://web.archive.org/web/20090321093657/http://www.noonuatoll.gov.mv/ ނ.އަތޮޅު އޮފީހުގެ ވެބްސައިޓް] {{Islands of the Maldives}} 08nar43vrfbfwdmz8vzlftvy96f6jcp ހޮޅުދޫ (ނ. އަތޮޅު) 0 4547 138064 43942 2026-10-04T23:50:06Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.6 138064 wikitext text/x-wiki {{Maldives Island| ImageExists=Yes| islandimage=Holhudhoo56.gif| island=ހޮޅުދޫ| atoll=މިލަދުންމަޑުލު ދެކުނުބުރި| location= 73? 15' 34" E05? 45' 17" N| population=2028| length=630މ| width=380މ| male-distance=176.57[[ކިލޯމީޓަރު|ކމ]]| island_chief=މުހަންމަދު ރާޝިދު| phone= 6560009 (960+)| fax= 6560009 (960+)| }} މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.ހޮޅުދުއަކީ އަތޮޅުގެ ހުޅަނގު ދެކުނުން ތަންކޮޅެއް އެތެރެއަށް ވަދެލާފައި އޮންނަ ރަށެކެވެ. ހޮޅުދޫގެ އާބާދީއަކީ 2023 އެވެ. ==މީހުން== މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. == ތައުލީމް == ހޮޅުދޫގެ ރައްޔިތުންނަކީ ޅަދަރީންނަށް ތަޢްލީމް އުގަންނައިދިނުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއްކޮށް ތަފާތުހޭދައެކަމަށްކޮށްގެން މެދުނުކެނޑި ދިގުމުއްދަތެއްވަންދެން ހޮޅުދޫގެ ރައްޔިތުންގެނަމުގައި ހޮޅުދު މޭނާސްކޫލް ހިންގުމުގެ ބުރަމަސްއޫލިއްޔަތު އަދާކޮށްފައިވާ ބައެކެވެ. އެހެންކަމުންމިހާރު އެސްކޫލަށް މިވަނީ މެދުނުކެނޑި 60 އަހަރުގެދިގު ރާސްތާއެއް ފަހަނައަޅާގޮސްފައެވެ. މިހާރު ހޮޅުދޫ މޭނާސްކޫލަކީ ސަރުކާރުގެ ޚަރަދުގައި ހިންގަމުންގެންދާ ސްކޫލެކެވެ. މިސްކޫލްގައި އަތޮޅުން ބޭރު ރަށްރަށުގެ ކުދިންނާއި، އަތޮޅުތެރޭގެ ވަރަށްގިނަ ރަށްރަށުގެކުދިން ތަޢްލީމް ޙާޞިލްކުރަމުން ގެންދާކަމީ މޭނާސްކޫލަށް ލިބޭވަރަށްބޮޑު ޝަރަފެކެވެ ==އިޤްތިޞާދު== އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.ހޮޅުދޫގެ ތަރައްޤީއަށްޓަކައި? މަސްވެރިކަމާއި، ދަނޑުވެރިކަން، ގެދޮރު ޢިމާރާތްކުރުމާއި، ކޮންޓްރެކްޓް މަސައްކަތްކުރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޢުމުރުގެ މީހުން ހަރަކާތްތެރިވަމުން ގެންދެއެވެ == ސަރުކާރުގެ އިމާރާތްތައް == ހޮޅުދޫގައިހުރި ސަރުކާރުގެ މުހިންމު ޢިމާރާްތަކުގެ ތެރޭގައި ހޮޅުދޫ ސިއްޙީމަރުކަޒު، ހޮޅުދޫ މޭނާސްކޫލް، ހޮޅުދޫ ސްޓެލްކޯ އިންޖީނުގެ، ހޮޅުދޫ އޮފީހާއި، ހޮޅުދޫ ކޯރޓް،ހޮޅުދޫ ރަށްވެހިގެ ހިމެނެއެވެ. == ފަޅުކޮނުމާއި ބަދަރު ހެދުން == ހޮޅުދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. ހޮޅުދޫއާއި އެންމެ ކައިރިއަށް އޮންނަނީ ފޮއްދޫއެވެ == އިތުރުފާލަންތައް == * [https://web.archive.org/web/20090321093657/http://www.noonuatoll.gov.mv/ ނ.އަތޮޅު އޮފީހުގެ ވެބްސައިޓް] {{Islands of the Maldives}} p9ry3pv4b7p1h841d9mflxde4ecdd6q ކެނދިކުޅުދޫ (ނ. އަތޮޅު) 0 4548 138065 121337 2026-10-04T23:59:33Z InternetArchiveBot 21776 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.6 138065 wikitext text/x-wiki {{Maldives Island| ImageExists=Yes| islandimage=Kendhikolhu56.gif| island=ކެނދިކުޅުދޫ| atoll=މިލަދުންމަޑުލު ދެކުނުބުރި| location= 73? 25' 00" E05? 56' 58" N| population=1705| length=4880މ| width=6550މ| male-distance=196.33[[ކިލޯމީޓަރު|ކމ]]| island_chief=އަހުމަދު ވަހީދު /އަބްދުﷲ މަހްމޫދު | phone= 6560017 (960+)| fax= 6560013 (960+)| }} މި ރަށަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ.ކެނދިކުޅުދޫއަކީ އެއްރަށަކަށް އޮންނަ އެހެންނަމަވެސް އިދާރީގޮތުން ދެއޮފީހެއްގެ ދަށުން ހިނގަމުންދާ ދެއަވަށެވެ. އެގޮތުން ކުޅުދޫއަވަށާ ކެނދިކޮޅު އަވަށާ ދެއަވަށް އޮވެއެވެ.ކުޅުދޫގެ އާބާދީއަކީ 721 އެވެ. ކެނދިކޮޅުގެ އާބާދީއަކީ 779 އެކެވެ. ކެނދިކުޅުދޫއާއި އެންމެ ކައިރިން އޮންނަނީ މިއަތޮޅު ހެނބަދޫ އެވެ. ==މީހުން== މި ރަށުގައި ދިރިއުޅެނީ ދިވެހި ނަސްލަށް ނިސްބަތްވާ މީހުންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ==އިޤްތިޞާދު== އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. ޖުމްލަ 1500 މީހުން އެކުލެވޭ މިއާދީގައި ތަރައްޤީގެ ގޮތުން ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. އެގޮތުން މަސްވެރިކަމާ ދަނޑުވެރިކަން އަދި ފަތުރުވެރިކަމުގެ ދާއިރާގަޔާ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގއިވެސް މަސައްކަތްކުރާ އުމުގެ މީހުން ހަރަކާތްތެރިވެއެވެ == އިތުރުފާލަންތައް == * [https://web.archive.org/web/20090321093657/http://www.noonuatoll.gov.mv/ ނ.އަތޮޅު އޮފީހުގެ ވެބްސައިޓް] {{Islands of the Maldives}} 4h2q15lhbjk8tbkiukc4z8oq5vqik5y Nauru 0 16423 138068 2026-10-05T06:59:23Z ~2026-53428-36 28944 Created page with "#REDIRECT ނައުރޫ" 138068 wikitext text/x-wiki #REDIRECT ނައުރޫ fwg9trv9hsoclm1alvkdwlj6vhv3r80