ވިކިޕީޑިއާ
dvwiki
https://dv.wikipedia.org/wiki/%DE%89%DE%A6%DE%87%DE%A8_%DE%9E%DE%A6%DE%8A%DE%B0%DE%99%DE%A7
MediaWiki 1.47.0-wmf.23
first-letter
މީޑިއާ
ޚާއްސަ
ޚިޔާލު
މެމްބަރު
މެމްބަރުގެ ވާހަކަ
ވިކިޕީޑިއާ
ވިކިޕީޑިއާ ޚިޔާލު
ފައިލު
ފައިލުގެ ޚިޔާލު
މީޑިއާވިކީ
މިޑިއާވިކީ ޚިޔާލު
ފަންވަތް
ފަންވަތުގެ ޚިޔާލު
އެހީ
އެހީގެ ޚިޔާލު
ޤިސްމު
ޤިސްމުގެ ޚިޔާލު
ނެރު
ނެރު ޚިޔާލު
TimedText
TimedText talk
މޮޑިއުލް
މޮޑިއުލް ޚިޔާލު
Event
Event talk
އަފްރާޝީމް ޢަލީ
0
6629
138070
137911
2026-10-13T17:52:29Z
Memberuser
25611
138070
wikitext
text/x-wiki
{{Infobox officeholder
| name = އަފްރާޝީމް ޢަލީ
| image = Dr_Afraasheem_Ali.jpeg
| office = ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު
| birth_date = 24 އެޕްރީލް 1966
| birth_place = [[އުނގޫފާރު (ރ. އަތޮޅު)]]، [[ދިވެހިރާއްޖެ]]
| death_date = 2 އޮކްޓޫބަރު 2012 (46 އަހަރުގައި)
| death_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| party = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]]
| constituency = [[އުނގޫފާރު (ރ. އަތޮޅު)]]
| term_start = 2009
| term_end = 2012
| alma_mater = މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ (ޝަހާދާ ޘާނަވިއްޔާ)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (ބެޗްލަރސް، މާސްޓަރސް، ޕީއެޗްޑީ)
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2007 - 2011)
| resting_place = އާ ސަހަރާ، [[މާލެ]]، [[ދިވެހިރާއްޖެ]]
| successor = އިބްރާހީމް އަމީން
}}
ޑރ '''އަފްރާޝީމް ޢަލީ''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966ވަނަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހު [[މާޅޮސްމަޑުލު އުތުރުބުރި|ރ.]] [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]]ގައެވެ.
ޑރ. އަފްރާޝީމް ޢަލީ 1983ވަނަ އަހަރު މާލެ ވަޑައިގެން ޙާލަތު ހުރި ގޮތުން ފުރަތަމަ ވެސް ވަޑައިގަތީ ފުލުސް ކޯޓުގެ ކާތިބެއްގެ ވަޒީފާއަށެވެ. އަފްރާޝީމް ޢަލީ އޭރު ވެސް ދީނީ ތަޢުލީމަށް ލޯބިކުރައްވާތީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އައްވަލު އިޢުދާދިއްޔާއިން 1986 ފެބުރުވަރީ 1 ގައި ޖާގަ ހޯއްދެވިއެވެ. ކާމިޔާބުކަމާއެކު އެ މަޢުހަދުން އަފްރާޝީމް ޢަލީ (މަޢުހަދުގެ އިންޑެކްސް: 258) ޝަހާދާ ޘާނަވިއްޔާ ޙާޞިލުކުރެއްވީ 1992ވަނަ އަހަރުއެވެ.
ޑރ. އަފްރާޝީމް، [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލްފިޤްހުގެ ރޮނގުން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ 2000ވަނަ އަހަރުއެވެ. އަދި 2003ވަނަ އަހަރު މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލްފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ޙާޞިލުކުރެއްވީ ވެސް [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007ވަނަ އަހަރުއެވެ. [[މެލޭޝިޔާ]]ގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރު، އިސްލާމިކް ޔުނިވަރސިޓީ އޮފް [[މެލޭޝިޔާ]]ގެ މިސްކިތުގެ އިމާމުކަން ވެސް ކުރެއްވިއެވެ. އަދި ހުކުރު ޚުޠުބާ ހައްދަވައި އެ މިސްކިތުގައި އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރެއްވިއެވެ. [[މެލޭޝިޔާ]]ގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް ކުރެއްވިއެވެ.
ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ޑރ. އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، [[އިސްލާމީ މަރުކަޒު]]ގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ޤުރްއާން މުދައްރިސްކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އެޑްވައިޒަރުކަމުގެ މަޤާމު ވެސް ފުރުއްވިއެވެ. 2009ވަނަ އަހަރު ބޭއްވި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި، [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]] ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ހޮވިވަޑައިގަތެވެ.
ޑރ. އަފްރާޝީމް ޢަލީގެ ސިޔާސީ ޚިދުމަތަށް ބަލާއިރު، 2009ވަނަ އަހަރު ބޭއްވި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި، [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]] ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ވަދެވަޑައިގަތެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމާއި، [[ދިވެހި ރައްޔިތުންގެ ޕާޓީ|ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)]]ގެ ދީނީ، އިޖުތިމާޢީ ގޮފީގެ ރައީސްކަމާއި، ފަހުން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]]ގެ ކައުންސިލް މެންބަރުކަން ވެސް ކުރެއްވިއެވެ.
[[ދިވެހިރާއްޖޭގެ އަޑު|ދިވެހިރާއްޖޭގެ އަޑާއި]]، [[ޓެލެވިޜަން މޯލްޑިވްސް]]ގެ ޕްރޮގްރާމްތަކުންނާއި، އަދި ރާއްޖޭގައި ޚަބަރުފަތުރާ އެހެން ސްޓޭޝަންތަކުން ޑރ. އަފްރާޝީމްގެ އަޑު ނީވޭ ދުވަހެއް އޭރު މަދެވެ. [[ވީ ޓީވީ]]ގެ ދީނީ އަދި އިޖުތިމާޢީ ޕްރޮގްރާމުތަކުގައި މެދުނުކެނޑި ތިން އަހަރެއްހާ ދުވަހު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި [ސީދާ ރާސްތާ]، [އިޖުތިމާޢީ ދަރުބާރު]، [ރަންހާރު] އަދި [ކުޑަކުދިންގެ ބަގީޗާ] ހިމެނެއެވެ. އެ މަނިކުފާނު އެންމެފަހުން ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، [[ޓެލެވިޜަން މޯލްޑިވްސް]] ގުޅިގެން ގެނެސްދެއްވި [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމެވެ. އެ މަނިކުފާނަކީ ދީނީ ރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ ލިޔުންތައް ލިޔުއްވި ޢިލްމުވެރިއެކެވެ.
[[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ޚިދުމަތްކުރައްވަމުން ގެންދެވި އިރު ވެސް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް އުޞޫލުލްފިޤްހު އަދި ޤަވާޢިދުލްފިޤްހު ކިޔަވައިދެއްވިއެވެ. އަދި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ބައްދަލުވުންތައް ނިމުމުން ލިބިވަޑައިގެންނެވި ހުސް ވަގުތުތަކުގައި [[ވިލާ ކޮލެޖު|ވިލާ ކޮލެޖ]][[ވިލާ ކޮލެޖު|ު]]ގައި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެއްވިއެވެ.
ޑރ. އަފްރާޝީމް ޢަލީ، އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސް ވެސް ހޭދަކުރެއްވީ ވަރަށް އަވަދިނެތިއެވެ. އެ ދުވަހު ހެނދުނު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއަށް ކިޔަވައިދެއްވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މެންދުރުފަހު [[ވީ ޓީވީ]]އަށް ވަޑައިގެން ދީނީ ޕްރޮގްރާމެއް ރެކޯޑުކޮށްދެއްވިއެވެ. އެ ރޭގެ އިރާކޮޅު ކިޔަވައިދެއްވުމަށް [[ވިލާ ކޮލެޖު|ވިލާ ކޮލެޖަށް]] ވަޑައިގެންނެވިއެވެ. އަދި އޭގެފަހުން އެރޭ [[ޓެލެވިޜަން މޯލްޑިވްސް]]އިން 22:00 އިން 23:00 އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމުގައި [ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަން] މި މައުޟޫޢަށް ވަރަށް ފުރިހަމައަށް އިންޞާފުކޮށްދެއްވިއެވެ.
ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނީ، މި ދެންނެވި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގެޔަށް ވަޑައިގެންނެވި ވަގުތު ބަޔަކު ދިން ރަޙްމު ކުޑަ ޙަމަލާއެއްގައެވެ. އަވަހާރަވީ 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ޑރ. އަފްރާޝީމްގެ ޖަނާޒާ ބޭއްވުނީ ރަސްމީ ޢިއްޒަތިގައެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރެވުނީ އެ ދުވަހުގެ ޢަޞްރު ނަމާދަށް ފަހު [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]] ގައެވެ. އިމާމުވެ ކަށުނަމާދުކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ]]. ފަސްދާނުލެވުނީ މއ. ސަހަރާގައެވެ. ޑރ. އަފްރާޝީމް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރިއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
3bh9fmmw4yqtsokuwu0wvfptxnuvimu
138071
138070
2026-10-13T17:53:11Z
Memberuser
25611
138071
wikitext
text/x-wiki
{{Infobox officeholder
| name = އަފްރާޝީމް ޢަލީ
| image = Dr_Afraasheem_Ali.jpeg
| office = ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު
| birth_date = 24 އެޕްރީލް 1966
| birth_place = [[އުނގޫފާރު (ރ. އަތޮޅު)]]، [[ދިވެހިރާއްޖެ]]
| death_date = 2 އޮކްޓޫބަރު 2012 (46 އަހަރުގައި)
| death_place = [[މާލެ]]، [[ދިވެހިރާއްޖެ]]
| party = [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް]]
| constituency = [[އުނގޫފާރު (ރ. އަތޮޅު)]]
| term_start = 2009
| term_end = 2012
| alma_mater = މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ (ޝަހާދާ ޘާނަވިއްޔާ)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (ބެޗްލަރސް، މާސްޓަރސް، ޕީއެޗްޑީ)
| otherparty = [[ދިވެހި ރައްޔިތުންގެ ޕާޓީ]] (2007 - 2011)
| resting_place = އާ ސަހަރާ، [[މާލެ]]، [[ދިވެހިރާއްޖެ]]
| successor = އިބްރާހީމް އަމީން
}}
ޑރ '''އަފްރާޝީމް ޢަލީ''' ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966ވަނަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހު [[މާޅޮސްމަޑުލު އުތުރުބުރި|ރ.]] [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]]ގައެވެ.
ޑރ. އަފްރާޝީމް ޢަލީ 1983ވަނަ އަހަރު މާލެ ވަޑައިގެން ޙާލަތު ހުރި ގޮތުން ފުރަތަމަ ވެސް ވަޑައިގަތީ ފުލުސް ކޯޓުގެ ކާތިބެއްގެ ވަޒީފާއަށެވެ. އަފްރާޝީމް ޢަލީ އޭރު ވެސް ދީނީ ތަޢުލީމަށް ލޯބިކުރައްވާތީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އައްވަލު އިޢުދާދިއްޔާއިން 1986 ފެބުރުވަރީ 1 ގައި ޖާގަ ހޯއްދެވިއެވެ. ކާމިޔާބުކަމާއެކު އެ މަޢުހަދުން އަފްރާޝީމް ޢަލީ (މަޢުހަދުގެ އިންޑެކްސް: 258) ޝަހާދާ ޘާނަވިއްޔާ ޙާޞިލުކުރެއްވީ 1992ވަނަ އަހަރުއެވެ.
ޑރ. އަފްރާޝީމް، [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލްފިޤްހުގެ ރޮނގުން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ 2000ވަނަ އަހަރުއެވެ. އަދި 2003ވަނަ އަހަރު މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލްފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ޙާޞިލުކުރެއްވީ ވެސް [[މެލޭޝިޔާ]]ގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007ވަނަ އަހަރުއެވެ. [[މެލޭޝިޔާ]]ގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރު، އިސްލާމިކް ޔުނިވަރސިޓީ އޮފް [[މެލޭޝިޔާ]]ގެ މިސްކިތުގެ އިމާމުކަން ވެސް ކުރެއްވިއެވެ. އަދި ހުކުރު ޚުޠުބާ ހައްދަވައި އެ މިސްކިތުގައި އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރެއްވިއެވެ. [[މެލޭޝިޔާ]]ގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް ކުރެއްވިއެވެ.
ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ޑރ. އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، [[އިސްލާމީ މަރުކަޒު]]ގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ޤުރްއާން މުދައްރިސްކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އެޑްވައިޒަރުކަމުގެ މަޤާމު ވެސް ފުރުއްވިއެވެ. 2009ވަނަ އަހަރު ބޭއްވި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި، [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]] ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ހޮވިވަޑައިގަތެވެ.
ޑރ. އަފްރާޝީމް ޢަލީގެ ސިޔާސީ ޚިދުމަތަށް ބަލާއިރު، 2009ވަނަ އަހަރު ބޭއްވި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އިންތިޚާބުގައި، [[އުނގޫފާރު (ރ. އަތޮޅު)|އުނގޫފާރު]] ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހަށް]] ވަދެވަޑައިގަތެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމާއި، [[ދިވެހި ރައްޔިތުންގެ ޕާޓީ|ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)]]ގެ ދީނީ، އިޖުތިމާޢީ ގޮފީގެ ރައީސްކަމާއި، ފަހުން [[ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް|ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)]]ގެ ކައުންސިލް މެންބަރުކަން ވެސް ކުރެއްވިއެވެ.
[[ދިވެހިރާއްޖޭގެ އަޑު|ދިވެހިރާއްޖޭގެ އަޑާއި]]، [[ޓެލެވިޜަން މޯލްޑިވްސް]]ގެ ޕްރޮގްރާމްތަކުންނާއި، އަދި ރާއްޖޭގައި ޚަބަރު ފަތުރާ އެހެން ސްޓޭޝަންތަކުން ޑރ. އަފްރާޝީމްގެ އަޑު ނީވޭ ދުވަހެއް އޭރު މަދެވެ. [[ވީ ޓީވީ]]ގެ ދީނީ އަދި އިޖްތިމާޢީ ޕްރޮގްރާމްތަކުގައި މެދުނުކެނޑި ތިން އަހަރެއްހާ ދުވަހު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި [ސީދާ ރާސްތާ]، [އިޖްތިމާޢީ ދަރުބާރު]، [ރަންހާރު] އަދި [ކުޑަކުދިންގެ ބަގީޗާ] ހިމެނެއެވެ. އެ މަނިކުފާނު އެންމެފަހުން ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، [[ޓެލެވިޜަން މޯލްޑިވްސް]] ގުޅިގެން ގެނެސްދެއްވި [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމެވެ. އެ މަނިކުފާނަކީ ދީނީ ރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ ލިޔުންތައް ލިޔުއްވި ޢިލްމުވެރިއެކެވެ.
[[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގައި]] ޚިދުމަތްކުރައްވަމުން ގެންދެވި އިރު ވެސް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް އުޞޫލުލްފިޤްހު އަދި ޤަވާޢިދުލްފިޤްހު ކިޔަވައިދެއްވިއެވެ. އަދި [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] ބައްދަލުވުންތައް ނިމުމުން ލިބިވަޑައިގެންނެވި ހުސް ވަގުތުތަކުގައި [[ވިލާ ކޮލެޖު|ވިލާ ކޮލެޖ]][[ވިލާ ކޮލެޖު|ު]]ގައި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެއްވިއެވެ.
ޑރ. އަފްރާޝީމް ޢަލީ، އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސް ވެސް ހޭދަކުރެއްވީ ވަރަށް އަވަދިނެތިއެވެ. އެ ދުވަހު ހެނދުނު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއަށް ކިޔަވައިދެއްވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، [[ރައްޔިތުންގެ މަޖިލިސް|ރައްޔިތުންގެ މަޖިލީހުގެ]] އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މެންދުރުފަހު [[ވީ ޓީވީ]]އަށް ވަޑައިގެން ދީނީ ޕްރޮގްރާމެއް ރެކޯޑުކޮށްދެއްވިއެވެ. އެ ރޭގެ އިރާކޮޅު ކިޔަވައިދެއްވުމަށް [[ވިލާ ކޮލެޖު|ވިލާ ކޮލެޖަށް]] ވަޑައިގެންނެވިއެވެ. އަދި އޭގެފަހުން އެރޭ [[ޓެލެވިޜަން މޯލްޑިވްސް]]އިން 22:00 އިން 23:00 އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމުގައި [ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަން] މި މައުޟޫޢަށް ވަރަށް ފުރިހަމައަށް އިންޞާފުކޮށްދެއްވިއެވެ.
ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނީ، މި ދެންނެވި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގެޔަށް ވަޑައިގެންނެވި ވަގުތު ބަޔަކު ދިން ރަޙްމު ކުޑަ ޙަމަލާއެއްގައެވެ. އަވަހާރަވީ 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ޑރ. އަފްރާޝީމްގެ ޖަނާޒާ ބޭއްވުނީ ރަސްމީ ޢިއްޒަތުގައެވެ. އެ މަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރެވުނީ އެ ދުވަހުގެ ޢަޞްރު ނަމާދަށް ފަހު [[އިސްލާމީ މަރުކަޒު|މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)]] ގައެވެ. އިމާމުވެ ކަށުނަމާދުކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ [[މައުމޫން ޢަބްދުލް ޤައްޔޫމް|އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ]]. ފަސްދާނުލެވުނީ މއ. ސަހަރާގައެވެ. ޑރ. އަފްރާޝީމް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރިއެވެ.
[[ޤިސްމު:ޙަޔާތުނާމާ]]
[[ޤިސްމު:ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީން]]
[[ޤިސްމު:ޕީއެޗްޑީ ހަދާފައިވާ ދިވެހިން]]
io9uqjwijppbh4xib4hv90bekywp8sl